Sunday, May 27, 2018

waguthuge muhinmukan


ވަގުތުގެ މުހިއްމުކަން

Related image 
ލިޔުނީ: ޒީނަތު ލަބީބު.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وصحبه أجمعين.


އަދުގެ ދުނިޔޭގައި ގިނަބައެއްގެ ޝަކުވާއަކަށް ވެފައިވާ އެންމެ ބޮޑު އެއްކަމަކީ ކަންކަން ކުރުމަށް ވަގުތުނުވާކަމެވެ. ކޮންމެ މީހަކީ ވެސް ވަރަށް ބިޒީކޮށް އުޅެންޖެހޭ މީހެކެވެ. މިގޮތަށް ބިޒީ ކޮށް އުޅެންޖެހުމުގެ ސަބަބުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ރަނގަޅަށް ނުކުރެވެއެވެ. ދުނިޔެ ތަރައްޤީވަމުންދާ ނިސްބަތަށް ބަލާއިރު މީހުންގެ ބިޒީކަމަށް ހައްލެއް ނުލިބިގެން އުޅޭ ސަބަބަކީ ކޮބައިހެއްޔެވެ؟ މީހުން ބިޒީވެގެން ކުރަނީ ކޮންކަމެއްތޯއެވެ؟ އެމީހުން އެކުރާ މަސައްކަތެއްގެ ސަބަބުން އެމީހުންގެ ދެދުނިޔެއަށް ފައިދާއެއް ކުރޭތޯއެވެ؟ ނޫންނަމަ ގަޑީގެ ކަށި ދައުރުވާ ގޮތް އަވަސްވީ ބާވައެވެ. ތަރައްޤީގެ ރޮނގުން ކުރިއަރަމުންދާ ދުވަސްވަރެއްގައި މީހުން ބިޒީވާންޖެހޭ ސަބަބެއް ވާކަމަކަށް ޤަބޫލެއްނުކުރެވެއެވެ. އަޅުގަނޑުމެންގެ ކުރިން އުޅުއްވި ބޭކަލުންގެ ޙަޔާތްޕުޅުތަކަށް ނަޒަރު ހިންގައި ބަލާލާއިރު އެބޭކަލުން ކުރައްވާފައިވާ މަސައްކަތްޕުޅުތައް ގިނަގުނައެވެ. މިޒަމާނާ އަލާބަލާއިރު އެއީ ވަސީލަތްތައް މަދު ދުވަސްވަރުތަކެކެވެ. އެހެންނަމަވެސް އެބޭކަލުން ކުރައްވާފަައިވާ މަސައްކަތްޕުޅުތަކަކީ އަގުނުކުރެވޭނެ ފަދަ ކަންތައްތަކެކެވެ.

އެއްބަޔަކު ދުވާލުގެ ގިނަވަގުތު ނިދުމުގައި ހޭދަކުރުމަށްފަހު ރޭގަނޑަކީ ކުޅިވަރުކުޅުމަށް ޚާއްޞަ ވަގުތަކަށް ވަނީ ހަދާފައެވެ. އަނެއްބަޔަކު އެމީހުންގެ ރޭތައް ހޭދަކޮށްލަނީ ސޯޝަލް މީޑިއާގެ ތަފާތު ވަސީލަތްތަކުގެ ތެރޭގައެވެ. އަނެއްބަޔަކު އެމީހުންގެ ރޭތަށް ހޭދަކޮށްލަނީ ކޮފީ މޭޒު ދޮށުގައެވެ. އަނެއްބަޔަކު އެމީހުންގެ ރޭތަށް ހޭދަކޮށްލަނީ ޓީވީ ދޮށުގައި ފުޓުބޯޅަ ފަދަ މެޗުތައް ބަލާށެވެ. އަނެއްބަޔަކު އެމީހުންގެ ދުވާލާ ރޭގަނޑު ހޭދަކޮށްލަނީ ޓީވި ދޮށުގައި ޑްރާމާ ސީރީޒްތައް ބެލުމުގައެވެ. އަނެއްބަޔަކު އެމީހުންގެ ހުރިހާ ވަގުތެއްހެން ހޭދަކޮށްލާނީ ބޭކާރު ވާހަކަ ދެއްކުމުގައްޔާއި ޙަރާމްކަންތައްތައް ކުރުމުގައްޔާއި ޣީބަބުނުމުގައެވެ. މިހުރިހާ ކަމެއް ކުރަންޖެހުމުގެ ސަބަބުން އިންސާނާ މިވަނީ ބިޒީ މީހަކަށްވެ އޭނާ ދުނިޔެއަށް ފޮނުވުނު މަޤްޞަދު މަތިން ޣާފިލުވެފައެވެ.

ޝައްކެއްނެތް ގޮތުގައި އިންސާނައަށް ލިބިފައިވާ އެންމެ އަގުބޮޑު ރައުސުލްމާލަކީ ވަގުތެވެ. ވަގުތަކީ އިންސާނާގެ ޙަޔާތެވެ. ޙަޔާތުން ބޭކަރުކޮށްލެވޭ އެންމެ ފަޅި ސިކުންތަކީ އެއްވެސް މީހަކަށް ހޯދައިގަނެވޭނެ އެއްޗެއް ނޫނެވެ. ގެއްލުވާލާ އެންމެ ހިނދުކޮޅެއްގެ އަގުވެސް އިންސާނާއަށް ނުކުރެވޭނެއެވެ. އަހަރުމެންގެ ޙަޔާތުން އެންމެ ހިނދުކޮޅެއްވެސް ބޭކާރުގޮތުގައި ނަގާލުމަކީ ބުއްދިވެރި ގޮތެއްނޫނެވެ. އިސްލާމްކަމުގެ ރުކުންތަކާއި މެދު ވިސްނާ ފިކުރުކުރާ ކޮންމެ މީހަކަށް ވަގުތުގެ މުހިންމުކަން އެނގިގެންދާނެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ނަމާދު ކުރާނެ ވަގުތު ކަނޑައަޅުއްވައި ބަޔާންކޮށްދެއްވާފައި ވެއެވެ. މާތް ﷲ ކީރިތި ޤރުއާނުގެ ނިސާ ސޫރަތުގެ 103 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا ﴿النساء١٠٣﴾ މާނައީ: ހަމަކަށަވަރުން، ނަމާދަކީ مؤمن ތަކުންގެ މައްޗަށް وقت ކަނޑައެޅިގެންއޮތް فرض އެއްކަމުގައި ވެއެވެ. ރޯދަ ހިފުން މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވަނީ ރަމަޟާން މަހުގައެވެ. ޒަކާތް ދޭންޖެހެނީ މުދާއަތުގައި (ނިޞާބުހަމަވުމަށްފަހު) ހުންނަތާ ހިޖުރީ ގޮތުން އެއްއަހަރު ފުރުމަށްފަހުގައެވެ. އަދި ޙައްޖުގެ އަޅުކަން އަދާކުރެވޭނީ ޙައްޖުމަހުގެ ތެރޭގައެވެ. އެހެންމަހެއްގައި ޙައްޖުކުރަން ބޭނުންވިޔަސް އެކަމެއް ނުކުރެވޭނެއެވެ.

އިންސާނާގެ ޙަޔާތުން ބޭކާރުކޮށްލެވޭ ކިތަންމެ ކުޑަ ހިނދުކޮޅަކާ މެދުގައިވެސް ޤިޔާމަތް ދުވަހު އޭނާ ހިތާމަކުރަންޖެހޭނެއެވެ. ފާއިތުވެދާ އެންމެ ހިނދުކޮޅަކީވެސް އަނބުރައި ލިބޭނޭ އެއްޗެއްނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغُلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ" މާނައީ":ފަސްކަމެއް ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ !މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ !އަދި ބަލިވުމުގެ ކުރިން ޞިއްޙަތުގެ ފައިދާ ގަނގަޅު ގޮތުގައި ލިބިގަންނާށެވެ !އަދި ފަޤީރުވުމުގެ ކުރިން ތަނަވަސްކަމުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ !އަދި އަވަދިނެތި އުޅެންޖެހުމުގެ ކުރިން ލިބިފައިވާ ހުސްވަގުތުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ !އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ!"  މީގެއިތުރުންވެސް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "نِعْمَتانِ مَغْبُوْنٌ فِيْهِمَا كَثِيْرٌ مِنَ النَّاسِ: الصِّحَةُ وَالفَرَاغُ" (رواه البخاري ) މާނައީ: "މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެކަމަކާމެދު ޣާފިލުވެފައިވާ ދެނިޢުމަތެއް ވެއެވެ. އެއީ ފުރިހަމަ ޞިއްޙަތާއި ހުސްވަގުތެވެ."

ދުނިޔޭގެ ހަވާ ނަަފްސަށް ހެއްލިފައިވާ އިންސާނާ އެކަމާ ހިތާމަކުރާނެ ދުވަހެއް އަންނާނެއެވެ. އެދުވަހަކުން އިންސާނާ ދެވަނަ ފަހަރަށް ދުނިޔެއަށް ފޮނުއްވައި ދެއްވުން އެދި އޭނާގެ ވެރި އިލާހުގެ ޙަޟްރަތަށް ދަންނަވާނެއެވެ. އޭނާ ދުނިޔެއަށް ދާން ބޭނުންވާނީ އެހެންބޭނުމެއްގައެއް ނޫނެވެ. އޭނާއަށް ނުކުރެވި ހުރި ހެޔޮ ޢަމަލުތައް ކުރުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ހިތާމަޔަކީ އޭރުވާނީ ވަގުތު ފާއިތުވެފައެވެ. އިންސާނާއަށް ލިބިފައި މިވާ ކުޑަކުޑަ ވަގުތު ކޮޅުގެ ބޭނުން އެއިންސާނާއަށް ހިފޭނީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އޭނާގެ ޙަޔާތުގެ އެންމެހާ ކަންތައްތައް ބައްޓަންކޮށްގެންނެވެ. ގަޑިން ގަޑިއަށް އަދާކުރަންޖެހޭ އަޅުކަންތައް އަދާކުރުންމަތީ ދުނިޔޭގެ ޙާޔާތް ކަޑައްތުކުރެވިއްޖެ މީހަކީ ވަގުތުގެ އެންމެ ހެޔޮގޮތުގައި ބޭނުންކުރެވުނު މީހާއެވެ.

ޙަޔާތުން ފާއިތުވަމުންދާ ދުވަސްތަކާމެދު އުފާނުކުރާށެވެ. ފާއިތުވެގެންދާ ކޮންމެ ވަގުތުކޮޅެއް ކައިރިކޮށްދެނީ ތިބާގެ މާރާއެވެ. ތަޤުވާވެރިކަމުގެ ފޭރާމުން ފޭރާންލެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ރޭ ވެއްޖެނަމަ ފަތިހާ ހަމައަށް ދިރިހުންނާނެ ކަމެއް ވެސް ނޭނގެއެވެ. ދުވާ ވެއްޖެނަމަ ރޭގަނޑާ ހަމައަށް ދިރިހުންނާނެ ކަމެއް ވެސް ނޭނގެއެވެ. އިއްޔެ އަޅުގަނޑުމެންގެ ގާތުގައި ތިބި އެކުވެރިން މިއަދު ވަނީ ކައްވަޅުތަކުގައެވެ. އެކްސިޑެންޓްތަކުގައްޔާއި ކާރިސާތަކުގައި މަރުވެގެންދަނީ ކިތައް މީހުން ހެއްޔެވެ؟ ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން މަރުވީ ކިތައް މީހުން ހެއްޔެވެ؟ ކުޅިވަރާއި މަޖަލުގައި ޣާފިލުވެފައި ތިއްބާ މަރުވެގެންދިޔައީ ކިތައް މީހުން ހެއްޔެވެ؟
މަރު އަންނާނެ ވަގުތެއް އެއްވެސް މީހަކަށް ނޭނގެއެވެ. އަމިއްލަ ނަފްސު ހިސާބުކުރަން ފަށާށެވެ. އެފަދަ ހާދިޘާތަކުން ޢިބްރަތްތައް ލިބިގެންނާށެވެ. ދުޢާއަކީ އަޅުގަނޑާއި އަޅުގަނޑުމެން އެންމެންނަކީ ވެސް ދުނިޔޭގެ ހަވާ ނަފްސުން ސަލާމަތްވެ،  އުޚްރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ލެއްވުމެވެ.
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް ދުނިޔަވީ ޣާފިލުކަމުން ސަލާމަތްވެ، އުޚްރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް މަސަކަތްކުރާ ބައެއްގެގޮތުގައި ލެއްވުމެވެ. 

Saturday, May 26, 2018

rabbana dua (3 vana bai)


ރައްބަނާ ދުޢާ (ތިންވަނަަ ބައި)


Related image

ލިޔުނީ: ޒީނަތު ލަބީބު.

الحمد لله رب العالمين والصلاة والسلام على أشرف الأنبياء والمرسلين ، نبينا محمد وعلى آله وصحبه أجمعين وبعد.
ދުޢާ ކުރުމަކީ ވަރަށް މާތް މަތިވެރި އަޅުކަމެކެވެ. ދުޢާ ކުރުމުގެ ސަބަބުން މީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންދެއެވެ. ދުޢާ ކުރާ ވަގުތަކީ ﷲ ތަޢާލާގެ އަޅާ އެއިލާހުގެ މަތިން ހަނދުމަކުރާ ވަގުތެވެ. އެއިލާހު ހަނދުމަ ކުރާ މީހާގެ މަތިން އެއިލާހު ހަނދުމަކުރައްވާވޮޑިގެންވެއެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑަށާއި އެންމެހާ މުސްލިމު އަޚުންނާއި އުޚްތުންނަށް އިޚްލާޞްތެރިކަމާއެކު ދުޢާ ކިޔަން އާދަކުރުމުގެ ހެޔޮ ތައުފީޤު ﷲ ތަޢާލާ ދެއްވުމެވެ.
1-   رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ.  
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ نور އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ!  أَتْمِمْ ފުރިހަމަކޮށްދެއްވާނދޭވެ! لَنَا އަޅަމެންނަށް نُورَنَا އަޅަމެންގެ ނޫރު وَاغْفِرْ އަދި ފާފަފުއްސަވާނދޭވެ!  لَنَا އަޅަމެންނަށް  ۖ إِنَّكَ ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عَلَىٰ މައްޗަށް كُلِّ ކޮންމެ شَيْءٍ ކަމެއްގ قَدِيرٌ. ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

2-    رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا ۖ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ.
އަޅަމެންގެ ވެރިރަސްކަލާކޮ! كافر ވި މީހުންނަށް ފިތުނައެއް ކަމުގައި އަޅަމެން ނުލައްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ! لَا تَجْعَلْنَا އަޅަމެން ނުލައްވާނދޭވެ! فِتْنَةً ފިތުނައެއް ކަމުގައި لِّلَّذِينَ މީހުންނަށް كَفَرُوا ކާފިރު ވި وَاغْفِرْ އަދި ފާފަފުއްސަވާނދޭވެ! لَنَا އަޅަމެންނަށް  رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ!  ۖ إِنَّكَ ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، أَنتَ ރަސްކަލާނގެއެވެ  الْعَزِيزُ ޢަޒީޒުވަންތަ، الْحَكِيمُ  ޙަކީމުވަންތަ.

3-   رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ.
އަޅަމެންގެ ވެރިރަސްކަލާކޮ! ހަމައެކަނި، އިބަރަސްކަލާނގެއަށް އަޅަމެން وكيل ކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ.
رَّبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ! عَلَيْكَ ހަމައެކަނި، އިބަރަސްކަލާނގެއަށް تَوَكَّلْنَا އަޅަމެން وكيل ކޮށްފީމުއެވެ. وَإِلَيْكَ އަދި ހަމައެކަނި، އިބަރަސްކަލާނގެ حضرة އަށް أَنَبْنَا އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ وَإِلَيْكَ އަދި އިބަރަސްކަލާނގެ حضرة އަށެވެ الْمَصِيرُ އެނބުރި ދިޔުންވަނީ.

4-    رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ الَّتِي وَعَدتَّهُمْ وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۚ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ.  
އަޅަމެންގެ ވެރިރަސްކަލާކޮ! އެއުރެންނަށް އިބަރަސްކަލާނގެ وعد ކުރައްވާފައިވާ عَدْن އެވެ ކިޔުނު ސުވަރުގެތަކަށް އެއުރެން ވައްދަވާނދޭވެ! އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބީންނާއި، އެއުރެންގެ ދަރިންކުރެ صالح ވި މީހުންނާ އެކުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ! وَأَدْخِلْهُمْ އެއުރެން ވައްދަވާނދޭވެ! جَنَّاتِ ސުވަރުގެތަކަށް عَدْنٍ عَدْن އެވެ ކިޔުނު الَّتِي އެއުރެންނަށް وَعَدتَّهُمْ އިބަރަސްކަލާނގެ وعد ކުރައްވާފައިވާ وَمَن صَلَحَ އެއުރެންގެ ތެރެއިން صالح ވި މީހުންނާ އެކުގައެވެ. مِنْ آبَائِهِمْ އެއުރެންގެ މައިންބަފައިންނާއި، وَأَزْوَاجِهِمْ އެއުރެންގެ އަނބީންނާއި، وَذُرِّيَّاتِهِمْި، އެއުރެންގެ ދަރިންނާއި، ۚ إِنَّكَ ހަމަކަށަވަރުން އިބަރަސްކަލާނގެއީ، أَنتَ ރަސްކަލާނގެއެވެ الْعَزِيزُ ޢަޒީޒުވަންތަ، الْحَكِيمُ  ޙަކީމުވަންތަ.  

5-    رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ.
އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ رحمة އާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ފަހެ، توبة ވެ، އިބަރަސްކަލާނގެ މަގަށް تبع ވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެ عذاب ން އެއުރެން މުއްތިކުރައްވާނދޭވެ!
رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ! وَسِعْتَ އިބަރަސްކަލާނގެ ތަނަވަސްވެގެންވެއެވެ كُلَّ ހުރިހާ شَيْءٍ އެއްޗެއްގެ މައްޗަށް  رَّحْمَةً ރަޙްމަތާއި، وَعِلْمًا އަދި ދެނެވޮޑިގަތުން  فَاغْفِرْ ފަހެ ފާފަފުއްސަވާނދޭވެ!  لِلَّذِينَ މީހުންނަށް تَابُوا توبة ވިމީހުންނާއި  وَاتَّبَعُوا تبع ވީ މީހުންނަށް سَبِيلَكَ އިބަރަސްކަލާނގެ މަގަށް وَقِهِمْ އަދި އެއުރެން މުއްތިކުރައްވާނދޭވެ! عَذَابَ ޢާޛާބުން  الْجَحِيمِ ނަރަކައިގެ.

6-   رَبَّنَا لَغَفُورٌ شَكُورٌ.
އަޅަމެންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެއެވެ.
رَبَّنَا އަޅަމެންގެ ވެރިރަސްކަލާނގެ لَغَفُورٌ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ شَكُورٌ ގިނަގިނައިން شكر قبول ކުރައްވާ ރަސްކަލާނގެއެވެ.
ނުނިމޭ


Friday, May 25, 2018

iu'thikaafu


 އިޢްތިކާފު
Image result for ‫إعتكاف‬‎

ލިޔުނީ: ޒީނަތު ލަބީބު.

އިޢްތިކާފު މި ލަފްޡުގެ ލުޣަވީ މާނައަކީ ކަމެއްގައި ޤާއިމުވުމާއި ޘާބިތުވުމެވެ. އަލްއަންބީޔާއު ސޫރަތުގެ 52 އާޔަަތުގައި ވެއެވެ. އެކަލޭގެފާނުގެ ބައްޕާއަށާއި، އެކަލޭގެފާނުގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން އަޅުކަންކުރަން ތިޔަތިބީ، ކޮން ބުދުތަކަކަށް ހެއްޔެވެ؟  އިޢްތިކާފު މި ލަފްޡުގެ ޝަރުޢީ މާނައަކީ ﷲ ގެ ޙަޟްރަތަށް ކުއްތަންވުމުގެ ނިޔަތުގައި މިސްކިތުގައި ޤާއިމުވެ ނުވަތަ ޘާބިތުވެ އިނުމެވެ.

އިޢްތިކާފުގެ މާހައުލު:

އިޢްތިކާފަށް އިނދެވޭނީ ހަމައެކަނި މިސްކިތުގައެވެ. އެހެންތަނެއްގައި މަޑުކޮށްގެން އިނުމަކުން އިޢްތިކާފަކަށް ނުވާނެއެވެ.
އިޢްތިކާފުގެ ޝަރުޠުތައް:
Ø      މުސްލިމެއްކަމުގައި ވުން.
Ø      ތަންދޮރު ދަންނަ މީހެއް ކަމުގައިވުން.
Ø      ބޮޑު ޙަދަޘުން ޠާހިރުވެގެންވުން (އެބަހީ: ޖުނުބުވެރިކަމުން، ޙައިޟުވެރިކަމުން އަދި ނިފާސްވެރިކަމުން)

އިޢްތިކާފުގެ ރުކުންތައް:

އިޢްތިކާފު ބިނާވެގެންވަނީ ދެ ރުކުނެއްގެ މައްޗަށެވެ.
Ø      ނިޔަތްގަތުން. (އިޢްތިކާފަކީ އަޅުކަމެކެވެ. އެހެންކަމުން ނިޔަތާއި ނުލައި އަޅުކަން ޞައްޙަނުވާނެއެވެ.)
Ø      މިސްކިތުގައި ހިނދުކޮޅަކު މަޑުކޮށްލުން.

އިޢްތިކާފުގެ މުއްދަތު:

Ø      އިޢްތިކާފުގެ ގިނަމިނުގައި ހައްދެއް ނުވާކަމަށް ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. އެބައިމީހުންގެ މެދުގައި އިޚްތިލާފު އުފެދިފައިވަނީ އިޢްތިކާފުގެ މަދުމިނުގައެވެ. ޙަނަފީ މަޛުހަބުގެ ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި އިޢްތިކާފުގެ އެންމެ މަދުމިނަކީ އެއްދުވަހެވެ. މާލިކީ މަޛުހަބުގެ ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި އިޢްތިކާފުގެ އެންމެ މަދުމިނަކީ އެއްރެއާއި އެއްދުވާލެވެ. އިމާމު ޝާފިޢީ އަދި އިމާމު އަޙްމަދު ދެކިވަޑައިގަންނަވާ ގޮތުގައި އިޢްތިކާފުގެ އެންމެ މަދުމިނަކީ ހިނދުކޮޅެކެވެ. މާނައަކީ މަޑުކޮށްލުމޭ ބުނެވޭވަރުގެ ހިނދުކޮޅެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދިހަ ދުވަހާއި ވިހި ދުވަހާއި ތިރީސް ދުވަހަށް އިންނެވިއެވެ.

އިޢްތިކާފު ފަށަން ޖެހޭ ވަގުތު:  

މިމައްސަލާގައި މަޝްހޫރު ދެ ރަޢްޔެއް ވާރިދުވެގެން އައިސްފައިވެއެވެ.  
Ø      އިޢްތިކާފަށް އިންނަން ބޭނުންވާ މީހާ ފަތިސް ނަމާދު ކުރުމަށް ފަހު އިޢްތިަކާފަށް މަޑުކުރަންޖެހެއެވެ. މިއީ އިމާމު އައުޒާޢީ އާއި އިމާމު އިސްޙާޤު ގެ ޤައުލެވެ. މިބޭކަލުންގެ ދަލީލަކީ އުއްމުލް މުއުމިނީނަ ޢާއިޝާ ރަޞިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ފަތިސް ނަމާދު ކުރެއްވުމަށްފަހު ފޭލިގެއަށް ވަދެވަޑައިގަންނަވައެވެ. މިމައްސަލައިގެ ރާޖިޙު ގޮތަކީ މިއީއެވެ.
Ø      އިޢްތިކާފަށް އިންނަން ބޭނުންވާ މީހާ ޢަސުރު ނަމާދު ކުރުމަށް ފަހު އިޢްތިކާފަށް މަޑުކުރަންޖެހެއެވެ. މިއީ އިމާމު މާލިކުއާއި އިމާމު އަބޫ ޙަނީފާއާއި އިމާމު ޝާފިޢީ ގެ ޤައުލެވެ. މިބޭކަލުން އުއްމުލް މުއުމިނީނަ ޢާއިޝާ ރަޞިޔަﷲ ޢަންހާގެ ރިވާޔަތް ތައުވީލުކުރައްވައެވެ. އިރު އޮއްސުމުގެ ކުރިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- އިޢްތިކާފުގެ ނިޔަތުގައި މިސްކިތަށް ވަދެވަޑައިގެންފިއެވެ. ދެން ފޭލިގެއަށް ވަދެވަޑައިގެންނެވީ ފަތިސް ނަމާދުގެ ފަހުގައެވެ.

އިޢްތިކާފު ނިންމާ ވަގުތު:
Ø      ވަކި މުއްދަތަކަށް ނިޔަތް ގަނެގެން އިންމީހަކު ފިޔަވައި އެހެން ކޮންމެ މީހެއްގެ އިޢްތިކާފު އެމީހަކު ބޭނުންވުމުން ނިންމާލެވޭނެއެވެ. އެއީ އިޢްތިކާފުގެ ދިގުމިނުގައި ހައްދެއް ނުވާތީއެވެ.
Ø      ވަކި މުއްދަތަކަށް ނިޔަތް ގަނެގެން އިންމީހަކު އެމުއްދަތު ހަމަވުމާ ހަމައަށް އިޢްތިކާފުގައި އިނުން އެދެވިގެންވެއެވެ. ދިހަ ދުވަހަށް ނިޔަތް ގަނެގެން އިންމީހާގެ އިޢްތިކާފުގެ ވަގުތު ނިމޭނޭ ތިންވަނަ ދުވަހު އިރުއޮއްސުމުންނެވެ.

އިޢްތިކާފަށް އިންނަ މީހާ ކުރުން މުސްތަޙައްބު ވެގެންވާ ކަންތައް: 
Ø      ސުންނަތް ނަމާދުތައް ގިނަކުރުން.
Ø      ގިނަގިނައިން ޤުރުއާން ކިޔެވުން.
Ø      ގިނަގިނައިން ޛިކުރު ކުރުން.
Ø      ގިނަގިނައިން އިސްތިޣްފާރު ކުރުން.
Ø      ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ގިނަގިނައިން ޞަލާވާތް ކިޔެވުން.
Ø      ދިނީ ފޮތްތައް ބަލާ ދިރާސާކޮށް މުރާޖަޢާކުރުން.
Ø      މިސްކިތުގައި ނަމާދު ކުރާ މީހުންނަށް އުނދަގޫ ނުވާނެހެން މިސްކިތުގެ އެއްފަރާތެއްގައި މަޑުކުރުން ނުވަތަ އެއްފަރާތެއްގައި ފޭލިގެއެއް ޖެހުން. (އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެގޮތަށް ކަންތައް ކުރައްވާފައި ވާތީއެވެ.)

އިޢްތިކާފަށް އިންނަ މީހާއަށް މަކްރޫޙަ ވެގެންވާ ކަންތައް:
Ø      ބޭކާރު ވާހަކަ ދެއްކުން.
Ø      ބޭކާރު ޢަމަލުތައް ކުރުން.
Ø      ދުނިޔެވީ ކަންކަމުގައި މަޝްޣޫލުވުން.
އިޢްތިކާފަށް އިންނަ މީހާ ކުރުން ހުއްދަ ވެގެންވާ ކަންތައް: 
Ø      އިޢްތިކާފަށް އިންނަ މީހާ، އެކަމެއް ނުކޮށް ނުވާނެ ކަންތައް ކުރުމަށްޓަކައި މިސްކިތުން ބޭރަށްދިއުން ހުއްދަވެގެންވާ ކަމަށް ޢލިމުވެރިން އިއްތިފާޤުވެލައްވައެވެ.
(ޤަޟާޙާޖާކުރުމަށާއި، ފެންވެރުމާއި، ވުޟޫކުރުމާއި، ކާތަކެތ ގެނެސްދޭނެ މީހަކު ނެތްމީހާ ކެއިން ބުއިމާއި، އަނބި މީހާ ގެއަށް ލާންދިއުމާއި މިފަދަ ކަންތައްތަކެވެ.)
Ø      ހުކުރު ނަމާދު ނުކުރާ މިސްކިތެއްގައި އިޢްތިކާފުގައި އިންމީހާ އަކީ ހުކުރު ވާޖިބުވާ މީހެއްނަމަ ހުކުރު ނަމަދު ކުރާ މިސްކިތަކަށް ދިއުން.


އިޢްތިކާފު ބާޠިލުވާ ކަންތައް: 
Ø      އެއްވެސް ބޭނުމެއްނެތި ގަސްތުގައި މިސްކިތުން ނިކުތުން.
Ø      ބުއްދި ފިލައިދިއުން.
Ø      ޙައިޟުވެރިވުމާއި ނިފާސްވެރިވުން.
Ø      ޖިމާޢުވުން.
Ø      މުރުތައްދުވުން.
 

Thursday, May 24, 2018

rabbana dua (2 vana bai)


ރައްބަނާ ދުޢާ (ދެވަނަ ބައި)  

Image result for ‫رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ .‬‎


ލިޔުނީ: ޒީނަތު ލަބީބު.
الحمد لله رب العالمين والصلاة والسلام على أشرف الأنبياء والمرسلين ، نبينا محمد وعلى آله وصحبه أجمعين وبعد.
ދުޢާ ކުރުމަކީ ވަރަށް މާތް މަތިވެރި އަޅުކަމެކެވެ. ދުޢާ ކުރުމުގެ ސަބަބުން މީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންދެއެވެ. ދުޢާ ކުރާ ވަގުތަކީ ﷲ ތަޢާލާގެ އަޅާ އެއިލާހުގެ މަތިން ހަނދުމަކުރާ ވަގުތެވެ. އެއިލާހު ހަނދުމަ ކުރާ މީހާގެ މަތިން އެއިލާހު ހަނދުމަކުރައްވާވޮޑިގެންވެއެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑަށާއި އެންމެހާ މުސްލިމު އަޚުންނާއި އުޚްތުންނަށް އިޚްލާޞްތެރިކަމާއެކު ދުޢާ ކިޔަން އާދަކުރުމުގެ ހެޔޮ ތައުފީޤު ﷲ ތަޢާލާ ދެއްވުމެވެ.
1-     رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ .
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) قبول ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ! تَقَبَّلْ (މިކަން) ޤަބޫލު ކުރައްވާފާނދޭވެ! مِنَّا އަޅަމެންގެ ކިބައިން ۖ إِنَّكَ ހަމަކަށަވަރުން، އިބަރަސްކަލާނގެއީ أَنتَ ރަސްކަލާނގެއެވެ. السَّمِيعُ މޮޅަށް އައްސަވާވޮޑިގެންވާ الْعَلِيمُ މޮޅަށް ދެނެވޮޑިގެންވާ.

2- رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ.
އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ ދެމީހުން ކަމުގައި އަޅަމެން ލައްވާފާނދޭވެ! އަދި އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ أمّة އެއް، އަޅަމެންގެ ދަރިފަސްކޮޅުން ލައްވައިފާނދޭވެ! އަދި އަޅަމެން އަޅުކަންކުރާނޭ ގޮތްތައް އަޅަމެންނަށް ދައްކަވައިފާނދޭވެ! އަދި އަޅަމެންގެ މައްޗަށް توبة ލައްވައިފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން توبة ލައްވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ! وَاجْعَلْنَا ކަމުގައި އަޅަމެން ލައްވާފާނދޭވެ! مُسْلِمَيْنِ ފުރިހަމަޔަށް ކިޔަމަންވާ ދެމީހުން لَكَ އިބަރަސްކަލާނގެއަށް وَمِن ذُرِّيَّتِنَا އަދި އަޅަމެންގެ ދަރިފަސްކޮޅުން أُمَّةً  އުއްމަތެއް مُّسْلِمَةً ފުރިހަމަޔަށް ކިޔަމަންވާ  لَّكَ އިބަރަސްކަލާނގެއަށް وَأَرِنَا އަދި އަޅަމެންނަށް ދައްކަވައިފާނދޭވެ! مَنَاسِكَنَا އަޅަމެން އަޅުކަންކުރާނޭ ގޮތްތައް وَتُبْ އަދި توبة ލައްވައިފާނދޭވެ! عَلَيْنَا އަޅަމެންގެ މައްޗަށް  ۖ  إِنَّكَ ހަމަކަށަވަރުން އިބަރަސްކަލާނގެއީ أَنتَ ރަސްކަލާނގެއެވެ.التَّوَّابُ ގިނަގިނައިން توبة ލައްވާ الرَّحِيمُ رحيم ވަންތަ ރަސްކަލާނގެއެވެ.

3-     رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ.
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ކެތްތެރިކަން ދެއްވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކޮށް ދެއްވާނދޭވެ! އަދި، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ!
رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ! أَفْرِغْ ދެއްވާނދޭވެ! عَلَيْنَا އަޅަމެންނަށް صَبْرًا ކެތްތެރިކަން وَثَبِّتْ އަދި ސާބިތުކޮށް ދެއްވާނދޭވެ! أَقْدَامَنَا އަޅަމެންގެ ފައިތިލަތައް وَانصُرْنَا އަދި އަޅަމެންނަށް نصر ދެއްވާނދޭވެ! عَلَى މައްޗަށް  الْقَوْمِ  قوم ގެ الْكَافِرِينَ كافر ވެގެންވާ.

4-  رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا.
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ!
رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ!  لَا تُؤَاخِذْنَا އަޅަމެންނަށް عقوبات ނުދެއްވާނދޭވެ! إِن نَّسِينَا އަޅަމެން ހަނދާންނެތިއްޖެނަމަ،  أَوْ ނުވަތަ، أَخْطَأْنَا قصد އެއްނެތި ކުށެއް ވެވިއްޖެނަމަ

5- رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا.  
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ!
رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ! وَلَا تَحْمِلْ عَلَيْنَا އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! إِصْرًا ބުރަކަމެއް كَمَا حَمَلْتَهُ عَلَى އުފުލުމަށް ޖެއްސެވިފަދަ  الَّذِينَ مِن قَبْلِنَا އަޅަމެންގެ ކުރިންތިބި މީހުންނަށް.  

6- رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا.
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް عفو ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ!
رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ! وَلَا تُحَمِّلْنَا އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! مَا އެކަމަކަށް لَا طَاقَةَ ކުޅަދާނަވެގެން ނުވާކަމެއް لَنَا بِهِ އަޅަމެންނަށް އެކަމަކަށް  ۖ وَاعْفُ އަދި، عفو ކުރައްވާނދޭވެ! عَنَّا އަޅަމެންނަށް وَاغْفِرْ އަދި، ފާފަފުއްސަވާނދޭވެ!   لَنَا އަޅަމެންނަށް  وَارْحَمْنَا އަޅަމެންނަށް رحمة ލައްވާނދޭވެ!.

ނުނިމޭ