ތަގުރީރު: ހިނިތުންވުމާއެކު އަނެކާއާ ބައްދަލުކުރާށެވެ.

بسم الله الرحمن الرحيم.

ﷲއަށް ޙަމްދުކުރަން. މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާ ސަލާމްލެއްވުން އެދި ދުޢާކުރަން، މި ދުޢާގާ އެކަލޭގެފާނުގެ މިތުރު ޞަޙާބީން ޝާމިލުކުރަން

އިންސާފުވެރި ފަޑިޔާރުން... އިއްޒަތްތެރި މުދައްރިސުން... އެކުވެރި ކިޔަވާ ކުދިން... ލޮބުވެތި ބެލެނިވެރިން...
السلام عليكم ورحمة الله وبركاته

ތިޔަ ހުރިހާ ކުދިންނަށް ވަރަށް ބޮޑު ސުވާލެއް އެބައޮތް... އެކެއްގެ މޫނުން އަނެކަކުގެ މޫނަށް ވާރުތަވާ ކަމަކީ ކޮބައިހެއްޔެވެ؟ ... ރަޙުމަތުގެ މާތް ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވޭ ... ތިބާގެ އަޚާގެ ކުރިމަތީގައި ހިނިތުންވެލުމަކީ ޞަދަގާތެކޭ ... އާދެ މިއަދު އަޅުގަނޑުގެ މައުޟޫޢަކީ ހިނިތުންވުމާއެކު އަނެކާއާ ބައްދަލުކުރާށެވެ.

ނަބިއްޔާގެ މި ބަސްފުޅަށް ޢަމަލީ ސިފަގެނެވޭނީ .. އަޅުގަނޑުމެން  ހިނިތުންވުމާއެކު އަނެކާއާ ކުރިމަތިލައިގެން... މިއީ ކުރަން އެހާ އުނދަގޫ ކަމެއް ނޫން އެހެންނޫންތޯ؟ ... އަދި އެހާމެ ފައިދާ ހުރި ކަމެއް ... އެހެންނުންތޯ؟ ...

މިއަދުގެ ދިރާސާތަކުން ދައްކާގޮތުގައި.. އަނެކާއާ ކުރިމަތިލާ ހިނދު ހިނިތުންވުމުގެ ސަބަބުން.. ހީވެސް ނުކުރެވޭ ކަހަލަ ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ... މީގެ އިތުރުން  ސިއްހީގޮތުންނާއި މާއްދީގޮތުން ގިނަގުނަ ފައިދާތަކެއް  ލިއްބައިދޭ... ހަމައެޔާއެކު އެ ބައެއްގެ މުޅި ހަށިގަނޑަށް އޭގެ ހެޔޮ އަސަރުތަކެއްކޮށް.. އެ ބައެއްގެ ހިތުގެ ހިނގުމަށާއި ސިނކުޑިއަށް އާރޯކަމާއި ތާޒާކަން ގެނެސްދޭ... އޭގެ ސަބަބުން އެ ބައެއްގެ ގުޅުން ބަދަހިވެގެންދާނެ... އަދި އެ ހިނިތުންވުމުގެ ސަބަބުން އަނެކާގެ ފަރާތުން ބޭނުންވާ އެތައް މަޢުލޫމާތެއް ފަސޭހަ ކަމާއިއެކު ހޯދައިގަނެވޭ...

ލޯތްބާއި އޯގާތެރިކަމާއި އެކު ހަދިޔާކޮށްލެވޭ ހިނިތުންވުމުގެ ސަބަބުން... އަނެކާއަށް ކުރިމަތިވެފައިވާ ކަންބޮޑުވުމާއި ހާސްކަން ދުރުކޮށްދޭ... ތިޔަ އެކުވެރިން ވާނީ މިކަން ތަޖުރިބާކޮށްފަ... އަޅުގަނޑުމެން ބަލިވެގެން ޑަކުޓަރުން ގާތަށް ދިއުމުން ޑަކުޓަރުންގެ މޫނުމަތިން އެފެންނަ ހިނިތުންވުމުގެ ސަބަބުން ބލީގެ ސަބަބުން ލިބިފައިވާ ވަރިބަލިކަމަަށް ލުޔެއް ލިއްބައިދޭ ... މުދައްރިސުންނާ އަޅުގަނޑުމެންނާ ދިމާވާ ހިނދު އެ ދެއްވާ ލޯބިލޯބި ހިނިތުންވުމުގެ ސަބަބުން ކިޔެވުމަށް އޮން ޝައުޤުވެރިކަން އިންތިހާއަށް އިތުރުވެގެންދޭ... އެހެންނޫންތޯ؟ ...

އެހެންކަމުން ނަބިއްޔާ އިރުޝާދުދެއްވާފައި މިވާ މުހިންމު މަތިވެރި ޞަދަޤާތްދިނުމުގައި ދަހިނުވުމަށް އެންމެހާ އަޑުއެހުންތެރިންނަށާއި އަމިއްލަ ނަފްސަށް ވަޞިއްޔަތްކުރަން... ދަންނަ މީހުންނާ ނުދަންނަ މީހުންނަށް ވެސް ހިނިތުންވުމެއް ދެއްވާށޭ... މުސްލިމުންނާ ޣައިރު މުސްލިމުންނަށް ވެސް ހިނިތުންވުމެއް ދެއްވާށޭ ... ބޮޑެތި މީހުންނާ ކުޑަކުދިންނަށް ވެސް ހިނިތުންވުމެއް ދެއްވާށޭ...  ޖީބަށް ނޭނގި ކުރެވޭ ޞަދަޤާތުން ހެޔޮކަމުގެ ފަތް ފުރާލަމާ ހިނގާށޭ ...  والسلام عليكم ورحمة الله وبركاته

                       -----------------------------

 

 


No comments: