ދަތުރު ދުޢާ
ލިޔުނީ: ޒީނަތު ލަބީބު.
اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ ، اللَّهُ
أَكْبَرُ ، سُبْحَانَ
الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى
رَبِّنَا لَمُنْقَلِبُونَ ، اللَّهُمَّ إِنَّا نسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ
وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى ، اللَّهُمَّ هَوِّنْ عَلَيْنَا سَّفَرَنَا
هذا وَاطْوِ عَنَّا بُعْدَهُ ، اللَّهُمَّ
أَنْتَ الصَّاحِبُ فِي السَّفَرِ ، وَالْخَلِيفَةُ فِي الأَهْلِ ، اللَّهُمَّ
إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ ، وَكَآبَةِ الْمَنْظَرِ وَسُوْءِ
الْمُنْقَلَبِ فِي الْمَالِ وَالأَهْلِ.
އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. މިސަވާރީ ކިޔަމަންތެރިކުރެވޭ ބައެއްކަމުގައި
އަޅަމެން ނުވާޙާލު، މިސަވާރީ އަޅަމެންނަށް ކިޔަމަންތެރިކޮށްދެއްވި ފަރާތުގެ
ހުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެން އެނބުރި ދިއުންވަނީ އިބަ ﷲ ގެ
ޙަޟްރަތަށެވެ. އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! މިދަތުރުގައި އަޅަމެން އިބަ ﷲ
ގެ ޙަޟްރަތުން ހެވަށާއި ތަޤުވާވެރިކަމަށާއި އިބަ ﷲ ރުއްސަވާ ޢަމަލަށް އެދެމުއެވެ. އޭ
ހައްދަވައި ގެންގުޅުއްވާ އިލާހު! މިދަތުރު އަޅަމެންނަށް ފަސޭހަކޮށްދެއްވާނދޭވެ!
އަދި މި ދަތުރުގެ ދިގުކަން ކުރުކަމުގައި އަޅަމެންނަށް އިޙްސާސްކޮށްދެއްވާނދޭވެ! އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! ދަތުރުގައި
އަޅަމެންގެ އެކުވެރިއަކީ އިބަ ﷲ އެވެ. އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! އަދި
މިއަޅާގެ (ގޭގެ) އަހުލުވެރިންގެ ޚަލީފާއަކީ (އެބައިމީހުންގެ ކަންތައްތައް
ބަލަހައްޓަވައިދެއްވާ ފަރާތަކީ) ވެސް ހަމަ އިބަ ﷲ އެވެ. އޭ ހައްދަވައި ގެންގުޅުއްވާ
އިލާހު! ދަތުރުގެ އުނދަގޫކަމާއި، ހިތާމަކުރުވަނިވި މަންޒަރުން އަދި މުދަލާއި
އަހުލުވެރިންގެ ތެރެއިން އަންނަ ނުބައި ބަދަލަކުން ރައްކާތެރިކޮށްދެއްވުމަށް އިބަ
ﷲ ގެ ޙަޟްރަތުން އެދި ދަންނަވަމެވެ.
އަދި ދަތުރު ނިންމާފައި އެނބުރިއަންނަމުން އިސްވެދިޔަ
ދުޢާގެ ފަހަތަށް އަންނަނިވި ބައި އިތުރުކުރާށެވެ.
آيِبُونَ تَائِبُونَ عَابِدُونَ وَلِرَبِّنَا
حَامِدُونَ
އަޅަމެންނީ އެނބުރިދާ މީހުންނެވެ. އަޅުކަންކުރާ
މީހުންނެވެ. ހަމައެކަނި އަޅަމެންގެ ވެރި އިލާހަށް ޙަމްދުކުރާ މީހުންނެވެ.
اللَّهُ أَكْبَرُ ، އެންމެ ބޮޑީ ﷲ އެވެ. اللَّهُ
أَكْبَرُ ، އެންމެ ބޮޑީ ﷲ އެވެ. اللَّهُ
أَكْبَرُ ، އެންމެ ބޮޑީ ﷲ އެވެ. سُبْحَانَ
الَّذِي ފަރާތުގެ ހުސްޠާހިރުވަންތަކަމާއެވެ! سَخَّرَ
ކިޔަމަންތެރިކޮށްދެއްވި لَنَا
هَذَا މިސަވާރީ އަޅަމެންނަށް وَمَا كُنَّا لَهُ ބައެއްކަމުގައި އަޅަމެން ނުވާޙާލު، مُقْرِنِينَ
ކިޔަމަންތެރިކުރެވޭ وَإِنَّا
އަދި އަޅަމެން إِلَى
އެނބުރި رَبِّنَا އިބަ ﷲ ގެ
ޙަޟްރަތަށެވެ. لَمُنْقَلِبُونَ ދިއުންވަނީ
، اللَّهُمَّ އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! إِنَّا އަޅަމެން
نسْأَلُكَ އިބަ ﷲ ގެ ޙަޟްރަތުން އެދެމުއެވެ. فِي سَفَرِنَا هَذَا އަޅަމެންގެ މިދަތުރުގައި الْبِرَّ ހެވަށާއި وَالتَّقْوَى ތަޤުވާވެރިކަމަށާއި،
وَمِنَ الْعَمَلِ ޢަމަލުގެ ތެރެއިން مَا
تَرْضَى އިބަ ﷲ ރުއްސަވާ ،
اللَّهُمَّ އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! هَوِّنْ
ފަސޭހަކޮށްދެއްވާނދޭވެ! عَلَيْنَا
އަޅަމެންނަށް سَّفَرَنَا
هذا އަޅަމެންގެ މިދަތުރު وَاطْوِ
عَنَّا ކުރުކަމުގައި އަޅަމެންނަށް އިޙްސާސްކޮށްދެއްވާނދޭވެ!
بُعْدَهُ
ދަތުރުގެ ދިގުކަން،
اللَّهُمَّ އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! أَنْتَ
އިބަ ﷲ އެވެ. الصَّاحِبُ
އަޅަމެންގެ އެކުވެރިއަކީ فِي
السَّفَرِ ދަތުރުގައި ،
وَالْخَلِيفَةُ ޚަލީފާއަކީ (އެބައިމީހުންގެ ކަންތައްތައް ބަލަހައްޓަވައިދެއްވާ ފަރާތަކީ)
ވެސް ހަމަ އިބަ ﷲ އެވެ. فِي الأَهْلِ އަދި މިއަޅާގެ (ގޭގެ) އަހުލުވެރިންގެ ،
اللَّهُمَّ އޭ ހައްދަވައި ގެންގުޅުއްވާ އިލާހު! إِنِّي
أَعُوذُ بِكَ ރައްކާތެރިކޮށްދެއްވުމަށް އިބަ ﷲ ގެ
ޙަޟްރަތުން އެދި ދަންނަވަމެވެ. مِنْ وَعْثَاءِ އުނދަގޫކަމާއި السَّفَرِ ދަތުރުގެ، وَكَآبَةِ
އަދި ހިތާމަކުރުވަނިވި الْمَنْظَرِ މަންޒަރުން وَسُوْءِ ނުބައި الْمُنْقَلَبِ ބަދަލަކުން އަންނަ فِي الْمَالِ މުދަލާއި وَالأَهْلِ އަހުލުވެރިންގެ ތެރެއިނެ.
آيِبُونَ تَائِبُونَ އަޅަމެންނީ އެނބުރިދާ މީހުންނެވެ. عَابِدُونَ
އަޅުކަންކުރާ މީހުންނެވެ. وَلِرَبِّنَا ހަމައެކަނި އަޅަމެންގެ ވެރި އިލާހަށް حَامِدُونَ ޙަމްދުކުރާ މީހުންނެވެ.
No comments:
Post a Comment