ލިޔެ
ތައްޔާރުކުރީ: ޒީނަތު ލަބީބު
ސިޓީގެ އޮނިގަނޑުގެ މަތީބައި:
ü
ބިސްމި ނުބައި ކުރެވޭ ސަބަބު:
D ބިސްމީގެ އަކުރުތަކުގެ
ތެރެއިން ނުކުތާ އޮންނަ އަކުރުތަކުގައި ނުކުތާ ލިޔެފައި ނުވުން.
D
D
D މި ކަލިމަ ލިޔާއިރު " يــ" އާއި " م " ގެ ފަހަތަށް އިތުރު ތުނޑެއް ލިޔެވުން. (حيـىم)
D ބިސްމީގެ އަކުރުތަކުގައި
ފިލިޖަހާއިރު ބައެއް އަކުރުތަކުގައި ފިލިޖެހުން.
ü
އެޑުރެސް ނުބައި ކުރެވޭ ސަބަބު:
D ސިޓީގެ އޮނިގަނޑުގެ
މަތީ ބައިގައި އޮންނަ އެޑުރެހަކީ ސިޓީ ލިޔާ ފަރާތުގެ އެޑުރެހަށް ނުވުން.
D ސިޓީގެ އެޑުރެހާއި ބިސްމިއާއި
ދެމެދަށް ހުސްފޮޅުވަތެއް ދޫކުރުން.
D ސިޓީ ލިޔާ ފަރާތުގެ
އެޑުރެހުގެ ފަހަތަށް ކޮމާ (،) ޖެހުން. (ރަނގަޅު
ގޮތް: ސުވާސާވާދީ )
D ބައެއް
ހާލަތްތަކުގައި ލިޔާ ސިޓީގެ ބާވަތް ނޭނގުމުގެ ސަބަބުން ނުވަތަ އޮޅުމުގެ ސަބަބުން
ބިސްމިއާއި އެޑުރެހާއި ދެމެދަށް ނިޝާން ލިޔެފައިވުން.
D ރަށުގެ ނަމުގެ
ފަހަތަށް ކޮމާ (ސ. ހިތަދޫ) ނުޖެހުން. (ރަނގަޅު ގޮތް: ސ. ހިތަދޫ،)
D ސިޓީ ނޯޓުގައި
އައްޑޫ ސިޓީ ސަނދުބަރަކާގެ ލިޔެފައި ވަނިކޮށް ޖަވާބުދޭ ސިޓީގައި ސ. ހިތަދޫ / ސ.
ފޭދު / ... ލިޔެފައިވުން. (ރަނގަޅު ގޮތް: އައްޑޫ ސިޓީ،)
D ދިވެހިރާއްޖެ
ލިޔުމުގައި ދެ ލަފުޒެއް ގޮތަށް (ދިވެހި ރާއްޖެ) ލިޔުން. (ރަނގަޅު ގޮތް:
ދިވެހިރާއްޖެ.)
D ދިވެހިރާއްޖެ ލިޔެ
ނިންމާފައި ފުލުސްޓޮޕް ނުޖެހުން. (ރަނގަޅު ގޮތް: ދިވެހިރާއްޖެ.)
D ހުސް ފޮޅުވަތެއް
ނުވަތަ ދެ ފޮޅުވަތް ދޫ ނުކުރުން.
D ބައެއް ދަރިވަރުން
ލިޔާ ސިޓީގެ ބާވަތް އޮޅުވާލެވޭ ހާލަތްތަކުގައި ދިވެހިރާއްޖެ ލިޔެފައިވާ ފޮޅުވަތުގެ
ވާތްފަރާތުގައި "ނަންބަރު" ލިޔުމުން އެޑުރެސް ކުރުމަށް ލިބެންވާ
ފުރިހަމަ މާކުސް ނުދެވޭ.
ü
ޚިޠާބުކުރުން ނުބައި ކުރެވޭ ސަބަބު:
D
ޚިޠާބުކުރުމުގައި ނަމުގެ ބައި 2 ފެށުމެއް ގޮތަށް ފަށާފައިވުން.
މިސާލު:
·
ޞަލާޙުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ
ޝީލާ މޫސާއަށް
D
ޚިޠާބުކުރުމުގައި ތަރުތީބު އޮޅުވައިލުން.
·
އަމިއްލަ ސިޓީ (ސިޓީ ލިޔާ މީހާއާއި ސިޓީ ލިބޭ ފަރާތާ އޮންނަ ގުޅުން
ރަމްޒުކޮށްދޭ ލަފުޒު + ނަން + އަށް)
v
ލޯބިވާ މަންމައަށް / އެކުވެރި ސަނާއަށް / ހެޔޮއެދޭ ޒާހިދާ ދައްތައަށް / ...
·
އަމިއްލަ ރަސްމީ ސިޓީއެއް ނަމަ ( އޮފީސް / މުއައްސަސާގެ ނަން + މަޤާމު +
ލަޤަބު + ފުރިހަމަ ނަން + އަށް )
v ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ އަލްފާޟިލް އާދަމް އަބޫބަކުރަށް / ޞަލާޙުއްދީން ސްކޫލުގެ ޕުރިންސިޕަލް އަލްފާޟިލާ އާއިޝާ ޝާޒްލީނަށް / ...
ü
ސަލާމުގެ ބައި ނުބައި ކުރެވޭ ސަބަބު:
D
ސަލާމް ލިޔުމުގައި ދަރަޖަ އޮޅުވާލުން ( ވެދުން ސަލާމަށްފަހު ލިޔަމެވެ.
/ ވެދުން ސަލާމަށްފަހު ފަށަމެވެ. )
D
ސިޓީ ލިޔާ ބާވަތާ މުނާސަބު ސަލާމެއް ނުގެނެވުން.
·
އަމިއްލަ އަމިއްލަ ސިޓީއެއް ނަމަ ސަލާމުގެ ބައި ލިޔާނީ: (ހެޔޮ ދުއާ
ސަލާމަށްފަހު ލިޔަމެވެ. / ސަލާމަށްފަހު ލިޔަމެވެ. / ލޯތްބާއެކު ލިޔަމެވެ. ...)
·
އަމިއްލަ އަމިއްލަ ސިޓީއެއް ފިޔަވައި، އެހެން ކޮންމެ ސިޓީއެއްގައި ސަލާމުގެ
ބައި ލިޔާނީ: (ވެދުން ސަލާމަށްފަހު ދަންނަވަމެވެ.) މިނޫން އިބާރާތެއް ލިޔެގެން
މާކުސް ނުލިބޭނެއެވެ.
ü
ޙާލު އޮޅުންފިލުވުން ނުބައި ކުރެވޭ ސަބަބު:
D
އަމިއްލަ އަމިއްލަ ސިޓީގައި ސަލާމުގެ ބަޔަށްފަހު ގުޅުވައި އެ ފޮޅުވަތުގައި
ޙާލު އޮޅުން ފިލުވުމަށް ލިޔުން.
D
ޙާލު އޮޅުންފިލުވުމުގައި ތަރުތީބު ގެއްލުން. (ފުރަތަމަ ބުނެދޭނީ ސިޓީ ލިޔާ
ފަރާތުގެ ޙާލު ހުރި ގޮތެވެ. އެއަށްފަހު ސިޓީ ލިބެންވާ މީހާގެ ޙާލު
އޮޅުންފިިލުވުމަށް ސުވާލު ކުރާށެވެ. ނުވަތަ ޙާލު ރަނގަޅުވާނެ ކަމަށް އުންމީދު
ކުރާށެވެ.
D
އަމިއްލަ ރަސްމީ ސިޓީގައި ޙާލުގެ ބައި ލިޔެފައިވުން.
ސިޓީގެ އޮނިގަނޑުގެ ތިރީބައި:
ü
އިޙްތިރާމުގެ ބަސް ނުބައި ކުރެވޭ ސަބަބު:
D
އިޙްތިރާމުގެ ބަސް ލިޔުމުގައި ދަރަޖަ އޮޅުވާލުން ( އިޙްތިރާމް ގަބޫލުކުރުން
އެދެމެވެ. / އިޙްތިރާމް ގަބޫލުކުރަމެވެ.)
D
ސިޓީ ލިޔާ ބާވަތާ މުނާސަބު އިޙްތިރާމުގެ ބަހެއް ނުގެނެވުން.
·
އަމިއްލަ އަމިއްލަ ސިޓީއެއް ނަމަ ސަލާމުގެ ބައި ލިޔާނީ: (ޝުކުރިއްޔާ / ލޯތްބާއެކު
ޝުކުރިއްޔާ)
·
އަމިއްލަ އަމިއްލަ ސިޓީއެއް ފިޔަވައި، އެހެން ކޮންމެ ސިޓީއެއްގައި ސަލާމުގެ
ބައި ލިޔާނީ: (އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.) މިނޫން އިބާރާތެއް ލިޔެގެން
މާކުސް ނުލިބޭނެއެވެ.
D
އިޙްތިރާމުގެ ބަސް ނުގެނެސް ތާރީޚު ލިޔެފައި ވުން.
ü
ތާރީޚު ނުބައި ކުރެވޭ ސަބަބު:
D
ދެ ތާރީޚު އިސްފަސްކޮށްފައިވުން. (ފުރަތަމަ މީލާދީ ތާރީޚު ލިޔެފައިވުން)
މިސާލު:
15 ޖޫން 2026
30 ޛުލްޙިއްޖާ
1447
D
ދެ ތާރީޚު ލިޔާނަމަ އަބަދު ވެސް އެންމެ ފުރަތަމަ ލިޔާނީ ހިޖުރީ ތާރީޚު.
މިސާލު:
30 ޛުލްޙިއްޖާ 1447
15 ޖޫން 2026
D
ހިޖުރީ ތާރީޚު ލިޔުމުގައި އަރަބިން ލިޔާހެން ނަންބަރު ލިޔެފައިވުމާއި ޢަރަބި
ބަހުން މައްސަރުގެ ނަން ލިޔެފައިވުން.
މިސާލު:
٣٠ ذوالحجة ١٤٤٧
ü
ޚިދުމަތުގެ ލަފުޒު ނުބައި ކުރެވޭ ސަބަބު:
D
ސިޓީ ލިޔާ މީހާގެ ޖިންސާ ނުގުޅޭ ޚިދުމަތުގެ ލަފުޒެއް ލިޔުން.
މިސާލު:
·
ފިރިހެނަކު ލިޔާ ސިޓީއެއް ގައި: "ޚާދިމަތުކުމް" ލިޔުން.
·
އަންހެނަކު ލިޔާ ސިޓީގައި: "ޚާދިމުކުމް" ލިޔުން.
·
އިޙްތިރާމުގެ ލަފުޒު ލިޔަންޖެހޭ ތަން އޮޅިފައިވުން.
ü
ސޮއި ނުބައި ކުރެވޭ ސަބަބު:
D
·
މިސާލު:
D
ސޮއި ކުރާއިރު ގައުސުގެ (ބުރެކެޓުގެ) ތެރޭގައި ނުކުރުން
·
މިސާލު: ސޮއި
D
·
މިސާލު: ( )
D
ސޮއި ލިޔަންޖެހޭ ތަން އޮޅިފައިވުން.
ü
ލިޔާ މީހާގެ ނަން ނުބައި ކުރެވޭ ސަބަބު:
D
ނަން ލިޔުމުގެ ބަދަލުގައި އިޙްތިރާމުގެ ލަފުޒެއް ލިޔެފައިވުން.
D
އަމިއްލަ ސިޓީ ފިޔަވައި ދެން ހުންނަ ސިޓީތަކުގައި ފުރިހަމަ ނަން ނުލިޔުން.
D
ސިޓީ ލިޔުނު މީހާގެ ނަން ލިޔަންޖެހޭ ތަން އޮޅިފައިވުން.
ü
ސިޓީ ލިބެންވާ އެޑުރެސް ނުބައި ކުރެވޭ ސަބަބު:
D
ސިޓީގެ އޮނިގަނޑުގެ ތިރީ ބައިގައި އޮންނަ އެޑުރެހަކީ ސިޓީ ލިބެންވާ ފަރާތުގެ
އެޑުރެހަށް ނުވުން.
D
ސިޓީ ލިޔާ ފަރާތުގެ އެޑުރެހުގެ ފަހަތަށް ކޮމާ (،) ޖެހުން.
D
ސިޓީ ލިބެންވާ އެޑުރެހުގެ
ކުރިއަށް ރަށުގެ ނަން ގެނައުން. (މިސާލު: އައްޑޫ ސިޓީގެ ކައުންސިލް އިދާރާ)
D
ރަށުގެ ނަމުގެ ފަހަތަށް ކޮމާ (ސ. ހިތަދޫ) ނުގެނެވުން. (ރަނގަޅު ގޮތް: ސ.
ހިތަދޫ،)
D
ސިޓީ ނޯޓުގައި ސިޓީ ލިބެންވީ ފަރާތުގެ ރަށުގެ ނަމަކަށް އައްޑޫ ސިޓީ ސުތުލިގެ
ލިޔެފައި ވަނިކޮށް، ސިޓީގައި ސ. ހިތަދޫ / ސ. ފޭދު / ... ލިޔެފައިވުން. (ރަނގަޅު
ގޮތް: އައްޑޫ ސިޓީ،)
D
ދިވެހިރާއްޖެ ލިޔުމުގައި ދެ ލަފުޒެއް ގޮތަށް (ދިވެހި ރާއްޖެ) ލިޔުން.
(ރަނގަޅު ގޮތް: ދިވެހިރާއްޖެ.)
D
ދިވެހިރާއްޖެ ލިޔެ ނިންމާފައި ފުލުސްޓޮޕް ނުޖެހުން. (ރަނގަޅު ގޮތް:
ދިވެހިރާއްޖެ.)
D
ރަށުގެ ނަމާއި ގައުމުގެ
ނަން އެއް ފޮޅުވަތެއްގައި ލިޔެފައިވުން.
D
އިޙްތިރާމުގެ ބަހުން
ފެށިގެން ލިޔަންޖެހޭ ތަރުތީބުން ލިޔެވިފައި ނެތުން.
D
އިޙްތިރާމުގެ ބައިން
ފެށިގެން ސިޓީ ލިބެންވާ އެޑުރެސް ނިމެންދެން އެއް ޞަފުޙާއެއްގައި ލިޔެވިފައި
ނުވުން.
بسم
الله الرّحمن الرّحيم
ބިންބިވިލާ
ކ. މާލެ،
ދިވެހިރާއްޖެ.
____________________________________________________________
ލޯބިވާ މަންމައަށް
ހެޔޮ ދުޢާ ސަލާމަށްފަހު ލިޔަމެވެ.
އަހަރެންގެ ޙާލު ރަނގަޅެވެ. ހަމައެފަދައިން މަންމަގެ ޙާލު ރަނގަޅުވާނޭ ކަމަށް
އުންމީދުކުރަމެވެ.
މަންމާއެވެ. މިފަހަރުގެ އިމްތިހާނުގެ ނަތީޖާ މިވަނީ ލިބިފައެވެ. އަހަރެން
ވަނީ މަންމަ އުންމީދުކުރި ފަދަ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. އެގޮތުން ހުރިހާ
މާއްދާއަކުން އޭ ސްޓަރ ލިބުމުގެ އިތުރުން އިސްލާމާއި ދިވެހި، މި ދެމާއްދާއިން
އެންމެ މަތިން މާކުސް ލިބިފައި ވަނީ މަންމަގެ މި ލޯބި ދަރިފުޅަށެވެ.
އަހަރެންނަށް މި ލިބުނު ކާމިޔާބީގެ އަސްލަކީ މަންމަގެ ހެޔޮ ދުޢާއާއި މަންމަގެ
ނަޞޭޙަތެވެ. މަންމަގެ ފަރާތުން އަހަރެން އަދިވެސް ބޭނުންވަނީ ދުޢާއެވެ.
މަންމާއެވެ. މިފަހަކަށް އައިސް އަހަރެންނަށް ޤުރުއާން ޙިފުޡުކޮށް ކިޔައިދިނުމުގައި
އުނދަގޫތަކެއް ދިމާވެއެވެ. މިކަމުން އަރައިގަތުމަށް ދުޢާ ކުރުމުގެ އިތުރުން
ހެނދުނާއި ހަވީރުގެ ޛިކުރު ކިޔަން ވެސް އަހަރެން ވަނީ ފަށާފައެވެ.
އަހަރެން އެދެނީ، އަހަންނަށް ދިމާވެފައި މިވާ ތަކުލީފުން އަރައިގަތުމަށް
މަންމަގެ ދުޢާއެވެ. އަހަރީ ޗުއްޓީގައި މަންމައާ ބައްދަލުވުމުގެ އުންމީދުގައި
ވަކިވެލާނަމެވެ.
ޝުކުރިއްޔާ
15 ޖޫން 2026
ލޯބިވާ ދަރިފުޅު
(ސޮއި)
އަލްމާސް މޫސާ
ދޫނިގަން
ސ. ހަޖަރު،
ދިވެހިރާއްޖެ.
بسم
الله الرّحمن الرّحيم
ބިންބިވިލާ
އައްޑޫ ސިޓީ،
ދިވެހިރާއްޖެ.
___________________________________________________________
ދޮންދޫނި އިންޓަރނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ އުއްމު ކުލްޘޫމް
ބިން ޢަބްދުއްޞަމަދަށް
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
އަޅުގަނޑަކީ މާލެ ސިޓީގެ އިތުރުން ކުޅުދުށްފުށީ ސިޓީގައި "ދަ ބުކް ހައުސް" ގެ ނަމުގައި އަމިއްލަ ލައިބުރަރީއެއް ހިންގާ މީހަކީމެވެ. މި މަސައްކަތް އިތުރު
ހަރުފަތަކަށް ގެންދިއުމުގެ ގޮތުން، އިތުރު ދެ ލައިބުރަރީއެއް އެޅުމަށް އަޅުގަނޑު
ވަނީ ނިންމާފައެވެ. މީގެތެރެއިން އެއް ލައިބުރަރީ އެޅުމަށް އަޅުގަނޑު ބޭނުންވަނީ
އަޅުގަނޑުގެ އުފަން ރަށް ކަމަށްވާ އައްޑޫ ސިޓީގައެވެ.
ލައިބުރަރީއަކީ، އޭގެ ޒާތުގައި ކޮންމެ ސިޓީއެއްގައި ވެސް ހުންނަންޖެހޭ
ތަނެކެވެ. ފޮތްކިޔުމުގެ އާދަ ނެތިގޮސްދާނެކަމުގެ ބިރު ހީވެފައިވާ މި ޒަމާނުގައި،
ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ ލައިބުރަރީއެއް ސިޓީގައި އެޅިއްޖެނަމަ، އެ
ތަން ވެގެންދާނީ ހަމަހިމޭން މާހައުލެއްގައި ތިބެގެން ފޮތް ކިޔަން ބޭނުންވާ
މީހުންނަށް ލިބިގެންދާނެ ފަހި ފުރުޞަތަކަށެވެ. މީގެއިތުރުން އެތަން ވެގެންދާނީ
މުނިފޫހި ފިލުވުމަށާއި ތަފާތު ދިރާސާކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު މަޢުލޫމާތު
އެއްކުރެވޭނެ ވަޞީލަތަކަށެވެ.
މި ލައިބުރަރީ ފަރުމާކުރެވިގެންދާނީ އެކަނި އިނދެގެން ފޮތް ކިޔަން ބޭނުންވާ ފަރާތްތަކަށް
ޚާއްޞަކުރެވިފައިވާ "މިނީ 50 ރޫމް" އާއި، ގުރޫޕުކޮށް ދިރާސާކުރަން
ބޭނުންވާ ފަރާތްތަކަށް އެކަންކުރުމަށް މަގުފަހިކުރެވޭ ގޮތަށް ތައްޔާރުކުރެވިފައިވާ
"ސްމާޓު 50 ރޫމް" ހިމެނޭ ގޮތަށެވެ. މީގެއިތުރުން 'އޯޕަން އެއަރ"
ގައި ފޮތް ކިޔަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވިފައިވާ "ބުކް ޕާކު"
ގެ ދެ ޕާކު ހިމެނޭ ގޮތަށެވެ. ހަމަމިއާއެކު ފަތާފެންގަޑުގައި ތިބެގެން ފޮތް ކިޔަން
އެދޭ ފަރާތްތަކަށް އެކަން ފަހިކޮށްދިނުމުގެ ގޮތުން ފަރުމާކުރެވިފައިވާ "ބުކް
ޕޫލް" ގެ 2 ޕޫލް ވެސް ހިމެނޭގޮތަށެވެ.
އަޅުގަނޑު މިހާރު ހިންގަމުންގެންދާ ދެ ލައިބުރަރީއަކީ ވެސް އެ ދެ ސިޓީގެ
އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން ވަރަށް ގިނަ ޙަރަކާތްތަކެއް
ހިންގަމުންދާ ދެތަނެވެ. މިއާއެކު މި ލައިބުރަރީއަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ
އިޖުތިމާޢީ ގުޅުން ބަދަހިކޮށް، ބައިބައިވުން ނައްތާލަން މަސައްކަތްކުރާނެ
ތަނެކެވެ. އެގޮތުން ރަށު ފެންވަރުގައްޔާއި ސިޓީ ފެންވަރުގައި ކިޔުންތެރިކަމުގެ
ތަފާތު ޙަރަކާތްތައް ހިންގުމަށާއި، މި ޙަރަކާތްތައް ރާވައި ހިންގާނެ ފަންނުވެރި
އަދަބީ މުއައްޡަފުން ވެސް ވަނީ ތަމްރީނުކުރެވިފައެވެ.
ވީމާ، ތިޔަ ސިޓީގައި ލައިބުރަރީއެއް އެޅުމަށް ބޭނުންވާ 10000 އަކަފޫޓުގެ
ބިމެއް، އައްޑޫ ސިޓީގެ ހިތަދޫ އަވަށުން ލިބޭނެގޮތް ހައްދަވައިދެއްވުން އެދެމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
30 ޛުލްޙިއްޖާ 1447
15 ޖޫން 2026
ޚާދިމަތުކުމް
(ސޮއި)
އަލްމާސް މޫސާ
ކައުންސިލް އިދާރާ
އައްޑޫ ސިޓީ،
ދިވެހިރާއްޖެ.