ޢަޤީދާ
ސުވާލުތަކާއި ޖަވާބުތައް ކިޔާލަމާ!
1-
ނަފްސު
ޠާހިރުކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކޮބައިކަން ބުނެދެމާ!
ü
ނަފްސު ޠާހިރުކުރުމަށްޓަކައި
އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އެއަށް
އަމަލުކުރުމެވެ.
2-
ޝަހާދަތް ކިޔައިފި
މީހާގެ މައްޗަށް ލާޒިމުކުރާ ދެ ކަމެއް ބުނެދެމާ!
ü
އަޅުކަންކުރާނީ
ހަމައެކަނި މާތް ﷲ އަށެވެ.
ü
ރަސޫލާ
ދަސްކޮށްދެއްވި ކަންތައް ބަރާބަރަށް އަދާކުރާނެއެވެ.
3-
އުޑާއި ބިން ހެއްދެވީ
ކާކު ކަން ބުނެދެމާ!
ü
އުޑާއި ބިން ހެއްދެވީ
މާތް ﷲ އެވެ.
4-
ހުރިހާ އެއްޗެއް
ހެއްދެވީ މާތް ﷲ ކަން އެނގުނީ ކިހިނެއްކަން ބުނެދެމާ!
ü
މާތް ﷲ
ވަޙީކުރައްވާފައި ވެއެވެ. اللهُ خَالِقُ كُلِّ
شَيْءٍ (سورة الزمر 62) މާނައީ: "ހުރިހާ އެއްޗެއް ހެއްދެވީ ޚާލިޤުވަންތަ
މާތް ﷲ އެވެ."
5-
މާތް ﷲ ދެއްވި ބުއްދި
ބޭނުންކޮށްގެން އިންސާނުން އުފައްދަވާފައިވާ ތިނެއްޗެއްގެ ނަން ބުނެދެމާ!
ü
ކާރު، މޭޒު، ފަންކާ، ... ފަދަ ތަކެއްޗެވެ.
6-
އެއްކައުވަންތަކަމުގެ
މާނައަކީ ކޮބައިކަން ބުނެދެމާ!
ü
މާތް ﷲ ފިޔަވައި
އެހެން އެއްވެސް އިލާހަކު ނުވާކަމަށް ހިތުން ތެދުކޮށް ޤަބޫލުކުރުމެވެ.
7- މާތް ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަން އެނގުނީ ކިހިނެއްކަން ބުނެދެމާ!
ü
މާތް ﷲ
ވަޙީކުރައްވާފައިވެއެވެ. قُلْ هُوَ اللهُ أَحَدٌ
(الإخلاص 1) މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ ﷲ
އެވެ.
8-
މާތް ﷲ އަށް އެކަނި
އަޅުކަންކުރަން ޖެހެނީ ކީއްވެގެންކަން ބުނެދެމާ!
ü މީސްތަކުން ހައްދަވައި ގެންގުޅުއްވާ ބަލަހައްޓަވައި
ރިޒުޤުދެއްވާ ފަރާތަކީ މާތް ﷲ އެވެ.
9-
މާތް ﷲ އަށް
އަޅުކަންކުރުމުން ލިބޭ ދެ ފައިދާ އެއް ބުނެދެމާ!
ü ﷲ ގެ ލޯބި ލިބޭނެއެވެ.
ü ބައިވަރު ސަވާބު ލިބޭނެއެވެ.
10-
ހުރިހާ
ރަސޫލުބޭކަލުން ގޮވައިލެއްވީ ކޮންކަމަކަށް ކަން ބުނެދެމާ!
ü ﷲ ގެ އެއްކައުވަންތަ ކަމަށެވެ.
No comments:
Post a Comment