ތަގުރީރު: އެއްމެ ހިތްހެވީ މަންމައާއި ބައްޕަ

 بسم الله الرحمن الر حيم

ﷲ އަށް ޙަމްދުކުރަން، ރަސޫލާއަށް ޞަލަވާތް ކިޔަވަން، އަދި މި ޞަލަވާތުގައި އެންމެހާ ޞަޙާބީން ޝާމިލުކުރަން، 
އިންސާފުވެރި ފަނޑިޔާރުން، ހަންހާރަވެތި މައިންބަފައިން، ލޮބުވެތި ޓީޕޗަރުން، އެކުވެރި ކިޔަވާކުދިން، السلام عليكم ورحمة الله وبركاته
އެއްމެ ހިތްހެވީ މަގޭ މަންމައާއި ބައްޕަ އޭ 
  އެއްމެ ގާތުގައިވަނީ މަގޭ މަންމައާއި ބައްޕައޭ
އާދެ މިއަދު އަޅުގަނޑު ވާހަކަދައްކަން ހަމަޖެހިފައިވާ މައުޟޫޢަކީ "އެއްމެ ހިތްހެވީ މަންމައާއި ބައްޕަ" މި މައުޟޫއު. 
އަޅުގަނޑު ހެނދުނު ހޭލާއިރަށް މަންމަ ވަރަށް މީރުކޮށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައި ހުރޭ.  އަދި އަޅުގަނޑު ގޮވައިގެން ކޮންމެ ހުކުރު ދުވަހަކު ސައިކަލު ދުއްވަން މަންމަ ދުރުވޭ. އަދި އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ވަރަށް ރީތި ހެދުމާއި ފައިވާނާއި ބޫޓާއި ގަނެދެއްވާ. ތިޔަ ކުދިންނަށް އެނގޭތަ. އަޅުގަނޑުގެ މަންމައާއި ބައްޕަ އަޅުގަނޑަށް އެންމެ މީރު މޭވާ ވަރަށް ގިނައިން ހޯއްދަވާ ދެއްވާ. ތިޔަ ކުދިންނަށް ހީވަނީ އެއީ ކޯއްޗެއްހެން؟ އާދެ! އެއީ ސްޓޯބެރީ. އެހެންވެ އަޅުގަނޑު ވަރަށް އުފާވޭ.
މަންމައާއި ބައްޕަ އަޅުގަނޑު ބަލިވެއްޖެ ނަމަ ވަރަށް ދެރަވާނެ. ދެރަވާވަރުން ނިދާކަށް ހަދާނެއް ވެސް ނުހުރޭ. އަދި ޑޮކްޓަރަށް ގޮވައިގެން ދާނެ. އަޅުގަނޑުގެ ގައިގައި ފެންފޮތި އަޅާނެ. ހުން ފިނި ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާނެ. ހުން ރަނގަޅު ވެދާނެހެން ހީވާ ހުރިހާ ކަމެއް ކުރައްވާނެ. 
އަޅުގަނޑު މޮޅު ކުއްޖަކަށް ހެދުމަށްޓަކައި ސްކޫލަށް ގެންގޮސް ދެނީ ވެސް އަޅުގަނޑުގެ މަންމައާއި ބައްޕަ. އަޅުގަނޑުގެ ހޯމްވޯކް ހެދުމަށް އެހީތެރިކަން ދެއްވަނީ ވެސް މަންމައާއި ބައްޕަ. އަޅުގަނޑު ޤުރުއާން ކުލާހުން ނިމެންވާ އިރަށް ސައިކަލުގަ އަޅުގަނޑު ހޯދަން ގޮސް މަންމަ ހުންނަވާނެ. އަދި ގޭގައި ޤުރުއާން ފިލާވަޅު ކިޔުމަށް އެހީތެރިވެދީ ދަސްކޮށްދެއްވަނީ ވެސް މަންމައާއި ބައްޕަ. 
އެހެންކަމުން އަޅުގަނޑު މަންމައާއި ބައްޕަދެކެ ވަރަށް ބޮޑަށް ލޯބިވޭ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑަށް އެއްމެ ހިތްހެޔޮ މަންމައާއި ބައްޕާއާއެކު ސުވަރުގޭގައި ދިރިއުޅުމުގެ ނަސީބު މިންވަރުކުރެއްވުން.
والسلام عليكم ورحمة الله وبركاته 

No comments: