Tuesday, July 14, 2020

ސިޓީ

            بسم الله الرحمن الرحيم 
 މުދައްރިސުން
     ދިވެހިރާާއްޖެ 


          ލޯބިވެތި ދަރިވަރުންނަށް
          ވެދުން ސަލާމަށްފަހު ދަންނަވަމެވެ.  
          ދަރިފުޅުމެންގެ ޙާލު ކިހިނެއް ހެއްޔެވެ؟ މިސްމެންގެ ޙާލު ރަނގަޅެވެ. ނަމަވެސް  ދަރިފުޅުމެންނާ  ބައްދަލުނުވެ ގިނަ ދުވަސްތަކެއް ފާއިތުވެގެންދާތީވެ ވަރަށް ދެރަވެ އެވެ. މިސްމެން އުއްމީދުކުރަނީ  ކައިރި މުސްތަޤުބަލެއްގައި ދަރިފުޅުމެންނާ ބައްދަލުވާނެ ކަމަށެވެ. إن شاء الله
          ލޯބިވެތި ދަރިވަރުންނޭވެ!  މި  ނުރައްކާތެރި ހާލަތުގައި  ކަމުގެ މާހިރުން   ދެއްވާ އިރުޝާދާ  އެއްގޮތަށް  ދަރިފުޅުމެންގެ  އުޅުން  ބެހެއްޓުމަށް  ސަމާލުކަންދޭށެވެ. އެކޮއިމެންގެ ބަހުން ބުނާނަމަ "سمعنا وأطعنا" 
         މިސްމެންގެ ލޯބިވެތި  ދަރިވަރުންނަކީ  ކިޔަމަންތެރި ކަމުގައި ދެވަނައެއް  ނުވާފަދަ  ކުދިންތަކެކެވެ.  އިންޓަނެޓުގެ ސަބަބުން  ދިމާވާ  ދަތިތަކާއެކު  ވެސް  މިސްމެން  ދެއްވާ  ފިލާވަޅުތައް  ނިންމުމަށް  ދަރިފުޅުމެންގެ   ތެރެއިން  ބައެއް  ކުދިން  ދަނީ  ޝައުޤުވެރިކަމާއެކު  މަސައްކަތްކުރަމުންނެވެ. ހުރިހާ ދަރިވަރުންގެ ބައިވެރިވުން ލިބޭނަމަ މިސްމެން ވަރަށް ވަރަށް ވަރަށް ބޮޑަށް އުފާވާނެއެވެ.          
        ލޯބިވެތި ދަރިވަރުންނޭވެ! މަސައްކަތް ނިންމުމުގައި އެ ދަރިވަރެއްގެ  ޤާބިލުކަން  ތަންދޭ  އެންމެ  ރަނގަޅަކަށް މަސައްކަތް ނިންމުމަށް  ހިތްވަރުކުރާށެވެ. އަދި  ދަރިފުޅުމެން އަމިއްލައަށް  މަސައްކަތް  ނިންމުމަށް  ވެސް  ހިއްމަތާއެކު މަސައްކަތްކުރާށެވެ. އަދި ވަރަށް ޗާލުކޮށް ފަރިކޮށް މަސައްކަތް ނިންމުމަށް ވެސް ސަމާލުކަންދޭށެވެ. 
         ލޯބިވެތި ދަރިވަރުންނޭވެ!  މަސައްކަތް ނިންމުމު ގައި އުނދަގޫކަމެއް ދިމާވާ ނަމަ، މިސްމެންނަށް ވަކިން މެސެޖުކޮށް  ދެއްވުން އެދެމެވެ.   
         ލޯބިވެތި ދަރިވަރުންނޭވެ! ހުރިހާ ދަރިވަރުންނަށް  މަސައްކަތް  ނިންމުމަަށް  ހަނދާންކޮށްދެމުން  މިސްމެންގެ ސިޓީ ނިންމާލަމެވެ. 
         ޝުކިރިއްޔާ
         6 އޭޕްރީލު 2020

                                           = ލޯބިވާ  އެދުރުން=

ކުދިން ފަސޭހައިން ރުޅިއަންނަ ބައެއް ކަންތައް

                ކުދިން ފަސޭހައިން ރުޅިއަންނަ ބައެއް ކަންތައް
                 

ވަރުބަލިކަން އިޙްސާސްވުމުން ކުދިން ރުޅިއަންނަގޮތް ވެއެވެ.
މާބޮޑަށް ބަނޑުހައިކަން އިޙްސާސްވުމުން ވެސް ކުދިން ރުޅިއަންނަގޮތް ވެއެވެ.
ކުދިން ބޭނުންވާ ކަންކަން ނުވުމުންވެސް ރުޅިއަންނަގޮތް ވެއެވެ.
ކުދިން އުޅޭ މާހައުލުގައި އުޅޭ އެހެން މީހުންނާ ކުދިންނާ އޮންނަ ގުޅުން ކުޑަކަން އިޙްސާސްވާ ހިނދު ވެސް  ރުޅިއަންނަގޮތް ވެއެވެ.
ކުދިން މާބޮޑަށް ދެރަވެ މާޔޫސްވާފަދަ ކަންތަކެއް ދިމާވުމުންވެސް ރުޅިއަންނަގޮތް ވެއެވެ.
ކުދިން މާބޮޑަށް ހާސްވެ ކަންބޮޑު ވެއްޖެނަމަވެސް ރުޅިއަންނަގޮތް ވެއެވެ.
ކުދިން ހިތްހަމަނުޖެހޭ ފަދަ ބަސްތަކެއް ބުނުމުންވެސް ރުޅިއަންނަގޮތް ވެއެވެ.
ކުދިން ކުޅެން އުޅޭ ތަނަށް އެހެން މީހަކު އައުމުން ވެސް ރުޅިއަންނަގޮތް ވެއެވެ.
ކުދިން ގެންގުޅޭ ކުޅޭ އެއްޗެއް ގެއްލިއްޖެނަމަވެސް ރުޅިއަންނަގޮތް ވެއެވެ.
ކުދިން ބުނަން އުޅޭ ވާހަކައެއް ނުބުނެވުމުންވެސް ރުޅިއަންނަގޮތް ވެއެވެ.
ކުދިން ދައްކާ ވާހަކައަށް ސަމާލުކަން ނުދެންޏާވެސް ރުޅިއަންނަގޮތް ވެއެވެ.
ކުދިން ގައިގައި މާބާރަށް ހިފަހައްޓާ ހަދާނަމަވެސް ރުޅިއަންނަގޮތް ވެއެވެ.
ކުދިންނާ ވާހަކަ ދައްކާއިރު އަޑު ބެހެއްޓޭ ގޮތަކުންވެސް ރުޅިއަންނަގޮތް ވެއެވެ.
ކުދިން ކުރަން ބޭނުންނުވާ ކަންތައް ކުރުވުމުންވެސް ރުޅިއަންނަގޮތް ވެއެވެ.
ކުދިން ކުޅެން ބޭނުންނުވާ ކުޅިވަރެއް ކުޅެން ބުނުމުންވެސް ރުޅިއަންނަގޮތް ވެއެވެ.

Monday, July 13, 2020

އެއްމެ ހިތްހެވީ މަންމައާއި ބައްޕަ (ތަގުރީރު)

بسم الله الرحمن الر حيم
ﷲ އަށް ޙަމްދުކުރަން، ރަސޫލާއަށް ޞަލަވާތް ކިޔަވަން، އަދި މި ޞަލަވާތުގައި އެންމެހާ ޞަޙާބީން ޝާމިލުކުރަން، 
އިންސާފުވެރި ފަނޑިޔާރުން، ހަންހާރަވެތި މައިންބަފައިން، ލޮބުވެތި ޓީޕޗަރުން، އެކުވެރި ކިޔަވާކުދިން، السلام عليكم ورحمة الله وبركاته
އެއްމެ ހިތްހެވީ މަގޭ މަންމައާއި ބައްޕަ އޭ 
  އެއްމެ ގާތުގައިވަނީ މަގޭ މަންމައާއި ބައްޕައޭ
އާދެ މިއަދު އަޅުގަނޑު ވާހަކަދައްކަން ހަމަޖެހިފައިވާ މައުޟޫޢަކީ "އެއްމެ ހިތްހެވީ މަންމައާއި ބައްޕަ" މި މައުޟޫއު. 
އަޅުގަނޑު ހެނދުނު ހޭލާއިރަށް މަންމަ ވަރަށް މީރުކޮށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައި ހުރޭ.  އަދި އަޅުގަނޑު ގޮވައިގެން ކޮންމެ ހުކުރު ދުވަހަކު ސައިކަލު ދުއްވަން މަންމަ ދުރުވޭ. އަދި އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ވަރަށް ރީތި ހެދުމާއި ފައިވާނާއި ބޫޓާއި ގަނެދެއްވާ. ތިޔަ ކުދިންނަށް އެނގޭތަ. އަޅުގަނޑުގެ މަންމައާއި ބައްޕަ އަޅުގަނޑަށް އެންމެ މީރު މޭވާ ވަރަށް ގިނައިން ހޯއްދަވާ ދެއްވާ. ތިޔަ ކުދިންނަށް ހީވަނީ އެއީ ކޯއްޗެއްހެން؟ އާދެ! އެއީ ސްޓޯބެރީ. އެހެންވެ އަޅުގަނޑު ވަރަށް އުފާވޭ.
މަންމައާއި ބައްޕަ އަޅުގަނޑު ބަލިވެއްޖެ ނަމަ ވަރަށް ދެރަވާނެ. ދެރަވާވަރުން ނިދާކަށް ހަދާނެއް ވެސް ނުހުރޭ. އަދި ޑޮކްޓަރަށް ގޮވައިގެން ދާނެ. އަޅުގަނޑުގެ ގައިގައި ފެންފޮތި އަޅާނެ. ހުން ފިނި ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާނެ. ހުން ރަނގަޅު ވެދާނެހެން ހީވާ ހުރިހާ ކަމެއް ކުރައްވާނެ. 
އަޅުގަނޑު މޮޅު ކުއްޖަކަށް ހެދުމަށްޓަކައި ސްކޫލަށް ގެންގޮސް ދެނީ ވެސް އަޅުގަނޑުގެ މަންމައާއި ބައްޕަ. އަޅުގަނޑުގެ ހޯމްވޯކް ހެދުމަށް އެހީތެރިކަން ދެއްވަނީ ވެސް މަންމައާއި ބައްޕަ. އަޅުގަނޑު ޤުރުއާން ކުލާހުން ނިމެންވާ އިރަށް ސައިކަލުގަ އަޅުގަނޑު ހޯދަން ގޮސް މަންމަ ހުންނަވާނެ. އަދި ގޭގައި ޤުރުއާން ފިލާވަޅު ކިޔުމަށް އެހީތެރިވެދީ ދަސްކޮށްދެއްވަނީ ވެސް މަންމައާއި ބައްޕަ. 
އެހެންކަމުން އަޅުގަނޑު މަންމައާއި ބައްޕަދެކެ ވަރަށް ބޮޑަށް ލޯބިވޭ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑަށް އެއްމެ ހިތްހެޔޮ މަންމައާއި ބައްޕާއާއެކު ސުވަރުގޭގައި ދިރިއުޅުމުގެ ނަސީބު މިންވަރުކުރެއްވުން.
والسلام عليكم ورحمة الله وبركاته 

އަހަރެން ދިވެހި ބަސް ކިޔަވާ ހިތްވަނީ (ތަގުރީރު)

بسم الله الرحمن الر حيم
މައުޖޫދުވީ ބަސްތަކުތެރޭ މުއްސަނދި ދިވެހިބަސް ވާކަމުން
            އައުދާނަ މަތިވެރި ޙަޟުރަތަށް ޙަމްދާ ޘަނާ ފޮނުވާލަމޭ
ބަސްމަގު ރިވެތިވީ ޞާޙިބަށް އައުދާނަ ފޭތާންބަރު ނަބީ
            ވަސްމީރު ޞަލަވާތާ ސަލާމް ތަކުރާރުކޮށް އަމުނާލަމޭ
މީޒާނުގައި ތިއްބެވި ޢިއްޒަތްތެރި ފަނޑިޔާރުން {} ކުލުނުވެރި މައިންބަފައިން {} ހަންހާރަވެތި މުދައްރިސުން {} މިތުރު ކިޔަވާ ކުދީން {} السلام عليكم ورحمة الله وبركاته
އަސަރަކާ އަދި ފޮނިކަމެއް އެކި ބަސްބަހުން ހަމަބފެނުނަކަސް
   އަސަރުގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް މިދިވެހި ބަހޭ 
އާދެ! މިއަދު އަޅުގަނޑުގެ މައުޟޫޢަކީ "އަހަރެން ދިވެހި ބަސް ކިޔަވާ ހިތްވަނީ" 
އެއީ ކީއްވެތޯ {} ދިވެހިބަހަކީ އަޅުގަނޑުމެން ވާހަކަދައްކާ ބަސް {} އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ބަހާއެއް {} އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދީފައިވާ ތަރިކައެއް {} އަޅުގަނޑުމެންނާ ހަވާލުކުރެވިފައިވާ އަމާނާތެއް {} މިއަމާނާތަށް ރައްކާތެރިވުމަކީ ދިވެހި ކޮންމެ ދަރިއެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް {} މިބަސް ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް {} އެހެންވީމަ އަޅުގަނޑު ދިވްހިބަސް ކިޔަވާހިތްވަނީ {}
އަޅުގަނޑުމެން ފަޚުރުވެރިވާ ދިވެހިބަހަކީ ވަރަށް ދިގު ތާރީޚެއް އޮތް ބަހެއް {} ދިވެހި ކާބަފައިންގެ މަތިވެރި ޤުރުބާނީގެ ވާހަކަތައް ހާމަވަނީ ދިވެހި ތާރީޚުން {} ބޮޑުތަކުރުފާނެއްގެ ކުޅަދާނަކަމަަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރި ވަމު {} ދޮންބާޑަރައިންގެ ޖެހިލުންކުޑަ ކަމުގެ ވާހަކަ ދައްކައި ތަޢުރީފު އެބަކުރަމު {} ހުސައިން އާދަމުގެ ހިތްވަރުގަދަ ކަމުގެ ޛިކުރާ އެބަ އާކުރަމު {} މިވާހަކަތައް އަޅުގަނޑުމެންނާ ހަމައަށް އައިސްސަވަނީ ދިވެހިބަހުން {} އަޅުގަނޑު ދިވެހިބަސް ކިޔަވާހިތްވަނީ މިސަބަބަށްޓަކައި {}
ދިވެހިބަސް ކިޔަވާހިތްވާ ބައިވަރު ސަބަބުތައް އެބަހުރި {} ދުނިޔޭގެ އެންމެ މުއްސަނދި ބަހުގެ ގޮތުގައި ނަންވިދާލާފައިވާ، އިނގިރޭސި ބަހަށް ވެސް ލިބިފައި ނުވާ ޝަރަފެއް ދިވެހިބަހަށް ލިބިފައިވޭ {} އާދެ! މިބަސް ލިޔަމުން ކިޔަމުން މިދަނީ ނުހަނު ރީތި ޗާލު އަކުރުތަކަކުން {} ދުނިޔޭގެ އެއްވެސް ބަހަކަށް ލިބިގެންނުވާ އަޑެއް ދިވެހިބަހަށް ލިބިގެންވޭ {} އެއީ ކޮންއަޑެއްތޯ {} އާދެ! ށަވިޔަނީގެ އަޑު {} މިފަދަ އެތަށް ފުރިހަމަކަމެއް ދިވެހިބަހަށް ލިބިގެންވޭ {} އަޅުގަނޑު ދިވެހިބަސް ކިޔަވާހިތްވަނީ މިހެންވެ {} 
ދިވެހިބަހުގެ އަދަބީ ޤުލްޝަނަށް ޖެހިލަމާ {} ޅެންވެރިކަމުގެ އެތަށް ބާވަތެއް ދިވެހިބަހަށް ލިބިގެންވޭ {} ދިވެހި ޅެންވެރިކަމުގެ ކޮންމެ ބާވަތަކުން ދައްކައިދެނީ ބަހުގެ ފުރިހަމަކަމާއި ޗާލުކަން {} ޅެންވެރިކަމުގެ މިގުލްޒާރު އަންނަން އޮތް ޖީލަށް ފޯރުކޮށްދޭންޖެހޭ {} މިރީތި ކަރަމް އަންނަންއިތްޖީލަށް ފޯރުކޮށްދިނުމަށް ކިޔަވަންޖެހޭ {} 
ދިވެހިބަސް ކިޔަވާހިތްވަނީ ކީއްވެކަން ބުނޭދޭން ކިތަންމެ ވާހަކައެއް ދެއްކިދާނެ {} އެހެންނަމަވެސް ވަގުތަކީ މަޑުޖެހިގެން އޮންނާނެ އެއްޗެއްނޫން {} އަޅުގަނޑުގެ ޢަޒުމަކީ ދިވެހިބަސް ކިޔަވައިގެން ކާމިޔާބު ކުއްޖަކަށްވުން {} ދިވެހިބަހަށް ޙައްޤު މަޤާމު ހޯދައިދިނުން {} 
ދީބަށް މަގޭ ލެއްވެވި މިބަސް އައުދާނަބމާތްވީ ދިވެހިބަސް 
      ވީބަހެކެ ގައިމުން ލިބި ޝަރަފު ދޫކޮށްނުލަން ޢަޒުމެއް ކުރަން 
ޖަޒާކުމުالله ޚައިރަން 
والسلام عليكم ورحمة الله وبركاته 

ކު ދިން ގާތު ނޫނޭ ކޭ ނުބުނެ ބުނެވިދާނެ ބައެއް ގޮތްތައް

         ކުދިން ގާތު ނޫނޭ  ކޭ ނުބުނެ ބުނެވިދާނެ ބައެއް ގޮތްތައް
                                 
   
          
ކުޑަކުދިން ކުރާ ކަންތައްތަކަށް ސީދާ "ނޫނެކޭ" ބުނުމުން އެކަމެއް ކުރަން އެކުދިން ފޫހިވެދާނެއެވެ. އަދި ނޫނެކޭ އެބުނަނީ ކީއްވެގެންކަން ވެސް އެ ކުދިންނަށް ނޭނގިދާށެއެވެ. ކުދިން ގާތުގައި ސީދާ "ނޫނެކޭ"  ބުނުމުގެ  ބަދަލުގައި   ރީތިކޮށްބުނެވިދާނެ  ތަފާތުގޮތްތަކެއްވެއެވެ. ތަންކޮޅެއް  ބޮޑަށް  ދަރިފުޅު ކުރަންއުޅޭކަމަކަށް  ސަމާލުކަންދިނުމުން، ކުދިން މައިންބަފައިނަށް ކުރާއިތުބާރުބޮޑުވެއެވެ.  ނަތީޖާއެއްގެ ގޮތުން އެކުދިންގެ  ޙިޔާލުތަކާއި އިޙްސާސްތައް  ހިއްސާކުރަންފަސްނުޖެހޭނެއެވެ.  މައިންބަފައިނާ ކުދިންގެ ދެމެދު އޮންނަ  ލޯބި  އިތުރުވާނެއެވެ.

1:  ދަރިފުޅާ  ތިގޮތައްކަންތައްކުރަން  މަންމަ ނުވަތަ ބައްޕައަށް  އެހާކަމަކުނުދެއެވެ.
2:  ދަރިފުޅު  ތިބޭނުންވާކަމެއް ތަންކޮޅެއްބޮޑަށް ކިޔައިދޭށެވެ.
3: މަންމަ ނުވަތަ ބައްޕަ  ދަރިފުޅަށް  އެހީވާނަމެވެ.
4: ދަރިފުޅާ! ހިނގާ  އެހެންގޮތަކަށް  ތިކަންކުރަމާ!
5: ދަރިފުޅާ! ތިކަމާމެދު ތަންކޮޅެއް ފުންކޮށް ވިސްނަމާހިނގާ!
6: ދަރިފުޅާ! މިއޮތީ  ތިކަންކުރެވިދާނެ  އެހެންގޮތެއް!
7: ދަރިފުޅުގެ  ޙިޔާލު  މަންމަ ނުވަތަ ބައްޕަ  އަޑުއަހާލަން  ބޭނުމެވެ.

ތަރުޖަމާ:  ނިޢުމާ  މުޙައްމަދު