ވާހަކަ: ސުވާދުގެ ފޯނު

ސުވާދުގެ ފޯނު 

ސުވާދުގެ ހުރިހާ ވެސް އެއްޗަކީ އޭނާގެ ފޯނެވެ. އެ ފޯނަކީ އޭނާ ވަރަށް ލޯބިން ގެންގުޅޭ އެއްޗެކެވެ. އޭނާ ކޮންމެ ތަނަކަށް ދިޔަޔަސް ދާނީ އެ ހިފައިގެންނެވެ. ހުރިހާ ކަމެއް ކުރުމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ދެނީ ފޯނެވެ.

މިހެން އުޅެނިކޮށް އެއްދުވަހަކު ސުވާދުގެ ފޯނު ގެއްލިއްޖެއެވެ. ސުވާދު އޭނާގެ ފޯނު ގެއްލުމުން އެ ހޯދުމަށްޓަކައި އޮފީހުގެ އެތަން މިތަން ބަލަން ފެށިއެވެ. މި ވާހަކަ އޮފީސް ތެރެއަށް ފެތުރި އޭނާއާއެކު މަސައްކަތްކުރާ ޝާޠިރާއި އަޒްވަރާ ހަމައަށް ވެސް ފޯރައިފިއެވެ. އެމީހުންނަށް މި ހިތާމަވެރި ޚަބަރު ލިބިގެން އެމީހުންގެ އެކުވެރި ސުވާދުގެ ގާތަށް ދިޔައެވެ. ދިޔައިރު ފެނުނު މަންޒަރުން އެ ދެމީހުން ހައިރާންވިއެވެ. ސުވާދު އެހާ ލޯބިން ގެންގުޅޭ ފޯނު ގެއްލިގެން އެ ހޯދަން އުޅޭތަން ފެނުނީ މުޅިން އެހެން ގޮތަކަށެވެ. އެ ގެއްލުމުން ﷲއަށް ޙަމްދުކޮށް ޝުކުރުކޮށް އުޅުނުތަން ފެނުމުން އެމީހުންނަށް ތިބެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސުވާދު އޭނާގެ ފޯނު ގެއްލިގެން ﷲ އަށް ޙަމްދުކޮށް ޝުކުރުކޮށް އެހާ އުފަލުން އެ އުޅެނީ ކީއްވެތޯ އެމީހުން އޭނާ ގާތު ސުވާލުކުރިއެވެ.

ސުވާދު ބުންޏެވެ. ފޯނު ގެއްލުނު ވަގުތަކީ އަހަރެން ފޯނުން ސޯޝަލް މީޑިއާގައި އިން ވަގުތަކަށް ވީނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެހެންނަމަ އަހަރެން ވެސް ފޯނާއެކު ގެއްލުނީ ނޫންހެއްޔެވެ؟ އެހެން އެކަން ދިމާ ނުވީ އަހަރެންގެ ނަސީބު ރަނގަޅު ކަމުންނެވެ. އެހެންވެ އެކަމަށްޓަކައި ﷲއަށް ޙަމްދުކޮށް ޝުކުރުކުރަނީ އެވެ.


1 comment:

Anonymous said...

👏👍👏👍