ދޮންބާބަ އާއި ދޮންބިބީ
އައިރީއަކީ ވަރަށް ބަސްއަހާ ކުއްޖެކެވެ. އައިރީ އެންމެ ކުރާހިތްވާ ކަމަކީ ޤުރުއާން ކިޔެވުމެވެ. އައިރީ ދަސްކުރާ ކޮންމެ ސޫރަތަކަށް އައިރީއަށް ހަދިޔާ ލިބެއެވެ. މިފަހަރު އައިރީ ދަސްކުރި ސޫރަތަކީ "އަލްފަޖްރު" ސޫރަތެވެ. އެހެންކަމުން އައިރީގެ ބައްޕަ ހަދިޔާއެއްގެ ގޮތުން ވަރަށް ރީތި ހާލަކާއި ކުކުޅެއް އައިރީއަށް ގަނެދިނެވެ. އައިރީ އެއަށް ލޯބިން ކިޔަނީ ދޮންބާބަ އާއި ދޮންބިބީ އެވެ.
އައިރީއަށް ކޮންމެ ދުވަހަކު ވެސް ހޭލެވެނީ
ދޮންބާބަ ގޮވާ އަޑަށެވެ. އެހެންކަމުން ހޭލުމަށްފަހު އެންމެ ފުރަތަމަ ވެސް އައިރީ
ދަނީ ކޮށި ކައިރިއަށެވެ. އެއްދުވަހަކު ހެނދުނު އައިރީ ކޮށީގެ ކައިރިއަށް ދިޔައިރު
ކޮށީގެ ތެރޭގައި ވަރަށް ރީތި ވަރަށް ސާފު ހުދުހުދު ބިހެއް އޮތެވެ. އެއީ ދޮންބިބީ
އެޅި ބިހެކެވެ. އައިރީ އުފަލުން ކޮށީގެ ދޮރު ހުޅުވާލުމަށްފަހު އެ ބިސް ނެގިއެވެ.
ބިސް ނަގައިގެން އުފަލުން ދުއްވައިގަތްތަނާ ބިން މައްޗަށް ވެއްޓި ބިސް ފެޅުނެވެ.
އައިރީގެ މަންމައަށް އައިރީ ރޯއަޑު އިވުމުން
އޭނާގެ ގާތަށް ގޮސް ކަންވީގޮތް އެހިއެވެ. އަދި އައިރީއަށް ކަންތައް ކުރެވުނުގޮތް
ރަނގަޅު ނޫންކަމަށްބުނެ ދެންފަހަރަކުން ކަންތައް ކުރަންވީގޮތް ކިޔައިދިނެވެ.
އޭގެފަހުން ކޮންމެ ދުވަހަކު ވެސް ދޮންބިބީ ބިހެއް އަޅައެވެ. އައިރީއަށް ބިސް
ފެންނައިރަށް ބިސް ދެއްވި ފަރާތްތަށް ޙަމްދުކުރެއެވެ.
ކިޔުމުގެ ދޭހަ.
1-
އައިރީއަކީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟
2-
އައިރީ އެންމެ ކުރާހިތްވަނީ ކޮން ކަމެއް ހެއްޔެވެ؟
3-
ހަދިޔާއެއްގެ ގޮތުން ހާލަކާއި ކުކުޅެއް އައިރީއަށް ލިބުނީ ކޮން ސޫރަތެއް
ދަސްކުރުމުން ހެއްޔެވެ؟
4-
އައިރީގެ ކުކުޅާއި ހާލަށް އައިރީ ލޯބިން ކިޔަނީ ކީކޭ ހެއްޔެވެ؟
5-
އައިރީއަށް ހޭލެވެނީ ކޮން އަޑަކަށް ހެއްޔެވެ؟
6-
އައިރީ ހޭލުމަށްފަހު އެންމެ ފުރަތަމަ ކުރަނީ ކޮންކަމެއް ހެއްޔެވެ؟
7-
އެންމެ ފުރަތަމަ ދުވަހު ފެނުނު ބިހަށް ވީ ކިހިނެއް ހެއްޔެވެ؟
8-
އައިރީގެ މަންމަ އޭނާއަށް ބުނެދިނީ ކޮންކަމެއް ހެއްޔެވެ؟
9-
އައިރީއަށް ބިސް ލިބެނީ ކޮން ދުވަސްތަކެއްގައި ހެއްޔެވެ؟
10- މިހާރު އައިރީއަށް ބިސް ފެނުމުން އައިރީ
ކަންތައް ކުރަނީ ކިހިނެއް ހެއްޔެވެ؟
No comments:
Post a Comment