އަލިފު ސުކުނާއި ށަވިޔަނި ސުކުން

 

އަލިފު ސުކުނާއި ށަވިޔަނި ސުކުން
Image result for ‫އަލިފު ސުކުނާއި ށަވިޔަނި ސުކުން‬‎

ލިޔުނީ: ޒީނަތު ލަބީބު

އަލިފު ސުކުނަކީ ޢަރަބީގެ ތަޝްދީދު ކިޔާގޮތަށް ކިޔާ ސުކުނެކެވެ.  ޢާއްމުކޮށް މިސުކުން ކުރެވެނީ ދެހަމައެއްގެ މަތީންނެވެ. އެއީ:
1-    ސުކުން ކުރެވޭ އަކުރުގައި ފިއްޔެއް ޖަހަން  ބަލާއިރު ކާފުގައި ފިލި ޖެހޭ  ތަންތަނުގައި ޖަހާނީ އަލިފު ސުކުނެވެ.
     މިސާލު: ރުއް - ރުކޭ ، ފުއް - ފެކޭ
      ރުއް ކެނޑިތާގައި ކުނޑި ފުކެއް ވެސް ނެތެވެ.
      ރަށެއް – ރަށެކޭ ، ގަހެއް – ގަހެކޭ
      އެއްވެސް ރަށެއްގައި ހަލަވެލި ގަހެއް ނެތީ ހެއްޔެވެ؟
      އަކުރެއް - އަކުރެކޭ ، ސުކުނެއް - ސުކުނެކޭ
      ކޮންމެ ކޮންމެ އަކުރެއްގައި ސުކުނެއް ނުކުރެވޭނެއެވެ.
2-    ސުކުން ކުރަން  ބަލާއިރު އެއްވެސް އަކުރެއްގައި  ފިލި ނުޖެހޭ  ތަންތަނުގައި ޖަހާނީ އަލިފު ސުކުނެވެ.
މިސާލު: ކުއްލި ކުޅެން ކުއްޖަކު ހުއްޓާ ވެއްޓުނު ތަން ފެނިއްޖެއެވެ. 
      ހައްވަ ކައްޓަލަ ކޮންނަން އިންދާ ކާއްޓަކުން ފުއްކިބައިގައި ޖެހިއްޖެއެވެ.
      ކާއްކާއް ގޮވަމުން އުދުއްސާލި ކާޅު ޖުއްބާއަށް ގުއި ފުއްކަރެއް ޖަހައި ފިއެވެ. 

ށަވިޔަނި ސުކުން ކިޔަނީ އަލިފު ސުކުން ކިޔާ ގޮތަށެވެ. ޢާއްމުކޮށް މިސުކުން ކުރެވޭ 2 ހަމައެއް އޮވެއެވެ.

1-    ސުކުން ކުރެވޭ އަކުރުގައި ފިއްޔެއް ޖަހަން  ބަލާއިރު ށަވިޔަނީގައި ފިލި ޖެހޭ ތަންތަނުގައި ޖަހާނީ ށަވިޔަނި ސުކުނެވެ.
މިސާލު: ކަނޑަށް – ކަނޑަށޭ ، އައިނަށް – އައިނަށޭ ، ރަށަށް - ރަށަށޭ
މަސް ކަނޑަށް ނިކުމެ އައިނަށް އަރައި މަސްބާނައިގެން ރަށަށް ލަފައިފިއެވެ.
     ވަރަށް - ވަރަށޭ ، ބާރަށް -  ބާރަށޭ  ، ސައިކަލަކަށް - ސައިކަލަކަށޭ
     ވަރަށް ބާރަށް ދުއްވާފައި އައި ސައިކަލަކަށް ދޮންމަރިޔަނބު އަރައިފިއެވެ.
     ފައިވާނަށް – ފައިވާނަށޭ  . ގެއަށް – ގެއަށޭ ، ފަޔަށް - ފަޔަށޭ
     ފައިވާނަށް އަރައިގެން ގެއަށް ދާން ދުއްވައިގަތް ތަނާ ފަޔަށް ތަދު ވެއްޖެއެވެ.

2-    ށަވިޔަނީގެ އިބިފިއްޔަށް ނިމިފައިވާ ނަންނަން އެކަހެރި ކުރާއިރު ޖަހާނީ ށަވިޔަނި ސުކުނެވެ.
ގޮށި – ގޮށްޓެއް  ،   ވަށި – ވަށްޓއް ،  އަށި -  އަށްޓެއް
ގޮށްޓޭ ބޭބޭ ވަށްޓެއް ވިޔެފައި އަށްޓެއްގެ ދަށަށް ލައިފިއެވެ.
ފޮށި – ފޮށްޓެއް  ، ކަށި – ކަށްޓެއް ، އިލޮށި - އިލޮށްޓެއް
ފޮށްޓެއްގެ ތެރޭން ކަށްޓެއް ފެނިގެން ނެގިއިރު އެއީ އިލޮށްޓެކެވެ.
ތަށި – ހަށްޓަށް ، ބުރަކަށި – ބުރަކަށްޓަށް ،
ތަށްޓެއް ތަޅައިގެން ދާހެން ހުރިހައި ކަށްޓެއް މުގުރިއްޖެއެވެ. 


މަޞްދަރު:

ޝަމްސުއްނިސާ މުޙައްމަދު  



No comments: