ތަމްސީލު: ވެހޭތާ ފެން ނަގާށެވެ.


ވެހޭތާ ފެން ނަގާށޭ!

ހައްވަ: އައްސަލާމް ޢަލައިކުމް.

ކައްދަ: ވަޢަލައިކުމުއްސަލާމް.

ހައްވަ: ދެނަހުރީމުތަ؟ މާދަމާ ހަވީރު 4 ކުން 5 ކަށް އެސްޓީއޯއިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ބޮޑު ހަދިޔާއެއް ލިބޭ ވާހަކަ ނޫހުގައި އެބައޮތް.

ކައްދަ: އަހަރުމެން ވާނެ ދޯ ތި ހަދިޔާ ލިބޭތޯ ދާން. ދޯ ސަންފަ.

ސަންފަ: އާން! ދާން ވާނެ.

(އަނެއްދުވަސް)

ހައްވަ: ކޮބާ ހިނގާ ދާން!

ކައްދަ: އަންނާނަން ސަންފައަށް ގޮވާފައި.

ކައްދަ: ސަންފާ! ސަންފާ! އަވަހަށް ހިނގާ ދާން! އެސްޓީއޯއާ ދިމާއަށް!

ސަންފާ: (މޯޅިއަކަށް ދެމިފައި) އޫމް ... ނުދެވޭނެ، ވަރަށް ވަރުބަލި. ކައްދަމެން ދޭ.

(އެމީހުން ހަދިޔާ ހިފައިގެން އަންނަތަން ފެނުމުން)

ސަންފަ: އަސްތާ ތީތަ ލިބުނު ހަދިޔާއަކީ. މަވެސް އަންނާނަން ހަދިޔާ ހޯދައިގެން.

(އެސްޓީއޯއަށް ގޮސް މަސްދަޅެއް ހިފައިގެން ކައުންޓަރު ކައިރިއަށް ދިޔަ)

ސޭޓު: 15 ރުފިޔާ.

ސަންފަ: ކޮބާ މަށަށް ވީ ހަދިޔާ؟

ސޭޓު: އެއީ ވަކި ވަގުތަކަށް ކަނޑައެޅިފައި އޮތް ކަމެއް. މިހާރު އެކަމަށް ދިން ވަގުތު ހަމަވެއްޖެ. ވަގުތު ފާއިތުވުމުން އެކަމެއް ހޯދަން އުޅުނެއް ކަމަކު އެކަމެއް ނުވާނެ ދޯ؟  

މުސްކުޅިން ބުނެއުޅޭތީ އަޑުއަހަން ވެހޭތާ ފެން ނަގާށޭ! ސަންފައަށް ތިއޮތީ އެ ހާލަތު އައިސްފައި.

ޢިބްރަތް: ކޮންމެ ކަމެއް ވެސް އެކަމަކަށް ކަނޑައެޅިފައިވާ ވަގުތުގައި ކުރާށެވެ! ނޫނީ ފަހުން ހިތާމަކުރަން ޖެހިދާނެއެވެ.  

No comments: