ސުވާލާއި ޖަވާބު
ޢިބާދާތާއި ފިޤުހު 1
1- ބާލިޣުވުމަކީ ކޮބައިކަން ބުނެދެމާ!
· ބާލިޣުވުމަކީ ދީނުގައި ކަނޑައަޅުއްވާފައިވާ ތަކުލީފިތައް އުފުލުމަށް އަހުލުވެރިވާ ޢުމުރަށް ކުއްޖާ ދިއުމެވެ.
2- ބާލިޣުވުމުން ކުއްޖާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ކިޔައިދެމާ!
· އިޙްތިލާމްވުން
· ޙައިޟުވުން
· ކިހިލިފަތްދަށުގައި އިސްތަށިފެޅުން
· ފިރިހެންކުދިން ތުނބުޅުއާއި މަތިމަސް ފެޅުން
3- ބާލިޣުވީކަން އަންގައިދޭ ޢަލާމާތެއް ކުއްޖެއްގެ ކިބައިން ފެނިއްޖެނަމަ އިސްލާމްދީނުގައި އެކުއްޖާ ބެލެވޭނީ ކޮންކަހަލަ ކުއްޖެއްގެ ގޮތުގައިކަން ބުނެދެމާ!
· އެކުއްޖާ ބެލެވޭނީ އެއީ ބޮޑުވެފައިވާ ކުއްޖެއްގެ ގޮތުގައެވެ.
4- ބާލިޣުވުމުން ވާޖިބުވާ ބައެއް ދީނީ ކަންތައްތައް ބުނެދެމާ!
· ނަމާދުކުރުން
· ރޯދަހިފުން
· ރޯދަހިފުން
· ކުޅަދާނަވެގެންވާ މީހާ ޙައްޖުވުން
5- ބާލިޣުވެފައިވާ ކުއްޖާއާ ބާލިޣުނުވާ ކުއްޖާގެ ތަފާތު ކިޔައިދެމާ!
· ބާލިޣުވުމުގެ ކުރިން ކުރާ ކަންތައް ޢަމަލުގެ ފަތުގައި ނުލިޔުއްވައެވެ.
· ބާލިޣުވުމަށްފަހު ކުރާ ހުރިހާ ކަމެއް ޢަމަލުގެ ފަތުގައި ލިޔުއްވައެވެ.
6- ޙަދަޘް ބެހިގެންވާ ބައިތައް ކިޔައިދެމާ!
ޙަދަޘް ބެހިގެންވަނީ 2 ބަޔަކަށެވެ. އެއީ
· ކުޑަ ޙަދަޘް
· ބޮޑު ޙަދަޘް
7- ކުޑަ ޙަދަޘް ވެރިވުމަކީ ކޮބައިކަން ބުނެދެމާ!
· ވުޟޫ ގެއްލޭ ފަދަ ކަމެއް މެދުވެރިވުމެވެ.
· ނުވަތަ ވުޟޫ ގެއްލުމެވެ.
· ނުވަތަ ވުޟޫކުރަން ވާޖިބުވާކަމެއް މެދުވެރިވުމެވެ.
8- ކުޑަ ޙަދަޘުން ޠާހިރުވާނީ ކިހިނެއްކަން ކިޔައިދެމާ!
· ވުޟޫ ކުރުމުން ކުޑަ ޙަދަޘުން ޠާހިރު ވާނެއެވެ.
9- ކުޑަ ޙަދަޘް ވެރިއާއަށް ނުކުރެވޭނެ ކަންތަކެއް ހުރެއެވެ. އެކަންތައް ކިޔައިދެމާ!
· ނަމާދުކުރުން
· ޠަވާފުކުރުން
· މުޞްޙަފުގައި އަތްލުން ނުވަތަ މުޞްޙަފު އުފުލުން
10- ބޮޑު ޙަދަޘް ވެރިވުމަކީ ކޮބައިކަން ބުނެދެމާ!
· ބޮޑު ޙަދަޘްވެރިވުމަކީ ހިނައިގަތުން ވާޖިބުވާފަދަ ކަމެއް މެދުވެރިވުމެވެ.
11- ބޮޑު ޙަދަޘުން ޠާހިރުވާނީ ކިހިނެއްކަން ބުނެދެމާ!
· ބޮޑު ޙަދަޘުން ޠާހިރުވާނީ ހިނައިގަތުމުންނެވެ.
12- ބޮޑު ޙަދަޘްވެރިޔާ ކުރުން ޙަރާމް ވެގެންވާ ކަންތައް ކިޔައިދެމާ!
· ނަމާދުކުރުން
· ޠަވާފުކުރުން
· މުޞްޙަފުގައި އަތްލުން ނުވަތަ މުޞްޙަފު އުފުލުން
13- ހިނައިގަތުމަކީ ކޮބައިކަން ބުނެދެމާ!
· ހިނައިގަތުމަކީ ނިޔަތަކާއެކު މުޅި ހަށިގަނޑުގައި ފެން ޖައްސައި ދޮވެލުމެވެ.
14- ހިނައިގަތުމާއި ފެންވަރެމުގެ ތަފާތު ކިޔައިދެމާ!
· ހިނައިގަތުމަކީ ނިޔަތަކާއެކު މުޅި ހަށިގަނޑުގައި ފެންޖައްސައި ދޮވުމެވެ. ނަމަވެސް ފެންވެރުމަކީ ނިޔަތެއް ނެތި ގަޔަށް ފެންއަޅައިގެން ފެންވެރުމެވެ. ފެންވެރުމުގައި މުޅި ހަށިގަނޑުގައި ފެންޖައްސާކަށް ނުޖެހެއެވެ. މިސާލަކަށް ބައެއް ފަހަރު ބޯ ނުދޮވެ ވެސް ފެންވަރެއެވެ.
15- ހިނެއިން ވާޖިބުވާ ބައެއް ކަންތައްތައް ލިސްޓުކޮށްލަމާ!
· ޙައިޟުވުން.
· އިޙްތިލާމްވުން.
· ނިފާސްވެރިވުން.
· މަރުވުން.
16- ހިނައިގަތުން ސުންނަތްވެގެންވާ ބައެއް ކަންތައްތައް ލިސްޓުކޮށްލަމާ!
· ހުކުރަށް ހިނައިގަތުން.
· ދެޢީދަށް ހިނައިގަތުން.
· މައްޔިތަކު ހިނެވުމަށްފަހު ހިނައިގަތުން.
· އިޙްރާމް ބަނުމަށް ހިނައިގަތުން.
· މައްކާއަށް ވަނުމަށް ހިނައިގަތުން.
· ޢަރަފާތުގައި ހުރުމަށް ހިނައިގަތުން.
17-ހިނެއިމުގެ ފަރުޟުތައް ކިޔައިދެމާ!
ހިނެއުމުގެ ފަރުޟު 2 ކެވެ. އެއީ
· ނިޔަތްގަތުން
· މުޅި ހަށިގަނޑަށް ފެންއެޅުން.
18-ހިނައިގަތުމުގެ ސުންނަތްތައް ލިސްޓުކޮށްލަމާ!
· ދެއަތްތިލަ 3 ފަހަރު ދޮވެލުން.
· ކުރިމަތި ފަރާތާއި ފުރަގަސްފަރާތް ދޮވެ ހަށިގަނޑުން ނަޖިސް ފިލުވައިލުން.
· ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކޮށްލުން.
· 3 ފަހަރު ބޮލަށް ފެން އެޅުން.
· ހަށިގަނޑުގައި އަތް އުނގުޅައި ހުރިހާ ތަނެއްގައި ރަނގަޅަށް ފެންޖެއްސުން.
· ފެންއެޅުމުގައި ކަނާތްފަރާތް އިސްކުރުން.
19- ހިނައިގަތުމުން ލިއްބައިދޭ ބައެއް ފައިދާތައް ބެނެދެމާ!
· ހިނައިގަތުމުން ޘަވާބާއި ދަރުމަ ލިއްބައިދެއެވެ،
· ހަށިގަނޑަށް ތާޒާކަން ލިއްބައިދެއެވެ.
· ކަންނެތްކަމާއި ވަރުބަލިކަމުން ރައްކާތެރިވެއެވެ.
20- ހިނައިގަންނާނެ ގޮތް ތަރުތީބުން ކިޔައިދެމާ!
· އެންމެ ފުރަތަމަ ހިނައިގަތުމަށް ނިޔަތްގަންނާށެވެ.
· އެއަށްފަހު ދެއަތްތިލަ 3 ފަހަރު ދޮވެލާށެވެ.
· އޭގެފަހުން ކުރިމަތި ފަރާތާއި ފުރަގަސްފަރާތް ދޮވެ ހަށިގަނޑުން ނަޖިސް ފިލުވައިލާށެވެ.
· އެއަށްފަހު ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކޮށްލާށެވެ.
· ދެން އެއަށްފަހު ހަށިގަނޑުގައި އަތް އުނގުޅައި ހުރިހާ ތަނެއްގައި ރަނގަޅަށް ފެންޖެއްސާށެވެ.
21- އިތުރު މަޢުލޫމާތު ލިބިގަތުމަށް މި ލިންކަށް ފިތާލަމާ!
No comments:
Post a Comment