Friday, April 19, 2019

anhenun namaadhu kurun rangalhee ....


އަންހެނުން ނަމާދު ކުރުން ރަނގަޅީ ....

Related image 

ލިޔުނީ: ޒީނަތު ލަބީބު





ލޮބުވެތި މުސްލިމު އުޚުތުންނޭވެ. އަންހެނުންނަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި ޝަރަފަކާއި ޤަދަރެއްގެ ދެއްވާފައިވާ ބައެކެވެ. އަދި އަންހެނުންގެ ރައްކާތެރިކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅައެވެ. އަދި އަންހެނުންގެ ޙިމާޔަތުގައި އެމީހުންގެ ކޮންމެ ޢުމުރެއްގައި އެމީހުން ބަލަހައްޓާނެ މީހުން އިސްލާމްދީނުގައި ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން އަންހެނުންގެ ނަމާދު ވެސް ﷲގެ ގެކޮޅުގައި ކުރުމަށްވުރެ ބޮޑަށް ގޭގައި ނަމާދުކުރުން މޮޅުއިތުރުވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާގޮތުގައި އަންހެނާ ނަމާދު ކުރުން އެންމެ މާތްވެގެންވަނީ އޭނާގެ ގޭގައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. لَا تَمْنَعُوا نِسَاءَكُمْ الْمَسَاجِدَ ، وَبُيُوتُهُنَّ خَيْرٌ لَهُنَّ. މާނައީ: ތިޔަބައިމީހުންގެ އަންހެނުންތަކަށް މިސްކިތްތައް ތިޔަބައިމީހުން މަނާނުކުރާށެވެ! އަދި އެކަނބަލުންގެ ގެތައް އެކަނބަލުންނަށް ހެޔޮކަން ބޮޑުވެގެންވެއެވެ.



އަންހެނުން ގޭގައި ނަމާދު ކުރަމަކީ އެބައިމީހުންނަށް އެންމެ ރައްކާތެރިކަން ބޮޑުގޮތެވެ. އެންމެ ފޮރުވުން ބޮޑީ ވެސް އެބައިމީހުންގެ ގޭގައި ނަމާދު ކުރުމެވެ. އަދި އެންމެ ފިތުނައާއި ދުރު ގޮތަކީ ވެސް ގޭގައި ނަމާދުކުރުމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތްކޮޅުގައި ނަމާދު ކުރުމަކީ އެތައް ގުނައެއް ޘާވާބާއި ދަރުމަ ބޮޑކަމަކަށް ވީހިނދުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަ މިގޮތަށް އިރުޝާދުދެއްވީ އެކަލޭގެފާނު މަދީނާގައި ހުންނަވައިގެންނެވެ. އެހެންކަމުން އަންހެނުން ގޭގައި ނަމާދުކުރުން މޮޅު އިތުރުވެފައި ހެޔޮކަން ބޮޑުވެގެންވެއެވެ.  



ޖަމާޢަތުގައި ކުރެވޭ ނަމާދުގެ ޘަވާބު އިތުރުވުމަކީ ފިރިހެނުންނަށް ޚާއްޞަ ކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބި ކަނބަލުންނަށް ޙަދީޘްކުރެއްވިއެވެ. قَدْ عَلِمْتُ أَنَّكِ تُحِبِّينَ الصَّلَاةَ مَعِي …وَصَلَاتُكِ فِي دَارِكِ خَيْرٌ لَكِ مِنْ صَلَاتِكِ فِي مَسْجِدِ قَوْمِكِ ... ( رواه أحمد)  މާނައީ: ހަމަކަށަވަރުން ތިބާ އަހަރެންނާއެކުގައި (މިސްކިތުގައި) ނަމާދުކުރުމަށް ލޯބިކުރާކަން އަހަރެންނަށް އެނގެއެވެ. ތިބާގެ ޤައުމުގެ މީހުންނާއެކު މިސްކިތުގައި ތިބާ ކުރާ ނަމާދަށްވުރެ ތިބާގެ ގޭގައި ތިބާކުރާ ނަމާދު ހެޔޮކަންބޮޑުވެގެން ވެއެވެ.



މަޞްދަރު:

ދިސަލަފިއްޔާ  



Thursday, April 18, 2019

dhuvaaluge thaavalu


ދުވާލުގެ ތާވަލު
Image result for daily routine timeline

ލިޔުނީ: ޒީނަތު ލަބީބު



ދުވާލުގެ ވަގުތު ފަށައިގަތުމުގެ ގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ފަތިސް ނަމާދު މިސްކިތުގައި ޖަމާޢަތުގައި އަދާކުރާށެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. مَنْ صَلَّى صَلَاةَ الصُّبْحِ فَهُوَ فِي ذِمَّةِ اللهِ  {رواه مسلم} މާނައީ: ފަތިސްނަމާދުކޮށްފި މީހަކު ވަނީ ﷲ ގެ ޛިންމާގައެވެ.  



ދެން ހެނދުނުގެ ޛިކުރުތައް ކިޔާށެވެ! ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لاَ يَذْكُرُ رَبَّهُ، مَثَلُ الحَيِّ وَالمَيِّتِ. {متفق عليه} މާނައީ: އެމީހެއްގެ ރައްބުގެ ޛިކުރު ކުރާ މީހަކާ، އެއިލާހުގެ ޛިކުރު ނުކުރާ މީހެއްގެ މިޘާލަކީ ދިރިހުރި މީހަކާ މަރުވެފައިވާ މީހެއްގެ މިޘާލެވެ.



އެއަށްފަހު ކީރިތި ޤުރުއާނުން މިންވަރެއް ދަސްކުރާށެވެ. ތިބާއަކީ މުޅި ޤުރުއާން ދަސްމީހެއްނަމަ މުރާޖަޢާ ކުރުމަށް ކިޔަވާށެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. اقْرَءُوا الْقُرْآنَ ، فَإِنَّهُ يَأتِيْ يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ (أخرجه مسلم في صحيحه) މާނައީ: ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ޤިޔާމަތްދުވަހުން ޤުރުއާން އޭގެ އަހުލުވެރިންނަށް (އެ ކިޔަވާ، ދަސްކޮށް އެއަށް ޢަމަލުކުރިމީހުންނަށް) ޝަފާޢަތްތެރިވުމަށް އަންނާނެއެވެ.

ޤުރުއާން ކިޔެވުމާއި ޛިކުރުކުރުންމަތީ ލޮންސިއެއްގެ މިންވަރަށް އިރުއަރައްޖައުމަށް ދާންދެން އެކަންކުރުންމަތީ ދެމި ހުންނާށެވެ.



އޭގެފަހުން ވަޡީފާއަށް ދިއުމާއި ސުކޫލަށް ދިއުންފަދަ ދިރިއުޅުމުގައި ކުރަން ހަމަޖެހިފައިވާ ކަންތަކާއިގެން އަވަސްވެގަންނާށެވެ. މިކަންތަކުގައި އުޅޭ އުޅުމުގައި ލިބޭ ހުސްވަގުތު ގިނަގިނައިން އިސްތިޣުފާރު ކުރާށެވެ. މެންދުރު ނަމާދު ވަގުތު ޖެހުމުން ތިބާ ކޮންމެތަނެއްގައި  ހުރިކަމުގައި ވިޔަސް ނަމާދު އޭގެ ވަގުތުގައި އަދާކުރާށެވެ.



މަދަރުސާއިން ނުވަތަ ވަޡީފާއިން އެނބުރި އައުމަށްފަހު ޢަޞުރު ވަގުތު ވަންދެން ކުޑަކޮށް އަރާމު ކުރާށެވެ. ޢަޞުރު ނަމާދު ބަންގީގެ 15 ވަރަކަށް މިނިޓް ކުރިން ތެދުވެ ނަމާދަށް ތައްޔާރުވެ ނަމާދަށް މިސްކިތަށް ދާށެވެ. ޢަޞުރު ނަމާދަށް ފަހު ހަވީރުގެ ޛިކުރުތައް ކިޔާށެވެ.  އޭގެ ފަހުގައި ކިޔަވާ ކުދިން ފިލާވަޅުތައް މުޠާލިޢާކުރާށެވެ. ގޭގެ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ މީހުން އެކަންތައް ކުރުމަށް އަވަސްވެގަންނާށެވެ.



ދެން އެއަށްފަހު މަޣުރިބު ނަމާދަށް މިސްކިތަށް ދާށެވެ. ޟަރޫރީ ބޭނުމެއް ނެތްކަމުގައި ވަނީނަމަ މަޣްރިބު ނަމާދަށް ފަހު  ޢިޝާނަމާދާ ޖެހެންދެން މިސްކިތުގައި މަޑުކުރާށެވެ. އަދި އެގަޑީގައިވެސް ޤުރުއާން ދަސްކުރުމާއި މުރާޖަޢާކުރުން ކުރިއަށް ގެންދާށެވެ. އެއަށްފަހު ޢިޝާނަމާދު ވަގުތު ޖެހުމުން ޢިޝާ ނަމާދުކުރާށެވެ.



އަދި ޢިޝާނަމާދުކުރުމަށް ފަހުގައި ނިދުމާއިގެން އަވަސްވެގަންނާށެވެ. ޢިޝާނަމާދުގެ ކުރިން ނިދުމާއި ޢިޝާ ނަމާދުގެ ފަހުން މީސްތަކުންނާ ވާހަކަދެއްކެވުމަކީ ނަބިއްޔާ صلى الله عليه وسلم ނުރުހުންތެރިވެވަޑައިގެންނެވި ކަމެކެވެ. އަބޫ ބަރްޒާ رضي الله عنه ވިދާޅުވިއެވެ. وَكَانَ لَا يُحِبُّ النَّوْمَ قَبْلَهَا، وَلَا الْحَدِيثَ بَعْدَهَا» (رواه البخاري) މާނައީ: ޢިޝާނަމާދުގެ ކުރިން ނިދުމާއި އޭގެ ފަހުން (އެބަހީ: ޢިޝާނަމާދު ފަހުން) މީސްތަކުންނާ ވާހަކަދެއްކެވުމަކީ ނަބިއްޔާ صلى الله عليه وسلم ނުރުހުންތެރިވެވަޑައިގެންނެވި ކަމެކެވެ.

އެދުވަސް ނިންމާލުމުގެ ގޮތުން ވުޟޫކޮށް ޠަހާރަތުގެ މަތީގައި އޮވެ ކަނާތް ފަރާތަށް އެނބުރި، ޛިކުރުތައް ކިޔުމަށްފަހު ނިދާށެވެ. ދެން ފަތިސް ނަމާދަށް ގޮވުމުގެ ގަޑިއިރެއް ކުރިން ހޭލާފައި، ނިދިން ހޭލެވުމުން ކިޔާ ޛިކުރުތައް ކިޔާށެވެ. އޭރުން ޝައިޠާނާގެ ގޮށްތަކުން ސަލާމަތްވާނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. يَعْقِدُ الشَّيْطَانُ عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاَثَ عُقَدٍ يَضْرِبُ كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ، فَارْقُدْ فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ، انْحَلَّتْ عُقْدَةٌ، فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ، فَإِنْ صَلَّى انْحَلَّتْ عُقْدَةٌ، فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ وَإِلَّا أَصْبَحَ خَبِيثَ النَّفْسِ كَسْلاَنَ (متفق عليه) މާނައީ: ތިޔަބައިމީހުން ކުރެ މީހަކު ނިދުމުން ޝައިޠާނާ އެމީހެއްގެ ފުށްކިބައިގައި ތިން ގޮށް ޖަހާނެއެވެ. އަދި ކޮންމެ ގޮށެއްގައި ޖަހާފައި ބުނާނެއެވެ. ފަހެ އޮށޯންނާށެވެ. ތިބާގެ ކުރިމަތީގައި ތިޔަވަނީ ދިގު ރެއެކެވެ. ފަހެ އެމީހަކު ހޭލާފައި ﷲ ގެ ޛިކުރުކޮށްފިއްޔާ ގޮށެއް މޮހެވިގެންދާނެއެވެ. ދެން ވުޟޫކޮށްފިއްޔާ ގޮށެއް މޮހެވިގެންދާނެއެވެ. އެއަށްފަހު ނަމާދުކޮށްފިއްޔާ ގޮށެއް މުހެވިގެންދާނެއެވެ. އޭރުން ހެނދުނުވާއިރު އެމީހެއްގެ ނަފްސު ހުންނާނީ ޙަރަކާތްތެރި ޙާލު، ހެޔޮކަމުގެ މަތީގައެވެ. ނޫންނަމަ ވާހުށީ ނުބައިކަމުގެ މަތީގައި ކަންނެތް ޙާލުގައެވެ.



ތިބާ ޙަޔާތުގައި ހޭދަވާ ކޮންމެ ދުވަހަކީ މިފަދަ ދުވަހެއްގެ ގޮތުގައި ހެދޭތޯ ހިތްވަރާއި މިންނަތާއެކު މަސައްކަތްކުރާށެވެ. އަދި މިއަށްވުރެ ފުރިހަމަ ކުރަން އެދޭނަމަ ސުންނަތް ނަމާދު (އެބަހީ: ޟުޙާ ނަމާދު، ތަޙައްޖުދު ނަމާދު، ވިތުރި ނަމާދު، ރަވާތިބު ސުންނަތް، ... ) އަދާ ކުރާށެވެ.



ﷲ ގެ ޙަޟްރަތުން އެދެނީ ތިބާއަކީ ދުނިޔެވީ ޙަޔާތުގައްޔާއި އުޚުރަވީ ޙަޔާތުގައި ވެސް ބާއްޖަވެރި ކާމިޔާބު މީހެއްކަމުގައި ލެއްވުމަށެވެ. އަދި ކުރާ ކޮންމެ ކަމެއްގައި ތިބާއަށް ތައުފީޤު ދެއްވުމަށެވެ. އަދި ތިބާވީ ކޮންމެ ތަނެއްގައި ބަރަކާތް ލެއްވުމަށެވެ. އަދި އަޅަމެން އެންމެން ސުވަރުގޭގެ އެންމެ މަތީގައިވާ ފިރުދައުސުގައި ޖަމާކޮށްދެއްވުމަށެވެ.



މަޞްދަރު:

ދިސަލަފިއްޔާ  


Wednesday, April 17, 2019

އޮޓޯބައޮގުރަފީ: ރަމަޟާންމަހުގެ ދުލުން


ރަމަޟާން މަހުގެ ދުލުން

Image result for ramadan light
Add caption

ލިޔުނީ: ޒީނަތު ލަބީބު.
         
                   އަހަރެންނަކީ އަހަރަކު އެއްފަހަރު ތިޔަބައިމީހުންގެ ގާތަށް އަންނަ މެހުމާނަކީމެވެ. އެއަށްވުރެ އަވަސްކޮށް ދުވަހަކުވެސް ނާންނަމެވެ. އެއީ އަހަރެންގެ ދަތުރުފަތުރު ހަމަޖެހިފައިވާ ގޮތުން އަހަރެންނަށް ދިމާވާ ގޮތަކީއެވެ. މީހުން އަހަރެންނަށް ތަފާތު ނަންނަމުން ނަންކިޔައި އުޅެއެވެ. ބައެއްމީސްމީހުން ޢަރަބިބަހުން އަހަރެންނަށް ނަންދީ އެނަމުން ގޮވައި މުޚާޠަބު ކުރާއިރު އަނެއްބައިމީހުން އެމީހުންގެ އަމިއްލަ ބަހުންވެސް އަހަރެންނަށް ނަންހަދައިގެން ނަންކިޔައި އުޅެއެވެ. އެއީ އަކީ އަހަރެންގެ އެއްވެސް މައްސަލައެއް ނޫނެވެ. ދެނަންވެސް އަހަރެން ވަރަށް އުފަލާއެކު ބަލައިގަންނަމެވެ. އަދި ކިތަންމެ ގިނަ ނަމުން މުޚާޠަބު ކުރިޔަސް އެއީ މައްސަލައެއް ކަމަށް އަހަރެން ނުބަލަމެވެ. އެއީ ނަމަކީ އަހަރެންނަށް އެހާ މުހިއްމު އެއްޗަކަށް ނުވާތީއެވެ.  

        
         އަހަރެން ދިޔަތާ އެގާރަމަސް ފާއިތުވެދާފަހުން އަހަރެން އަންނަކަން އިޢުލާންކޮށްދެނީ ހުޅެވިހަނދެވެ. ހަމަ އިޢުލާން ކޮށްލާއިރަށް އެންމެން އެންމެން ވަރަށް އުފަލާއެކު އަހަރެންނާ ބައްދަލުކޮށް އިސްތިޤްބާލުކުރުމަށް އަވަސްވެގަނެއެވެ. ކެއްކުންގަނޑު މީރުކޮށް ބަދިގެތެރެއިން ކާތަކެތީގެ މީރުވަސް ދުއްވަން ފަށައިގަނެއެވެ. އެކަމަކު ވެސް އަހަރެންނަކީ އެއްވެސް އެއްޗެއްކައިގެން އެއްވެސް ބާވަތެއްގެ ބުއިމަކަށް ބޭނުންމީހަކީމެއް ނޫނީމެވެ. އެއީ އަހަރެން ދިރިހުންނަނީ އެޒާތުގެ ކާއެއްޗެހި ކައިގެން ކަމަށް ނުވާތީއެވެ.  

         
         އަހަރެންނަކީ ވަރަށް ދީލަތި މީހަކީމެވެ. އަދި އެހާމެ އަތްމަތި ތަނަވަސް މީހަކީމެވެ. އަހަރެންގެ އެކައުންޓު ފުރިގެން ބަންޑުންވާ ވަރަށް ޑޮލަރާ ފައިސާ ހުރެއެވެ. އެހެންކަމުން އަހަރެން ކޮންމެ އަހަރަކުވެސް އަންނަނީ ވަރަށް އަގުބޮޑު ވަރަށް ޚާއްޞަ ތިންހަދިޔާއެއް ހިފައިގެންނެވެ. މިހަދިޔާ ގެންނަނީ އަހަރެންގެ އެކުވެރިންނާއެކު އުޅޭ އޮނަތިރީހަކަށް ދުވަހު އެ އެކުވެރިންނަށް ދޭންވެގެންނެވެ. އެ ޚާއްޞަ ހަދިޔާގެ ތެރެއިން އެއްހަދިޔާ "ރަޙުމަތް" އަހަރެންގެ އަޚުންނާ އުޚުތުންނާ ޙަވާލު ކުރަނީ އަހަރެންގެ އެކުވެރިން ގާތު އަހަރެން އުޅޭ ފުރަތަމަ ދިހަ ދުވަހުގައެވެ. އެ ދިހަ ދުވަހު އަހަރެން ގާތަށް އަންނަ ހިތުން އަންނަ ކޮންމެ އެކުވެރިޔަކަށް މި ހަދިޔާ ހަވާލުކުރަމެވެ. ދެވަނަ ހަދިޔާ ދިނުމުގެ ކުރީގައި އެންމެ ބޮޑު ހަދިޔާ ފަހުންދޭގޮތަކަށް ރައްކާކޮށްލަމެވެ. ދެވަނަ ހަދިޔާ އާދެ، "ފުއްސެވުން" އަހަރެން ހަވާލުކުރަނީ އަހަރެން އަންނަތާ ދިހަވަރަކަށް ދުވަސް ފަހުންނެވެ. އަދި މިހަދިޔާ ހަވާލުކުރުން ވެސް ދިހަ ދުވަހަށް ކުރިއަށް ގެންދަމެވެ. އެހެންކަމުން މިހަދިޔާ ދިނުން އޮންނަނީ އަހަރެން އަންނަތާ ވިހިވަނަ ދުވަހާ ހަމައަށެވެ. ތިންވަނަ ހަދިޔާތޯއެވެ. އެހަދިޔާއަކީ "ދިންނެވުން" މިނަމުން ނަންދީފައިވާ ހަދިޔާއެކެވެ. އެހަދިޔާ އަހަރެންގެ އަޚުންނާ އުޚުތުންނާ މި ޙަވާލުކުރަނީ އަހަރެން ފުރަން ނުވަ ވަރަކަށް ދުވަހަށް ވީމައެވެ.  އޭގެ އިތުރުން އަޅުކަން ގަނެވޭ ވައުޗަރެއްވެސް އަހަރެން ގެންނަމެވެ. އެ ވައުޗަރުން "އެއްހާސް މައްސަރު މީހަކު ކުރާ އަޅުކަން ގަނެވެއެވެ. އަހަރެން ދާން ފެށުމުން އެކުވެރިން މާޔޫސްވާތީވެ އަހަރެންގެ އެއްބަނޑު އެއްބަފާ ކުޑަ ކޮއްކޮ އެކުވެރިންނާއެކު ކުޅެލުމަށް ގެންނަމެވެ. އަދި އެގާރަ މަސް ފަހުން އަންނާނެ ކަމުގެ އުފާވެރި ޚަބަރު ދިނުމަށްފަހު އެކުވެރިންނާ ވަކިވަމެވެ.

         
އާދެ، އަހަންނަކީ ހަމަ ތިޔަ ހީކުރި އެކުވެރިޔާއެވެ. ގެއާއި ގެދޮރު އަހަންނަށް ޓަކައި ތިޔަބައިމީހުން ސާފުތާހިރުކޮށް ޖިންނި ޝައިޠާނުން ކަސްތޮޅު އެޅުވި ރަމަޟާން މަހެވެ. އަހަންނަށް ޓަކައި ރަޙްމަތުގެ ވިލާގަނޑުން ފެންވެއްސާލެވޭ ރަމަޟާން މަހެވެ. އަހަންނަށް ޓަކައި ސުވަރުގޭގެ ދޮރުތައް ހުޅުވި ނަރަކައިގެ ދޮރު ބަންދުކޮށްލެވޭ ރަމަޟާން މަހެވެ. ތިޔަބައިމީހުންގެ ނަމުންނަމަ ރޯދަމަހެވެ.


Monday, April 15, 2019

ravaathibu sunnai

ރަވާތިބު ސުންނަތް
Image result for ‫رواتب السنة‬‎
ލިޔުނީ: ޒީނަތު ލަބީބު.

ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރާނެ ގޮތް ނަބިއްޔާ صلى الله عليه وسلم ވަނީ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައެވެ. އެގޮތުން ވަރަށް ގިނަ ޢަދަދެއްގެ ސުންނަތް ނަމާދުތަކެއް އެކަލޭގެފާނުގެ ސުންނަތުން ޘާބިތުވެފައިވެއެވެ. އޭގެތެރޭގައި ވަގުތު ކަނޑައެޅިފައިވާ ނަމާދުތަކާއި ކަނޑައެޅިގެން ވަކި ވަގުތެއް ކަނޑައެޅިފައިނުވާ ނަމާދތަކެއް ވެއެވެ. ސުންނަތް ނަމާދުގެ ތެރެއިން ނަބިއްޔާ صلى الله عليه وسلم އެންމެ ބޮޑަށް ބާރު އަޅުއްވާފައިވާ ސުންނަތް ނަމާދުތަކުގެ ތެރޭގައި ރަވާތިބު ސުންނަތްތައް ހިމެނެއެވެ.

ދިވެހިންގެ ތެރެއިން ބަޔަކު ދެކޭގޮތުގައި ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުން ކުރެވޭ ކޮންމެ ނަމާދަކީ ރަވާތިބު ސުންނަތެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއްނޫނެވެ. ފަރުޟު ފަސް ނަމާދުގެ ކުރިންނާއި ފަހުން ކުރެވޭ ކޮންމެ ނަމާދަކީ ރަވާތިބު ސުންނަތެއް ނޫނެވެ. އެހެންނަމަވެސް އެއީ ސުންނަތް ނަމާދުތަކެކެވެ. ރަވާތިބު ސުންނަތުގައި ވަނީ 12 ރަކްޢަތެވެ. އެއީ މެންދުރު ނަމާދުގެ ކުރިންކުރާ ހަތަރު ރަކުޢަތާއި މެންދުރު ނަމާދުގެ ފަހުން ދެރަކުޢަތާއި މަޣްރިބު ނަމާދުގެ ފަހުން ދެރަކުޢަތާއި ޢިޝާ ނަމާދުގެ ފަހުން ދެރަކުޢަތާ އަދި ފަތިސް ނަމާދުގެ ކުރިން ދެރަކުޢަތެވެ. ރަވާތިބު ސުންނަތް ބުނެދެއްވަމުން ކީރިތި ރަސޫލާ-ޞައްލަޢަލައިހި ވަސައްލަމަ- ބަޔާން ކޮށް ދެއްވަނީ މިފަދައިންނެވެ. (مَنْ ثَابَرَ عَلَى ثِنْتَيْ عَشْرَةَ رَكْعَةً مِنْ السُّنَّةِ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَرَكْعَتَيْنِ بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَ الْعِشَاءِ وَرَكْعَتَيْنِ قَبْلَ الفجر) މާނައަކީ: ސުންނަތުގެ ބާރަ ރަކްޢަތަށް ރައްކާތެރިވެއްޖެމީހަކަށް މާތް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ. (އެއީ) މެންދުރުނަމާދުގެ ކުރިން ހަތަރު ރަކްޢަތާއި ފަހުން ދެރަކްޢަތެވެ. އަދި މަޣްރިބްނަމާދުގެ ފަހުން ދެރަކްޢަތެވެ. އަދި ޢިޝާގެ ފަހުން ދެރަކްޢަތެވެ. އަދި ފަތިސްނަމާދުގެ ކުރިން ދެރަކްޢަތެވެ".

ނަބިއްޔާ صلى الله عليه وسلم ރަށުގައި ޤާއިމުވެ ހުންނަވާއިރު މި ނަމާދުތަކަށް ރައްކާތެރިވެވަޑައިގަންނަވައެވެ. އަދި ޙަދީޘްކުރެއްވިއެވެ. ((مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ)) [أخرجه مسلم} މާނައީ: "ރެއަކާއި ދުވާލު ސުންނަތް ބާރަ ރަކުޢަތްކޮށްފިމީހާ ދަންނައެވެ. އޭގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ގެއެއް ބިނާކުރެވެއެވެ."

މެންދުރު ނަމާދުގެ ފަހުގައި ކުރެވޭ 4 ރަކްޢަތަކީ ރަވާތިބު ސުންނަތުގެ 4 ރަކްޢަތް ކަމަށް ދިވެހި ބައެއް ފޮތްތަކުގައި ލިޔެފައިވެއެވެ. ނަމަވެސް މި ހަތަރު ރަކްޢަތުގެ ތެރެއިން ފުރަތަމަ 2 ރަކްޢަތަކީ ރަވާތިބި ސުންނަތުގެ 2 ރަކްޢަތެވެ. އަނެއް 2 ރަކްޢަތް ކުރަނީ ނަރަކައިން ސަލާމަތްވުމަށްއެދިއެވެ. އެ 2 ރައްޢަތް އަދާ ކުރާ މީހެއްގެ މައްޗަށް ނަރަކަ ޙަރާމް ކުރައްވާފައިވާ ކަމަށް ޙަދީޘްތަކުގައި ބަޔާންވެފައިވެއެވެ. އެހެންކަމުން މެންދުރު ނަމާދުގެ ފަހުން (ސުންނަތް) ހަތަރު ރަކުޢަތްކުރުން މޮޅު އިތުރުވެގެންވެއެވެ. ޙަދީޘްގައިވެއެވެ. (مَنْ حَافَظَ عَلَى أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَأَرْبَعٍ بَعْدَهَا حَرَّمَهُ اللَّهُ عَلَى النَّارِ) (رواه الترمذي وصححه الألباني) މާނައީ: "މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތާއި މެންދުރުނަމާދުގެ ފަހުން ހަތަރު ރަކުޢަތަށް ރައްކާތެރިވާމީހާ ދަންނައެވެ. އޭނާގެ މައްޗަށް ﷲ ވަނީ ނަރަކަ ޙަރާމްކުރައްވާފައެވެ."

ޢަޞްރު ނަމާދުގެ ކުރީގައި 4 ރަކްޢަތް ކުރުމަކީ ވެސް މުޞްތަޙައްބުކަމެކެވެ. ނަމަވެސް އެއީވެސް ރަވާތިބު ސުންނަތްތަކެއް ނޫނެވެ. އެ 4 ރަކަޢްތް އަދާކުރާ މީހެއްގެ މައްޗަށް ﷲ ތަޢާލާގެ ރަޙްމަތްތަނަވަސްވެގެންވެއެވެ. ޙަދީޘްގައިވެއެވެ. (رَحِمَ اللَّهُ امْرَأً صَلَّى قَبْلَ العَصْرِ أَرْبَعًا)  {رواه أحمد} މާނައީ: "ޢަޞުރުނަމާދުގެ ކުރިން ހަތަރު ރަކުޢަތްކޮށްފިމީހަކަށް ﷲ ރަޙުމަތްލައްވާށިއެވެ."

ހަމައެފަދައިން މަޣްރިބު ނަމާދާއި ޢިޝާ ނަމާދުގެ ކުރިން ކުރެވޭ 2 ރަކްޢަތް ނަމާދަކީ ވެސް ސުންނަތް ނަމާދެވެ. އެހެންނަމަވެސް އެއީ ރަވާތިބު ސުންނަތުގެ ތެރޭގައި ހިމެނޭ ރަކްޢަތްތަކެއް ނޫނެވެ. ޙަދީޘްގައި ވެއެވެ. ((بَيْنَ كُلِّ أَذَانَيْنِ صَلاَةٌ، بَيْنَ كُلِّ أَذَانَيْنِ صَلاَةٌ))، ثُمَّ قَالَ فِي الثَّالِثَةِ: ((لِمَنْ شَاءَ)) [رواه البخاري ومسلم} މާނައީ: "ކޮންމެ ބަންގިއަކާއި ޤަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ. ކޮންމެ ބަންގިއަކާއި ޤަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ."  – ދެން ތިންވަނަ ފަހަރު ޙަދީޘްކުރެއްވިއެވެ. – " އެއީ އެނަމާދު ކުރުމަށް ބޭނުން މީހަކަށެވެ."

ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅަށް ޢަމަލުކުރުމުގެ ގޮތުން މެންދުރު ނަމާދުުެ ފަހުގައި ކުރާ ދެ ރަކްޢަތާއި ޢަޞުރުނަމާދުގެ ކުރިން ކުރާ ހަތަރު ރަކުޢަތާއި މަޣްރިބުނަމާދާއި ޢިޝާނަމާދު ބަންގިއާއި ޤަމަތާދެމެދު ސުންނަތް ދެރަކުޢަތްކުރުންވެސް މޮޅުއިތުރުވެގެންވެއެވެ. މިހުރިހާ ނަމާދެއްވެސް ކުރާނީ ދެރަކުޢަތުން ސަލާމްދެމުންނެވެ.

މަޞްދަރު:

Saturday, April 13, 2019

isthisg'aa namaadhu


އިސްތިސްޤާ ނަމާދު
See the source image

ލިޔުނީ: ޒީނަތު ލަބީބު.


ފެނުގެ ނިޢުމަތަކީ ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ދެއްވާފައިވާ ބޮޑު ނިޢުމަތެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. " وَهُوَ الَّذِي يُنَزِّلُ الْغَيْثَ مِن بَعْدِ مَا قَنَطُوا وَيَنشُرُ رَحْمَتَهُ  وَهُوَ الْوَلِيُّ الْحَمِيدُ " މާނައީ: އެއިލާހީ އެއުރެންގެ އުންމީދު ކެނޑިފައިވުމަށްފަހު، ވާރޭވެއްސަވައި، އެކަލާނގެ رحمة ފަތުރުއްވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ގިނަގިނައިން حمد ލިބިވޮޑިގެންވާ، އެހީތެރިވަންތަ ރަސްކަލާނގެއެވެ."


ވާރޭވެހުން ހުއްޓި ހަނަފަސްކަން ފެތުރުވުމުން އަޅުތަކުންނަށް އެތަކެއް ދަތިތަކެއް ކުރިމަތިވެއެވެ. މިހާލަތުގައި މުސްލިމުން އެދަތިކަން ފިއްލަވައިދެއްވާތޯ އެނބުރިގަންނަނީ އެވެރިންގެ ވެރި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އިސްތިސްޤާ ނަމާދަކީ ފެން ދަތިވެއްޖެނަމަ، ނުވަތަ ވާރޭ ވެހުން ލަސްވެއްޖެނަމަ ވާރޭ ވެއްސެވުމަށް އެދި ކުރާ ދެ ރަކްޢަތް ނަމާދެކެވެ. ފެނަށް ދަތިވެއްޖެނަމަ ނަމާދުކޮށް ދުޢާކުރުމީ ސުއްނަތެކެވެ.  މިނަމާދު ކުރުން މޮޅުއިތުރު ގޮތަކީ ބޮޑުޖަމާޢަތެއްގައި އެރަށެއްގެ ކުދިބޮޑު އެންމެން ޖަމާވެ ނަމާދުކުރުމެވެ. އަދި ނަމާދަށްފަހު އިމާމުމީހާ ޚުޠުބާދިނުމެވެ. ޚުޠުބާގައްޔާއި ނަމާދުގެ ފަހުގައި ދުޢާކުރުން އޮންނާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. " أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ " " (ހެޔޮކަންބޮޑީ، اللَّه ހެއްޔެވެ؟ ނުވަތަ އެއުރެން شريك ކުރާ އެއްޗެހި ހެއްޔެވެ؟) ނުވަތަ ދަތި އުނދަގޫ حال ޖެހިފައިވާ މީހާ، (އެއިލާހަށް) دعاء ކުރާހިނދު، އޭނާގެ دعاء އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވާ އިލާހުހެއްޔެވެ؟ "


ޢިލްމުވެރިން އިއްތިފާޤުވާ ގޮތުގައި އިސްތިސްޤާ ނަމާދުގައި އޮންނަނީ ދެރަކްޢަތެވެ. އިމާމު ޝާފިޢީއާއި އިމާމު އަޙްމަދު ވިދާޅުވާ ގޮތުގައި ނަމާދު ކުރާނީ ޢީދުނަމާދު ކުރާ ފަދައިންނެވެ. މި ނަމާދު ކުރަނީ ޢީދުނަމާދުގެ ވަގުތުގައެވެ. މިނާދުގައި ޤުރުއާން ބާރަށް ކިޔަވާފައެވެ. ފުރަތަމަ ރަކްޢަތުގައި ހަށަންބަންތަކްބީރަށް ފަހު ދުޢާއުލް އިފްތިތާޙުކިޔާފައި ހަތްތަކްބީރު ކިއަންވާނެއެވެ. އަދި ދެވަނަ ރަކްޢަތުގައި އެރަކްޢަތަށް ތެދުވާ ތަކްބީރަތުލް އިޙްރާމް ފިޔަވައި ފަސްތަކްބީރު ކިޔަންވާނެއެވެ. ޢަބްދުﷲ ބުން ޒައިދުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުކުރާތަނަށް ވަޑައިގެން ފެނަށް އެދިވަޑައިގެން ޤިބްލައަށް ކުރިމަތިލައްވައި ދެރަކުޢަތް ކުރެއްވިއެވެ. އެއަށްފަހު ޚުޠުބާ ވިދާޅުވުމަށްފަހު ދުޢާކުރެއްވިއެވެ.


اللَّهُمَّ اسْقِنَا غَيْثًا مُغِيثًا مَرِيئًا مَرِيعًا نَافِعًا غَيْرَ ضَارٍّ عَاجِلاً غَيْرَ آجِلٍ. މާނައީ: އޭﷲ! އަޅަމެންގެ މައްޗަށް ވާރޭގެ ނިޢުމަތް ވެއްސަވާނދޭވެ. އުފަލާއި ހިތްހަމަޖެހުންލިއްބައިދޭ، ތާޒާކަން ގެނެސްދޭ އެއްޗެއްގެ ގޮތުގައެވެ. ފައިދާދެނިވި، ގެއްލުމުން މިންޖު ކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. ލަސްނުވެ އަވަސްކަމާއެކުގައެވެ.


اللَّهُمَّ اسْقِنَا اللَّهُمَّ اسْقِنَا - اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا މާނައީ: އޭﷲ! އަޅަމެނަށް ފެންދެއްވާނދޭވެ. އަޅަމެނަށް ފެންދެއްވާނދޭވެ... އޭﷲ! އަޅަމެންގެ ވަށައިގެން ވެއްސަވައި އަޅަމެނަށް ރަޙްމަތެއްކަމުގައި ލައްވާނދޭވެ. އަޅަމެންގެ މައްޗަށް ހުރި ކޯފާއެއް ނުވަތަ ހަލާކެއްގެ ގޮތުގައި ނުލައްވާނދޭވެ.


اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ الرَّحْمَنِ الرَّحِيمِ مَلِكِ يَوْمِ الدِّينِ لاَ إِلَهَ إِلاَّ اللَّهُ يَفْعَلُ مَا يُرِيدُ اَللَّهُمَّ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الْغَنِيُّ وَنَحْنُ الْفُقَرَاءُ أَنْزِلْ عَلَيْنَا الْغَيْثَ وَاجْعَلْ مَا أَنْزَلْتَ لَنَا قُوَّةً وَبَلاَغًا إِلَى حِينٍ. މާނައީ: ޢާލަމްތަކުގެ ވެރި ﷲ އަށް ގިނަގުނަވެގެންވާ ޙަމްދާއި ސަނާ ހުއްޓެވެ. އެއީ ބޮޑަށް ރަޙްމަތްލައްވާ އިންތިހާއަށް އޯގާވަންތަ އިލާހެވެ. ޤިޔާމަތްދުވަހުގެ ވެރިއިލާހެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވެއެވެ. އެއިލާހު އިރާދަކުރައްވާކަމެއް ކުރައްވައެވެ. އަޅުގެވެރި ރަސްކަލާކޮ! ތިޔައީ ﷲ އެވެ. ތިޔައިލާހު ފިޔަވައި ޙައްޤު އިލާހަކު ނުވެއެވެ. ތިޔައީ ފުދިވޮޑިގެންވާ އިލާހެވެ. އަޅަމެންނަކީ ނިކަމެތި މުޙްތާޖުންނެވެ. އަޅަމެންގެ މައްޗަށް ވާރޭ ވެއްސަވާނދޭވެ. އަދި އަޅަމެންގެ މައްޗަށް ވެއްސަވާ ވާރެއަކީ ރަޙްމަތެއްކަމުގައްޔާއި އަޅަމެނަށް މުޙްތާޖުވާ މިންވަރަށް ވެއްސަވާ އެއްޗެއްކަމުގައި ލައްވަވާނދޭވެ. 


اللَّهُمَّ اسْقِ عِبَادَكَ وَبَهَائِمَكَ وَانْشُرْ رَحْمَتَكَ وَأَحْيِ بَلَدَكَ الْمَيِّتَ  މާނައީ: އޭﷲ! ތިޔައިލާހުގެ އަޅުންނަށާއި އެންމެހާ ގެރިބަކަރި ޖަނަވާރުތަކަށް ފެންދެއްވާނދޭވެ. އަދި ތިޔައިލާހުގެ ރަޙްމަތް ފަތުރުއްވަވާނދޭވެ. އަދި ހިކިވެ މަރުވެފައިވާ ތިޔައިލާހުގެ ރަށުގެ ބިންގަނޑު ދިރުއްވާނދޭވެ.


ފެން ދަތިވެއްޖެނަމަ، ނުވަތަ ވާރޭ ވެހުން ލަސްވަނީނަމަ ވާރޭ ވެއްސެވުމަށް އެދި ނަމާދަކާ ނުލައިވެސް އިސްތިސްޤާގެ ދުޢާކުރެވިދާނެއެވެ. ނަމަވެސް ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވަނީ މޮޅުގޮތަކީ ނަމާދުކުރުންކަމުގައެވެ.


މަޞްދަރު:


ނޫރުލް އިސްލާމް

islaamee salaam

އިސްލާމީ ސަލާމް
Image result for ‫السلام عليكم ورحمة الله وبركاته‬‎
ލިޔުނީ: ޒީނަތު ލަބީބު

އެކަކު އަނެކަކާ ބައްދަލުވާ ހިނދު އިސްތިޤުބާލުކޮށް މަރުޙަބާކިޔުމުގެ ގޮތުން ތަފާތު ގޮތްތަކެއް ގެންގުޅެއެވެ. އެކި ހިސާބުގައި މިކަން އޮންނަނީ އެކި ގޮތަށެވެ. އަދި ޒަމާނާއި ޙާލަތަށް އަންނަ ބަދަލުތަކާއި ގުޅިގެން މިކަންތަކަށް ބަދަލުތަކެއް އާދެއެވެ. ނަމަވެސް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި މިކަން އޮންނަނީ އެއްގޮތަކަށެވެ. ޒަމާނަކަށް އަދި ޙާލަތަކަށް އަންނަ ބަދަލަކާއި ގުޅިގެން މީހުންނަށް އިސްތިޤުބާލުކޮށް މަރުޙަބާކިޔުމަށް އޮންނަ ގޮތަކަށް ބަދަލެއް ނާދެއެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ވަނީ އެންމެހާ ރިވެތި ފުރިހަމަ ގޮތްތައް ދަސްކޮށްދެއްވާފައެވެ. އެގޮތުން ދެމުސްލިމަކު ބައްދަލުވާ ހިނދު އެންމެ ފުރަތަމަ ވެސް އިސްލާމީ ސަލާމުން ސަލާމްކުރުމަށް ވަނީ އަންގަވާފައެވެ. އިސްލާމީ ސަލާމަކީ ކޮންމެ ތަނަކަށް އަދި ކޮންމެ ވަގުތަކަށްވެސް މުނާސަބު ސަލާމެކެވެ.

އިސްލާމީ ސަލާމަކީ ”السلام عليكم ورحمة الله وبركاته“  މާނައަކީ: ތިބާގެ މައްޗަށް ސަލާމަތްކަމާ ﷲ ގެ ރަޙުމަތާ ބަރަކާތްހުއްޓެވެ. މިއީ އަނެކާ އާއި މެދު ތިމާގެ ހިތުގައި އޮތް ލޯތްބާއި ކުލުނު ހާމަކޮށްދިނުމަށް ކިހާ ފުރިހަމަ ބަސްތަކެއްތޯއެވެ؟  އަދި ތިބާގެ ފަރާތުން އަނެކާއަށް އެއްވެސް ނުރައްކަލެއް ނެތްކަން ހާމަކޮށްދިނުމަށް ކިހާ ފުރިހަމަ ބަސްތަކެއްތޯއެވެ؟  

ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގެ 86ވަނަ އާޔަތުގައި ވަޙިކުރައްވާފައިވެއެވެ. وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا ۗ إِنَّ اللَّـهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا ﴿٨٦﴾ މާނައީ: ތިޔަބައިމީހުންނަށް ސަލާމަކުން ސަލާމްކުރެވިއްޖެނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން ތިއަބައިމީހުން ސަލާމްކުރާށެވެ. ނުވަތަ އެސަލާމް ރައްދުކުރާށެވެ. ހަމަކަށަވަރުން، ކޮންމެ ކަމެއްގެ حساب ބައްލަވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.

ﷲ ތަޢާލާގެ ޙަޟްރަތުން އަޅުގަނޑުމެންނަށް ދެއްވާފައިވާ ސަލާމަކީ އެހެން އެއްވެސް ޤައުމަކަށް ޤަބީލާއަކަށް ލިބިގެންނުވާފަދަ މަތިވެރި ސަލާމެކެވެ. މާނަ ފުރިހަމަ ސަލާމެކެވެ. ނަމަވެސް ހިތާމަޔަކީ މިފަދަ ފުރިހަމަ ސަލާމުގެ ބޭނުންހިފާ ބަޔަކު މިއަދު ނުފެންނަކަމެވެ. އަދި މި މަތިވެރި ސަލާމުން ސަލާންގޮވާ މީހާއަކީ މުޖުތަމަޢުގައި ކަޓު މީހެއްގެ ގޮތުގައި ލޭބަލްކުރެވިފައިވާ މީހެކެވެ. ނުވަތަ އެއީ ހައްދުފަހަނަޅައިފައިވާ މީހެކެވެ. އަދި މި މަތިވެރި ފުރިހަމަ ސަލާމް އެއްފަރާތްކުރުމަށްފަހު ބޭނުންކުރާ ބަސްތަކަކީ "ހައި" "ހަލޯ" "މޯނިންގ" "ވެލްކަމް" .... ފަދަ ބަސްތަކެވެ. މިއީ މިބަސްތަކުގެ ޒާތުގައި އެއްވެސް އޮށްޓަރެއް ފައިދާއެއް ހުރި މާނަތަކެއް އެކުލެވިގެންވާ ބަސްތަކެއް ނޫނެވެ.

އަޅުގަނޑުމެންގެ މުސްލިމް އެކުވެރިންނަށް އިސްލާމީ ސަލާމުން ސަލާމްކުރަން އަޅުގަނޑުމެން ފަސްޖެހި ލަދުގަންނަންވީ ކީއްވެތޯއެވެ؟ ފަހަރެއްގައި އެކަމުގެ ސަބަބަކީ އަޅުގަނޑުމެންނަށް ސަލާމަކީ ކޮބައިކަމާ އޭގެ މުހިއްމުކަން ނުވިސްނެނީ ކަމުގައި ވެދާނެއެވެ.  

ސަލާމުގެ މުހިއްމުކަން ބަޔާންކޮށް ދެއްވުމުގެ ގޮތުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސަލަމަ ހަދީޘްކުރެއްވި ކަމަށް މުސްލިމު ރިވާކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އީމާންވީކަމުގައި ނުބެލެވޭހުއްޓެވެ. އަދި އެކަމެއް ކޮށްފިނަމަ އޭގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި ލޯބިއުފެދި އެއްބައިވަންތަކަން އިތުރުވެ އާލާވެގެންދާނޭ ކަމެއް ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ބުނެދެއްވަމު ހެއްޔެވެ؟  އެކަމަކީ ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުމުގެ އާދަ ޢާއްމުކޮށް ފަތުރާށެވެ.“

ސަލާމަކީ އޭގެ ސަބަބުން އެކުވެރިކަމާ ލޯބި އިތުރުކޮށްދޭކަމެއްކަން ކަށަވަރެވެ. އަދި އެއީ ދޭދޭ މީހުންގެ މެދުގައި އޮންނަ ކުލުނުވެރިކަން އާލާކޮށްދޭނެ ކަމެކެވެ. އަޅުގަނޑުމެންގެ މެދުގައިި މިހާރު އުފެދިފައިމިވާ ނަފްރަތާއި ރުޅިވެރިކަމާއި ހަސަދަވެރިކަން ފަދަ ނޭދެވޭ ސިފަތައް ނައްތާލުމަށްޓަކައި ސަލާމްކުރުމުގެ މަތިވެރި އާދަ މުޖުތަމައުގައި ފެތުރުމަށް މަސައްކަތްކުރުމަކީ ފަރުދީ ޒިންމާއަކަށް ހަދަމާތޯއެވެ.