އިހްތިރާމް ކުރާށޭ! (ތަގުރީރު)

  

بسم الله الرحمن الرحيم.

އިންސާފުވެރި ފަޑިޔާރުން... އިއްޒަތްތެރި މުދައްރިސުން... އެކުވެރި ކިޔަވާ ކުދިން... ލޮބުވެތި ބެލެނިވެރިން...
السلام عليكم ورحمة الله وبركاته

އަޅުގަނޑުގެ މަންމަ ވަރަށް ގިނައިން ބުނާތި އަޑުއަހަން ގޮނަކަށް ގޮނެކޭ... މަންމަ މި ކިޔާ އެއްޗެއް އެއްގޮތަކަށް ވެސް ނޭނގޭ... އެހެންވެ ހިތަށް އެރީ ގޮނަކީ ކޯޗެއްތޯ އޮޅުންފިލުވަން މަންމައާ ސުއާލު ކުރާނީއޭ... ސުއާލުގެ ޖަވާބު ވެސް އެހާ ބީރައްޓެހި... މީހެއްގެ އަތުން އެއްޗެއް ބޭނުންނަމަ އެމީހަކަށް ފުރަތަމަ އެއްޗެއް ދޭންޖެހެޔޯ... އަޅުގަނޑު ބުނެލިން... މަންމަ ތިބުނުއްވަނީ މުދައްރިސުންގެ ގާތުން އާ ފިލާވަޅެއް ބޭނުންނަމަ ފުރަތަމަ މުދައްރިސަށް ފިލާވަޅެއް ދޭށެތޯ... މަންމަ ނޫނެކޭ ބުނުއްވުމުން އަޅުގަނޑު މަންމައަށް ބުނިން... މަންމާ! އަޅުގަނޑަށް އެނގޭ ކަހަލަ ބޭބިޝް މިސާލެއް ކިޔާލަދެވިދާނެތަ... ތިކުދިންނަށް އެނގޭތަ މަންމަ ބުނުއްވީ ކީކޭކަން... މަންމަ ބުނުއްވީ އިޙްތިރާމް ލިބޭނީ އިޙްތިރާމް ދީގެންނޭ... އެއީ ވަރަށް ބޮޑު ހަގީގަތެއް ދޯ... އަޅުގަނޑުމެން އެމީހަކަށް އިޙްތިރާމް ނުކުރާނަމަ އެމީހަކުވެސް އަޅުގަނޑުމެންނަށް އިޙްތިރާމެއް ނުކުރާނެ ދޯ... އެހެންކަމުން އަޅުގަނޑުގެ މިއަދުގެ މައުޟޫއަކީ... އެނެކުންނަށް އިހްތިރާމް ކުރާށޭ!... އާދެ މި މަޢުޟޫއު...

އިސްލާމްދީނަކީ އިހްތިރާމް ކުރުމަށް ބާރު އަޅާ ދީން... އިސްލާމްދީނުގައި ކުޑަކުދީންނަށާއި ބޮޑެތި މީހުންނަށް އިހްތިރާމްކުރަން އަންގަވާފައިވޭ... ތިކުދިންނަށް އެނގޭތަ... މީހަކަށް އިޙްތިރާމް ކުރަން ޖެހެނީ އެމީހާގެ ދީނަށް ބަލާފައެއް ނޫން... އެއީ ކޮންމެ ދީނެއްގެ މީހަކަށް ވިޔަސް... އަދި ކޮންމެ ކަހަލަ މީހަކަށް ވިޔަސް އެމީހަކަށް އިޙްތިރާމްކުރަންޖެހޭ... ތިކުދިން ހަނދާންވޭތަ ރަސުލާ ސައްލަﷲ އަލައިހި ވަސައްލަމައާ ބެހޭގޮތުން އާންޓީމެން ކިޔާ ދެއްވާ ވާހަކަތައް... އެކަލޭގެފާނު ވަނީ އިހްތިރާމް ކުރުމުގެ ރީވެތި ނަމޫނާ ދައްކަވާފަ... އެކަލޭގެފާނަށް އަނިޔާ ކުރި މުޝްރިކުންނަށް، އެކަލޭގެފާނު އިޙްތިރާމް ކުރެއްވެވި... ވީމާ ނަބިއްޔާ ދެއްކެވި ރީތި ނަމޫނާގައި ހިފައިގެން، އެހެންމީހުންނަށް އިޙްތިރާމް ކުރާ ބަޔަކަށް އަލުގަނޑުމެން ވާން ވާނެ ދޯ...

އެކުވެރި ކުދިންނޭ... ތިޔަ ކުދިންގެ އެކުވެރިންނާ ވާހަކަ ދައްކާއިރު ވެސް އިޙްތިރާމް ކުރަންވާނެ... ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް... އެކި ކުދިންނަކީ އެކި ފެންވަރުގެ ކުދިން ދޯ... އެހެންނަމަވެސް "އެވްރީ ވަން އިޒް ޔުނީކް" ދޯ... (އޫމް......) މިސާލަކަށް ތިޔަކުދިންގެ އެކުވެރި ކުއްޖަކަށް ކަމެއް ކުރަން ނޭނގުނިއްޔޯ... އަޅެ ކިހިނެއް ތި ކުދިން ކަންތައް ކުރާނީ... (އޫމް......) ޖޯކުޖަހާނީތަ... ނުވަތަ މަލާމާތް ކުރާނީތަ... (އޫމް......) ދެރަކޮށް އައްޗި ބަހުން އެއްޗެހި ގޮވާނިތަ... ނޫން ދޯ... އެކުއްޖާއަށް ހިތްވަރުދީ އެހީތެރިވާނީ... އެކުއްޖާގެ މަސައްކަތަށް އިޙްތިރާމް ކުރާނީ... އޭރުން އަޅުގަނޑުމެންނަށް އެފަދަ ކަމެއް ދިމާވާ ވަގުތު އަޅުގަނޑުމެން ލަދުގަންނާކަށް ނުޖެހޭނެ... އަޅުގަނޑު މަންމަ ބުނުއްވި ބަސް ހަނދާންވޭތަ... ގޮނަކަށް ގޮނެކޭ ދޯ... އެހެންވިމާ، އެންމެންގެ ލޯތްބާއި ރުހުން ލިބިގަތުމަށްޓަކައި އެންމެންނަށް ވެސް އިހްތިރާމް ކުރަން ވާނެ...  

އިޙްތިރާމް ކުރުމަކީ އިސްލާމްދީން ނުހަނު ބާރުއަޅާ ކަމެއް... ނަމަވެސް ހިތާމަޔަކީ އިޙްތިރާމް ކުރުން މިއީ މިއަދުގެ ދުނިޔޭގައި ނެތެމުންދާ ސިފައެއް... މިސިފައަކީ ކުޑަ ކުދިން ނާއި ޒުވާނުންނަށް މިއަދު ބީރައްޓެހި ސިފައެއް... ސުބުޙާނަﷲ... ހުރި ހިތާމައެއްގެ ބޮޑުކަން ދޯ... ﷲ އާ ރަސޫލާ އެސިފައެއް ދެކެ ލޯބިވެވޮޑިގަންނަވާ ސިފައެއް މިވަނީ އަޅުގަނޑު މެންނަށް ބީރައްޓެހި ސިފައަކަށް ވެފައި... އެހެންކަމުން މިއީ ވަރަށް ހިތާމަވެރި ކަމެއް... އެހެންވީމާ އަޅުގަނޑުމެން އެންމެންގެ ވެސް އަޒުމަކަށް ވާންވީ އިޙްތިރާމް ދީގެން އިޙްތިރާމް ހޯދާ ބަޔަކަށް ވުން... އަޅުގަނޑުގެ ދުޢާއަކީ މަންމައާއި ބައްޕައަށް އީހްތިރާމް ކުރާ ކުދިބަޔަކަށް އަޅުގަނޑުމެން ވެގެން ދިއުން... އަދި މުދައްރިސުންނާއި އެންމެހާ ބޮޑެތި މީހުންނަށް އިޙްތިރާމް ކުރާ ބަޔަކަށް ވެގެން ދިއުން... އާމީން... والسلام عليكم ورحمة الله وبركاته

 

No comments: