Featured Post

Ombey

ގުރޭޑު 5 ގައި ކިޔަވަމުންދާ ދަރިވަރުންނަށް އެހީއެއް (އަޚްލާޤު)

 

     ސުވާލާއި ޖަވާބު 


އަޚްލާޤު 




1-   ޙަދީޘުން ދޭހަވާ ކަންތައް ލިޔެލަމާ! رَسُولُ اللَّهِ صلى الله عليه وسلم: " مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ الْوَاحِدِ" (متفق عليه)

×     މުސްލިމުންނަކީ އެއް ހަށިގަނޑެއް ފަދަ ބައެއްކަން.

×    މުއުމިނުންނަކީ އެއްބަނޑު އެއްބަފާ ބައެއްކަން.

×    އެކަކު އަނެކަކު ދެކެ ލޯބިވާންޖެހޭކަން.

×    އެކަކު އަނެކަކަށް ރަޙްމުކުރަން ޖެހޭކަން.

×    އެކަކު އަނެކަކަށް އެހީތެރިވާން ޖެހޭކަން.

2-   ރަސޫލާ صلى الله عليه وسلم ކުޑަކުދިންނާއިމެދު އޯގާވެރިވުމުގެ ގޮތުން ކުރައްވާފައިވާ ކަމެއް ބުނެލަމާ!

×    ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ކާފަދަރިކަލުންނަށް ބޮސްދެއްވާ ކުޅިވަރުތައް ކުޅުއްވާ އުޅުއްވިއެވެ.

3-   ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލާން ޖެހެނީ ކީއްވެގެން ކަން ބުނެދެމާ!

×    ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލުން ރަސޫލާ صلى الله عليه وسلم އަޅުގަނޑުމެންނަށް ދަސްކޮށްދެއްވުމަށްފަހު އެގޮތަށް ޢަމަލުކުރުމަށް އަމުރުކުރައްވާފައި ވެއެވެ. އެއީ އިސްލާމީ ރީތި އަދަބުތަކުގެ ތެރޭގައި ހިމެނޭ ވަރަށް ރީތި އަދަބެކެވެ.

4-   ކުޑަކުދިންނަށާއި ބޮޑެތިމީހުންނަށް ރަޙްމުކުރަންޖެހޭ ކަން އެނގުނުގޮތް ބުނެލަމާ!

×    رسول الله صلى الله عليه وسلم " "لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيُوَقِّرْ كَبِيرِنَا" (رواه الترمذي)  މާނައަކީ: "އަހަރެމެންގެ ތެރެއިން ކުޑަކުދިންނަށް ރަޙުމު ނުކުރާ ބޮޑެތި މީހުންނަށް ކަމޭ ނުހިތާ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ."



5-    ބަލިމީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަކީ ކޮބާކަން ބުނެލަމާ!

×    ބަލިމީހުންނަކީ، ޖެހިފައިވާ ބައްޔެއްގެ ސަބަބުން، ކުރިން ސިއްޙަތު ސަލާމަތުން ހުރިއިރު ކޮށްއުޅުނު ކަންތައްތައް ކޮށްނޫޅެވޭ މީހުންނެވެ.

×    ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ، ހަށިގަނޑަށް ނުވަތަ ހަށިގަނޑުގެ ގުނަވަނަކަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ޢާންމު ޙާލަތެއްގައި އުޅުމަށް ނުކުޅެދިފައިވާ މީހާއެވެ.

6-   "ބަލިމީހާއަށް ގޮވާލަންދާ މީހާ ވަނީ މާތްﷲ ގެ ރަޙްމަތުގައެވެ." މިބަސްފުޅުގެ މުރާދު ލިޔެލަމާ!

×    ބަލިމީހާއަށް ގޮވާލަން ދިއުމަކީ ސަވާބުލިބެނިވި ކަމެއް ކަމާއި  ބަލި މީހައަށް ގޮވާލަން ދިއުމަކީ ދީން ބާރުއަޅާކަމެއްކަން.

7-    ދީލަތިކަމަކީ ކޮބައިކަން ބުނެލަމާ!

×    ދީލަތިކަމަކީ ބަދަލުގައި އެއްޗެއް ލިބުމުގެ އުއްމީދުކުރުމެއް ނެތި ހޭދަކުރުމެވެ.

8-   ދީލަތިވުމުން ލިބޭނެ 3 ފައިދާއެއް ލިޔެލަމާ!

×    ހިތްހަމަޖެހުން ލިބުން.

×    އެހެންމީހުންގެ ލޯބި ލިބުން.

×    ﷲ ގެ ލޯބި ލިބުން.

9-   ތިމާގެ ބޭނުންތަކުގައި އެހެންމީހުންކައިރިއަށް ދާން ނުޖެހި ދެކޮޅުޖެހިގެން އުޅޭ މީހާއަކީ ކޮންކަހަލަ މީހެއްކަން ބުނެލަމާ!

×    އެއީ އިޤްތިޞާދުކުރާ މީހެކެވެ.

10-                      ޙަދީޘުގެ މާނަ ލިޔެލަމާ! قال رسول الله صلى الله عليه وسلم " مَا عَالَ مَنِ اقْتَصَدَ" (مسند أحمد)

×    މާނައަކީ: ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. އިޤްތިޞާދުކުރާމީހާ ފަޤީރެއް ނުވާނެއެވެ.

11-                      ކެތްތެރިކަމަކީ ކޮބާކަން ބުނެލަމާ!

×    ކެތްތެރިކަމަކީ މުސީބާތްތަކާއި ދަތި އުނދަގޫތައް ކުރިމަތިވާ ހިނދު ސާބިތުކަން މަތީ ދެމިހުރުމެވެ.

12-                      ކެތްތެރިންނަށް ލިބޭނެ އެންމެ އުފާވެރި ޚަބަރަކީ ކޮބާކަން ބުނެލަމާ!

×    ކެތްތެރިންނާއެކު ﷲ ވޮޑިގެންވާ ކަމާއި ﷲ ގެ ޙަޟްރަތުން ދަރުމައާއި ޘަވާބު ދެއްވާނެކަމަށް ﷲ ތަޢާލާ ވަޢުދުވެވޮޑިގެންފައިވާ ކަމުގެ ޚަބަރެވެ.

13-                      ކަންކަމުގައި އަވަސްވެގަތުމަކީ ކޮންކަހަލަ ސިފައެއް ކަމާއި ކެތްތެރިކަމަކީ ކޮންކަހަލަ ސިފައެއްކަން ބުނެލަމާ!

×    އަވަސްވެގަތުމަކީ ޝައިޠާނާގެ ފުށުންވާ ވާކަމެއް، ކެތްތެރިކަމަކީ ﷲ ތަޢާލާގެ ސިފަފުޅެކެވެ.

14-                      ކެތްރެތިވުމުން ލިބޭ 3 ފައިދާ އަކާއި 3 ގެއްލުމެއް ލިޔެލަމާ!


އަމިއްލަ ނަފްސަށް އިތުބާރު ލިބުން

ހަގީގަތް އޮޅުންނުފިލުން

މަތިވެރި ޘަވާބު ލިބުން

ކަންބޮޑުވެ ހާސްވުން

ހަރުދަނާ މީހަކަށް ވުން

ޘަވާބުން މަޙްރޫމުވުން


No comments: