ތަގުރީރު: ހިތަދޫ

 سم الله الرحمن الرحيم.

الحمد لله رب العالمين والصلاة والسلام علي رسول اللهوعلي آله وصحبه وسلم.
އިންސާފުވެރި ފަޑިޔާރުން... އިއްޒަތްތެރި މުދައްރިސުން... އެކުވެރި ކިޔަވާ ކުދިން... ލޮބުވެތި ބެލެނިވެރިން...
السلام عليكم ورحمة الله وبركاته
އެނގޭތަ... އަޅުގަނޑުގެ ނަމުގައި އޮންނަނީ އެންމެ ތިން އަކުރު. ފުރަތަމަ ދެއަކުރަކީ މޫސުމަކަށް ކިޔާ ނަމެއް... ފަހު އަކުރަކީ ހަށިގަނޑުގެ ގުނަވަނެއް... ތިކުދިންނަށް އިނގޭތަ މިއަދު އަޅުގަނޑު ވާހަކަ ދައްކަން މިއުޅެނީ އަޅުގަނޑުގެ ރަށް "ހިތަދޫ" އާ ބެހޭގޮތުން... ހިތަދޫ އަކީ އަޅުގަނޑުގެ އުފަން ރަށް... އަދި އަޅުގަނޑު އެންމެ ލޯބިވާ މަންމައާއި ބައްޕަގެ ވެސް ރަށް... އަޅުގަނޑު އެންމެ ފުރަތަމަ ނޭވާ ލީ ވެސް ހިތަދޫ އަށް... އަޅުގަނޑުގެ ރީތި އިސްކޫލު ވެސް ހުންނަނީ ހިތަދޫގައި....
ހިތަދޫއަކީ ވަރަށް ބޮޑު ރަށެއް... އަދި އެނގޭތަ... މިއީ ވަރަށް ރީތި ރަށެއް... ރާއްޖޭގެ އެކި ހިސާބުތަކުން މިރަށް ބަލައިލަން މީހުން އާދޭ... ތިކުދިންނަށް އެނގޭތަ... ހިތަދޫ ކޯއްޓޭގައި ގައި ރަނިން ފެންގަނޑެއް ވެސް އޮވޭ... އެ ފެންގަނޑު އޮންނަނީ މަޑުމަޑު ގުރާފެހި ކުލައެއްގައި... އަދި އެނގޭތަ... އަޅުގަނޑުގެ ރަށުގައި ރީތި ކުޅިތަކާއި ޗާލު ޕާކުތައް ވެސް ހުރޭ... އަޅުގަނޑަށް ހިތަދޫން އެންމެ ރީތިތަނަކީ ކޮބައިކަން ބުނެދެންތަ... އަޅުގަނޑަށް އެންމެ ރީތީ ކަނބިހާ ބީޗު... ކޮންމެ ހަފްތާ ބަންދެއްގައި އަޅުގަނޑާ އަޅުގަނޑުގެ ކޮއްކޮމެން މި ބީޗަށްދަން.... އެއީ ވަރަށް ހިތްފަސޭހަ މާހައުލެއް... އެއީ ހިތަދޫގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ ނަލަނަލަ ބީޗެއް...

ނަމަވެސް ބީޗުގެ ރީތިކަން ހިފެހެއްޓޭނީ އަޅުގަނޑުމެން ބީޗަށް ކުނިނޭޅުމުން... ދޯ ... އަޅުގަނޑު މާމަމެން ބުނާތީ އަޑުއަހަން ކުރީގައި ހިތަދޫގެ މަގުމަތިން ވެސް ކުނިކޮޅެއް ނުފެންނާނެއޭ... މިހާރު އޭގެ އިދިކޮޅު ދޯ... ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ އެކި ޒާތްޒަތުގެ ކުނި... މިއީ ވަރަށް ހިތާމަވެރިކަމެއް... އަޅުގަނޑުމެންގެ ރަށް ރީތިކޮށް ބޭވުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް... އެހެންވީމާ ތިކުދިން ވެސް ބީޗަށް ކުނި ނާޅައްޗޭ އިނގޭ... އޭރުން މި ރީތި ރީތި ރަށް އޮންނާނީ އަބަދުވެސް ރީއްޗަށް.... والسلام عليكم ورحمة الله وبركاته 

No comments: