ބައޮގުރަފިކަލް ރިކައުންޓު: މަޝްހޫރު ފެތުންތެރިޔާ އައިޝަތު އައިނީ

  މަޝްހޫރު ފެތުންތެރިޔާ އައިޝަތު އައިނީ

 

ފެތުމުގެ ދާއިރާއިން ރާއްޖޭގައި ފާހަފަ ކުރެވޭ ޒުވާން މަޝްހޫރު ފެތުންތެރިޔާއަކީ ސ. ދޮންދީނިހެރަ ރޯޝަނީގެ އައިޝަތު އައިނީއެވެ. 1994 ޖުލައި 31 ގައި އުފަންވި އައިނީ ޢާއްމުންގެ ތެރޭގައި މަޝްހޫރުވެފައިވަނީ "ނޮންނީ" ގެ ނަމުންނެވެ.  

އައިނީގެ ބޮޑުބޭބެ ޒާއިދު އަލީއަކީ ފެތުމުގައި މުޅި ސީނު އަތޮޅުން ފާހަގަ ކުރެވޭ ހުނަރުވެރިއެކެވެ. އައިނީގެ ޢުމުރުން އެންމެ 5 އަހަރުގައި ބޮޑުބޭބެއާއެކު މޫދަށް ގޮސް ފެތުމުގެ ކުލާސްތަކުގައި ބައިވެރިވިއެވެ. މިއީ، އައިނީ މިދާއިރާއަށް ވަދެވެން މެދުވެރިވި ސަބަބެވެ. އަދި ހަފުތާ ބަންދު ދުވަސްތަކުގައި  ބޮޑުބޭބެ ގާތުން ފެތުމުގެ ތަފާތު ހުނަރުތައް ދަސްކުރިއެވެ.

2004 ވަނަ އަހަރު، ބޮޑުބޭބޭގެ ހަންގަނޑަށް ޖެހުނު ބައްޔެއްގެ ސަބަބުން އޭނާ މޫދަށް ދިއުން ޑަކުޓަރުން ވަނީ މަނާކޮށްފައެވެ. އެހާ ހިސާބުން ބޮޑުބޭބެގެ ހުނަރު ދަމަހައްޓައި އޭނާ އުފާކޮށްދިނުމުގެ އަޒުމު އައިނީގެ ހިތުގައި އުފެދުނެވެ. އެހެންކަމުން ފެތުމުގެ ހުނަރުތައް ދަސްކޮށްދޭ ކުލާސްތަކެއްގައި ބައިވެރިވެ، ފެތުމުގެ ހުރިހާ ހުނަރެއް ދަސްކުރިއެވެ. ނަތީޖާއެއްގެ ގޮތުން، ސްކޫލުގެ އިންޓަރ ހައުސް މުބާރާތްތަކުގެ އިތުރުން އިންޓަރ ސްކޫލް މުބާރާތްތަކުން ރަންވަނަ ހޯދާ ކުދިންގެ ލިސްޓުގެ އެއްވަނައިގައި އައިނީގެ ނަންވެސް ލިޔެވުނެވެ. 2005 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް މުބާރާތުގައި އައިނީ ބައިވެރިވީ އޭނާގެ ބޮޑުބޭބެގެ އެދުމުގެ މަތިންނެވެ. އެ މުބާރާތުން އޭނާއަށް ދެވަނަ އަށް އެންމެ މޮޅު ފެތުންތެރިޔާގެ މާގާމު ލިބުނެވެ.

ސާކު ގައުމުތަކުގެ މެދުގައި ބޭއްވުނު ސާކު ޗެންޕިއަން ސްވިމިންގް އެވޯޑުގައި ބައިވެރިވެ އައިނީއަށް ވަނީ ތަފާތު ކާމިޔާބީތަކެއް ލިބިފައެވެ. އެގޮތުން 2005 ވަނަ އަހަރު އެންމެ މޮޅު ފަސްވަނައިގައި އޭނާގެ ނަން ހިމެނުނެވެ. އަދި 2006 ވަނަ އަހަރު އައިނީއަށް ވަނީ މުބާރާތުން ދެވަނަ ލިބިފައެވެ. އަދި އޭގެ ތިން އަހަރު ފަހުން 2009 ވަނަ އަހަރު އެ މުބާރާތުގެ ފަޚްރުވެރި އެއްވަނަ އޭނާއަށް ވަނީ ލިބިފައެވެ. މީގެއިތުރުން 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވުނު ވޯޓަރ ސްޕޯޓުސް ފެތުމުގެ މުބާރާތުގައި ބައިވެރިވެ އެ މުބާރާތުގެ ތިންވަނަ މަޤާމު ލިބިފައިވެއެވެ. ހަމައެހެންމެ 2012 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވުނު "ސްވިމް ވުމެންސް" ގައި ބައިވެރިވެ މުޅި މުބާރާތުގެ ފަޚްރުވެރި އެއްވަނަ ލިބިފައިވެއެވެ.

މި ދާއިރާއިން އޭނައަށް ލިބެމުންދިޔަ ކާމިޔާބީތާކާއެކު، އެ ހުނަރު އެހެން ކުދިންނަށް ދަސްކޮށްދޭން ކުލާސްތަކެއް ހިންގަން ފެށިއެވެ. އެންމެ ފުރަތަމަ ސ. އަތޮޅުގައި ހިންގަންފެށި ކުލާސްތައް ޗުއްޓީ  ދުވަސްވަރާ ދިމާކޮށް މާލޭގައި ހިންގަން ފެށިއެވެ.

އައިނީއަށް ވަނީ ރެހެންދި އެވޯޑުގެ އިތުރުން ޢާއްމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2019 ވަނަ އަހަރު ލިބިފައެވެ.

ފެތުމުގެ ދާއިރާގައި ސާބިތުވެ ހުރި އައިނީއަކީ މި ދާއިރާއިން ރާއްޖެ ފަޚުރުވެރިވާ ފަދަ ރަންވަނަތަކެއް ހޯދައިގެން ރާއްޖެއަށް ރީތި ނަންތަކެއް ގެނެސްދެމުންދާ ހުނަރުވެރި ޒުވާނެކެވެ.

No comments: