Featured Post

Ombey

ތަމްސީލު

މަންޡަރު 1

           މިމަންޡަރު ފެށޭއިރު ފެންނާނީ ގެއެއްގެ ތެރެ، ފިރިހެން ކުއްޖަކު ނިދުމަށް މަސައްކަތް ކުރަމުން ދިޔަ! މަންމައަކު ދުރުގައި ހުރެގެން ( ދޮރުފަތްފަދަ ތަނެއްގެ ނިވަލުގައި ހުރެގެން) މަންޡަރު ބަލަމުން ދިޔަ ! ދަރިފުޅުގެ ނިދި ގުގުރީގެ އަޑު އިވުމުން މަޑުމަޑުން ގޮސް އޯގާވެރިކަމާއެކު ރަޖާ އެޅި! އަދި މަޑުމަޑުން އައިސް އޭނާގެ ތަންމަތީގައި އޮށޯއް ! އިރުކޮޅަކުން ދަރިފުޅު ދެއަތަކަށް ފުރޮޅި ލާފައި!

 

ދަރިފުޅު:     (ނިދި ރާގަކަށް ) ހޫނނނނ! އޫނނނނ! ނޫޅެން! މަށަށް އުނދަގޫނުކުރޭ! މަށާ ދުރަށްދޭ! ހުސްމަލާމާތް! ކީއްވެތަ؟ ކީއްވެތަ؟ ދޫކޮށްލަބަލަ! ދޫކޮށްލާށޭ!

މަންމަ:      (ނިދަންކަމަށް ޖައްސާލި އަނހެންމީހާ ތެދުވެ ދަރިފުޅު އޮތް އެނދުކައިރިއަށް ގޮސް މަޑުމަޑުން) ދަރިފުޅާ! ދަރިފުޅާ! ހުވަފެނެއް ފެންނަނީތަ؟ ހޭލަބަލަ؟ ކޮންހާ ހާސަރެއް ތިދަމަނީ! ލޯހުޅުވަބަލަ!

ދަރިފުޅު:     ( ދެައަތުގެ ނުފުށުން ލޯއުނގުޅަމުން ތެދުވެ އެނދުމެދުގައި އިށީނދެ!) ހޫނނނ! ކަމެއްނުވޭ! ކަމެއް ވެގެންނެއްނޫޅެން!

 ( މިހެން ބުނުމަށްފަހު ވަރަށް ނުރުހުންވެ އަނެއްފަރާތަށް އޮށޯވެއްޖެ! މަންމަ ވެސް މަޑުމަޑުން އައިސް އޮށޯތުން އިރުކޮޅަކުން ހާގޮވައި ބަންގީގެ އަޑު އިވުނު ، މަންމަ ތެދުވެ ދަރިފުޅަށް ގޮވާ ތެދުކުރުން)

މަންމަ:      ދަރިފުޅާ! ދަރިފުޅާ! ޝިޔާމް! ދަރިފުޅާ ! ޝިޔާމް!

( މަންމަ ގޮވަމުން ދިޔައިރު ހިރިވެސް ނުލައި އޮތް ޝިޔާމު މަޑުމަޑުން ތެދުވެ ތޫވާލި ހިފައިގެން ޕިސްކަނޑަމުން ބޯހޫރަމުން ގިފިއްޔަށް ވަން!)

މަންމަ:      (ދަރިފުޅު ނިކުތްއިރު މަންމަ ސައިހަދައިގެން މޭޒުކައިރީ ހުރި!) ދަރިފުޅާ! އަވަހަށް ސައިބޯން އާދޭ!

ގަނޑި ޖެހިދާނެ!

ދަރިފުޅު:     (އަމިއްލއަށް ވާހަކަ ދައްކާ ރާގެއްގައި ) އިރުއަރައިފި! ދެން ކަންތަކާ ލައިގަންނާނެ! ވަރަށް ފޫހިވޭ!

މަންމަ:      ކީކޭ ދަރިފުޅާ!  މަންމައަށް ގޮވިންތަ!

ދަރިފުޅު:     މަށެއް އެއްޗެކޭ ނުބުނަން! ( ވަރަށް ރުޅިވެރި ފހި ރާގަކަށް )

މަންމަ:      (މަޑުމަޑުން އިސް ޖަހާލަމުން) މަންމަ ހީކުރީ މަންމައަށް ގޮވީކަމަށް!

ދަރިފުޅު:     ( ސައިބޯން ފަށަމުން ) މިނޫން އހެން އެއްޗެއް ނެތީތަ! އަބަދު އެކައްޗެއް ކައިކައި ފޫހިވެއްޖެ!

މަންމަ:      ( މަންމަ އަނެއްކާވެސް އިސްޖަހާލަމުން ) ދަރިފުޅަށް މަސްހުންޏާ ރޮށި ނުހަނު މީރެއްނު!

ދަރިފުޅު :     ( ހަމައެއްކަލަ ރުޅީގައި ) މިހާރަކު މަށަކަށް މީރެއްނޫން!

           މިހެން ބުނަމުން ފެންތަށި އެއްނޭވާއިން ދަމާލާފައި ދަބަސް ނަގައިގެން ގެއިން ނުކުމެގެން ދިޔަ!

 

މަންޡަރު 2

މިމަންޡަރު ފެށޭއިރު ފެންނާނީ އިސްކޫލެއްގެ ކައިރި! ކުދީން ބައިބަޔަށް އިސްކޫލަށް ވަންނަމުން ދިޔަ! ޝިޔާމުވެސް ކުދީން ކޮޅަކާއެކު އިސްކޫލަށް ވަންނަން ފަރިކޮށްލިތަނާ ފަހަތުން

މަންމަ:      ދަރިފުޅާ!  ބެލްޓު ނާޅައެއްނު ތިޔަ އައީ!

           ( ރުޅިވެރިކަމުން ފުރިގެންވާ ނަޡރަކުން މަންމައަށް ކަޅި އަޅާލި! މަންމަ އިސްޖަހައިގެން ހުރެ ބެލްޓު

ދިއްކޮށްލުމުން ދަރިފުޅު ބެލްޓު ޖަހައިގެންފި! އެނބުރި ބަލައިވެސް ނުލައި ހިނގައިގެންފި! ރައްޓެހިން ދިމާކުރަންފެށި!)

އަސްލަމް:    އޭއި އޭއި ! އެއީ ތަ ޝިޔާންޓޭ މަންމަ؟

ހަމްޒާ:      މަންމައޭ ؟ އެއީ ޝިޔާންޓޭ މަންމައެއްނޫން! އެއީ ޝިޔާންޓޭ މާމަ! ދޯ ޝިޔާންޓޭ!

ފައިރޫޒު:     ޝިޔާންޓޭ! ޝިޔާންޓޭގެ މަންމަގެ ލޯ ކޮބާ؟

މޫނިސް:     އަސްތާ! މަންމަގެ ލޯ މާކަނާ ކަލޯ ބޯލިއްޔޯ! ( ލޯބޯލާގޮތަށް އަނގަ ހަދަމުން އަދު ލައްވަމުން)

ދިމްނާޙުު:     ކީއްވެތަ އެންމެންވެގެން މީހުންނަށް މަލާމާތް ކުރަނީ!

އަސްލަމް:    ދިމް  ދެރަވީތަ! ދިމްދެރަވިޔަސް ޝިޔާންޓޭ ދެރައެއް ނުވާނެ! ދޯޝިޔާންޓޭ! އޭނާވާނީ އުފާ!

          

( މިހާހިސާބުން  ފެންނާނީ ށިޔާމްމެންގެ ގެ! ޝިޔާމު އެނބުރި ގެއަށް އައިސް ކާމެޒު ދޮށުގައި އިށީންްނަމުން ރުޅިއައިސްގެން ފަޅަފަޅާއިގެން ދަމުން)

ދަރިފުޅު:     މަންމަ ގާތު ކިތައްދުވަހު ބުނާނީ އިސްކޫލުދޮށަށް ނުދާށޭ!

މަންމަ:      ދަރިފުޅުގެ ބެލްޓު! ( މަންމަ ހުރީ ފެންކަޅިވެފަ! މަންމައަށް އިތުރަކަށް ނުބުނެވުނު!)

ދަރިފުޅު:     މަންމަ އަބަދުވެސް ކަންތައް ކުރާނީ އެގޮތަށް! މަންމަ ފެނޫނީމަ އަހަރެންގެ ރައްޓެހީން އަހަންނަށް

މަލާމާތް ކުރެއޭ!

މަންމަ:      ( ހަމަ އެމަޑުމޮޅި ރާގުގައި ) މަންމަ ދިޔައީ ދަރިފުޅަށް ރަނގަޅަކަށް!

ދަރިފުޅު:     ހަމަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަހަރެންގެ ފަހަތުންދާން! ( ކުއްލިއަކަށް ކެއުން ހުއްޓާލާފައި

ދާންހެދުމުން!)

މަންމަ:      ދަރިފުޅު ހާދަމަދުން ތިކެއީ!

(ޝިޔާމް ހަމަ އަނގައިން ވެސް ނުބުނެ ވަދެގެން ދިއުން! ވަދެގެން ދިޔަ މަގުމަތީގެ ނުދެނެހުރި ކަމަކަށް ހަދާފައި މަންމަ ކިއްލހަދަން ގެންގުޅުނު ފޯއްއެތި  ވައްތާލުން! އެވަގުތު ގެއަށްވަން އަނަހެނަކު ވާހަކަ ދެއްކުން)

އަސްމާ!      ބަލަގަ ޝިޔާމޫ! މިހާރު ތިވައްޓާލީ ފޯއްއެތި ގަސްދުގަ ދޯ! އެއީ ޝިޔާމުގެ މަންމަ ދިރިއުޅުމަށް ކުރާ

މަސައްކަތް! ބައްޕަޔަކާ ނުލައި ބަލައި ބޮޑު ކުރާތީ މަންމައަށް ދޭ ހަދިޔާ ދޯ!

މަންމަ:      އަސްމާ! އެސޮރަށް ބަސް ނުބުނޭ! އެސޮރު ދެރަވާނެ!

ކަމަނަ!      (އަސްމާއާއެކު ހުރި އެހެން ކުއްޖެއް) ދައްތާ! ތިޔަވަނީ އަސްލު ލޯތް ބެއްނޫން! ދޮންފުތު ލޯބި! ތިޔައީ

ވަރަށް ނަތީޖާ ހިތި ލޯތްބެއް!

މަންމަ:      ދެންހެޔޮ ! އާދޭ އެއްޗެއް ކާލަން!

ކަމަނަ:      ދައްތައަށްް ހަމަ ސާބަސް! ދައްތަ ވާ ކެތްތެރި! މަނަމަ މިހާރު އިންނާނީ ގުރައިދޫގަ!

           މިހާ ހިސާބުން މަންޡަރު ނިމުން!

ތިންކުދީން:    ވޭނާ އިތުރާ ތައް ނުލިބޭނީ ތަޢުލީމު ދަރިންނަށް ދެވިގެންނޭ

                     ތަމްކީނު ވަނީ  ދުނިޔޭން މިދަރީން  ތަރު ބިއްޔަތު ކުރެވޭ ގޮތަކުންނޭ

           ﷲ ތަޢާ ރަފު ވާގޮތުގައި އަމްރާއި ނަހީ ވަކިވާ ގޮތުގާ

                     ޚުލްޤާއި އުޅުން ހެޔޮވާ  ގޮތުގައި     ތަޢުލީމު ދިނުން ވާޖިބު ވާނޭ

 

މަންޡަރު 3

މެންދަމުގެ ވަގުތު! އެއްކަލަ ދަރިފުޅު ނުނިދިގެން އޮވެ އޮވެފައި ތެދުވެ ފެންބޯން ބަދިގެއަށް ދިޔަ! އޭނާ

ބަިދިގެއަށް ވަންއިރު މަންމަ އިނީ ގިސްލަ ގިސްލާފައި ރޯޯން! އޭނާ ފެންނައިރަށް ލޯ ފުހެލާފައި ހިނިތުންވެފަ)!

މަންމަ!      ދަރިފުޅާ ކަމެއް ބޭނުންވީތަ!

           ( އެއްވެސް އެއްޗެއް ނ ުބުނެ ފެންތައްޓެއް އަޅައިގެން ބޯލައިގެން  ދިޔައީ ! މަންމަ ވެސް އަލުން

މޭޒުގައި ބޯޖައްސައިގެން އޮށޯތް)

ދެން ފެންނާނީ ދުވަސް ތަކެއްގެ ފަސް! މަންމަ ދަތުރަކަށް ތައްޔާރު ކުރާތަން! ދަރިފުޅު ރައްޓެހިން ތަކަކާއެކު މަޖާކުރުމުގަ

ވަޙީދު:      ޝިޔާންޓޭ މަންމަވެސް ފުރަނީތަ؟

ދަރިފުޅު:     މިދަނީ ދުރަށްދާން! އެއްލޯނެތް މަންމަގެ ފަރާތުން ސަލާމަތްވާން!

ސުލައިމާނު:   އަހަރެންގެ މަންމަގެ ލޯނެތަސް އަތްނެތަސް ބޯނެތަސް މަށަކަށް އަހަރެންގެ މަންމައާ ވަކީން ނޫޅެވޭނެ!

          ޝިޔާންޓޭ ރަނގަޅު! ޝިޔާންޓޭ މަންމައަބަދު ހުންނަނީ މިލާ މޯޅިވެފަ! ދެރަވެފަ!

ދަރިފުޅު:     މިގަޑީގަ ކޮންތަޤުރީރެއް ދޭކަށް! މަގޭ ކޮޅަށް ކަލޭމެން ނާރަނީ ކީއްވެ؟ ތިޔައީ މަގޭ ރައްޓެހީންތަ ނޫނީ

          އޭނަގެ ރައްޓެހީންތަ؟

          (އެވަގު މަންމަ އައިސް )

މަންމަ:      ދަރިފުޅާ! ފުރަންދާ ގަޑި ޖެހިއްޖެ! ކާރު އަތުވެއްޖެ! އަވަހަށް އާދޭ!

          ( ދަރިފުޅު ދަބަސް ނަގަން ދާންފެށުމުން )

މަންމަ:      އެދަބަސް ވަރަށްބަރު! މަންމަ ގެންގޮސް ދޭނަން ! ދަރިފުޅު ދޭ ކާރަށް އަރަން! ( ޝިޔާމު

ރައްޓެހީންނާއެކު ގޮސް ކާރަށް އެރުން! މަންމަ ކާރަށް ދަބަސްލުން ކާރު ނައްޓާލުމުން ވަދާއަށް އަތްނަގައިގެން ރޯންހުރި! އަވާސްޓެރިޔަކު އެތަނަށް އައިސް މަންމަ މަސަލަސް ކުރަން އުޅުނު)

ޙުސްނާ:     ބަލަ ފުރަންދަމުން ޝިޔާމަށް ނުރެނު ދޯ އުފަން މަންމަޔާ ސަލާންކޮށްލައި ހިތް ހޯދަންވެސް! އޭނަ އިނީ

          ކާރުގެ ލޯގަނޑުން މަންޡަރު ދެކެން! ހާދަ ރަޙުމުކުޑަ ފިރިހެނެކޭދޯ"

މަންމަ:      ( ކުޑަކޮށް ނުރުހިފައި ހުރެ ) ދެން ހުއްޓާލާ! އެސޮރަށް އަދި ނުވިސްނެނީ! އެސޮރަކީ ގޯސް

          ކުއްޖެއްނޫން! ހެޔޮ ވިސްނުން ލިބުނީމަ ރަނގަޅުވާނެ!

ރަމީޒާ:      އެހެރީ މާސިންގާވެފަ! މިހާރު ނުވިސްނުނު ވިސްނުމެއް ނުވިސްނޭނެ! ބައްޕަޔަކާ ނުލައި އެކަނިމާއެކަނި           ގުދާރު ބިންދައިގެން ޝިޔާމު ބޮޑި ތިުރަނީ! އޭނަޔަށް ކަތްދަ މަދުކުރީ ކޮންއެއްޗެއް! އުނިކުރީ ކޮންކަމެއް!          ފުދުންތެރިންގެ ދަރީންނަށް ގޮންޖަހަމުން ކަތްދަ ޝިޔާމް ބޮޑު ތިކުރަނީ!

ޙުސްނާ:     އެކަމަކު ވިހޭ މަންމައަށް ސަލާންކޮށްލާކަށް ވެސް  ނުކެރުނެއްނު؟ އަހަރެންގެ ސޮރު ބުނި ޝިޔާމު

          ބުންޏޯ ފުރައިގެން ދެވޭތީ މިހިރީ އުފަލުންނޭ! ދެން ދުވަހަކުވެސް ނާންނާނަމޭ!

މަންމަ!      ގިސްލަމުން! ތިހެން ނުބުނޭ! އެކުއްޖާފުޅު އެހެންނެއް ނަހަދާނެ! ހަމަ ޅައީ! ދެން ހިނގާ ދާން!

 

ތިން ކުދީން:  އަޚުލާޤު ނުވާނަމަ ރީތިވެގެން މީހުންގެ ތެރޭގައި ހުނިޖެހިގެން

                     ރަޙުމުން ވެދެޔޭ މަޙުރޫމު   ވެގެން    އަޚުނޭ މިނަތީޖާ  ފެންނާނޭ

          ވިހެއީ ޠާހިރު ދަރިފުޅެކޭ ހުރިހައި  ކުށަކުންވެސް މަޢުސޫމޭ

                     އެފަހުން ދެންދިން ތަރުބިއްޔަތުވެސް ދެރޮގުންނެ ދިނީ މައިން ބަފައިނޭ

          ތަރުބިއްޔަތު ކުރި ނަމައީ ރަނގަޅަށް ފަހެ މަޑުމައިތިރި ނިމުމާއެކުގާ

                     ތަރުބިއްޔަތުގާ  ކުށްކުރި  ނަމައީ  ދަތިޙާލާ  ވޭން  އުފުލަން  ވާނޭ

 

މަންޡަރު 4

މިމަންޡަރު ފެށޭއިރު ފެންނާނީ މަގުމަތީ! މަގުމަތީން ދިޔަ މީހަކާ މަންމަ ބައްދަލުވުން

ޙަސީނާ:      އަނހާ ކަތްދައްތަ! ޝިޔާމު މާލެ އައީމަ ދައްތަވެސް ބަދަލުވީތަ؟

މަންމަ:      ޝިޔާމޭ! ކޮބައިތަ ޝިޔާމު! އޭނާ ރަށުން ފުރިފަހުން ދައްތައަށް އެއްވެސް ޚބަރަެއް ނުލިބޭ!

ޙަސީނާ:      އަސްތާ! ދައްތައަށް ނޭނގޭތަ؟ ޝިޔާމު އުޅެނީ މާލޭގަ! ކުއްޖެއްވެސް ހުރޭ މިހާރު! މަށާ

އިހަށްދުވަހުވެސް ދިމާވި! މަޑުކޮށްލާ އެޑްރެސް ދޭނަން

(މިހެން ބުނެ ކަރުދާސްކޮޅެއްގައި އެއްޗެއް ލިޔެފަ ދިނުން )

މަންމަ ހިނގާފައި އެބާރު މިނުގައިގޮށް ގެއެއްގެ ދޮރުގައި ޓަކިޖެހުން1 އެގެން ކުޑަކުއްޖަކު ނުކުތުމަށްފަހު ރޮއިގެންފައި ގެއަށް ވަނުން . އޭރު އެގޭގެ މީހުން ސައިބޯން ތިބުން ޝިޔާމާ .......!

ދަރިފުޅު:      ކިހިނެއްވީ ދަރިފުޅާ! ކާކުތަ؟

           (އެކުއްޖާ ބަލައިވެސް ނުލުމުން އަމިއްލައަށް ދޮރުމައްޗަށް ނިކުމެބަލާލުމާއެކު ކުލަ ބަދަލުވެގެންދިޔަ)

ދަރިފުޅު:      ކީއްކުރާ މީހެއް! ކިހިނެއްވީ މިގޭދޮރުގައި ޓަކި ޖަހަނީ ! ތިކަހަލަ މީހުން އުޅެން ޖެހެނީ އެހެން

           މީހުނަނަ ނުފެންނަ ހިސާބުގައި! އަދިވެސް ބަލަން ހުންނަނީތަ! ާންއުޅޭ ޭމިތަނުން!

މަންމަ:       ދަރިފުޅާ! ނުބައި އެޑްރެހެއް ލިބިފަ އޮތީމަ ވީގޮތް!

  ނަޝީ:      އެއީ ކާކު؟ އެމީހާ ކޮބާ

 ދަރިފުޅު:      އޮޅިގެން ނޯ އާދެވުނީ! އެކަހަލަ މީހުން ބަލަހައްޓާނެ މީހުންވެސް ނެތީބާ ! ޢާއިލާގަ!

 ނަޝީ:       ހަމަވެދާނެއެއްނު އަސްލުވެސް އޮޅުނީކަމަށް!

 ދަރިފުޅު:      ކޮންތާކު! ހަމަ ހުންނަ ނުލަފާކަމުން! ދެން އެވާހަކަ ހުއްޓާލާ!

 ތިންކުދީން: ވިސްނާށެ ޚިޔާނާތް ކުރި މީހުން އަދަބާއި ދަރީން ދުރުކުރި މީހުން

                        މިސްކީނުވެގެން ނިމިގެން އެދަނީ ދަރީންގެ އެހީއެއް ނެތިގެންނޭ

             ފުރުޞަތުގާ ވިނަގާލިކަމެއް ފަހަކުން ނުލިބޭނެ ލިބޭކަށްދެން

                        އެފަހުންވެ ފަނާވެ ފަހުން އެދަނީ މިކަމާމެދު ރޮއިރޮއި ތިބެގެންނޭ

މަންޡަރު 5

މިމަންޡަރު ފެށޭއިރު ފެންނާނީ ސްޓޭޖުގެ އެއްކޮޅުން އޮފީހެއްގެ ތެރެ . އަނެއްކޮޅުން ގެއެއް! ފުރަތަމަ ދަރިފުޅު އިންނާނީ މޭޒުކައިރީ މަސައްކަތެއްގަ! ބޭރުން އައިސް ވަން މީހަކު ޕިޔޯނާ ވާހަކަ ދެއްކުން

ބޭރުން އައިމީހާ: ކޮބާ ޝިޔާމު؟ އޮފީހަށް ދުރުވެއްޖެތޯ!

ޕިޔޯނު:      ޝިޔާމަކީ ގަޑިޖެހޭ މީހެެއްނޫން! އެއީ ގަޑިއަށް ފައްކާ މީހެއް! އޭނާގަޑިއަށް އައުމާ ކަލެޔާ ހުރި ގުޅުމަކީ ކޮބާ!

ބޭރުންއައިމީހާ: އުހޫނ! ތިކަމަކާ މަށަކާ ކީކީއްތަ! އަން މިއޮތީ ސިޓީއެއް! ވެރިޔާއަށް ދެއްވަ ބައްލަވަ!

ޕިޔޯނު:      ގެނޭ އަވަހަށް! ތިކަން ކުރާނަން ލަހެއް ފަހެއްނެތި!

           (ސިޓީ ހިފައިގެން ގޮސް ވެރިޔާގެ ކޮށިގަނދަށްވަނުން)

ޕިޔޯނު:      މިއޮތީ ބޭރުންއައި ކުއްޖަކު ގެނައި ސިޓީއެއް

ދަރިފުޅު      އެންމެ ރަނގަޅު ދެންދޭ!

     (ސިޓީ ބަލާލުމަށްފަހު މޫނުގެ ކުލަ ބަދަލު ކުރަމުން ގެއަށްގުޅުން. ގެއިން ފޯނު ނެގުމުން

ދަރިފުޅު:    ނަޝީ ބުނާނެ! އިއްޔެ މީހާ މީހަމަ ރަނގަޅަށްވެސް މަށަށް އަވަލައިގެން އުޅޭ މީހެއް! މިއަދު އޮފީހަށް ސިޓީ ފޮނުވައިފި!

ނަޝީ:      ކީކޭ ސިޓީގަ އޮޓީ

ދަރިފުޅު:    މަށެއްނުކިޔަން: އެވާނީ ކޮންމެވެސް ލާރިގަނޑެއް ހޯދަން!

ނަޝީ:      ކިޔާލަބަލަ ! އޭރުންތާ އޮތްއެއްޗެއް އެނގޭނީ! ދެން ބާއްވަނީ!

           މިހާ ހިސާބުން އަނެއްކާވެސް ޕިޔޯނު އައުން!

ޕިޔޯނު:     އެމީހާ އެބައިން އޭނާ ބުނީ ޖަވާބެއް ލިބުމުންނޯ ދާނީ!

ދަރިފުޅު:    (ތަންކޮޅެއްބާރަށް) ބުނޭ އެއްވެސް އެހީއެއް ދެވެން ނެތޭ! ( ބުނިލެއް ބާރުކަމުން ޕިޔޯނު ސިހިގެން ދިއުން)

           ( ދަރިފުޅު ޝިޔާމު އަލުން ސިޓީ ކިޔަން ފެށުން! ސިޓީ ކިޔަމުން ރޮމުން ދިއުން/ އަދި މަޑުމަޑުން ތެދުވެގެން ގެއަށް ދިއުން. ގެއަށް ވަނުމުން)

ނަޝީ :     ކިހިނެއްވީ< ކިހިނެއްވީ ތިރޮނީ

ދަރިފުޅު:    (ގޮޑީ އިށީންނަމުން ) މާފު ކުރޭ ނަޝީ! އަހަރެން ދޮގު ހެދީ! އެދުވަހު މިގެއަށް އައީ އަޅުގަނޑުގެ މަންމަ! އަލުގަނޑު އަބަދުވެސް މަންމަ ދެކެ ނަފުރަތުކުރަން! އެއްގޮތަކަށްވެސް މަންމަ ދެކެން ބޭނުމެއްނުވޭ!

ނަޝީ:      އެއީ ކީއްވެ!

ދަރިފުޅު:    އެއީ މަންމަގެ އެއްލޯ ނުހުންނާތީ! ( ރޮމުން ރޮމުން) އެކަމަކު ނަޝީއަށް އެނގޭތަ! މަންމަގެ ސިޓީގައި ވާގޮތުން މަންމަގެ އލޯ ދިނީ އަޅުގަނޑަށް! އެކުސިޑެންޓެއްގައި އަޅުގަނޑުގެ ލޯ ހަލާކުވުމުން! އަޅުގަނޑު އެއްލޯނެތި އުޅެން މަންމަ ބޭނުން ނުވީ! ނިކަން ބަލާބަލަ! އަޅުގަނޑު ދުނިޔެ މިބަލަނީ އަޅުގަނޑުގެ މަންމަގެ ލޮލުން! މަންމަގެ ދިގު ސިޓީން އެތަންކޮޅު ކިޔާބަލަ!

ނަޝީ:      އާނއެކެވެ. މިމަންމަގެ ހުންނަނީ އެންމެ ލޮލެކެވެ. އެކަމާ މިމަންމަ އެއްގޮތަކަށް ވެސް ދެރައެއް ނުވެއެވެ. މަންމަ އެންމެ ލޯބިވާ ދަރިފުޅަށް ދުނިޔެ ފެނުނީ މިމަންމަގެ ލޮލުންނެވެ. ދަރިފުޅުގެ ވާތުލޮލަކީ މިމަންމަގެ މަދު ލޮލެވެ. ދަރިފުޅު ކުޑައިރު ހިނގި އެކްސިޑެންޓެއްގަ ދަރިފުޅުގެ ބައްޕަ މިދުނިޔެއާ ވަކިވީއެވެ. އެޙާދިޘާގަ ދަރިފުޅުގެ ވާތުލޯވެސް ދަރިފުޅަށް ގެއްލުނީއެވެ. އޭރު އަހަރުމެންނަކީ ފުދިގެން އުޅުނު ތަނަވަސް ބަޔަކީމެވެ. ދަރިފުޅުގެ ލޯބަދަލުކުރަން ކުރި އޮޕަރޭޝަނަށް އަހަރެންގެ އަތުގަ ހުރި ހުރިހާ ލާރިއެއް ޚަރަދު ވީއެވެ. ދަރިފުޅާއެވެ. އެހެންމީހުން މަންމައާ ދިމާއަށް އެއްލޯ ނެތޭ ބުންޏަސް، ދަރިފުޅާ ދިމާއަށް އެހެން ބުނާ އަޑުއަހަން މިމަންމައަކަށް ކުޅަދާނައެއް ނުވާނެއެވެ.

 އެންމެ ލޮލަކާ އެކީ ދަރިފުޅު ބޮޑުވާތަން ދެކޭނެހާ ހިތްވަރެއްވެސް މިމަންމައަށް ނުލިބޭނެއެވެ. މަންމަ މިގޮތަށް ނިންމީ އެހެންވެއެވެ. މަންމަ ހަޑި މީހަކަށް ހުތުރު މީހަކަށްވީ އެއްލޯ ނެތީމައެވެ. އެކަމަކު ދަރިފުޅު މޮޅުމީހަކަށް ރީތިމީހަކަށްވީ މިމަންމަގެ ލޮލާއެކުއެވެ.

ދަރިފުޅާއެވެ. މަންމަ ދަރިފުޅުމަތިން ވަރަށް ހަނދާންވެއެވެ. ދަރިފުޅުދެކެ އިންތިހާއަށް ލޯބިވެސް ވެއެވެ. ދަރިފުޅާ ވަކިން މިހޭދަކުރި ފަސް އަހަރު މަންމަ އުޅުނު ހިތްދަތި ޙާލުދެނެވޮޑިގެންވަނީ ހަމައެކަނި މާތްﷲ އެވެ. ގިނަ ރޭރޭ އިރު އަރަނީ ދަރިފުޅުގެ ހަނދާނުގައި ނުނިދި ހޭލާ އޮތްވައެވެ. ބައެއް ރޭރޭ ހިތްފުރާ ކަރުނަ އަޅާ ރޮމެވެ. ކޮންމެވެސް ދުވަހަކުން ދަރިފުޅު ފެންނާނެ ކަމުގެ ފޮނި އުއްމީދު ކުރެވެއެވެ. މިހުރިހާ ކަމެއް އެނގި ހުރެވެސް ދަރިފުޅު މަންމަދެކެ ރުޅި އަންނަންޏާ މަންމައަށް ފަރުވާލެއް ނެތެވެ. ދަރިފުޅުދެކެ އަބަދުވެސް ލޯބިވާ - މަންމަ - "

އެވަގުތު ކުއްޖަކު އައިސް

ޝަފާ!       ބައްޕައަށް ފޯނެއް!

           ޝިޔާމު ފޯނު ނެގި

ނަރުސް:    މިއީ އައިޖިއެމްއެޗުން! ޝިޔާމުތޯ؟

ދަރިފުޅު:    ލައްބަ ޝިޔާމު

ނަރުސް:    ޝިޔާމުގެ މަންމަ އޮތީ ހޮސްޕިޓަލުގަ އެޑްމިޓްކޮށްފަ! ޝިޔާމަށް އަނގައިދޭން އެބައެދޭ!

ދަރިފުޅު:         މިދަނީ

                (އވަސްއަވަހަށް ތައްޔާރުވެގެން ހޮސްޕިޓަލަށް ދިއުން!)

ހޮސްޕިޓަލަށްގޮސް މަންމަ ފެނުމުން ދަރިފުޅުގެ ރުއިމުގެ ބަޑިފަޅައިގެން ދިޔަ!

މަންމަ      ( ބަލިބަލިއަޑަކުން) ދަރިފުޅާ ދެރަ ނުވޭ! މަންމަ ދަރިފުޅަކަށް ހިތްބަރެއްނުކުރަން! މަންމަގެ ދުޢާ އިޖާބަކުރައްވައި ދަރިފުޅަސް ހެޔޮވިސްނުން ދެއްވެވި އިލާހަށް ޙަމްދާ ޝުކުރުކުރަން!

ދަރިފުޅު:    އަހަރެން މަންމަ ހިތުގަ ހާދަ ޖެއްސީމޭ! މަންމައަށް ހާދަވޭނެއް ދިނީމޭ! އަހަރެންނަކީ ވަރަށް ގޯސް ކުއްޖެއް!

މަންމަ:      ދަރިފުޅަސް ކުރެވުނު ކުސްތަކަށް ތައުބާވެ ﷲއަށް ރުޖޫއަވޭ! މަންމަގެ ހިތް ދަރިފުޅަށް ކާފޫރުކޮޅެއްފަދައިން ސާފު

ދަރިފުޅު!    އަހަރެންގެ ހުރިހައި ވަގުތެއް ދެންހޭދަކުރާނީ މަންމަގެ ޚިދުމަތުގަ! ތިޔައީ އަޅުގަނޑުގެ ރާނީ!

މަން!       އުފާވެރިކަމާއެކު ހީލުން

ތިންކުދީން:  ޞަފުޙާއެކެމީ އޭއުޚުތުންނޭ ދިރިއުޅުމަށްވެސް ބޭނުންވާނޭ

                     މިތަޖާރަބު ޙާޞިލްކޮށްލާށޭ ދުނިޔޭގަ ހިނގާމީ ޤާނޫނޭ!

 


No comments: