بسم الله الرحمن الرحيم
މ. ދާރުލްޤަރާރު
ކ. މާލެ
އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ
މަޖިލީހުގެ ރައީސު ފަޟީލަތުލް އުސްތާޛު އައްޝައިޚު މުޙައްމަދު ރަޝީދު އިބްރާހީމަށް
ވެދުން ސަލާމަށްފަހު
ދަންނަވަމެވެ.
މަނިކުފާނުގެ
އޮފީހުގެ ނަންބަރ 28/2000/12 އިޢްލާނާ ހަވާލާދީ ދަންނަވަމެވެ.
އަޅުގަނޑު
ވާނީ 1999 ވަނަ އަހަރު އެސް.އެސް.ސީ އިމްތިހާނާއި 2000 ވަނަ އަހަރުގެ ކަންޑަން ޖީ.ސީ.އީ
(އޯލެވެލް) އިމްތިހާނު ނިންމާފައެވެ. ޖީ.ސީ.އީ އިމްތިހާނުގައި އިނގިރޭސި، ކޮމާސް،
އެކައުންޓިންގ އިން ފާސްވެ އެސް.އެސް.ސީ އިމްތިހާނުގައި ދިވެއްސާއި އިސްލާމުން ބީ
ރިޕޯޓު ލިބިފައެވެ.
ވީމާ، އެ އިއުލާނުގައިވާ ވަޒީފާ
ތަކުގެ ތެރެއިން ސެކްރެޓަރީ ކަމުގެ ވަޒީފާ އަޅުގަނޑަށް ލިބޭނެގޮތް ހަމަޖައްސަވައި
ދެއްވުން އެދެމެވެ.
އިޙްތިރާމް ޤަބޫލު ކުރެއްވުން
އެދެމެވެ.
6 ނޮވެންބަރ 2000
ޚާދިމަތުކުމް
(ސޮއި)
ޝިފްނާ ޢަބްދުﷲ
އިސްލާމީ
ކަންތައްތަކާބެހޭ އެންމެމަތީ މަޖިލިސް
މާލެ / ދިވެހިރާއްޖެ
No comments:
Post a Comment