Friday, December 7, 2018

hurun, inun, othun


ހުރުން، އިނުން، އޮތުން


ދިވެހި ބަހުން ވާހަކަ ދައްކައި ލިޔެ ހަދާއިރު ރަނގަޅު ގޮތުގައި ހުރުމާއި އިނުމާއި އޮތުން ބޭނުންކުރަން ގިނަ ބަޔަކަށް ނޭނގެއެވެ. މި ބަސްތައް ރަނގަޅު ގޮތުގައި ބޭނުންކުރަން އެނގުމަކީ މުހިއްމުކަމެކެވެ. މި ބަސްތައް ރަނގަޅަށް ބޭނުންކުރަން ނޭނގޭނަމަ ކުށްބަހާއި ބަހުގެ ޤަވާއިދަށް ނުފެތޭ ޢިބާރާތް ބޭނުން ކުރެވޭނެއެވެ. ނަތީޖާއަކަށް ވާނީ، ބަސް ގަނޑުބަޑުވެ، ހަލާކުވުމާއެކު ދިވެހި ބަހުގެ ރިވެތި އުޞްލޫބު ފަނާވެގެން ދިއުމެވެ.

ހުރުން ބޭނުން ކުރެވޭ ގޮތްތައް: Image result for books and pencils on the table

1-    ރަށެއްގައި ނުވަތަ ގެއެއްގައި އުޅޭ އެންމެ ފިރިހެނަކަށް ނިޞްބަތް ކުރާއިރު:
މިސާލު: ދޮންބެ ހުރީ ހުޅުމާލޭގައެވެ. 
      ތުއްތު ބޭބޭ ހުންނަނީ ތިލަބަޑިގޭގަ އެވެ.
2-    އެއްބާވަތެއްގެ ގިނަ ތަކެތި އެއްކުރުމުން:
މިސާލު:  އަނބު ހުރީ ތަށީގައެވެ.
       މާތައް އެހެރީ ފޮޅި ފަރިވެފައެވެ.
3-    އެތައް ބާވަތެއްގެ ގިނަ ތަކެތި އެއްކުރުމުން:
މިސާލު:  މޭޒުމަތީގައި ހުރި ފޮތްތަކާއި ފަންސުރުތަކާއި މާކަރުތައް ދަބަހަށް ލާށެވެ!
      ނުދޮވެ ހުރި އޫތަކާއި ސަމުސާތަކާއި   ތަށިތައް މޭޒުމަތީ އެބަހުއްޓެވެ.
4-    އޭގެ ޒާތުގައި ނުވަތަ އަމިއްލަ ބާރުގައި ހުންނަ ތަކެއްޗަށް:
މިސާލު:  ތެލި ހުރީ އުނދުން މަތީގައެވެ.
       ގަޑި ހުރީ ފާރުގައެވެ.
5-    އިންސާނުންގެ ކިބައިގައި ހުންނަ މަޢުނަވީ ސިފަތަކަށް:
މިސާލު:  ދޮންފުތުގެ ރުޅި ހުރީ ވަރަށް ގަދަވެފައެވެ.
       ހެޔޮލަފާ ކުދިންގެ ކިބައިގައި ކިޔަމަންތެރިކަމުގެ ސިފަ ހުންނާނެއެވެ.
6-    އިންސާނުންނާއި ހަތެރެސްފައި ހުންނަ ދިރޭ ތަކެތި ދެފައި މަތީގައި ވާ ޙާލަތުގައި:
މިސާލު:  ޅަކޮއި ހުރީ ފޮޓޯއަކަށް ހުއްޓިގެންނެވެ.
       ބަކަރި ހުރީ ގަހަށް މުޑި ނަގައިގެންނެވެ.

އިނުން ބޭނުން ކުރެވޭ ގޮތްތައް: Image result for bird in the tree

1-    ރަށެއްގައި ނުވަތަ ގެއެއްގައި އުޅޭ އެންމެ އަންހެނަކަށް ނިޞްބަތް ކުރާއިރު:
މިސާލު:  ފާތުމަ އިންނަނީ އަޙުރާމުގޭގައެވެ.
            ދޮންދައިތަ އިންނަނީ ދިގުރަށުގައެވެ.    
2-    އިންސާނުން ފިޔަވައި ދެފައި ހުންނަ ދިރޭއެއްޗިއްސަށް:
މިސާލު: ކޮތަރު އިނީ ކޮށީގައެވެ.
     "ދޮންދީނާ" އިނީ ގަހުގައެވެ.  
3-    ހަތަރުފަޔަށްވުރެ ގިނަފައި ހުންނަ ދިރޭއެއްޗިއްސަށް:
މިސާލު: ފާރުގައި އެއިނީ މާސިންގާ ވާމަކުނެކެވެ. 
      ޖޯޑުގައި ކުރަތްޕެއް އެބަ އިނެވެ.
4-    މީހުންނާ ކައިވެނި ކުރުމަށް:
މިސާލު: ޢަބްދުﷲ އިނީ ޚަދީޖާއާއެވެ. 
5-    އަންހެނުން މާބަނޑު ވުމުން:
މިސާލު: ރެހެންދި އިނީ ބަލިވެއެވެ.     
6-    ގަސްގަހުގައި އަޅާ ތަކެތީގެ ތެރެއިން އެންމެ އެއްޗެއް ގަހުން ވަކި ނުވެ އިންނައިރު:
މިސާލު:  ގަހުގައި ދޮންކުއްޅަވަކެއް އެބައިނެވެ.
       ގަހުގައި ފޮޅިފައި އިން ފިނިފެންމާ ވަރަށް ރީއްޗެވެ.
    
އޮތުން ބޭނުން ކުރެވޭ ގޮތްތައް:  Image result for watch on the hand

1-    އަނެކައްޗެއްގެ ބާރުގައި އޮވެވޭ ތަކެއްޗަށް:
މިސާލު: މުޙައްމަދުގެ އަތުކުރީ ރީތި ގަޑިއެއް އެބައޮތެވެ.
      ރަންބީގެ ދަބަސް އޮތީ ކޮޑުގައި އަޅުވާފައެވެ.
2-    ދިރޭ ތަކެތީގެ ތެރެއިން ފައި ނުހުންނަ ތަކެއްޗަށް:
މިސާލު: ފާރުގައި އޮތީ ދުވެދުވެ އޮތް ނަންނުގައްޗެކެވެ.
      ފިނިހަކި އޮތީ ގަސް ތަކުގެ ތެރޭގައެވެ. 
3-    ދިރޭ ތަކެތީގެ ތެރެއިން ހަތަރުފައި ހުންނަ ތަކެއްޗަށް:
މިސާލު: ބުޅާ އޮތީ މީދަލަށް ފާރަ ލައިގެންނެވެ.
      މުސަޅު އޮތީ ބަގީޗާގައެވެ.
4-    ގަހުން ވަކިކުރެވިފައިވާ ތަކެތީގެ ތެރެއިން އެކައްޗަށް:
މިސާލު: ދޮންކެޔޮވައް އޮތީ ބުރިކޮށްފައެވެ.
      ފޭރު އޮތީ ފީވެ ހަލާކުވެފައެވެ. 
5-    ތަންތަނުގައި އޮށޯވެގެން ނުވަތަ ގުދުވެގެން ތިބުމަށް:
މިސާލު: ޙަސަންބެ އޮތީ ޖޯލީގައެވެ. 
      ޚަދީޖާ އޮތީ ގުދަށެވެ.

v    ތަފާތު ޒަމާންތަކާ ޙާލަތްތަކާ  ގުޅުވައިގެން ހުރުން ބޭނުންކުރާ ހިނދު ބަހަށް ބަދަލު އަންނަކަން ފާހަގަ ކުރާށެވެ! ހުންނަ  އެއްޗެއް އޭގެ ޒާތުގައި އެހެން ތަނެއްގައި ބަހައްޓާނީއެވެ. އެގޮތުން ބެހެއްޓުން: ގުޅެނީ ހުންނަ އެއްޗިއްސާ އެވެ.
މިސާލު:
©     ޖޯލި ފަތި ގަސްދަށުގައި ބަހައްޓާށެވެ!
©     މުޞްޠަފާ ބައިސްކަލް ބެހެއްޓީ އަސްކަނި ދަށުގައެވެ.
©     މިދަތުރުގައި ބައްޕަ ބަހައްޓާނީ ޓިންޓިންގޭގައެވެ.
©     ބުޅާ ރުކަށް މުޑިނަގައިގެން އެބަހުއްޓެވެ.
v    ތަފާތު ޒަމާންތަކާ ޙާލަތްތަކާ  ގުޅުވައިގެން އިނުން ބޭނުންކުރާ ހިނދު ބަހަށް ބަދަލު އަންނަކަން ފާހަގަ ކުރާށެވެ! އިންނަ  އެންމެ އެއްޗެއް އެހެން ތަނެއްގައި ބައިންދާނީއެވެ. އެގޮތުން ބޭންދުން: ގުޅެނީ އިނުން ބޭނުންކުރެވޭ އެއްޗިއްސާ އެވެ.
މިސާލު:
©     ގަހުގައި އިންމާ ނުބިނދެ ބައިންދާށެވެ!
©     ރަންވަންގުރާ ބޭންދީ ރިހި ކޮށްޓެއްގައެވެ.
©     މިދަތުރުގައި މަންމަ ބައިންދާނީ އިސްޖެހިގޭގައެވެ.
©     ފުޅިއަށްލާފައި ބޭންދި ކުރަފި މަރުވެއްޖެއެވެ.

v             ތަފާތު ޒަމާންތަކާ ޙާލަތްތަކާ  ގުޅުވައިގެން އޮތުން ބޭނުންކުރާ ހިނދު ބަހަށް ބަދަލު އަންނަކަން ފާހަގަ ކުރާށެވެ! އޮންނަ  އެންމެ އެއްޗެއް އެހެން ތަނެއްގައި ބާއްވާނީއެވެ. އެގޮތުން ބޭއްވުން: ގުޅެނީ އޮތުން ބޭނުންކުރެވޭ އެއްޗިއްސާ އެވެ.
މިސާލު:
©     ނީލަގެރިއެތް ގެންގޮސް ހައިވާން ބަގީޗާގައި ބާއްވާށެވެ!
©     -ދޮންކެޔޮވައް ބާއްވާނީ ތަށީގެ ތެރޭގައެވެ.
©     ދޮރުމަތީގައި އޮތް ފައިފުހި ފާރުމަތީ ބޭއްވީ ކާކުހެއްޔެވެ؟
©     ރުއްދަށުގައި އޮތްކާށި ބާއްވާނީ އުނދޯލި ތަންދަށުގައެވެ.

މަޞްދަރު:
ޝަމްސުއްނިސާ މުޙައްމަދު.

**********************************


     

10 comments:

Unknown said...

މުޙިއްމު މަޢުލޫމާތު ކޮޅެއް! ޝުކުރިއްޔާ!

Unknown said...

މުޙިއްމު މަޢުލޫމާތު ކޮޅެއް! ޝުކުރިއްޔާ

chungus said...

very cool

chungus said...

very cool

Anonymous said...

Thanks this helped a lot for my test

zeenath labeeb said...

🙂

Anonymous said...

Muhimmu mauloomaath kolheh

Anonymous said...

Thank you

Anonymous said...

Dhefai ginafai gahun ehcheh kiyaa lavaeh innaane kureega hurun inun othun kiyaadhey iru. Evves beyfulheh athuga othiyyaa angaaladhevvaa

Anonymous said...

Helped me pass my dhivehi test thank you🙏
👁️👁️
👅