ޚަބަރު: ބަނބުކެޔޮ ފަތަކުން ޖެހި މަތިންދާ ބޯޓެއް ވެއްޓިއްޖެ

ބަނބުކެޔޮ ފަތަކުން ޖެހި މަތިންދާ ބޯޓެއް ވެއްޓިއްޖެ

 


ލިޔުުނީ: ކުއީން ރާނިޔާ

24 އޮގަސްޓު 2023 (ބުރާސްފަތި) - ބަޚަބަރު, އައްޑޫ ސިޓީ

 

މިއަދު ހެނދުނު ހަތްގަޑި ބައި އެހާކަށްހާ އިރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަންއައި މޯލްޑިވިއަން އެއާލައިނުގެ މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެެ.

މަންޒަރު ދުށް މީހުން ހާމަކުރާގޮތުގައި މި ބޯޓު ވެއްޓެން މެދުވެރިވީ، ބަނބުކެޔޮ ފަތެއް ވަޔާ އެނބުރެމުން ގޮސް ބޯޓުގައި ޖެހުމުންނެވެ. މި ހާދިސާގައި ބޯޓުގެ ޕައިލެޓާއި ކޯޕައިލެޓުވަނީ ނިޔާވެފައެވެ. މީގެ އިތުރުން ބޯޓުން ދަތުރު ކުރި ހަތަރު ޕަސެންޖަރެއްގެ ބޮލަށް ލިބުނު އަނިޔާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ދަނީ މާލެ ފޮނުވުމުގެ މަސައްކަތްކުރަމުން ކަމަށް ޢާއިލާއިން މަޢުލޫމާތު ދެއްވައެވެ.

ޕޮލިސް ކޮމިޝަނާރ ސާޖަންޓު އިބްރާހީމް އަނީސް ވިދާޅުވި ގޮތުގައި މިހާރު ފުލުހުންގެ ޓީމެއް ދަނީ މިމައްސަލަ ތަޙްޤީޤު ކުރަމުންނެވެ.


No comments: