ހައިވާންބަގީޗާ (ކިޔުމުގެ ދޭހަ)

ހައިވާންބަގީޗާ

        އެއީ މެއި މަހުގެ ފުރަތަމަ ދުވަހެވެ. އާޔަން އެ ދުވަހު ސްކޫލަށް ދިޔައީ ވަރަށް އުފަލުންނެވެ. އެ ދުވަހަކީ ކުލާސް ހުރިހާ ކުދިން މައިދާނީދަތުރެއްގައި ހައިވާންބަގީޗާއަށް ދިއުމަށް ރާވާފައިވާ ދުވަހެކެވެ.

        ހައިވާންބަގީޗާއިން އާޔަނަށް ބޮޑުބޮޑު ގެރިއެއް ފެނުނެވެ. އޭނާ އެއަށް ފެހިކުލައިގެ ވިނަ ކާންދިނެވެ. އަދި އާޔަންގެ އެކުވެރި އިޔާނަށް ފިލާފޮއްޗެއްގެ މަތީގައި އިން ގުރާއެއް ފެނުނެވެ. އޭނާ އެއަށް ކުދިބަތް ކާންދިނެވެ. އާޔަނަށް ވަރަށް ބޮޑު ރާމާމަކުނެއް ފެނުނެވެ. އޭނާ އެއަށް ދޮންކެޔޮ ކާންދިނެވެ.

        އާޔަނާއި އިޔާން ދެން ދިޔައީ މަސް ފެންގަނޑު ކައިރިއަށެވެ. އެތާނގައި ވަރަށް ރީތި އެކި ކުލަކުލައިގެ މަސް ހުއްޓެވެ. ހުރިހާ ކުދިން މަސްތަކަށް ކާންދިނުމަށްފަހު އެނބުރި ސުކޫލަށް ދިޔައެވެ.

ދޭހައިގެ ސުވާލު:

1-                      އާޔަން ހައިވާންބަގީޗާއަށް ދިޔައީ ކޮން ދުވަހަކު ހެއްޔެވެ؟

ޖަވާބު: މެއި މަހުގެ ފުރަތަމަ ދުވަހުގައެވެ.

2-                       އާޔަން އެންމެ ފުރަތަމަ ކާންދިނީ ކޮން ޖަނަވާރަކަށް ހެއްޔެވެ؟

ޖަވާބު: ގެރިއަކަށެވެ.  

3-                      އިޔާނަށް ފެނުނީ ކޮން ޖަނަވާރެއް ހެއްޔެވެ؟

ޖަވާބު: ގުރާއެކެވެ.

4-                      ގުރާއަށް ކާންދިނީ ކޯޗެއް ހެއްޔެވެ؟

ޖަވާބު: ކުދިބަތެވެ.

5-                      އާޔަން އެންމެ ފަހުން ކާންދިނީ ކޯޗަކަށް ހެއްޔެވެ؟

ޖަވާބު: މަހަށެވެ.


No comments: