Friday, January 13, 2023

ދުޢާ - 5 (މާނައާއެކު ދަސްކޮށްލަމާ!)

 

ދުޢާ 5



رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ

އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ.

رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ! إِنَّنَا ހަމަކަށަވަރުން އަޅަމެން، آمَنَّا އަޅަމެން إيمان ވެއްޖައީމުއެވެ. فَاغْفِرْ لَنَا  ފަހެ، އަޅަމެންނަށް ފުއްސަވާނދޭވެ! ذُنُوبَنَا އަޅަމެންގެ ފާފަތައް، وَقِنَا އަދި،

އަޅަމެން ދިންނަވާނދޭވެ. عَذَابَ النَّارِ ނަރަކައިގެ عذاب ން

رَبَّنَا إِنَّنَا آمَنَّا  އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން إيمان ވެއްޖައީމުއެވެ.

فَاغْفِرْ لَنَا ذُنُوبَنَا ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ!

وَقِنَا عَذَابَ النَّارِ އަދި، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ.

ދުޢާ - 4 (މާނައާއެކު ދަސްކޮށްލަމާ!)

ދުޢާ 4

 

رَبَّنا ظَلَمنا أَنفُسَنا وَإِن لَم تَغفِر لَنا وَتَرحَمنا لَنَكونَنَّ مِنَ الخٰسِرينَ

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.

رَبَّنا އަޅަމެންގެ ވެރިރަސްކަލާކޮ! ظَلَمنا އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. أَنفُسَنا އަޅަމެންގެ އަމިއްލަ نفس ތަކަށް وَإِن لَم تَغفِر لَنا އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، وَتَرحَمنا އަދި رحمة ނުލައްވައިފިނަމަ، لَنَكونَنَّ އަޅަމެންވާހުށީ، مِنَ الخٰسِرينَ  ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.

رَبَّنا ظَلَمنا أَنفُسَنا އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ.

وَإِن لَم تَغفِر لَنا  އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ،

وَتَرحَمنا لَنَكونَنَّ مِنَ الخٰسِرينَ އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.


ދުޢާ - 3 (މާނައާއެކު ދަސްކޮށްލަމާ!)

 

ދުޢާ - 3




رَبِّ اجْعَلْنِي مُقِيمَ الصَّلاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ

އަޅުގެ ވެރިއިލާހު! އަޅާއީ، ނަމާދު ޤާއިމް ކޮށްއުޅޭ މީހެއް ކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިފަސްކޮޅުން ވެސްްމެއެވެ. އަޅަމެންގެ ވެރިއިލާހު! އަދި އަޅުގެ ދުޢާ ޤަބޫލުކުރައްވާނދޭވެ!

رَبِّ އަޅުގެ ވެރިއިލާހު!  اجْعَلْنِي މި އަޅާ ލައްވާނދޭވެ! مُقِيمَ الصَّلاةِ ނަމާދު ޤާއިމް ކޮށްއުޅޭ وَمِنْ ذُرِّيَّتِي އަދި އަޅާގެ ދަރިފަސްކޮޅުން ވެސްްމެއެވެ. رَبَّنَا އަޅަމެންގެ ވެރިއިލާހު! وَتَقَبَّلْ دُعَاءِ އަދި އަޅުގެ ދުޢާ ޤަބޫލުކުރައްވާނދޭވެ!

اجْعَلْنِي مُقِيمَ الصَّلاةِ އަޅާއީ، ނަމާދު ޤާއިމް ކޮށްއުޅޭ މީހެއް ކަމުގައި ލައްވާނދޭވެ!

وَمِنْ ذُرِّيَّتِي އަދި އަޅާގެ ދަރިފަސްކޮޅުން ވެސްްމެއެވެ.

رَبَّنَا وَتَقَبَّلْ دُعَاءِ އަޅަމެންގެ ވެރިއިލާހު! އަދި އަޅުގެ ދުޢާ ޤަބޫލުކުރައްވާނދޭވެ!


ދުޢާ - 2 (މާނައާއެކު ދަސްކޮށްލަމާ!)

 

ދުޢާ 2

 

اَللَّهُمَّ اغْفِرْ لِيْ ذَنْبِيْ كُلَّهُ, دِقَّهُ وَجِلَّهُ, وَأَوَّلَهُ وَآخِرَهُ وَعَلاَنِيَتَهُ وَسِرَّهُ


އޭ ހައްދަވައި ބޮޑކުރެއްވި އިލާހު! މިއަޅާގެ ހުރިހައި ފާފަތަކެއް ފުއްސަވާނދޭވެ! އޭގެތެރެއިން ކުދިފާފަތަކާއި ބޮޑެތި ފާފަތަކެވެ. އަދި ފުރަތަމަ ފާފައާއި އެންމެ ފަހުގެ ފާފައެވެ. ފާޅުވެގެންވާ ފާފައާއި ސިއްރުވެ ވަންހަނާ ވެގެންވާ ފާފައެވެ.

اَللَّهُمَّ އޭ ހައްދަވައި ބޮޑކުރެއްވި އިލާހު!  اغْفِرْ ފުއްސަވާނދޭވެ! لِيْ މިއަޅާއަށް ذَنْبِيْ މިއަޅާގެ ފާފަތައް كُلَّهُ ހުރިހައި دِقَّهُ އޭގެތެރެއިން ކުދިފާފަތަކާއި وَجِلَّهُ އަދި އޭގެތެރެއިން ބޮޑެތި ފާފަތަކެވެ. وَأَوَّلَهُ އަދި ފުރަތަމަ ފާފައާއި وَآخِرَهُ އަދި އެންމެ ފަހުގެ ފާފައެވެ. وَعَلاَنِيَتَهُ އަދި ފާޅުވެގެންވާ ފާފައާއި وَسِرَّهُ އަދި ސިއްރުވެ ވަންހަނާ ވެގެންވާ ފާފައެވެ.

اغْفِرْ لِيْ ذَنْبِيْ كُلَّهُ މިއަޅާގެ ހުރިހައި ފާފަތަކެއް ފުއްސަވާނދޭވެ!

دِقَّهُ وَجِلَّهُ އޭގެތެރެއިން ކުދިފާފަތަކާއި ބޮޑެތި ފާފަތަކެވެ.

وَأَوَّلَهُ وَآخِرَهُ އަދި ފުރަތަމަ ފާފައާއި އެންމެ ފަހުގެ ފާފައެވެ.

وَآخِرَهُ وَعَلاَنِيَتَهُ وَسِرَّهُ ފާޅުވެގެންވާ ފާފައާއި ސިއްރުވެ ވަންހަނާ ވެގެންވާ ފާފައެވެ.

ދުޢާ - 1 ( މާނައާއެކު ދަސްކޮށްލަމާ! )

ދުޢާ - 1


رَبَّنَا آتِنَا فِي الدُّنَيَاحَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّار

އަޅަމެންގެވެރި އިލާހު! އަޅަމެންނަށް ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން ދެއްވާނދޭވެ! އަދި އަޅަމެން ނަރަކައިގެ ޢަޛާބުން ދިންނަވާދޭނވެ!

رَبَّنَا  އަޅަމެންގެވެރި އިލާހު! آتِنَا އަޅަމެންނަށް ދެއްވާނދޭވެ! فِي الدُّنَيَا ދުނިޔޭގައި حَسَنَةً ހެޔޮކަން وَفِي الآخِرَةِ އަދި އާޚިރަތުގައި ވެސް حَسَنَةً ހެޔޮކަން وَقِنَا އަދި އަޅަމެން ދިންނަވާދޭނވެ! عَذَابَ ޢަޛާބުން النَّار ނަރަކައިގެ

فِي الدُّنَيَاحَسَنَةً ދުނިޔޭގައި ހެޔޮކަން

وَفِي الآخِرَةِ حَسَنَةً އަދި އާޚިރަތުގައި ހެޔޮކަން

عَذَابَ النَّار ނަރަކައިގެ ޢަޛާބު