ޢަރަފާތް ދުވަހުގެ ބޭނުން
ހެޔޮގޮތުގައި ހިފުމަށްޓަކައި މުސްލިމުން ކަންތައް ކުރަންވީ ގޮތް.
ޢަރަފާތް ދުވަހަކީ
އިސްލާމް ދީން ފުރިހަމަކޮށްދެއްވައި، އެ ދީނަކީ ﷲ ގެ ޙަޟްރަތުގައި ދީނެއްކަމުގައި އެ
އިލާހު ރުހިވޮޑިގެންފި ކަމުގެ އުފާވެރި ޚަބަރުދެއްވި ދުވަހެވެ. މިއާއެކު ދުނިޔެ މައްޗަށް
އިރުއަރާ އިރު އޮއްސޭ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ވެސް މި ދުވަހެވެ.
ހަމައެހެންމެ އެންމެ ގިނަބަޔަކު ނަރަކައިން ސަލާމަތްކުރައްވައި އެންމެ ގިނަ ބަޔަކު
ސުވަރުގެ ވައްދާ ދުވަހަކީ ވެސް ޢަރަފާތް ދުވަހެވެ. އެހެންކަމުން މި ދުވަހުގެ ބޭނުން
ރަނގަޅުގޮތުގައި ހިފާނެގޮތުގެ އިރުޝާދު ޙިއްސާކުރަމެވެ.
ޢަރަފާތް ދުވަހުގެ
ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި އެ ދުވަހުގައި ރޯދަ ހިފުމަށް އާދަކުރާށެވެ. މިއާއެކު
ރޯދަ ހިފައިގެން ހުރެ ކުރަން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވާ
ކަންތައް ކުރުމަށް ސަމާލުކަންދޭށެވެ. އެދުވަހު ހިފާ ރޯދައަކީ ނިމިދިޔަ އަހަރާއި އަންނާން
އޮތް އަހަރުގެ ކުށްތަކަށް ކައްފާރާއެއްކަމުގައި ވެދެއެވެ. މިއާއެކު ﷲ ގެ
ޙައްޤުގައި ރޯދައެއް ހިފައިފި މީހާގެ މޫނު 70 އަހަރަށް ނަރަކައާއި ދުރުކޮށްދެއްވައެވެ.
އެހެންކަމުން މި ނިއުމަތް ލިބިގަތުމަށްތަކައި ޢަރަފާތް ދުވަހު ރޯދަ ހިފާށެވެ. ޤަޟާކުރަންޖެހިފައިވާ
ރޯދައެއް ނުވަތަ ހޯމަ ބުރާސްފަތި ދުވަހަކާ ޢަރަފާތްދުވަސް ދިމާވެއްޖެ ނަމަ މި ދުވަހުގައި
ރޯދަ ހިފުމުން ޤަޟާ ރޯދައިގެ އިތުރުން ސުންނަތް ރޯދައިގެ ޘަވާބާއި ޢަރަފާތްދުވަހުގެ
ރޯދައިގެ ޘަވާބު ލިބިގެންދާނެއެވެ. އެހެންކަމުން ޢަރަފާތް ދުވަހު ރޯދަ ހިފުމުން މި
ދުވަހުގެ އަޖުރު ލިބުމަށް މަގުފަހިވެގެންދާނެއެވެ.
ދުނިޔެ މައްޗަށް
އިރުއަރާ އޮއްސޭ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި
ހިފުމަށްޓަކައި، ގިނަގިނައިން ދުޢާކުރާށެވެ. ޢަރަފާތް ދުވަހުގެ ދުޢާއަކީ އެންމެ މާތްވެގެންވާ
ދުޢާއެވެ. އެހެންކަމުން އެ ދުވަހުގައި ތިމާ ބޭނުން ކަމަކަށް އެދި ދުޢާކުރަން ސަމާލުކަންދޭށެވެ.
އެ ދުވަހަކީ އެންމެ ގިނަބަޔަކު ނަރަކައިން މިންޖުކުރައްވައި ސުވަރުގެ ވައްދަވާ ދުވަހެވެ.
އެހެންކަމުން އެމީހުންގެ ތެރޭގައި ވުމަށް އެދި ދުޢާކުރަން ހިތްވަރުކުރާށެވެ. އޭރުން
މިދުވަހުގެ ނަސީބުވެރިންގެ ލިސްޓުން ޖާގަ ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
އިސްލާމްދީނުގެ
އެންމެހާ އަސާސްތައް ފުރިހަމަކުރެއްވިކަން އިޢްލާންކުރެވުނު ދުވަހުގެ ބޭނުން ރަނގަޅުގޮތުގައި
ހިފުމަށްޓަކައި، ދީނުގެ ވެރި އިލާހުގެ ކަލާމްފުޅު ކިޔެވުން ގިނަކުރާށެވެ. ޤުރުއާން
ކިޔެވުމަކީ އަދި އަޑުއެހުމަކީ އަޅުކަމެކެވެ. ޤުރުއާނުން ކިޔަވާ ކޮންމެ ޙަރްފަކަށް ދިހަ
ހެޔޮކަން ލިބޭނެއެވެ. އެހެންކަމުން ޤުރުއާން ގިނަގިނައިން ޤުރުއާން ކިޔަވައި
ޘަވާބުގެ ތިލަފަތް ބަރުކުރާށެވެ. ޤުރުއާނަކީ ހިތުގެ ބަލިތަކަށްވާ ޝިފާއެކެވެ. ހިތަށް
މަޑުމައިތިރިކަން ގެނެސްދޭ އެއްޗެކެވެ. އެހެންކަމުން ހިތުގެ ބަލިތައްކަމަށްވާ
ޙަސަދައާއި ބޮޑާކަމުގެ ބަލިން ރައްކާވެތިބުމަށް ޤުރުއާން ކިޔެވުމަށް އާދަކުރާށެވެ.
އޭރުން މި ދުވަހުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެއެވެ.
ﷲ
ތަޢާލާ އިސްލާމްދީނަކީ އެ އިލާހުގެ ޙަޟްރަތުގައި ދީނެއްކަމުގައި ރުހިވޮޑިގެންފި
ކަމުގެ އުފާވެރި ޚަބަރުދެއްވި ދުވަހުގެ ފުރިހަމަ ބޭނުން އެންމެ ރަނގަޅުގޮތުގައި
ހިފުމަށްޓަކައި އެ ދުވަހުގައި ރޯދަހިފައި ގިނަގިނައިން ދުޢާކުރާށެވެ. ހަމަމިއާއެކު
ﷲގެ ކަލާމްފުޅު ކިޔަވައި، އެއާމެދު ވިސްނާ ފިކުރު ހިންގާށެވެ. އޭރުން އީމާންކަން
އިތުރުވުމާއެކު މީހާއަށް ރޫޙާނީ ދިރުމެއް ލިބި އަޅުކަމުގައި ހޭދަކުރެވޭ ވަގުތު
އިތުރުވެ ދުވަހުގެ ބޭނުން ރަނގަޅުގޮތުގައި ހިފާ މުސްލިމުންގެ ތެރޭގައި ހިމެނި
ސުވަރުގެ ދިއުމަށް މަގުފަހިވެގެންދާނެއެވެ.

No comments:
Post a Comment