بسم الله الرحمن الرحيم
މެޓާގެ
ސ. ހިތަދޫ،
ދިވެހިރާއްޖެ.
އެކުވެރި މަލީއަށް
ސަލާމަށްފަހު ލިޔަމެވެ.
އަހަރެންގެ ހާލު ރަނގަޅެވެ.
ނަމަވެސް އަހަރެންގެ މަންމަ އުޅެނީ ބަލިވެއެވެ. މަލީއާއި މަލީގެ އާއިލާގެ
އެންމެންގެ ހާލު ވެސް ރަނގަޅުވާނެކަމަށް އުންމީދުކުރަމެވެ.
މަލީއެވެ. ކެއުމުގައި
ގެންގުޅެންވީ ރީތި އާދަތަކާއި، ކެއުމުގައި ހިމަނަންވީ މުހިންމު ބައިތައް މަލީގެ
ބައްޕަގެ ގާތުން އަހައިގެން، އަހަރެންނަށް އޮޅުންފިލުވައިދެވިދާނެ ހެއްޔެވެ؟
މި ސިޓީއާއެކު މަލީއަށް ކުޑަ
ހަދިޔާއެއް ވެސް ފޮނުވީމެވެ. އެ ހަދިޔާ މަލީއަށް ކަމުދާނެކަމަށް އުންމީދުކުރަމެވެ.
އަދި ސިޓީގެ ޖަވާބު ވަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް އުންމީދުކުރަމެވެ.
ޝުކުރިއްޔާ
25 ސެޕްޓެންބަރު 2026
އެކުވެރި
( ސޮއި )
މައިޝާ
އަހްމަދު
ޗެކޮލެޓުގެ
ސ. މަރަދޫ،
ދިވެހިރާއްޖެ.

No comments:
Post a Comment