Thursday, August 31, 2023

ދުޢާ - 22 ( މާނައާއެކު ދަސްކޮށްލަމާ! )

ދުޢާ 22

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ

އަޅަމެން ހައްދަވާ ބޮޑުކުރެއްވި އިލާހު! އިބަ އިލާހުގެ ނިޢުމަތްތައް ފިލައި ދިއުމުންނާއި  އިބަ އިލާހުގެ ހިދާޔަތް ބަދަލުވުމުންނާއި އިބަ އިލާހުގެ ކޯފާ ކުއްލިއަކަށް އައުމުންނާއި އަދި އިބަ އިލާހުގެ އެންމެހާ ނުރުއްސެވުމަކުން، ރައްކާތެރިކަން ދެއްވުން އެދި އިބައިލާހުގެ ޙަޟްރަތުން އެދެމެވެ.

اللَّهُمَّ އަޅަމެން ހައްދަވާ ބޮޑުކުރެއްވި އިލާހު! إِنِّي ހަމަކަށަވަރުން މިއަޅާ أَعُوذُ بِكَ މިއަޅާ އިބަ އިލާހުގެ ކިބައިން ހިމާޔަތަށް އެދެމެވެ. مِنْ زَوَالِ ފިލައި ދިއުމުންނާއި  نِعْمَتِكَ، އިބަ އިލާހުގެ ނިޢުމަތްތައް  وَتَحَوُّلِ ބަދަލުވުމުންނާއި عَافِيَتِكَ، އިބަ އިލާހުގެ ހިދާޔަތް وَفُجَاءَةِ ކުއްލިއަކަށް އައުމުންނާއި نِقْمَتِكَ، އިބަ އިލާހުގެ ކޯފާ وَجَمِيعِ އަދި އެންމެހާ سَخَطِكَ އިބަ އިލާހުގެ ނުރުއްސެވުމަކުން،


Wednesday, August 30, 2023

ދުޢާ - 21 ( މާނައާއެކު ދަސްކޮށްލަމާ! )

ދުޢާ 21

 

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ.

އަޅަމެންގެ ވެރިއިލާހު! ޙިސާބު ޤާއިމުވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާނދޭވެ!

 

رَبَّنَا އަޅަމެންގެ ވެރިއިލާހު!  اغْفِرْ لِي މިއަޅާއަށް ފާފަފުއްސަވާނދޭވެ! وَلِوَالِدَيَّ އަދި މިއަޅާގެ މައިންބަފައިންނަށް ފާފަފުއްސަވާނދޭވެ! وَلِلْمُؤْمِنِينَ އަދި މުއުމިނުންނަށް ވެސް ފާފަފުއްސަވާނދޭވެ!

يَوْمَ ދުވަހު، يَقُومُ ޤާއިމުވާ الْحِسَابُ ޙިސާބު


Saturday, August 26, 2023

ދުޢާ - 20 ( މާނައާއެކު ދަސްކޮށްލަމާ! )


ދުޢާ 20

رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ

އަޅަމެންގެވެރި އިލާހު! އަޅަމެންގެ އަމިއްލަ ނަފުސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފި ނަމަ، އަދި އަޅަމެންނަށް ރަޙްމަތް ނުލައްވައިފި ނަމަ، އަޅަމެން ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.

رَبَّنَا އަޅަމެންގެވެރި އިލާހު! ظَلَمْنَا އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. أَنفُسَنَا އަޅަމެންގެ އަމިއްލަ ނަފުސްތަކަށް

وَإِن لَّمْ تَغْفِرْ لَنَا އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފި ނަމަ، وَتَرْحَمْنَا އަދި އަޅަމެންނަށް ރަޙްމަތް ނުލައްވައިފި ނަމަ، لَنَكُونَنَّ އަޅަމެން ވާހުށީ مِنَ الْخَاسِرِينَ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.

Friday, August 25, 2023

ދުޢާ - 19 ( މާނައާއެކު ދަސްކޮށްލަމާ! )

ދުޢާ 19

رَبِّ اشْرَحْ لِي صَدْرِي ﴿٢٥﴾وَيَسِّرْ لِي أَمْرِي ﴿٢٦﴾‏ وَاحْلُلْ عُقْدَةً مِّن لِّسَانِي ﴿٢٧﴾‏ يَفْقَهُوا قَوْلِي ﴿٢٨﴾‏

އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ! (25) 

އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ! (26) 

އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާނދޭވެ!(27) 

(އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާނދޭވެ!) 

އެއީ ތިމަންކަލޭގެފާނުގެ ބަސް އެއުރެންނަށް ވިސްނި، އެނގުމަށްޓަކައެވެ. (28)

 

رَبِّ اشْرَحْ لِي صَدْرِي ﴿٢٥﴾‏ އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ! (25)

وَيَسِّرْ لِي أَمْرِي ﴿٢٦﴾‏ އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ! (26)

وَاحْلُلْ عُقْدَةً مِّن لِّسَانِي ﴿٢٧﴾‏ އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާނދޭވެ! (27)

(އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާނދޭވެ!)

  يَفْقَهُوا قَوْلِي ﴿٢٨﴾‏

އެއީ ތިމަންކަލޭގެފާނުގެ ބަސް އެއުރެންނަށް ވިސްނި، އެނގުމަށްޓަކައެވެ. (28)

 

 

رَبِّ އަޅުގެ ވެރިރަސްކަލާކޯއެވެ! اشْرَحْ ތަނަވަސްކޮށްދެއްވާނދޭވެ! لِي މިއަޅާއަށްޓަކައި صَدْرِي މިއަޅާގެ ހިތް

وَيَسِّرْ ފަސޭހަކޮށްދެއްވާނދޭވެلِي އަދި މިއަޅާއަށް  أَمْرِي މިއަޅާގެ ކަންތައް

 وَاحْلُلْ އަދި މޮއްސަވައިލައްވާނދޭވެ!عُقْدَةً  ގޮށް  مِّن لِّسَانِي މިއަޅާގެ   ދުލުގެ

(އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާނދޭވެ!)

  يَفْقَهُوا އެއުރެންނަށް ވިސްނި، އެނގުމަށްޓަކައެވެ.

 قَوْلِي އެއީ ތިމަންކަލޭގެފާނުގެ ބަސް  

 


Thursday, August 24, 2023

ދުޢާ - 18 ( މާނައާއެކު ދަސްކޮށްލަމާ! )

 

ދުޢާ 18


رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

 ހައްދަވައި ގެންގުޅުއްވާއިލާހު! މިއަޅާގެ މައިންބަފައިން މިއަޅާ ބަލައި ބޮޑު ކުރި ފަދައިން އެދެމީހުންނަށް ރަހުމަތް ލައްވާނދޭވެ!

 

رَبِّ ހައްދަވައި ގެންގުޅުއްވާއިލާހު! ارْحَمْهُمَا  އެދެމީހުންނަށް ރަހުމަތް ލައްވާނދޭވެ! كَمَا رَبَّيَانِي صَغِيرًا މިއަޅާގެ މައިންބަފައިން މިއަޅާ ބަލައި ބޮޑު ކުރި ފަދައިން

رَبِّ ارْحَمْهُمَا ހައްދަވައި ގެންގުޅުއްވާއިލާހު! އެދެމީހުންނަށް ރަހުމަތް ލައްވާނދޭވެ!

كَمَا رَبَّيَانِي صَغِيرًا މިއަޅާގެ މައިންބަފައިން މިއަޅާ ބަލައި ބޮޑު ކުރި ފަދައިން

Wednesday, August 23, 2023

ދުޢާ - 17 ( މާނައާއެކު ދަސްކޮށްލަމާ! )

ދުޢާ 17


اَلَّلهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعُفْ عَنِّي

ހައްދަވާ ބޮޑު ކުރައްވާ އިލާހު! ހަމަކަށަވަރުން އިބައިލާހީ ޢަފޫ ކުރައްވާ އިލާހެވެ. އަދި އިބައިލާހު ޢަފޫ ކުރެއްވުމަށް ލޯބިވެވޮޑިގަންނަވަމުއެވެ. ފަހެ މިއަޅާގެ ކުށްފާފަތައް ޢަފޫ ކުރައްވާދޭނވެ!

 

اَلَّلهُمَّ ހައްދަވާ ބޮޑު ކުރައްވާ އިލާހު! إِنَّكَ ހަމަކަށަވަރުން އިބައިލާހީ عَفُوٌّ ޢަފޫ ކުރައްވާ އިލާހެވެ. تُحِبُّ އަދި އިބައިލާހު ލޯބިވެވޮޑިގަންނަވަމުއެވެ.  الْعَفْوَ ޢަފޫ ކުރެއްވުމަށް  فَاعُفْ ފަހެ ކުށްފާފަތައް ޢަފޫ ކުރައްވާދޭނވެ!

عَنِّي މިއަޅާގެ