ދިވެހިބަހުގެ މައިގަނޑު ބައިތައް (ބަހުގެ ޤަވާޢިދު)

ދިވެހިބަހުގެ މައިގަނޑު ބައިތައް


ދިވެހިބަސް އެކުލެވިގެންވަނީ މައިގަނޑު އަށް ބައެއްގެ މައްޗަށެވެ. ބަސްތައް ބައިބަޔަށް ބެހެނީ ޖުމްލައިގައި އެ ލަފުޒެއް ކޮށްދޭ މަސައްކަތަކާ ގުޅޭ ގޮތުންނެވެ.

އެބައި ތަކަކީ:

1-                ނަން

ނަމަކީ އެބަހަކުން އެއީ މީހެއްކަން، ތަނެއްކަން، ނުވަތަ އެއްޗެއްކަން، އަންގައިދޭ ކޮންމެ ބަހެކެވެ.

 

މިސާލު:

މީހުންގެ ނަންނަން (އަޙްމަދު، މުދައްރިސު، ބައްޕަ، ފާޠިމާ)

ތަންތަނުގެ ނަންނަން (މިސްކިތް، ފިހާރަ، ދަނޑު، ބަގީޗާ)

އެއްޗެހީގެ ނަންނަން (އިސްޓާކީނު، ގޮނޑި، އަސް، ސަމުސާ) 


2-                ކަން

ކަމަކީ ވޭތުވެދިޔަ ޒަމާނުގައި ހިނގައިފައިވާ ކަމެއް، ނުވަތަ މިހާރު ހިނގާކަމެއް، ނުވަތަ އަންނަން އޮތް ޒަމާނުގައި ހިނގާނެ ނުވަތަ ހިނގާފާނެ ކަމެއް ދޭހަކޮށްދޭ ކޮންމެ ބަހެކެވެ.

 


ހިނގި ކަމަކީ ވާހަކަ ދެކެވޭއިރު ވެ ނިމިފައިވާ ކަންމެވެ.

މިސާލު:

އޭނާ ލިޔެފިއެވެ.

އާރްޔާ ނަމާދުކޮށްފިއެވެ.  

މާސާ މަދަޙަ ކިޔައިފިއެވެ.

ހިނގާ ކަމަކީ ވާހަކަދެކެވޭ ވަގުތުގައި ހިނގަ ހިނގާ ހުންނަކަންކަމެވެ.

މިސާލު:

އުލްޔާ ލިޔަނީއެވެ.

ސަމާހާ ނަމާދުކުރަނީއެވެ.

އީނާސް ވާހަކަ ކިޔަނީއެވެ.

ހިނގާފާނެ ކަމަކީ މުސްތަޤްބަލުގައި ހިނގާނެ ކޮންމެ ކަމެކެވެ.

މިސާލު:

މާހިދު ރިޕޯޓެއް ލިޔާނެއެވެ.

ހަސްނާނު ނަމާދުކުރާނެއެވެ.

އިމްރާނު ފޮތް ކިޔާނެއެވެ.


3-           ނަންއިތުރު

ނަންއިތުރަކީ، ނަމަކަށް އިތުރު ސިފައެއް، ނުވަތަ ބަޔާނެއް، ގެނެސްދޭ ކޮންމެ ބަހެކެވެ.

 


މިސާލު:

ރީތި މަންޒަރެކެވެ.

މިސާލުގައި ނަމަކީ މަންޒަރެވެ. މަންޒަރަކީ ކޮންކަހަލަ ތަނެއްކަން އަންގައިދެނީ "ރީތި" މި ލަފުޒެވެ. އެހެންކަމުން މަންޒަރުގެ ސިފަ އޮޅުންފިލީ "ރީތި" މި ލަފުޒުންނެވެ. ވިމާ ނަމަށް ސިފަލިބިދިން ލަފުޒަކީ ރީތި ކަމށްވާތީ މި ލަފުޒު ވާނީ ނަންއިތުރަށެވެ.

 

ހަރުދަނާ މީހެކެވެ.

މިސާލުގައި ނަމަކީ މީހާއެވެ. މިހާއަކީ ކޮންކަހަލަ މީހެއްކަން އަންގައިދެނީ "ހަރުދަނާ" މި ލަފުޒެވެ. އެހެންކަމުން މީހާގެ ސިފަ އޮޅުންފިލީ "ހަރުދަނާ" މި ލަފުޒުންނެވެ. ވިމާ ނަމަށް ސިފަލިބިދިން ލަފުޒަކީ ހަރުދަނާ ކަމށްވާތީ މި ލަފުޒު ވާނީ ނަންއިތުރަށެވެ.

 

ބޭނުންތެރި ފޮތެކެވެ.

މިސާލުގައި ނަމަކީ ފޮތެވެ. ފޮތަކީ ކޮންކަހަލަ އެއްޗެއްކަން އަންގައިދެނީ "ބޭނުންތެރި" މި ލަފުޒެވެ. އެހެންކަމުން ފޮތުގެ ސިފަ އޮޅުންފިލީ "ބޭނުންތެރި" މި ލަފުޒުންނެވެ. ވިމާ ނަމަށް ސިފަލިބިދިން ލަފުޒަކީ ބޭނުންތެރި ކަމށްވާތީ މި ލަފުޒު ވާނީ ނަންއިތުރަށެވެ.


4-               ކަންއިތުރު

ކަންއިތުރަކީ، ހިނގި، ހިނގާ، ހިނގާނެ، ނުވަތަ ހިނގާފާނެ ކަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ.

 

 

ފުރަތަމަ މިސާލުގައި ހިނގި ކަމަކީ ދުވުމެވެ. ދުވިގޮތް އަންގައިދެނީ "ބާރަށް" މި ލަފުޒެވެ. އެހެންކަމުން ހިނގި ކަމުގެ ސިފަ އޮޅުންފިލީ "ބާރަށް" މި ލަފުޒުންނެވެ. ވިމާ ކަމަށް ސިފަލިބިދިން ލަފުޒަކީ ބާރަށް ކަމަށްވާތީ މި ލަފުޒު ވާނީ ކަންއިތުރަށެވެ.

 

ދެވަނަ މިސާލުގައި ހިނގާ ކަމަކީ ވެސް ދުވުމެވެ. އެކަން ހިނގާގޮތް އަންގައިދެނީ "ރީތިކޮށް" މި ލަފުޒެވެ. އެހެންކަމުން ހިނގާ ކަމުގެ ސިފަ އޮޅުންފިލީ "ރީތިކޮށް" މި ލަފުޒުންނެވެ. ވިމާ ކަމަށް ސިފަލިބިދިން ލަފުޒަކީ ރީތިކޮށް ކަމަށްވާތީ މި ލަފުޒު ވާނީ ކަންއިތުރަށެވެ.

 

ތިންވަނަ މިސާލުގައި ހިނގާނެ ކަމަކީ ދުވުމެވެ. ދުވާނެގޮތް އަންގައިދެނީ "ރަނގަޅަށް" މި ލަފުޒެވެ. އެހެންކަމުން ހިނގާނެ ކަމުގެ ސިފަ އޮޅުންފިލީ "ރަނގަޅަށް" މި ލަފުޒުންނެވެ. ވިމާ ކަމަށް ސިފަލިބިދިން ލަފުޒަކީ ރަނގަޅަށް ކަމަށްވާތީ މި ލަފުޒު ވާނީ ކަންއިތުރަށެވެ.

ޢާއްމުކޮށް ކަންއިތުރު (ކއ) އުފައްދަނީ ނަންއިތުރުގެ (ނއ) ފަހަތަށް "ކޮށް" ނުވަތަ "އަށް" މަހާލައިގެންނެވެ.

 

ނަންއިތުރުން ކަންއިތުރު އުފެދޭގޮތުގެ މިސާލު:

ބާރު (ނއ) + އަށް = ބާރަށް (ކއ)

ރީތި (ނއ) + ކޮށް = ރީތިކޮށް (ކއ)

ރަނގަޅު (ނއ) + އަށް = ރަނގަޅަށް (ކއ)


5-              މަސްދަރު

މަސްދަރަކީ ކަމުގެ ނަމެވެ. ކަން އުފެދުމުގެ އަސްލެވެ. މިފަދަ ނަންނަމުން ކަމުގެ މާނަ ދޭހަކޮށްދިނަސް އެއްވެސް ޒަމާނެއް ދޭހައެއް ނުވާނެވެ.

 


މިސާލު: ހިނގުން، ލިޔުން، ނިދުން، ކެއެން، އައުން، ކިޔުން، ނެށުން، ... މިއެވެ.

މި މަސްދަރަކީ، ހިނގައޭ، ލިޔާނެއޭ، ނިދަނިއޭ، ކައިފިއޭ، އާދެއޭ، ކިޔައިފިއޭ، ނަށަނީއޭ، މިކަންކަން އުފެދުމުގެ އަސްލެވެ.

 

6-               ނަންއިތުރުގެ ނަން

ނަންއިތުރުގެ ނަމަކީ (ނއނ) ނަންއިތުރުގެ (ނއ) ފަހަތަށް "ކަން" މަހާލައިގެން އުފައްދާ ނަމެކެވެ.

މިސާލު:

ރީތި (ނއ) + ކަން = ރީތިކަން (ނއނ)

ހީވާގި (ނއ) + ކަން = ހީވާގިކަން (ނއނ)

ހޫނު (ނއ) + ކަން = ހޫނުކަން (ނއނ)

ޗާލު (ނއ) + ކަން = ޗާލުކަން (ނއނ)

ފުރަތަމަ މިސާލުގައި ރީތިކަން މިއީ ނަންއިތުރުގެ ނަމެކެވެ. "ރީތިނަން" މި ލަފުޒު އުފެދިފައިވަނީ "ރީތި"  މި ނަންއިތުރުގެ ފަހަތަށް ކަން މަހާލައިގެންނެވެ.

ދެވަނަ މިސާލުގައި ހީވާގިކަން މިއީ ނަންއިތުރުގެ ނަމެކެވެ. "ހީވާގިކަން" މި ލަފުޒު އުފެދިފައިވަނީ "ހީވާގި"  މި ނަންއިތުރުގެ ފަހަތަށް ކަން މަހާލައިގެންނެވެ.

ތިންވަނަ މިސާލުގައި ހޫނުކަން މިއީ ނަންއިތުރުގެ ނަމެކެވެ. "ހޫނުކަން" މި ލަފުޒު އުފެދިފައިވަނީ "ހޫނު"  މި ނަންއިތުރުގެ ފަހަތަށް ކަން މަހާލައިގެންނެވެ.

ހަތަރުވަނަ މިސާލުގައި ޗާލުކަން މިއީ ނަންއިތުރުގެ ނަމެކެވެ. "ޗާލުކަން" މި ލަފުޒު އުފެދިފައިވަނީ "ޗާލު"  މި ނަންއިތުރުގެ ފަހަތަށް ކަން މަހާލައިގެންނެވެ.

 

7-                އިތުރު

އިތުރަކީ، ނަންއިތުރަކަށް ނުވަތަ ކަންއިތުރަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ.

މިސާލު:

ވަރަށް، ނުލާހިކު، ހާދަ، ނުހަނު، ...

ފުރަތަމަ މިސާލުގައި ދުވިގޮތް އަންގައިދެނީ "ބާރަށް" މި ލަފުޒެވެ. އެހެންކަމުން ހިނގި ކަމުގެ ސިފަ އޮޅުންފިލީ "ބާރަށް" މި ލަފުޒުންނެވެ. ވިމާ ކަމަށް ސިފަލިބިދިން ލަފުޒަކީ "ބާރަށް" ކަމަށްވާތީ މި ލަފުޒު ވާނީ ކަންއިތުރަށެވެ. "ވަރަށް" މި ލަފުޒުން ދޭހަކޮށްދެނީ ދުވިގޮތުގެ ބާރުމިނެވެ. މިތާނގައި މި ލަފުޒުގެ ދައުރަކީ ކަންއިތުރަށް އިތުރު ބަޔާނެއް ދިނުމެވެ. އެހެންކަމުން ވަރަށް މިލަފުޒަކީ އިތުރެކެވެ.

ދެވަނަ މިސާލުގައި ލަވަކީގޮތް އަންގައިދެނީ "ރީތިކޮށް" މި ލަފުޒެވެ. އެހެންކަމުން ހިނގި ކަމުގެ ސިފަ އޮޅުންފިލީ "ރީތިކޮށް" މި ލަފުޒުންނެވެ. ވިމާ ކަމަށް ސިފަލިބިދިން ލަފުޒަކީ "ރީތިކޮށް" ކަމަށްވާތީ މި ލަފުޒު ވާނީ ކަންއިތުރަށެވެ. "ނުލާހިކު" މި ލަފުޒުން ދޭހަކޮށްދެނީ ލަވިކީގޮތުގެ ރީތިކަމެވެ. މިތާނގައި މި ލަފުޒުގެ ދައުރަކީ ކަންއިތުރަށް އިތުރު ބަޔާނެއް ދިނުމެވެ. އެހެންކަމުން ނުލާހިކު މިލަފުޒަކީ އިތުރެކެވެ.

ތިންވަނަ މިސާލުގައިވާ ނަމަކީ "ޢުމަރު ސުލައިމާނު" މި ނަމެވެ. އެއީ ކޮންކަހަލަ މީހެއްކަން އަނަގައިދެނީ "ރަނގަޅު" މި ލަފުޒެވެ. އެހެންކަމުން ޢުމަރު ސުލައިމާނު ސިފަ އޮޅުންފިލީ "ރަނގަޅު" މި ލަފުޒުންނެވެ. ވީމާ ނަމަށް ސިފަލިބިން ލަފުޒަކީ "ރަނގަޅު" ކަމަށްވާތީ މި ލަފުޒު ވާނީ ނަންއިތުރަށެވެ. "ހާދަ" މި ލަފުޒުން ދޭހަކޮށްދެނީ ޢުމަރު ސުލައިމާނުގެ ރަނގަޅުކަމުގެ ދަރަޖައެކެވެ. މިތާނގައި މި ލަފުޒުގެ ދައުރަކީ ނަންއިތުރަށް އިތުރު ބަޔާނެއް ދިނުމެވެ. އެހެންކަމުން ހާދަ މި ލަފުޒަކީ އިތުރެކެވެ.

ހަތަރުވަނަ މިސާލުގައިވާ ނަމަކީ "ފޮތް" މި ނަމެވެ. އެއީ ކޮންކަހަލަ ފޮތެއްކަން އަނަގައިދެނީ "ބޭނުންތެރި" މި ލަފުޒެވެ. އެހެންކަމުން ފޮތުގެ ސިފަ އޮޅުންފިލީ "ބޭނުންތެރި" މި ލަފުޒުންނެވެ. ވީމާ ނަމަށް ސިފަލިބިން ލަފުޒަކީ "ބޭނުންތެރި" ކަމަށްވާތީ މި ލަފުޒު ވާނީ ނަންއިތުރަށެވެ. "ނުހަނު" މި ލަފުޒުން ދޭހަކޮށްދެނީ ފޮތުގެ ރަނގަޅުކަމުގެ ދަރަޖައެކެވެ. މިތާނގައި މި ލަފުޒުގެ ދައުރަކީ ނަންއިތުރަށް އިތުރު ބަޔާނެއް ދިނުމެވެ. އެހެންކަމުން ނުހަނު މި ލަފުޒަކީ އިތުރެކެވެ.

 

8-                އަކުރު

ދިވެހި ބަހުގެ "އަކުރު" މިބަސް ދެމާނެއެއްގައި ބޭނުން ކުރެއެވެ. އެއްމާނައަކީ ބަސް ލިޔުމުގައި ބޭނުންކުރާ އަކުރު ތަކެވެ. އެއީ ހ، ށ، ނ، ރ، ފަދަ އަކުރު ތަކެވެ. އަކުރުގެ އަނެއް މާނައަކީ، އެބަހެއް އެކަނި އޮންނައިރު ފުރިހަމަ މާނައެއް ދޭހަނުވާ، ނަމަވެސް އެހެން ބަސްތަކާއެކު ބޭނުން ކުރުމުން ފުރިހަމަ މާނައެއް ދޭހަވާ ކޮންމެ ބަހެކެވެ. ޖުމުލައިގައި މިބާވަތުގެ ލަފުޒުތައް އެކުލެވިގެންނުވާނަމަ ޖުމުލައިން ދޭހަކޮށްދޭން ބޭނުންވާ މާނަ ފުރިހަމެއް ނުކުރެވޭނެވެ. އެއީ މިފަދަ އަކުރުތައް މުޅި ޖުމުލައިގެ މާނައަށް ބާރުފޯރުވާތީއެވެ.

މިސާލު:

އައިޝާގެ ފަޔަށާއި ބޮލަށް ކަށިތައް ހެރުނެވެ.

މި މިސާލުގައިވާ " ގެ، އާއި، އަށް، ތައް، އެވެ"  މި އަކުރުތައް ވަކިން އޮންނައިރު މާނައެއް ދޭހަކޮށެއް ނުދެއެވެ. ނަމަވެސް މި ޖުމުލައިގައި ވާގޮތަށް އެހެން ލަފުޒުތަކަކާއެކު ބޭނުނުންކުރުމުން މިއިން ކޮންމެ އަކުރަކުންވެސް ފުރިހަމަ މާނައެއް ދޭހަކޮށްދެއެވެ.

 

އަހަރެން ދަނޑަށް ދަނީއެވެ.

މި މިސާލުގައިވާ "އަށް، އެވެ"  މި އަކުރުތައް ވަކިން އޮންނައިރު މާނައެއް ދޭހަކޮށެއް ނުދެއެވެ. ނަމަވެސް މި ޖުމުލައިގައި ވާގޮތަށް އެހެން ލަފުޒުތަކަކާއެކު ބޭނުނުންކުރުމުން މިއިން ކޮންމެ އަކުރަކުންވެސް ފުރިހަމަ މާނައެއް ދޭހަކޮށްދެއެވެ.

 

ގަމުން ހަތެއް ޖަހާއިރު އާދެވުނު ނަމަވެސް، ބައިސްކަލެއް ނުލިބޭނެއެވެ.

މި މިސާލުގައިވާ " ނަމަވެސް، އެއް، އެވެ"  މި އަކުރުތައް ވަކިން އޮންނައިރު މާނައެއް ދޭހަކޮށެއް ނުދެއެވެ. ނަމަވެސް މި ޖުމުލައިގައި ވާގޮތަށް އެހެން ލަފުޒުތަކަކާއެކު ބޭނުނުންކުރުމުން މިއިން ކޮންމެ އަކުރަކުންވެސް ފުރިހަމަ މާނައެއް ދޭހަކޮށްދެއެވެ.


އަކުރުގެ ބައެއް މިސާލު:

އަށް، އިން، އަދި، ގެ، ނަމަވެސް، އެވެ، ދެން، ހަމަ، ވީމާ، އެކަމަކު، ފަދަ، ބަސްތައް ހިމެނެއެވެ.

 

  

No comments: