ޚަބަރު: އެސެންބުލީއެއް ބާއްވައިފި

އެސެންބުލީއެއް ބާއްވައިފި.

 

ލިޔުުނީ: ރާނިޔާ މުއްޠަލިބު

21 ސެޕުޓެންބަރު 2023 (ބުރާސްފަތި) - ރާއްޖޭގެ ޚަބަރު, އައްޑޫ ސިޓީ 

މިއަދު ހެނދުނު ހަތެއްޖެހި އިރު ނޫރާނީ ސްކޫލުގައި އެސެންބުލީއެއް ބާއްވައިފިއެވެ. 

އެސެންބުލީ ފެށުނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. ކީރިތި ޤުރުއާން ކިޔެވީ އެ ސްކޫލުގެ ގުރޭޑު ހަތަރެއްގެ ދަރިވަރު މަނާސިކު ނަސީމެވެ. ސްކޫލުގެ ލީޑިން ޓީޗަރ ޝަރަފިއްޔާ ޢަލީ މަޢުލޫމާތު ދެއްވިގޮތުގައި މި އެސެންބުލީގައި އެ ސްކޫލުގެ ގުރޭޑު ހަތަރެއްގެ ދަރިވަރުން ވަނީ ހިތްހެޔޮކަމުގެ މުހިއްމުކަން ދައްކައިދޭ ތަމްސީލެއް ކުޅެފައެވެ.

އެސެންބުލީ ނިންމާލީ އެ ސްކޫލުގެ ގުރޭޑު ހަތަރެއްއްގެ ދަރިވަރެއް ކަމަށްވާ އަސްމާ އަޙްމަދުގެ ދުޢާއަކުންނެވެ.  


No comments: