ސުވާލާއި ޖަވާބު
ސީރަތާއި ތާރީޚު 2
1- މޫސާގެފާނު އުފަންވެވަޑައިގެންނެވިއިރު މިޞްރުގެ ޙާލަތު އޮތީ ކިހިނެއްކަން ބުނެދެމާ!
· ވަރަށް ބިރުވެރި ޙާލަތެއްގައެވެ.
2- އެޒަމާނުގައި ބަނީ އިސްރާއީލުގެ ފިރިހެން ދަރިން ޤަތުލުކުރަމުން ދިޔައީ ކީއްވެގެންކަން ބުނެދެމާ!
· އޭރު މިޞްރުގެ ރަސްކަލަކަށް ހުންނެވި ފިރުޢައުނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅެއްގެ ސަބަބުންނެވެ.
3- މޫސާގެފާނުގެ މަންމާފުޅު އެކަލޭގެފާނު ފޮށްޓަކަށް ލައްވައި ނީލަކޯރަށް ދޫކުރެއްވީ ކީއްވެގެންކަން ބުނެދެމާ!
· މިޞްރުގެ ރަސްކަލަކަށް ހުންނެވި ފިރުޢައުނުގެ ނުބައި ރޭވުންތަކުން ސަލާމަތް ކުރުމަށްޓަކައެވެ.
4- މޫސާގެފާނުގެ މަންމާފުޅު އެކަލޭގެފާނު ފޮށްޓަކަށް ލައްވައި ނީލަކޯރަށް ދޫކުރެއްވުމަށް ނިންމެވީ ކީއްވެގެންކަން ބުނެދެމާ!
· ﷲ ތަޢާލާ އެކަމަނާއަށް އިލްހާމް ކުރައްވައި އެގޮތަށް ކަންތައް ކުރެއްވުމަށް އަމުރުކުރެއްވުމުން ނެވެ.
5- މޫސާގެފާނު ބޮޑުފުޅުވީ ކޮންބައެއްގެ ގާތުގައި ހުންނަވައިގެން ކަން ބުނެދެމާ!
· މޫސާގެފާނު ބޮޑުފުޅުވީ ފިރުޢައުނާ އޭނާގެ އަންހެނުންގެ ގަނޑުވަރުގައި ހުންނަވައިގެން އެކަލޭގެފާނުގެ މަންމައާ ޢާއިލާއާ އެކުގައެވެ.
6- މޫސާގެފާނު ބޮޑުފުޅުވެ މާތްﷲގެ އެއްކައުވަންތަކަމަށް ގޮވާލެއްވުމުން ފިރުޢައުނު ބޮޑާވެ މަލާމާތްކޮށް ހަރުކަށިކަން ދައްކައި އޭނާގެ ޤައުމުގެ މީހުންނަށް ބުނިކަމަށް މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅު މާނައާއެކު ކިޔާލަމާ!
· مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِي މާނައީ: އަހުރެން ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެތެވެ.
7- މޫސާގެފާނު ބޮޑުފުޅުވެ މާތްﷲގެ އެއްކައުވަންތަކަމަށް ގޮވާލެއްވުމުން ފިރުޢައުނު ބޮޑާވެ ދަޢުވާކުރީ ކޮންކަމަކަށްކަން ބުނެދެމާ!
· އޭނާ ދަޢުވާކުރީ ރައްބުވަންތަކަމަށެވެ.
8- ރައްބުކަމަށް ދަޢުވާކޮށް އޭނާ ބުނިކަމަށް މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅު ކިޔާދެމާ!
· أَنَا رَبُّكُمُ الْأَعْلَىٰ މާނައީ: ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.
9- މޫސާގެފާނުގެ ނަބީކަމަކީ ތެދު ޙަޤީޤަތެއްކަން ހާމަކޮށްދެއްވުމުގެ ގޮތުން ﷲ ތަޢާލާ އެކަލޭގެފާނަށް ދެއްވެވި ވަރަށް ޚާއްޞަ ދެ މުޢުޖިޒާތެއް ބުނެދެމާ!
· މޫސާގެފާނުގެ އަސާކޮޅު ހަރުފަޔަކަށް ބަދަލުވުން.
· އަސާކޮޅުން ކަނޑުގައި ޖެއްސެވުމުން ކަނޑު ދެފަޅިވުން.
10- މޫސާގެފާނުގެ ދުވަސްވަރު މިޞްރުގެ ރަސްކަންކުރެއްވި ފިރުޢައުނުގެ އަނބިކަނބަލުން އާސިޔާގެފާނުގެ ފުރިހަމަ ނަންފުޅު ކިޔާދެމާ!
· އާސިޔާ ބިންތި މުޒާޙިމު
11-ފިރުޢައުނުގެ ގަނޑުވަރުގެ ބާނދީން ނީލަކޯރުން ހޮވައިގެން ގެނައި ތުތްޕުޅު ފިރިހެން ކުއްޖާ ފިރުޢައުނުގެ ގާތަށް ގެންދަވައި އާސިޔާގެފާނު ވިދާޅުވި ބަސްފުޅު ބުނެދެމާ!
· وَقَالَتِ امْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍ لِّي وَلَكَ ۖ لَا تَقْتُلُوهُ عَسَىٰ أَن يَنفَعَنَا أَوْ نَتَّخِذَهُ وَلَدًا وَهُمْ لَا يَشْعُرُونَ . މާނައީ: އަދި فرعون ގެ އަނބިކަމަނާ ވިދާޅުވިއެވެ. (އޭނާއަކީ) ތިމަންނާއަށާއި، ކަލެޔަށްވާ ލޮލުގެ ފިނިކަމެކެވެ. ތިޔަބައިމީހުން އޭނާ قتل ނުކުރާށެވެ! އޭނާ ތިމަންމެންނަށް މަންފާކޮށްދީފާނެކަން ނޭނގެއެވެ. ނުވަތަ ތިމަންމެން އޭނާއަކީ ދަރިއަކު ކަމުގައި ހަދާނީއެވެ. އަދި އެއުރެންނަކަށް (އޭގެ ނަތީޖާއެއް) ނޭނގެތެވެ.
12-އާސިޔަތުގެފާނަށް ފިރުޢައުނުގެ ލަޝްކަރުގެ މީހުންގެ ކިބައިން ލިބެމުންދިޔަ ގަދަފަދަ އަނިޔާގެ ވަގުތުގައި ސާބިތުކަމާއެކު ހުންނަވައި އެމީހުންގެ ބަހަށް އިންކާރު ކުރެއްވުމަށްފަހު މާތްﷲ އަށް އެދި ދެންނެވި ދުއާ ކިޔާދެމާ!
· رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ. މާނައީ: އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ!
13- އުއްމު އައްމާރުގެ ފުރިހަމަ ނަންފުޅު ބުނެދެމާ!
· ސުމައްޔާ ބިންތި ޚައްޔާޠު
14- އުއްމު އައްމާރުގެ ކުންޔާ ބުނެދެމާ!
· އުއްމު ޢައްމާރު
15-އުއްމު އައްމާރު ޝަހީދުކޮށްލީ ކާކުކަން ބުނެދެމާ!
· އަބޫޖަހުލު
16- (صَبْراً يا آلَ يَاسِرُ فَإِنَّ مَوْعِدُكُمْ الجَنَّةَ) ޙަދީޘުގެ މާނަ ކިޔާލަމާ!
· މާނައީ: އާލު ޔާސިރުގެ ޢާއިލާއަށް މާތް ﷲ ކެތްތެރިކަން މިންވަރުކުރައްވާށިއެވެ! ހަމަކަށަވަރުން ތިޔަބޭކަލުންގެ ނިމުން ވާހުށީ ސުވަރުގޭގައެވެ.
17-ލިންކުތައް ބަލާލަމާ!
No comments:
Post a Comment