Friday, December 6, 2019

ވާހަކަ: ހިކުމާ


ހިކުމާ

 Image result for tooth virus



ހިކުމާ ދިރިއުޅެމުން ދިޔައީ އޭނާގެ އެކުވެރިންނާއެކު ޖާވިދުގެ އަނގައިގެ ތެރޭގައެވެ. އޭނާގެ ކޮންމެ އެކުވެރިއަކަށް ބޮޑު ކޮޓަރިއެއް ހުރެއެވެ. ހިކުމާ ދިރިއުޅެމުން ދިޔައީ ބޮޑު ހަވޭލީއެއް ފަދަ ކޮޓަރިއެއްގައެވެ. އެ ކޮޓަރި ހަދާފައި ވަނީ ޖާވިދުގެ ކޮލުދަތުގައެވެ. 
ޖާވިދަކީ ދަތް ސާފުކުރުމަށް އެއްވެސް ވަރަކަށް އިސްކަންދޭ ކުއްޖެއް ނޫނެވެ. އެހެންކަމުން ހިކުމާއާއި އޭނާގެ އެކުވެރިން އުޅެމުން ދިޔައީ ޖާވިދުގެ އަނގަ މިލްކު ކޮށްގެންނެވެ. ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ ވެސް ޖާވިދު ކަނީ ޗޮކްލެޓާއި ޑޯނަޓާއި ކޭކުފަދަ ފޮނި ތަކެއްޗެވެ. އަދި ބުއިމަކަށް މައިލޯއާއި ޖޫސްފަދަ ބުއިންތަކަށް ޖާވިދު އިސްކަންދެއެވެ. ނިދުމުގެ ކުރިން ކާއެއްޗެއް ނުކައި އެންމެ ރެއެއް ވެސް ދޫކޮށް ނުލައެވެ. 

އާދައިގެ މަތިން ޗޮކްލެޓެއް ކައިގެން ޖާވިދު އޮތީ ނިދާފައެވެ. ކުއްލިއަކަށް ޖާވިދަށް ހޭލެވުނެވެ. އޭރު މުޅި މޫނުވަނީ ދުޅަވެފައެވެ. ދަތެއްގަ ރިއްސާވަރުން ކެތްނުވެގެން ޖާވިދަށް ރޮވުނެވެ. މަންމައަށް ގޮވަން އުޅުނެވެ. ނަމަވެސް ރިއްސާވަރު ބޮޑުކަމުން އަނގައިން ބަހެއް ބުނެވޭ ވަރެއް ނޫނެވެ. ވަރަށް ހާލުން މަންމަގެ ކޮޓަރިއާއި ހަމައަށް ގޮސް ދޮރުގައި ޓަކިޖެހިއެވެ. އަވަސް އަވަހަށް މަންމައާއި ބައްޕަ ޖާވިދު ގޮވައިގެން ހޮސްފިޓަލަށް ދިޔައެވެ. ޑޮކްޓަރު ޖާވިދުގެ ގަޔަށް އިންޖިކްޝަނެއް ޖެހިއެވެ. އަދި ބޭސް ދިނުމަށްފަހު ތިން ދުވަސް ފަހުން އައުމަށް ބުންޏެވެ.

ގެއަށް ދިޔަ މަގުމަތީގައި ޖާވިދުގެ ބައްޕަ އިބްރާހީމް ޖާވިދާ ސުވާލެއް ކުރިއެވެ. "ދަރިފުޅާ ޖާވިދު! ދަރިފުޅު ދަތް އުނގުޅަނީ ދުވާލަކު ކިތަށް ފަހަރުތަ؟" ސުވާލުގެ ޖަވާބު ދެމުން ޖާވިދު ބުންޏެވެ. "ނޭ ... ނޭ ... ނޭ .... ނޭނ ... ނޭނގޭ ބައްޕާ، އެންމެ ފަހުން ދަތް އުނގުޅި ދުވަހެއް ހަނދާނެއް ނެތް". "ސުބުޙާނަﷲ ... ހަނދާނެއް ނެތޭ! މަންމަ ކޮންމެ ދުވަހަކު ދަރިފުޅަށް ހަނދާންކޮށްދޭ އަޑު އަހަން". ބައްޕަ ވަރަށް ދެރަވެފައި ބުންޏެވެ. "ދަރިފުޅު ދަތް އުނގުޅާފަ ހުއްޓަސް ބައްޕައަކަށް އަދި މަންމައަކަށް ނޭނގޭނެ ކަން ދަރިފުޅަށް އެނގެއެއް ނުން؟" ޖާވިދުގެ މަންމަ ފާތިމާ ވަރަށް ހިތާމަވެރި އަޑަކުން ބުންޏެވެ.  "އާނ ބައްޕާ! މަންމާ! ބައްޕަ ވެސް އަދި މަންމަ ވެސް ހަނދާންކޮށްދޭ" ސުކޫލަށް ދިޔައިމަ މުދައްރިސާއި އެކުވެރި ކުދިން ވެސް ހަނދާންކޮށްދޭ، ބައްޕައާއި މަންމައަށް ނުފެންނަކަން ވެސް އެނގޭ، އެކަމަކު އަޅުގަނޑަށް ފަރުވާ ކުޑަކުރެވުނީ" ޖާވިދު މަޑުމަޑުން ބުންޏެވެ.  

ބައްޕައާއި މަންމަ ޖާވިދަށް ނަސޭހަތްދީ ވާހަކަ ދެއްކިއެވެ. އަދި ބޭސް ކާން ދިނުމަށްފަހު ނިންދެވިއެވެ. ޖާވިދު ބޭސްކާން ފެށުމުން ހިކުމާއާއި އޭނާގެ އެކުވެރިންގެ ގައިގައި ރިއްސަންފެށިއެވެ. އަދި ގައިގެ ވަރުދެރަވާން ފެށިއެވެ. ހިކުމާ އޭނާގެ އެކުވެރިންނާއެކު ބައްދަލުވުމެއް ބޭއްވިއެވެ. އަދި ޖާވިދުގެ އަނގައިން ނެރެލައިފި ނަމަ އެހެން މަންޒިލެއް ހޯދަން ކުރާނެ ކަންތައް ޕްލޭންކުރިއެވެ.

ތިންވަނައަށްވީ ދުވަހު ޖާވިދުގެ މަންމައާއި ބައްޕަ އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. އަދި އެދުވަހު ޑޮކްޓަރު ޖާވިދުގެ ދަތްތައް ސާފުކޮށް ފުޓުނިއަޅައި ރީތިކުރިއެވެ. ދަތްތައް ސާފުކޮށްފަ އެއްލާލި ކަފަތަކާއި ޓިޝޫތަކާއެކު ހިކުމާއާއި އޭނާގެ އެކުވެރިން އެއްލާލެވުނީ ފުން ޑަސްބިނެއްގެ ތެރެއަށެވެ. އެޑަސްބިނުގެ ތެރެއިން ސަލާމަތްވެގެން ވަންނާނެ މަންޒިލެއް ހޯދަން އެމީހުން ސައްލާކުރިއެވެ.  ޖާވިދާއި އޭނާގެ މައިންބަފައިން މިސްރާބުޖެހީ ގެއާއި ދިމާއަށެވެ.

އެމީހުންގެ ފަހަތުން ހިކުމާއާއި އޭނާގެ އެކުވެރިން މަޑުމަޑުން ހިނގަމުން ދިޔައެވެ. އަދި ދެވަނަ ފަހަރަށް ވެސް ޖާވިދުގެ އަނގައިން ޖާގައެއް ލިބޭތޯ ރެއާ ދުވާލު މަސައްކަތްކުރިއެވެ. ނަމަވެސް ޖާވިދުގެ އަނގައިން ފުރުސަތެއް ލިބޭގޮތެއް މިފަހަރަކު ނުވިއެވެ. ޖާވިދު ހެނދުނާއި ހަވީރުގެ އިތުރުން ކާ ކޮންމެ ގަޑިއެއްގައި ދަތް އުނގުޅައެވެ. އަދި ނިދުމުގެ ކުރިން ދަތް އުނގުޅުމަށް ވަކިން ބޮޑަށް ފަރުވާ ބަހައްޓައެވެ. ޖާވިދު ކަންތައް ކުރަމުންދާ ގޮތުން އިތުރު ފުރުސަތެއް ނުލިބޭނެކަން ހިކުމާއަށް ޔަގީންވުމުން އެކުވެރިން ގޮވައިގެން އެހެން ދިމާއަކަށް މިސްރާބުޖެހިއެވެ.

ހިކުމާއާއި އޭނާގެ އެކުވެރިންގެ ފަރާތުން ސަލާމަތްވާން އެދޭނަމަ ދަތް އުނގުޅުމަށް ސަމާލުވާށެވެ!

ވާހަކަ: ހާ....!!!


ހާ ....!!!

ހާލިން Image result for nestތެދުވެގެން ހާ Image result for henދިޔައީ ހޯނު Image result for geckoހޯދާށެވެ. ހޯނު ދިޔައީ ކާއެއްޗެއް ލިބޭތޯއެވެ. ހޯނަށް އެކުވެރި ހިނި Image result for antފެނުނެވެ. ހޯނު ހިންޏަށް ސަލާންކުރިImage result for salam އެވެ. އަދި ބަނޑުހައިވެގެން އުޅޭ ވާހަކަ ވެސް ބުންޏެވެ. ސަލާމުގެ ޖަވާބު ދިނުމަށްފަހު ހިނީގެ ހޮރުގައި Image result for ant houseވަރަށް މީރު ހަލުވާ Image result for halwaހުރި ވާހަކަ ހޯނުގާތު ބުންޏެވެ. އަދި ހޮރަށް ދިއުމަށް ދައުވަތު ދިނެވެ.  ހޯނު ވަރަށް އުފާވިއެވެ. އަދި ހިންޏާއި އެކު ވަރަށް ހަނި މަގަކުން Image result for narrow road ހޮރަށް ދިޔައެވެ.  ހޮރަށް ދިޔަ މަގުމަތިން ހާލާ ދިމާވެގެން ހަލުވާ ކެއުމަށް ހޮރަށް ދިއުމަށް ދައުވަތު Image result for inviteދިނެވެ. ހާގެ  އަތުގައި ވަރަށް ރީތި ހުދުކުލައިގެ ދެ ހާރު Image result for white necklaceއޮތެވެ. އެއީ ދެ އެކުވެރިންނަށް Image result for friend ދިނުމަށް ގެނައި ހަދިޔާއެއް Image result for giftކަމަށް ހާ ބުންޏެވެ. ހޮރަށް ދެވުމުން ހީނާފަތު ސައިބޯނިން Image result for heena soapއަތް ދޮވުނެވެ. އަދި ތިން އެކުވެރިން ހަލުވާ ތަށި ކައި ހުސްކުރިImage result for empty plate އެވެ.