ޝައިޠާނާ (ވާހަކަ)

     ހަށިގަނޑުގެ ކުލަ ދޮން ވަރަށް ރީތި ވަރަށް ބަސް އަހާ ކުއްޖަކު އުޅުނެވެ. އެއީ ކިޔަވަން ވެސް ވަރަށް މޮޅު ވިސްނުންތޫނު ކުއްޖެކެވެ. އެ ކުއްޖާގެ ނަމަކީ ޒަހްރާ އެވެ. އުޑުމަތި ރީތި ދުވަހެކެވެ. ޒަހްރާ އޮތީ ގޭގެ ފެންޑާގައި ހުރި އުނދޯއްޔެއްގައި ފޮތެއް ކިޔާށެވެ.

      ޒަހްރާއަށް އެތާ ނުފެންނަ ބަޔަކު ތިބިހެން ހީވުމުން ގެއަށް ވަނެވެ. ގެއަށް ވަނުމުގެ ކުރިން ޒަހުރާގެ ކިބައިގައި ހަރުލާފައިވާ ރީތި އާދައެއްގެ މަތިން ސަލާމްގޮވާލިއެވެ. ގޭތެރެއިން އޭނާގެ މަންމަ ސަލާމުގެ ޖަވާބު ދިނުމުން ގެއަށްވަދެ ދޮރުލެއްޕިއެވެ. ހަށިގަނޑުގެ ކުލަ ދޮން ރޫފަ ރަނގަޅު ޝައިޠާނަކު، ނިކަމެތިވެ ބަލިކަށިވެފައިވާ ޝައިތާނަކާ ދިމާވެގެން ބުންޏެވެ.

ދުޅަހެޔޮ ޝައިޠާނާ: "ކަލޭ ތިހާ ބޮޑަށް ހިކި ބަލިކަށި ވުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟"

ބަލިކަށި ޝައިޠާނާ: "އަހަރެން އިންސާނެއްގެ ފަހަތުން އުޅެން ފެށި ފަހުން ވީގޮތެއް."

ދުޅަހެޔޮ ޝައިޠާނާ: "އަސްތާ އެހެން ވޭތަ؟  ނިކަމެއްތި އިންސާނެއްގެ ފުށުން."

ބަލިކަށި ޝައިޠާނާ: "އާނ. މިއޮތީ ވެފައި. އަހަންނަކަށް މިހާރު ކާކަށް ނުލިބޭ. އޭނާ ކެއުމުގެ ކުރިން ބިސްމި ކިޔާ. އެހެންވެ އަހަރެން ހުންނަން މިޖެހެނީ ބަނޑަށް."

ދުޅަހެޔޮ ޝައިޠާނާ: "ކާން ނުލިބުނަށް ބޯން ލިބޭނެއެއް ނުން. އެވަރުން ވެސް ނުވަނީތަ؟"

ބަލިކަށި ޝައިޠާނާ: " އާނަ. އޭނާ އެއްޗެއް ބުއިމުގެ ކުރިން ވެސް ބިސްމި ކިޔާ. އެހެންވެ އަހަރެންނަކަށް ބޮނެ އެއްޗެއް ވެސް ނުލިބޭ."

ދުޅަހެޔޮ ޝައިޠާނާ: "އެހެންތަ އެހެންވިއްޔާ ވަރަށް ރަނގަޅު ޚިޔާލެއް ދީފާނަން. އޭނާގެ ފަހަތުން ގޮސް ގެއަށް ވަދޭ. އަދި ބަދިގޭގައި ހުރި ކާއެއްޗެއްވިއްޔާ ކައި ހުސްކޮށްލާ."

ބަލިކަށި ޝައިޠާނާ: " އެހެންތަ ހީކުރީ. މަގޭ ހަށިގަނޑަށް މިއަން ބަދަލުން ހީވޭތަ އެފަދަ ފުރުޞަތެއް ލިބޭނެހެން. އޭނާ ގެއަށް ވަންނަ އިރު ބިސްމި ކިޔައި ސަލާމް ވެސް ގޮވާ. އެހެންވެ އަހަރެންނަށް އޭނާއާއެކު ގެ އަކަށް ނުވަދެވޭ. އަހަރެން މުޅި ޢުމުރު ހޭދަ ކުރަން މި ޖެހެނީ ބޭރުގައި".

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި ޝައިޠާނާ ހިތަށް އެރިއެވެ. އޭނާ އުޅެނީ ހާދަހާ އުފަލެއްގައެވެ.

      އަހަރެން އެ މިހަކާ އެކު މި އުޅޭ އިންސާނާ ކެއުމުގެ ކުރިން ބިސްމިއެއް ނުކިޔައެވެ. އެހެންވެ އަހަރެން އޭނާއާއެކު ކަމެވެ. އަދި އެއްޗެއް ބުއިމުގެ ކުރިން ވެސް އެނާ ބިސްމިއެއް ނުކިޔައެވެ. އެހެންވެ އަހަރެން އޭނާއާއެކު ބޮމެވެ. އަދި ގެއަށް ވަންނަ އިރު ބިސްމިކިޔަން އަދި ސަލާމް ގޮވަން އޭނާ ހަނދާނެއް ނުހުރެއެވެ. އެހެންވެ އަހަރެން އޭނާއާއެކު ގެ އަށް ވަންނަމެވެ.

      ޒަހުރާ ކިޔަވާ މޭޒު ދޮށުގައި ކިޔަވަން އިށީންނަމުން ބިސްމި ކިޔައި ފޮތް ނެގިއެވެ. ގެގެ ބޭރުގައި ޒަހުރާއަށް ލަނޑުދޭން ވިސްނަން ހުރި ޝައިޠާނާގެ ހިތަށް ހަންޖަރެއް ހެރުނުފަދައެވެ. އޭނާއަށް ޒަހުރާ ކިޔެވުންމަތިން ފޫހިކުރުވޭނެ ގޮތެއް ވެސް ނުވިއެވެ. ނަމަވެސް އޭނާ ހުރީ ބަލި ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އެރޭ ޒަހުރާއަށް ނިދިޔަ ނުދޭން އޭނާދަނީ ޕުލޭންތަކެއް ކުރަމުންނެވެ. އެގޮތުގެ މަތިން އޭނާ މިސްރާބުޖެހީ އެގޭގެ ގިފިއްޔާ ދިމާއަށެވެ. ޒަހުރާ ފެންވަރަން ވަންނަ ގަޑީގައި އޭނާއަށް ލަނޑު ދިނުމުގެ ބޭނުމުގައެވެ. ޒަހުރާ ކިޔެވުން ނިންމާލުމަށްފަހު ﷲ އަށް ޙަމްދުކޮށް ދުޢާކުރިއެވެ.

       ޒަހުރާ ތުވާލި ނަގައި ފެންވަރަން ގިފިއްޔަށް ވަންނަމުން ދުޢާ ކިއެވެ. ޝައިޠާނާގެ ހިތަށް މިފަހަރު ހެރުނީ ކުރިއަށްވުރެ ބޮޑު ހަންޖަރަކެވެ. އޭނާއަކަށް ޒަހުރާއާ ހިސާބަށް ދެވޭނެ އެއްވެސް ގޮތެއް ނެތީއެވެ. އެހެންކަމުން ޒަހުރާ ދޫކޮށް އެހެން މީހަކު ހޯދުމަށް މިސްރާބު ޖެހިއެވެ.

 

 

  

No comments: