Featured Post

Ombey

ކިޔުމުގެ ދޭހަ - މަސްވެރިޔާ (ކީސްޓޭޖު 1)


މަސްވެރިޔާ                


    ހަސަންތަކުރަކީ ހީވާގި މަސްވެރިއެކެވެ. އޭނާ ކޮންމެ ދުވަހަކުވެސް މަސް ބާނަންދެއެވެ. އޭނާ މަސްބާނަންދަނީ ފަތިސް ނަމާދުކޮށްގެންނެވެ. ކޮންމެ ދުވަހަކު ވެސް އޭނާ އެނބުރި ގެއަށް އަންނަނީ ވަރަށް ބައިވަރު މަސް ހިފައިގެންނެވެ.

    ހަސަންތަކުރު މަސްހިފައިގެން ގެއަށް ގޮސް މަސް ތިން ބަޔަށް ބަހާލައެވެ. ގޭގެ ކެއުމަށް އެއްބައި ނެގުމަށްފަހު އަނެއް ބައި އަވަށްޓެރިންނަށް ޞަދަޤާތްކުރެއެވެ. ބާކީ ބައި ވިއްކުމަށް ކަންމަތީ ފިހާރައަށް ލައެވެ.

    އެއްދުވަހަކު ހަސަންތަކުރަށް ވަރަށް ބޮޑު މަހެއް ބޭނުނެވެ. އެއީ 230 ކިލޯގެ ބަރުދަން ހުރި ކަޅުބިލަ މަހެކެވެ.  އެ ދުވަހު ހަސަންތަކުރު އެ މަސް ހިފައިގެން ގެއަށް ގޮސް ކަނޑުކުކުޅު ހެދިއެވެ. އަދި ފެންބަތާއި ރޮށި ފިހެ އަވަށްޓެރިންނަށް ރޭގަނޑުގެ ކެއުން ތައްޔާރުކުރިއެވެ.

    ކައި ނިންމާފައި ހުރިހާ އެންމެން ގެއަށް ދިޔައީ ހަސަންތަކުރަށް ޝުކުރުއަދާކުރަމުން ވަރަށް އުފަލުންނެވެ.

ކިޔުމުގެ ދޭހަ.

1- ހަސަންތަކުރަކީ ކޮންކަހަލަ މަސްވެރިއެއް ހެއްޔެވެ؟

2-  ހަސަންތަކުރު މަސްބާނަންދަނީ ކޮން ދުވަސްތަކެއްގައި ހެއްޔެވެ؟

3- މަހުން އެނބުރި ގެއަށް އަންނައިރު ހަސަންތަކުރު ގެންނަނީ ކޯޗެއް ހެއްޔެވެ؟

4- ހަސަންތަކުރު ބާނާ މަސް، އޭނާ ބަހަނީ ކިތައް ބަޔަށް ހެއްޔެވެ؟

5- ހަސަންތަކުރު ޞަދަޤާތްކުރުމުގެ ގޮތުން މަސްދެނީ ކޮންބަޔަކަށް ހެއްޔެވެ؟

6- ޙަސަންތަކުރު މަސްވިއްކަން ލަނީ ކޮން ތަނަކަށް ހެއްޔެވެ؟

7- ހަސަންތަކުރަށް ބޭނުނު ބޮޑުމަހުގެ ބަރުދަނަކީ ކޮބައި ހެއްޔެވެ؟

8- ހަސަންތަކުގެ އަވަށްޓެރިންނަށް ކާންދިނީ ކޮންދުވަހަކު ހެއްޔެވެ؟

9- އަވަށްޓެރިންނަށް ދޭން ހަސަންތަކުރު ކެއްކީ ކޯޗެއް ހެއްޔެވެ؟

10-ކައި ނިންމާފައި އަވަށްޓެރިން ގެއަށް ދަމުން ކުރީ ކޮންކަމެއް ހެއްޔެވެ؟

No comments: