ކަނބިއްޔާއި
މާކަނާ
ކަނބިއްޔާއި މާކަނާ އެއްބައިވެގެން ވިޔަފާރިއެއް ފަށަން
މަޝްވާރާކުރި އެވެ. އެހެންނަމަވެސް މަކާނާ އަތުގައި މިކަމަށް ޚަރަދުކުރާނެ އެންމެ
ރުފިޔާއެއް ނެތެވެ. އެހެންކަމުން އަނބުރާ ދޭގޮތަށް އެކުވެރި ކޮވެއްޔާއި ރާބޮނދި
އަތުން ރުފިޔާ ހޯދި އެވެ. ޒާތްޒާތުގެ މަސްވިއްކާ ފިހާރަ ހުޅުވީ އައްޑޫ ސިޓީ ހިތަދޫ
ކޮންވެންޝަން ހޮސްޕިޓަލުގެ ވަށައިގެން އޮންނަ ކުޅީގައެވެ.
ކަނބިއްޔާއި މާކަނާގެ ވިޔަފާރި ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ދަނިކޮށް އެ ކުޅީގެ ތެރޭގައި ހުރި ލިލީގަހުގެ އުނދަގޫ ފޯރަންފެށި އެވެ. ލިލީގެ ސަބަބުން މަސްތައް މަރުވާން ފެށި އެވެ. މިކަމާއި ކަނބިއްޔާއި މާކަނާ ވަރަށް ދެރަވި އެވެ. ވިޔަފާރި ސަލާމަތްކުރުމަށް ދެ އެކުވެރިން ހިތްވަރުކުރަން ފެށި އެވެ. އެހެންކަމުން ހިތަދޫގެ މޭޔަރު ދޮންދީނާއަށް ސިޓީއެއް ފޮނުވި އެވެ. ސިޓީގެ ޖަވާބު ލިބުނީ ކަނބިއްޔާއި މާކަނާ އުއްމީދުކުރި ގޮތާ ޚިލާފަށެވެ. ވިޔަފާރިކުރުމަކީ ހަމައެކަނި އިންސާނުންނަށް ލިބިފައިވާ ޙައްގެއްކަމާއި ހަފުތާއެއްގެ ތެރޭގައި ފިހާރަ ބަންދުކުރަން އަންގާފައިވެ އެވެ.
ކަނބިއްޔާއި މާކަނާއަށް ލިބުނު ހިތާމައެއްގެ ބޮޑުކަމުން އައްޑޫ ސިޓީ ދޫކޮށް ފުއައްމުލަކު ސިޓީއަށް ދިރިއުޅުން ބަދަލުކޮށް އުފަލުގައި ޙަޔާތް ވޭތުކުރަން ފެށިއެވެ.
No comments:
Post a Comment