ޢިލްމާއި ޖާހިލުކަން
ޢިލްމަކީ އުނގެނުމުންނާއި ތަޖުރިބާގެ އަލީގައި ލިބޭ މަޢުލޫމާތައް ކިޔާ ނަމެކެވެ. ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ފަރުޟެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. " إِقْرَأْ " މާނައީ: ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! ހަމައެފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "طلَبُ العِلْمِ فَريضةٌ على كلِّ مُسلِمٍ" މާނައީ: ކޮންމެ މުސްލިމެއްގެ މައްޗަށް ޢިލްމު އުނގެނުން ފަރުޟުވެގެން ވެއެވެ.
އެނގޭ މިހާއާއި ނޭނގޭ މީހާ އެއްހަމައެއް
ނުވާނެއެވެ. ކަންކަން އެނގި ދަސްވާނީ ޢިލްމު އުނގެނިގެންނެވެ. ތަފާތު ޢިލްމު
އުނގެނިގެންނެވެ. ޢިލްމުގެ އިދިކޮޅަކީ ޖާހިލުކަމެވެ. ނޭނގުމެވެ. ޢިލްމަކީ އަލިކަމަކަށްވާއިރު
ޖާހިލުކަމަކީ އަނދިރިކަމެވެ. ޢިލްމަކީ އަލިކަމުގެ ތެރެއިން ކަންކަމުގެ ހައްލު
ހޯދުމުގެ މަގެވެ. ޖާހިލުކަމަކީ އަނދިރިކަމުގެ ތެރެއިން މަގު އޮޅިގެން ދިއުމެވެ.
ދެދުނިޔޭގެ ކާމިޔާބީއާއި ފަލާޙުލިބިގަތުމައްޓަކައި އުނގެނި ދަސްކުރާ ކުއްޖަކަށް ވަމާ ހިނގާށެވެ!
ކިޔައިގެން މަޢުލޫމާތު ހޯދަމާ!
މަތީގައިވާ ލިޔުން ކިޔުމަށްފަހު ތިރީގައިވާ ސުވާލުތަކަށް
ޖަވާބުދޭށެވެ!
1- ޢިލްމަކީ ކޮބައި ހެއްޔެވެ؟
2- ޢިލްމު އުނގެނުމަކީ ކޮންބައެއްގެ މައްޗަށްވާ ފަރުޟެއް
ހެއްޔެވެ؟
3- ޢިލްމު އުނގެނުން އެހާ މުހިއްމު ވަނީ ކީއްވެގެން
ހެއްޔެވެ؟
4- ދިމާވާ ކަންކަމުގެ ހައްލު ހޯދޭނީ ކޮންކަމެއްގެ ތެރެއިން
ހެއްޔެވެ؟
5- ދެދުނިޔޭގެ ކާމިޔާބީއާއި ފަލާޙު ހޯދުމަށް ކުރަންވީ
ކޮންކަމެއް ހެއްޔެވެ؟
No comments:
Post a Comment