Sunday, January 28, 2024

ދުޢާ - 44 ( މާނައާއެކު ދަސްކޮށްލަމާ! )

ދުޢާ 44

اللَّهُمَّ أَنْتَ رَبِّيْ لَا إِلٰهَ إِلَّا أَنْتَ، خَلَقْتَنِيْ وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوْذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوْءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوْءُ بِذَنْبِيْ فَاغْفِرْ لِيْ فَإِنَّهُ لَا يَغْفِرُ الذُّنُوْبَ إِلَّا أَنْتَ

"ހައްދަވާ ބޮޑުކުރެއްވި އިލާހު! އިބައިލާހީ މިއަޅާގެވެރި އިލާހެވެ. އިބައިލާހުފިޔަވައި އެހެން އިލާހަކު ނުވެއެވެ. އިބައިލާހު މިއަޅާ ހެއްދެވީމުއެވެ. މިއަޅާއީ އިބައިލާހުގެ އަޅެކެވެ. މިއަޅާ މިހިރީ މިއަޅާއަށް ކުޅަދާނަވެގެންވީ ވަރަކަށް އިބައިލާހުގެ ޢަހުދާއި ވަޢުދުގެ މަތީގައެވެ. މިއަޅާކުރާ ނުބައި ކަންތައްތަކުން މިއަޅާ ރައްކައުތެރިކޮށް ދެއްވުމަށް އިބައިލާހުގެ ޙަޟްރަތުން އެދެމެވެ. އިބައިލާހު މިއަޅާއަށް ދެއްވި ނިޢުމަތްތަކަށް އިޢްތިރާފުވަމެވެ. އަދި މިއަޅާއަށް ކުރެވިފައިވާ ފާފަތަކަށް މިއަޅާ އިޢްތިރާފުވަމެވެ. މިއަޅާގެ ފާފަފުއްސަވާނދޭވެ. ފަހެ، އެހެނީ ހަމަކަށަވަރުން އިބައިލާހު ފިޔަވައި ފާފަފުއްސަވައިދެއްވާނޭ އެހެން ފަރާތެއް ނުވެއެވެ."

اللَّهُمَّ "ހައްދަވާ ބޮޑުކުރެއްވި އިލާހު! أَنْتَ رَبِّيْ އިބައިލާހީ މިއަޅާގެވެރި އިލާހެވެ. لَا إِلٰهَ إِلَّا أَنْتَ، އިބައިލާހުފިޔަވައި އެހެން އިލާހަކު ނުވެއެވެ. خَلَقْتَنِيْ އިބައިލާހު މިއަޅާ ހެއްދެވީމުއެވެ. وَأَنَا عَبْدُكَ، އަދި މިއަޅާއީ އިބައިލާހުގެ އަޅެކެވެ. وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، މިއަޅާ މިހިރީ މިއަޅާއަށް ކުޅަދާނަވެގެންވީ ވަރަކަށް އިބައިލާހުގެ ޢަހުދާއި ވަޢުދުގެ މަތީގައެވެ. أَعُوْذُ بِكَ مِنْ شَرِّ مَا صَنَعْتُ، މިއަޅާކުރާ ނުބައި ކަންތައްތަކުން މިއަޅާ ރައްކައުތެރިކޮށް ދެއްވުމަށް އިބައިލާހުގެ ޙަޟްރަތުން އެދެމެވެ.

أَبُوْءُ لَكَ بِنِعْمَتِكَ عَلَيَّ އިބައިލާހު މިއަޅާއަށް ދެއްވި ނިޢުމަތްތަކަށް އިޢްތިރާފުވަމެވެ. وَأَبُوْءُ بِذَنْبِيْ އަދި މިއަޅާއަށް ކުރެވިފައިވާ ފާފަތަކަށް މިއަޅާ އިޢްތިރާފުވަމެވެ. فَاغْفِرْ لِيْ މިއަޅާގެ ފާފަފުއްސަވާނދޭވެ. فَإِنَّهُ لَا يَغْفِرُ الذُّنُوْبَ إِلَّا أَنْتَ

ފަހެ، އެހެނީ ހަމަކަށަވަރުން އިބައިލާހު ފިޔަވައި ފާފަފުއްސަވައިދެއްވާނޭ އެހެން ފަރާތެއް ނުވެއެވެ."


Wednesday, January 3, 2024

ދުޢާ - 43 ( މާނައާއެކު ދަސްކޮށްލަމާ! )

 ދުޢާ 43

اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي، وَعَلِّمْنِي مَا يَنْفَعُنِي، وَزِدْنِي عِلْمًا

ހައްދަވާ ގެންގުޅުއްވާ އިލާހު! މިއަޅާއަށް ދެއްވި ޢިލްމުން މިއަޅާއަށް މަންފާ ކުރައްވާނދޭވެ! އަދި މިއަޅާއަށް މަންފާކުރާނެ ޢިލްމު ދެއްވާނދޭވެ! އަދި މިއަޅާއަށް ޢިލްމު އިތުރު ކުރައްވާނދޭވެ!

 

اللَّهُمَّ ހައްދަވާ ގެންގުޅުއްވާ އިލާހު! انْفَعْنِي މިއަޅާއަށް މަންފާ ކުރައްވާނދޭވެ!  بِمَا عَلَّمْتَنِي މިއަޅާއަށް ދެއްވި ޢިލްމުން وَعَلِّمْنِي އަދި މިއަޅާއަށް ޢިލްމު ދެއްވާނދޭވެ! مَا يَنْفَعُنِي މަންފާކުރާނެ وَزِدْنِي عِلْمًا

އަދި މިއަޅާއަށް ޢިލްމު އިތުރު ކުރައްވާނދޭވެ!   

Tuesday, January 2, 2024

ދުޢާ - 42 ( މާނައާއެކު ދަސްކޮށްލަމާ! )

ދުޢާ 42

اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ.

އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން އެންމެހައި ހެޔޮކަންތައްތަކަށް އެދެމެވެ. އަވަސް މުސްތަޤްބަލުގައްޔާއި، ލަހުން ލިބެން އޮތްހައި ހެވެކެވެ. މިއަޅާއަށް އެނގޭހައި ހެޔޮކަަމަކާއި ނޭނގޭހައި ހެޔޮކަމެކެވެ. އަދި މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން އެންމެހައި ނުބައިކަންކަމަކުން ރައްކާތެރިކަމަށް އެދެމެވެ. އަވަސް މުސްތަޤްބަލުގައްޔާއި، ލަހުން ކުރިމަތިވެދާނެހައި ނުބައިކަމެކެވެ. މިއަޅާއަށް އެނގޭހައި ނުބައިކަމަކާއި ނޭނގޭހައި ނުބައިކަމެކެވެ.

 

اللَّهُمَّ އޭ ﷲ! إِنِّي ހަމަކަށަވަރުން أَسْأَلُكَ މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން އެދެމެވެ. مِنَ الْخَيْرِ كُلِّهِ އެންމެހައި ހެޔޮކަންތައްތަކަށް

عَاجِلِهِ އަވަސް މުސްތަޤްބަލުގައްޔާއި، وَآجِلِهِ ލަހުން ލިބެން އޮތްހައި ހެވެކެވެ. مَا عَلِمْتُ مِنْهُ މިއަޅާއަށް އެނގޭހައި ހެޔޮކަަމަކާއި وَمَا لَمْ أَعْلَمْ، އަދި މިއަޅާއަށް ނޭނގޭހައި ހެޔޮކަމެކެވެ.

وَأَعُوذُ بِكَ އަދި މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. مِنَ الشَّرِّ كُلِّهِ އެންމެހައި ނުބައިކަންކަމަކުން

عَاجِلِهِ އަވަސް މުސްތަޤްބަލުގައްޔާއި، وَآجِلِهِ، ލަހުން ކުރިމަތިވެދާނެހައި ނުބައިކަމެކެވެ. مَا عَلِمْتُ مِنْهُ މިއަޅާއަށް އެނގޭހައި ނުބައިކަމަކާއި وَمَا لَمْ أَعْلَمْ. އަދި މިއަޅާއަށް ނޭނގޭހައި ނުބައިކަމެކެވެ.