Featured Post

Ombey

ގުރޭޑު 1 ގައި ކިޔަވަމުންދާ ދަރިވަރުންނަށް އެހީއެއް (ޢަޤީދާ - ޔުނިޓު 1)

ސުވާލުތަކާއި ޖަވާބުތައް ކިޔާލަމާ!

1-                ނަފްސު ޠާހިރުކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކޮބައިކަން ބުނެދެމާ!

ü                 ނަފްސު ޠާހިރުކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އެއަށް އަމަލުކުރުމެވެ.

2-                ޝަހާދަތް ކިޔައިފި މީހާގެ މައްޗަށް ލާޒިމުކުރާ ދެ ކަމެއް ބުނެދެމާ!

ü           އަޅުކަންކުރާނީ ހަމައެކަނި މާތް ﷲ އަށެވެ.

ü           ރަސޫލާ ދަސްކޮށްދެއްވި ކަންތައް ބަރާބަރަށް އަދާކުރާނެއެވެ.

3-                އުޑާއި ބިން ހެއްދެވީ ކާކު ކަން ބުނެދެމާ!

ü           އުޑާއި ބިން ހެއްދެވީ މާތް ﷲ އެވެ.

4-                ހުރިހާ އެއްޗެއް ހެއްދެވީ މާތް ﷲ ކަން އެނގުނީ ކިހިނެއްކަން ބުނެދެމާ!

ü މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. اللهُ خَالِقُ كُلِّ شَيْءٍ (سورة الزمر 62) މާނައީ: "ހުރިހާ އެއްޗެއް ހެއްދެވީ ޚާލިޤުވަންތަ މާތް ﷲ އެވެ."

5-                މާތް ﷲ ދެއްވި ބުއްދި ބޭނުންކޮށްގެން އިންސާނުން އުފައްދަވާފައިވާ ތިނެއްޗެއްގެ ނަން ބުނެދެމާ!

ü ކާރު،  މޭޒު، ފަންކާ، ... ފަދަ ތަކެއްޗެވެ.

6-                އެއްކައުވަންތަކަމުގެ މާނައަކީ ކޮބައިކަން ބުނެދެމާ!

ü މާތް ﷲ ފިޔަވައި އެހެން އެއްވެސް އިލާހަކު ނުވާކަމަށް ހިތުން ތެދުކޮށް ޤަބޫލުކުރުމެވެ.

7-                މާތް ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަން އެނގުނީ ކިހިނެއްކަން ބުނެދެމާ! 

ü މާތް ﷲ ވަޙީކުރައްވާފައިވެއެވެ. قُلْ هُوَ اللهُ أَحَدٌ (الإخلاص 1) މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ ﷲ އެވެ.

8-                މާތް ﷲ އަށް އެކަނި އަޅުކަންކުރަން ޖެހެނީ ކީއްވެގެންކަން ބުނެދެމާ! 

ü     މީސްތަކުން ހައްދަވައި ގެންގުޅުއްވާ ބަލަހައްޓަވައި ރިޒުޤުދެއްވާ ފަރާތަކީ މާތް ﷲ އެވެ.

9-                މާތް ﷲ އަށް އަޅުކަންކުރުމުން ލިބޭ ދެ ފައިދާ އެއް ބުނެދެމާ! 

ü     ﷲ ގެ ލޯބި ލިބޭނެއެވެ.

ü     ބައިވަރު ސަވާބު ލިބޭނެއެވެ.

10-            ހުރިހާ ރަސޫލުބޭކަލުން ގޮވައިލެއްވީ ކޮންކަމަކަށް ކަން ބުނެދެމާ! 

ü     ﷲ ގެ އެއްކައުވަންތަ ކަމަށެވެ.

  

No comments: