Friday, July 2, 2021

ރާއްޖޭގެ ފަށާތަޢުލީމުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބޭނުންކުރަން ރަނގަޅީ ދިވެހިބަސް ހެއްޔެވެ؟

ރާއްޖޭގެ ފަށާތަޢުލީމުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބޭނުންކުރަން ރަނގަޅީ ދިވެހިބަސް ހެއްޔެވެ؟

ތަރައްޤީގެ ހަލުވި ދުވެލީގައި ކުރިއަށްދާ ކޮންމެ ޤައުމަކުން ވެސް އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމަކީ އުނގަންނައިދިނުމެވެ. މިގޮތުން ކޮންމެ ޤައުމެއްގައި ވެސް އެ ބަޔަކު ޤަބޫލުކުރާ ހަމަތަކަކާއި އުޞޫލުތަކެއްގެ މަތިން ސިލަބަސްތަކާއި ކަރިކިއުލަމެއް އުފައްދާފައި ވެއެވެ. އަދިހަމައެއާއެކު އުނގަންނައިދިނުމުގައި ޙާޞިލުކުރާނެ ލަނޑުދަނޑިތަކެއް ވެސް ކަނޑައަޅާފައިވެ އެވެ. ކާމިޔާބު ސުކޫލެއްނަމަ އެސުކޫލުގައި ޔަޤީންކަންދެވޭ ފަދަ މަންހަޖެއް އޮތުމާއެކު ގޮންޖަހާލެވޭފަދަ ލަނޑުދަނޑިތަކެއް ކަނޑައެޅިފައިވާނެ ކަމަށް ރޮބަރޓް މަރުޒާނޯ (2003) ވިދާޅުވެފައިވެ އެވެ. އަދި އުނގަންނައިދިނުމުގައި ބޭނުންކުރާނެ ބަހެއް  ކަނޑައަޅާފައިވެ އެވެ. އުނގަންނައިދިނުމުގެ އެންމެބޮޑު އެއް އަސާސަކީ އެ އުނގަންނައިދޭ އެއްޗެއް އޮޅުންފިލުވައިދިނުމަށް ބޭނުންކުރާ ބަހެވެ. އެގޮތުން ބައެއް ޤައުމުތަކުގައި އުނގަންނައިދިނުމަށް ބޭނުންކުރަނީ އެބައެއްގެ މާދަރީބަހެވެ. އަދި ބައެއް ޤައުމުތަކުގައި އިންޓަރނޭޝަނަލް ބަހެއް އިޚްތިޔާރުކޮސްފައިވެ އެވެ.

މަޟީގެ ޞަފްޙާތަކަށް ޖެހިލާއިރު ދިވެހިންގެ މާދަރީބަހުން އުނގެނުމާއި ގުޅުންހުރި އެންމެހާ ކަންތަކެއް ކުރި ޒަމާނެއް ދިވެހިރާއްޖެ ދުށްކަމަށް ލިޔެވިފައިވެ އެވެ. ބަވަނަވެފައިވާ ދުނިޔެއެއްގައި އުޅުމަށް އިންޓަރނޭޝަނަލް ބަހެއް އެނގުމަކީ މުހިއްމު ކަމެއް ކަމަށް ތަޢުލީމާއި ބެހޭ ވުޒާރާގެ އިސްވެރިންނަށް ވިސްނެންފެށުމާއެކު ދިވެހިރާއްޖޭގައި ވެސް އުނގަންނައިދުމުގައި ބޭނުންކުރާ މައިގަނޑު ބަހަކަށް ވެފައި މިވަނީ އިނގިރޭސިބަހެވެ. ދިވެހިންގެ މާއްދާތަކެއްގެ ގޮތުގައި ވަރަށް ކުރީއްސުރެ ބެލެވިފައިވާ  ދިވެހި ބަހާއި، އިސްލާމުގެ އިތުރުން ޤުރުއާން ފިޔަވައި އެހެން ހުރިހާ މާއްދާއެއްގެ މަޢުލޫމާތު ދަރިވަރުންނާއި ޙިއްސާކުރެވެނީ އިނގިރޭސި ބަހުންނެވެ. މިބަދަލަކީ ދިވެހިންނަށް އެންމެ މުނާސަބު ބަދަލެއް ކަމަށް ޤަބޫލުކުރާ ބަޔަކު ތިބިއިރު އެއާއި ދެކޮޅަށް ވާހަކަ ދައްކާ މީހުން ވެސް މަދެއް ނޫނެވެ. ތަޢުލީމީ ކަންތައް ދިރާސާކުރަމުން ގެންދާ މާހިރުންގެ ނަޒަރުގައި މިއީ އެންމެ ރަނގަޅު ބަދަލެއް ނޫނެވެ. މިބަދަލުގެ ސަބަބުން ބޮޑަށް ލިބެނީ ގެއްލުމެވެ.

މިދަލުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބެނީ ފަށާތަޢުލީމީ މަރުޙަލާގެ ކުދިންނަށެވެ. އެފަދަ ކުދިން މަދަރުސާތަކަށް އަންނައިރު  އެކުދިންގެ ތުއްތު ސިކުނޑިއަށް ނެގިފައި ނުވަތަ އެނގިފައި ވާނީ އެކުދިން އުޅޭ މާހައުލުން ނުވަތަ ގޭތެރެއިން އަޑުއިވި ދަސްވެފަައިވާ އެއްޗެކެވެ. އަދި ސުކޫލުން އެކުދިންނާ މުޚާޠަބުކޮށް ވާހަކަ ދައްކައި އުނގެނުމުގައި ދޭންޖެހޭ އިރުޝާދު ދެނީ އެކުދިން ނުވެސް ދަންނަ ބީރެއްޓެހި ބަހަކުންނެވެ. އެގޮތަށް ވުމުގެ ސަބަބުން ބައެއް ކުދިން އުނގެނުމަށް ފޫހިވާގޮތް ވެއެވެ. މިފަދަ ތުއްތު ކުދިންނަށް އުންގަންނައިދިނުމުގައި ބޭނުންކުރަން އެންމެ ރަނގަޅީ އެކުދިންގެ މާދަރީ ބަސް ކަމަށް ޖޯޖް އޮރެކަން (2010) ހާމަކުރައްވައެވެ. އުނގަންނައިދޭ އެއްޗެއް ފަހުމުވެ ދޭހަކުރުމަށް އެންމެ ފަސޭހަވާނީ އެކުދިންގެ ސަޤާފަތުގެ ތެރެއިން ބަހާގުޅުވައިގެން ކަމަށް ދިރާސާތަކުން ދައްކާކަމަށް ދިވެހިާއްޖޭގައި ބޭއްވޭ ޢިލްމީ ދާއިރާތަކުގެ ފޯރަމްތަކުގައި ވަރަށް ގިނައިން ބުނެފައިވެއެވެ.

2013 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ތަންފީޒުކުރަމުން މިދާ މަންޙަޖު އެކުލަވާލުމުގެ ބައްދަލުވުމުގައި ފަށާތަޢުލީމީ މަރުޙާލާގައި ދަރިވަރުންނަށް އުނގަންނައިދިނުމުގައި ބޭނުންކުރަންޖެހޭ ބަހަކީ ދިވެހި ބަސްކަމަށް މި ފޯރަމުގައި ބައިވެރިވި މެންބަރުން ހުށަހެޅި ކަރުދާހުގައި ވެއެވެ. މިކަމުން ވެސް އެނގިގެންދަނީ މިހާރު ބޭނުންކުރަމުން މިދާ އިންޓަރނޭޝަނަލް ބަހުން ކިޔަވާދިނުމުން ލިބޭ ފައިދާއަށް ވުރެ ބޮޑަށް ލިބެނީ ގެއްލުން ކަމެވެ. ސަބަބަކީ މި ފޯރަމުގައި ބައިވެރިވެފައިވަނީ ތަޢުލީމު އުނގަންނައިދިނުމުގެ ޤާބިލުކަމާއި ތަޖުރިބާ ލިބިފައިވާ އެދާއިރާގެ މީހުން ކަމަށްވާތީ އެމީހުން ކޮށްފައިވާ ތަޖުރިބާގެ އަލީގައި ކަރުދާސް ހުށައަޅާފައިވުމެވެ. ޖެސިކާ ބޯލް (2011) ހާމަކުރައްވާ ގޮތުގައި ފަށާތަޢުލީމީ މަރުޙަލާއަށް ތުއްތު ކުދިން ދާއިރު ވެސް އެކުދިންގެ ކިބައިގައި އުނގެނުމުގެ ޤާބިލުކަމާއި ހުނަރު ހުރެއެވެ. އެ ޤާބިލުކަމާއި ހުނަރަކީ އެކުދިންގެ މާހައުލުން އެކުދިން ދަސްކޮށްފައިވާ އެކުދިންގެ މާދަރީ ބަހެވެ.

"މާދަރީބަހުން ތައުލީމު ފޯރުކޮށްދިނުމުން ދަރިވަރުންގެ ތައުލީމީ ފެންވަރު ރަނގަޅު ވެއެވެ. އެއީ ފިލާވަޅުތައް ދޭހަވެ އުނގެނެން ފަސޭހަވާތީއެވެ. އަދި މާދަރީ ބަހުން ލިޔަންކިޔަން އެނގުމުން އެހެނިހެން ބަސްބަސް އުނގެނުމުގެ ގާބިލުކަން އިތުރުވާ" ކަމަށް އާމިނަތު ސަޢީދުގެ (ގިނަބައްސަ ތަޢުލީމު) މިރިޕޯޓުގައި ހާމަކުރައްވާފައި ވެއެވެ. މާދަރީ ބަހަކީ ވިސްނުމާއި އުނގެނުމާއި މީހާގެ ފިކުރު ވަކިގޮތަކަށް ބައްޓަންކުރާ އެންމެ ބޮޑު އެއް އަސާސެވެ. މަދަރީބަހުން ވިސްނާ މީހުންގެ ވިސްނުން ފުޅާވާ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (2015) ހާމަކުރައްވާފައި ވެއެވެ. މިހެންކަމަށް ވާނަމަ ފަށާތަޢުލީމީ މަރުޙަލާގެ ކުދިންނަށް އުނގަންނައިދިނުމުގައި ބޭނުންކުރަން ޖެހޭ ބަހަކީ އެކުދިންގެ މާދަރީ ބަހެވެ. ދިރާސާވެރިން ބުރަވަނީ ވެސް މިގޮތަށެވެ. މާދަރީ ބަހަށް ކުއްޖާގެ ލޯހުޅުވޭ ވަރަކަށް ދުނިޔޭގެ ކަންހިނގާ މަގު ދެނެގަނެ އެހެނިހެން ބަސްބަހަށް ލޯހުޅުވުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަށްޑިހައިގެ އަހަރުތަކަށް ނަޒަރު ހިންގާ ބަލާލިއިރު އުނގެނުމަށް ލޯބިކުރާކުދިން މިހާރާ އަޅާބަލާއިރު އެތައް ގުނައެއް އިތުރުކަން ފާހަގަވެއެވެ. އޭރުގެ މީހުންގެ ކިބައިގައި ހުރި ޤައުމީ ވަންތަކަމާއި ޤައުމުދެކެ ވާ ލޯތްބާއި ބަހަށްކުރާ ޤަދަރާއި އެބަހުގެ ބޭނުން ހިފައި މައްދިވެހި ބަހުގެ ފަށުވި ފޭރާން ހަމަ ބަސްތަކުން ވާހަކަ ދައްކާ ތަނެއް މިއަދުގެ މުޖުތަމަޢުން ނުފެނެއެވެ. ޤައުމާއި ދީނަށް އެކުދިންގެ ހިތުގައި ޖެހިފައިވާ ލޯތްބެއްގެ ސަބަބުން އަޚުލާޤީ މައްސަައެއް ވަރަށް މަދުން ނޫނީ ފެންމަތި ނުވެއެވެ. މިއީ މިކަމުގެ ކުޑަކުޑަ ހެއްކެކެވެ.

ނަމަވެސް މިއަދުގެ މައިންބަފައިންނާއި ބައެއް އެހެނިހެން ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އިންޓަރް ނޭޝާނަލް ބަހެއް ކަމުގައިވާ އިނގިރޭސި ބަހަށް އަހުލުވެރިވެގެން މެނުވީ ޒަމާނީ ތަޢުލީމުގައި ފައިތިލަ ސާބިތު ނުކުރެވޭނެއެވެ. ދިވެހި ބަހުން ކިޔަވައިގެން ބައިނަލް އަޤުވާމީ އިމްތިހާނުތަކުގެ ކުރިބޯއްޓާ ހަމައަށް ވާޞިލެއް ނުވެވޭނެއެވެ. 2010 ވަނަ އަހަރު އޯލެވެލް އިމްތިހާނުގައި ދިވެހިރާއްޖެއިން 7254 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މީގެތެރެއިން ހުރިހާ މާއްދާއަކުން ސީފާހަށްވުރެ މަތިން ފާސްވެފައިވަނީ އެންމެ 700 ވަރަކަށް ދަރިވަރުންނެވެ. މިހެންކަމަށް ވާނަމަ އުނގަންނައިދިނުމުގައި އިނގިރޭސި ބަސް ބޭނުންކުރުމުން އެހެނިހެން މާއްދާތަކުން ރަނގަޅު ނަތީޖާ ގެނެވެޔޭ ބުނެވޭނެ ފުރުޞަތެއް ނެތެވެ.

މިއަދުގެ ދަރިވަރުންނަށް ދިވެހި ބަހުން ވެސް އަދި އެހެން ބަހަކުން ވެސް އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުންކޮށްގެން ވާހަކަ ދައްކާކަށް ނޭނގެއެވެ. އެހެންކަމުން އަޅުގަނޑުގެ އިލްތިމާސަކީ ފަށާތަޢުލީމި މަރަޙަލާގެ ދަރިވަރުންނަށް އުނގަންނައިދޭ ބަހަކީ މައްދިވެހި ބަސްކަމުގައި ހަދާށެވެ.

 

 

 

 

 

ރިފަރެންސް

މަރުޒާނޯ، އާރު.ޖޭ.(2000). އިމްޕްލިމެންޓިންގ ސްޓޭންޑާޑުސް-ބޭސްޑް އެޑިއުކޭޝަން. ޓީޗަރ ލިބްރޭނިއަން.

މަރުޒާނޯ، އާރު.ޖޭ.(2000). އިންޓްރޮޑަކްޝަން ޓު ދަ ސްޕެޝަލް ސެކްޝަން. އިމްޕްލިމެންޓިންގ ސްޓޭޑާޑުސް އިން ސުކޫލް. އަޕްޑޭޓިންގ. ދަ ސްޓޭންޑާޑް މޫވްމެންޓް.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން. (2015). ޤައުމީ މަންހަޖުގައި ދިވެހި. މުޞައްނިފް. މާލެ. މިނިސްޓްރީ އޮފް އެޑިއުކޭޝަން.

 

 

 


ހުރިހާ ކުދިން ބައިވެރިކޮށްގެން އުނގަންނައިދިނުމުގެ ސިޔާސަތު

 

އޮންލައިން ޓާސްކު 7

ހުރިހާ ކުދިން ބައިވެރިކޮށްގެން އުނގަންނައިދިނުމުގެ ސިޔާސަތު

އުނގެނުމުގެ ޙައްޤަކީ ހަމަހަމަ ފުރުޞަތެއްގައި ހުރިހާ ކުދިންނަށް ލިބިދޭންޖެހޭ ޙައްޤެކެވެ. އެގޮތުން ރަސްމީތަޢުލީމުގެ ތެރެއިން އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހުރިހާ ކުދިން ޝާމިލުކޮށްގެން އުނގަންނައިދިނުމުގެ ސިޔާސަތަކީ 2013 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ހުރިހާ ސުކޫލެއްގައި ތަންފީޒުކުރަމުން އަންނަ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން އުނގެނުމުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިން ޝާމިލުކޮށްގެން އުނގަންނައިދިނުމަށް ރާއްޖޭގެ ސުކޫލުތަކަށް ލާޒިމުކުރެއެވެ. މީގެއިތުރުން މިފަދަ ކުދިންނަށް ޤައުމީ މަންޙަޖުގައި ހިމެނޭ އައުޓުކަމްސްތައް ޙާޞިލުކުރުމުގައި ހަމަހަމަ ފުރުޞަތުތަކެއް ހޯދާދިނުމަށް ވެސް ލާޒިމުކުރެއެވެ.

ހުރިހާ ކުދިން ބައިވެރިކޮށްގެން އުނގަންނައިދިނުމުގެ ސިޔާސަތަކީ އޭގެ ޛާތުގައި ވަރަށް ރަނގަޅު ސިޔާސަތެކެވެ. ނަމަވެސް ސިޔާސަތު ރަނގަޅުވުމަކުން ނިމުނީއެއް ނޫނެވެ. ސިޔާސަތެއް ކަނޑައެޅުމުގެ ޙަޤީޤީ މާނައަކީ ކަމެއް ކުރުމުގައި ދިމާވާ ކަންތައް ދެނެގަނެ  އެ ކަނޑައެޅި ސިޔާސަތުގެ ދަށުން އެކަންތައް ރަނގަޅުކުރެވޭނެ ގޮތްތައް ބަލައި އޭގައި ހުރި މައްސަލަތައް ދެނެގަނެ އެކަންތައް ރަނގަޅުކުރުމެވެ. ދިވެހިރާއްޖޭގެ ހުރިހާ ސުކޫލެއްގައި ވެސް މި ސިޔާސަތު ތަންފީޒުކުރާކަމަށް ތަޢުލީމީ ވުޒާރާގެ އިސްވެރިންތައް ދަނީ އަޑުހަރުކޮށް ބުނަމުންނެވެ. އެހެންނަމަވެސް ޙަޤީޤަތަކީ މި ސިޔާސަތު ރަނގަޅު ފެންވަރެއްގައި ތަންފީޒުކުރެވެނީ ވަރަށް މަދު ސުކޫލެއްގައެވެ. ގިނަ ސުކޫލުތަކަށް ވަނީ މި ސިޔާސަތު ތަންފީޒުކުރުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިފައެެވެ.

ދިވެހިރާއްޖޭގައި ތަންފިޒުކުރަމުން މިދާ އިންކުލޫސިވް ޕޮލިސީގެ ދެވަނަ ބާބުގެ 7 ވަނަ ބައިގެ (ހ) ގައި ބަޔާންކޮށްފައިވާ ބަޔަށް ބަލާއިރު، އާދަޔާ ޚިލާފަށް އާދަޔާ ޚިލާފަށް ތޫނުފިލި ކުދިންނަށް (ގިފްޓެޑް ސުޓޫޑެންޓް) ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު އެކުލެވެއެވެ. މި ސިޔާސަތަށް ބަލާއިރު މިފަދަ ކުދިންގެ ތޫނުފިލިކަމަށް ބަލައި ތަޢުލީމީ މަރުހަލާތައް ގިރާކުރެވޭނޭ ނިޒާމެއް ސުކޫލުތަކުގައި ޤާއިމުވެފައި ވާނެއެވެ. މި ސިޔާސަތަށް ބަލާއިރު އަޅުގަނޑުމެންގެ ސުކޫލުތަކުގެ ތެރެއިން މަދު ސުކޫލެއްގައި މެނުވީ މިފަދަ ކުދިންނަށް ޚާއްޞަކޮށްގެން  ޓްރާންސިޝަން ޕްލޭނެއްގެ ނިޒާމެއް ޤާއިމުކުރެވިފައި ނެތެވެ.  އަދި މިފަދަ ކުދިންނަށް ޚާއްޞަކޮށްގެން ސެން ކުލާސްތަކުގެ ނަމުގައި ކުރިއަށްގެންދާ ކުލާސްތައް ފިޔަވައި ޢާއްމުކޮށް ކިޔަވާދެވޭ އެއްވެސް ކުލާހެއްގައި އެފަދަ ކުދިންނަށް ޚާއްޞަކޮށްގެން މިފަދަ އެއްވެސް ޙަރަކާތެއް ހިންގާތަން ފެނިފައިނުވެއެވެ. މިފަދަ ކުދިންނަށް ވެސް އުނގަންނައިދެނީ ޢާއްމު ދަރިވަރުންނަށް ކިޔަވާދެވުމަށް ތައްޔާރުކުރެވިފައިވާ ލެސަންޕެލޭންތަކުގެ އެހީގައެވެ. އެހެންކަމުން ބުނެވެނީ ސިޔާސަތެއް އޮތަކަށް އާދަޔާޚިލާފަށް ތޫނުފިލިކަން ހުންނަ ކުދިންނަށް ޚާއްޞަކޮށްގެން އުނގަންނައިދިނުމުގެ ހަރުފަތްތައް ގިރާކުރެވޭނެ ނިޒާމެއް ސުކޫލުތަކުގައި ޤާއިމުކުރެވިފައި ނުވާކަމަށެވެ.

ދިވެހިރާއްޖޭގައި ތަންފިޒުކުރަމުން މިދާ އިންކުލޫސިވް ޕޮލިސީގެ ދެވަނަ ބާބުގެ 7 ވަނަ ބައިގެ (ށ) ގައި ބަޔާންކޮށްފައިވާ ބަޔަށް ބަލާއިރު، އާދަޔާއި ޚިލާފަށް ތޫނުފިލިކަން ހުންނަ ކުދިންނާއި، އުނގެނުމުގައި ތަފާތު މައްސަލަތައް ދިމާވާ ކުދިންނާއި، އިތުރު އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ރިޢާޔަތްކޮށްގެން އެކުދިންގެ ފެންވަރު ވަޒަންކުރުމުގައި އައި.އީ.ޕީ (އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭން) އެކުލަވާލައި އެ ޕުލޭން އަހަރެއްގެ ތެރޭގައި 2 ފަހަރު ރިވިއުކުރުމުގެ ސިޔާސަތެވެ. މިސިޔާސަތުގެ ދަށުން މިވާ އައި.އީ.ޕީ ސުކޫލުތަކުގައި ދަނީ ފުރަމުންނެވެ. ނަމަވެސް އެއީ ޚާއްޞަކުރެވޭ ވަކި ކުދިން ތަކަކަށް ނޫނެވެ. އެއީ އެ ސުކޫލެއްގައި ކިޔަވާ ހުރިހާ ދަރިވަރުން ޝާމިލުވާ ގޮތަށް ފުރޭ ފޯމުތަކެކެވެ. މީގެއިތުރުން ފޯމުތައް ފުރުމަށް ފަހު އެ ފޯމުތަކަށް ރިޢާޔަތްކޮށްގެން ފޯމުތައް ރިވިއުކޮށް ބެލެމުން ނުދާކަން ފާހަގަވެއެވެ. އަދި ވަކިން ޚާއްޞަކޮށް ތޫނުފިލިކަން ހުންނަ ކުދިންނަށް ފުރޭ ފޯމުތަކުގައި އެކުދިންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ރަނގަޅު ގޮތުގައި އެ ހުނަރު ބޭނުންކުރެވޭނެ ނިޒާމުތަކެއް ކަނޑައެޅިފައެއް ނުހުރެއެވެ. އެހެންކަމުން ބެނުވޭނީ މި ސިޔާސަތުގެ ދަށުން ކަނޑައެޅިފައިވާ މިވާ ބާބަށް ވެސް ތަންފީޒުނުކުރެވެއެވެ.

ދިވެހިރާއްޖޭގައި ތަންފިޒުކުރަމުން މިދާ އިންކުލޫސިވް ޕޮލިސީގެ ދެވަނަ ބާބުގެ 7 ވަނަ ބައިގެ (ނ) ގައި ބަޔާންކޮށްފައިވާ ބަޔަށް ބަލާއިރު، އާދަޔާއި ޚިލާފަށް ތޫނުފިލިކަން ހުންނަ ކުދިންނާއި، އުނގެނުމުގައި ތަފާތު މައްސަލަތައް ދިމާވާ ކުދިންނާއި، އިތުރު އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ރިޢާޔަތްކޮށްގެން، ޤައުމީ މަންޙަޖުގައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތަކުގެ ސިޔާސަތެވެ. މި ސިޔާސަތަށް ބަލާއިރު އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ރާއްޖޭ ސުކޫލުތަކުގައި ވަނީ ގެނެސްފައެވެ. ނަމަވެސް ބަދަލު އައީ އުނގަންނައިދިނުމުގެ ވައްޓަފާޅިއަށެވެ. ޚާއްޞަކޮށްގެން އުނގަންނައިދޭން ޖެހޭ ކުދިންނަށް އުނގަންނައިދިނުމަކަށް ނޫނެވެ. ފިލާވަޅުތައް ރޭވެނީ އެއް ޕްލޭނެއްގެ ދަށުން އެއް ހަރަކާތްތަކެއް ހިމަނައިގެންނެވެ. ތަފާތު ފެންވަރުގެ ތަފާތު ކުދިންނަށް އުނގަންނައިދިނުމަށް ބަދަލު ގެނެވިފައިވާނަމަ އެއް ލަނޑުދަނޑިއެއް ޙާޞިލުކުރަން ވިޔަސް ތަފާތު ފެންވަރު ތަފާތު ޙަރަކާތްތަކުގެ ތެރެއިން ހުރިހާ ކުދިންނަށް އެއްވަރަކަށް ޙާޞިލުކޮށްދެވޭނެ ގޮތް ވާނީ ޕުލޭންކުރެވިފައެވެ. އެހެންކަމުން މި ސިޔާސަތުވެސް ތަންފީޒުކުރެވެޔޭ ބުނެވޭކަށް ނެތެވެ.

ދިވެހިރާއްޖޭގައި ތަންފީޒުކުރަމުން މިދާ އިންކުލޫސިވް ޕޮލިސީގެ ދެވަނަ ބާބުގެ 7 ވަނަ ބައިގެ (ރ) ގައި ބަޔާންކޮށްފައިވާ ބަޔަށް ބަލާއިރު، އާދަޔާއި ޚިލާފަށް ތޫނުފިލިކަން ހުންނަ ކުދިންނާއި، އުނގެނުމުގައި ތަފާތު މައްސަލަތައް ދިމާވާ ކުދިންނާއި، އިތުރު އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ރިޢާޔަތްކޮށްގެން މުދައްރިސުން ތަމްރީނުކުރުމުގެ ސިޔާސަތެވެ. ސެން ކުލާސްތަކުގައި ކިޔަވާ ދެއްވާ މުދައްރިސުންނަކީ ތަމްރީނުކުރެވިފައިވާ މުދައްރިސުންތަކެކެވެ. އެހެންނަމަވެސް އާދައިގެ ކުލާސްތަކުގައި ކިޔަވާ ދެއްވާ މުދައްރިސުންގެ ތެރެއިން 90% ވަރަކަށް މުދައްރިސުންނަކީ ހުރިހާ ކުދިން ޝާމިލުކޮށްގެން އުނގަންނައިދިނުމަށް ތަމްރީނުކުރެވިފައިވާ މީހުންނެއް ނޫނެވެ. މިފަދަ ސިޔާސަތެއް ޤާއިމުކޮށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރެވޭ އިރު މުދައްރިސުންގެ ގޮތުގައި ތަމްރީނުވެގެން ނިކުންނަ ކުދިންނަކީ މިކަމަށް ހޭލުންތެރި ކުދިންނަށް ހެދުމަކީ އުނގަންނައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ނުހަނު ބޭނުންތެރި ކަމެކެވެ. އެހެންނަމަވެސް ތަމްރީނު ކުރެވެނީ އުންގަންނައި ދިނުމަށްވެ ޚާއްޞަކޮށްގެން އުނގަންނައިދޭކަށް ނޫނެވެ. އެހެންކަމުން މިސިޔާސަތަކީ ވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭ ސިޔާސަތެކޭ ދެންނެވޭކަށް ނެތެވެ.

 

ރިފަރެންސް

https://www.nie.edu.mv/index.php/en/resources/inclusive-education/documents/290-inclusive-education-policy-dhivehi-2013/file

 

 

 

 

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ (އޭ. އެސް. ޑީ)

 

بسم الله الرحمن الر حيم

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ފެކަލްޓީއޮފް އެޑިއުކޭޝަން

ހިތަދޫ ކެމްޕަސް

މާސްޓަރ އޮފް އެޑިއުކޭޝަން (ދިވެހި ލެންގުއޭޖް ޓީޗިން) 2018

 

އިންކުލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން

އީއެސްޓީ 523

28 އެޕްރީލް 2019

ލެކްޗަރަރ: ފާޠިމަތު އަހުލާމު

ޒީނަތު ލަބީބު (038881)

 

އެސައިންމެންޓް (ސެކްޝަން ބީ)

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ  (އޭ. އެސް. ޑީ)

 

ތަޢާރަފު:

ތަރައްޤީގެ އުސްމިންތަކުން ކުލަޖެހެމުންދާ ދުވަސްވަރެއްގައި އޯޓިޒަމްގެ މަޢުލޫމާތު ލިބި ހޭލުންތެރިވަމުންދާ މީހުން ވަރަށް ގިނައެވެ. އެހެންނަމަވެސް އޯޓިޒަމަކީ ބައްޔެއްގެ ގޮތުގައި ދެކޭ މީހުން މަދެއް ނޫނެވެ. އެއީ ބޮޑު ބައްޔެއް ކަމަށާއި އެފަދަ ކުދިންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި އެއީ މުޖުތަމަޢުން ބާކީވެގެން ދާނެ ކުދިންތަކެއްގެ ގޮތުގައި ދެކެ އެކަމުގެ ބުރުވެރިކަމުގައި އުޅޭ މައިންބަފައިން މަދެއް ނޫނެވެ. އެހެންކަމުން މިފަދަ މައްސަލައެއް ކުއްޖެއްގެ ކިބައިން ފާހަގަ ވިޔަސް އެކަން ސިއްރުކުރެއެވެ. މުޖުތަމަޢުގެ އެންމެންވެސް ދެކެނީ އެއީ ނުކުޅެދޭ ކުދިންތަކެއްގެ ގޮތުގައި ކަމުން އެކުދިންނަށް ފަރުވާ ދިނުމަށް ވެސް ބައެއް މައިންބަފައިން ޖެހިލުންވެއެވެ. އެހެންނަމަވެސް ކުއްޖާގެ ކިބައިން ފެންނަ އާދަޔާ ޚިލާފު ކަންތައްތަކަށް ވިސްނައި އެއީ ކީއްވެގެން ދިމާވާ ކަންތައްތަކެއްތޯ ހޯދައި ބަލައި އެކުދިންނަށް ދޭންޖެހޭ ފަރުވާތައް ހޯދުމަށް މަސައްކަތްކޮށް ކާމިޔާބާއި ހަމައަށް ވާޞިލުވަމުންދާ ބައެއް ވެސް އުޅެއެވެ. ވީޑިއޯއެއްގެ އެހީގައި އޯޓިޒަމް ކުދިންގެ ހަރަކާތްތައް ހުންނަގޮތާއި އެކުދިންނަށް އުނގަންނައިދިނުމުގައި ކަންތައް ކުރާގޮތާއި ހުރި ގޮންޖެހުންތަކަށް މި ރިޕޯޓުގައި އަލިއަޅުވާލާނަމެވެ.

ލިޓްރެޗަރ ރިވިއު:

އޯޓިޒަމް ކުދިންގެ ކިބައިގައި ހުންނަ ރަނގަޅު ކަންތައް:

މޮނިކާ ހޯވާރޑު (2015) ހާމަކުރައްވާ ގޮތުގައި އޯޓިޒަމް ކުދިން އެކުދިންނަށް ފެންނަ ކަންތައް ނަގައިގަނެ ވަރަށް ޅަޢުމުރުގައި ދަސްކުރަން ފަށައެވެ. އެހެންކަމުން ޢާއްމުގޮތެއްގައި އޯޓިޒަމް ކުދިންގެ ހިތުދަސްކުރުމުގެ ބާރު އެހެންކުދިންނަށް ވުރެ ގަދައެވެ. ޖެކިއު މެލުޒިއޯ (2015) ހާމަކުރައްވާގޮތުގައި އެކުދިންނަށް ދޭންޖެހޭ އިރުޝާދު ރަނގަޅަށް ދެވިއްޖެނަމަ އެހެންކުދިންނަށް ވުރެ މާރަނގަޅަށް ކަންތައް ތަކުގައި ވިސްނައެވެ. އަދ އެހެންކުދިންނަށް ވުރެ ވިސްނުމުގައި ތަފާތު ގޮތްތަކެއް ހުންނާނެކަމަށް އެލިޖާ ސުކޫލުގެ ކޮލިނިކަލް ސުޕަރވައިޒަރ ކޮލީން ކޮޗަރ ހާމަކުރައްވައެވެ. އަދި މިފަދަ ކޮންމެ ކުއްޖަކަށް އުނގަންނައިދިނުމުގައި ލެސްންޕްލޭން ތަފާތުވާން ޖެހޭނެކަމަށާއި ކޮންމެ ކުއްޖަކަށް ވެސް ގެންދާ ޙަރަކާތްތަށް އެކުއްޖެއްގެ ޙާލަތަށް ބަލައި ތަފާތު ކުރަންޖެހޭނެކަމަށް ޑެނީލެ ސްޓަމަޓަކޭ (2015) ހާމަކުރައްވައެވެ. އަދި މީގެއިތުރުން އޯޓިޒަމް ކުދިންނަކީ ވަރަށް ތަރުތީބަށް ލޯބިކުރާ ކުދިންތަކެއް ކަމާއި އެކުދިން ކުރާ ހުރިހާ ކަމެއްވެސް ކުރަނީ ވަރަށް ތަރުތީބުން ކަމަށް މޮނިކާ ހޯވާރޑު (2015) ގެ ޓީމުން ހާމަކުރައްވައެވެ. އިންޖިނިއަރިން ސައިންސް ފަދަ މާއްދާތަކަށް އޯޓިޒަމް ކުދިން މޮޅުކަމަށާއި އެކުދިން ދަސްކުރާ މިފަދަ ކަންތައް ގިނަދުވަސްތަކަށް ސިނކުޑީގައި ހަރުލާފައިވާކަމަށް ޑިނާރ އެމްއެލް ( 2015) ހާމަކުރައްވައެވެ. އޯޓިޒަމް ކުދިންނަކީ އެކުދިން ކުރާ ކޮންމެ ކަމެއް ޝެޑިއުލް ކޮށްގެން ވަރަށް ތެދުވެރިކަމާއެކު ކުރާ ކުދިންތަކެއް ކަމާއި އެކުދިންނަކީ ގަޑިއަށް ފަރުވާތެރި ވުމަށް ލޯބިކުރާ ކުދިންތަކެއް ކަމަށް ވެސް ޑިނާރ އެމްއެލް ( 2015) ހާމަކުރައްވައެވެ.

އޯޓިޒަމް ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތައް:

ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އޯޓިޒަމް ކުދިންނަށް އެކި އެކި ކަންތައްތަކާއި ކުރިމަތިލާންޖެހެއެވެ. އެކުދިންނަކީ އެކުދިންގެ ޛާތުގައި އަޑުގަދަ ތަންތަނުގައި އުޅުމަށް އުނދަގޫ ކުދިންނެވެ. އަދި މިކުދިންގެ މޫޑަކީ ވަރަށް ހަލުވުކޮށް ބަދަލުވޭވެ ހުންނައެއްޗެކެވެ. އެހެންކަމުން މީހުންނާއި އެކުއެކީ އުޅުމުގައި ތަފާތު ގޮންޖެހުންތަކާއި ކރިމަތިލާންޖެހެއެވެ. އޯޓިޒަމްކުދިންގެ ސިއްޙި ދުޅަހެޔޮކަމަކީ އެހާ ސްޓޭބަލަ އެއްވެއް ނޫނެވެ. އޯޓިޒަމް ކުދިން އެންމެ ޙަރަކާތްތެރިކޮށް އުޅެނީ ދުވާލުގަޑިގައި ކަމަށް ހަޔަރޝީ އެމް ކަޓޯރ (2008) ހާމަކުރައްވައެވެ.

ވީޑިއޯއިން ފާހަގަކުރެވުނު ކަންތައް:

އޯޓިޒަމް ކުދިންނަކީ އެކުދިންގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އުނގެނުމުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާ ކުދިންތަކެކެވެ. މި ވީޑިއޯއިން ފެނިގެންދަނީ  އޯޓިޒަމް ހުންނަ ކުއްޖެއްގެ ވާހަކަ މައިންބައިފައިން  ކިޔާދީފައެވެ.

 


އޭ.ޑީ.އެޗް.ޑީ

 



އެސައިންމެންޓުގެ ތަޢާރަފު

އޭ.ޑީ.އެޗް.ޑީ އާއި ބެހޭ ގޮތުން ތައާރަފް އެއް ދޭށެވެ. އަދި މިފަދަ ކުދިންނަށް ސްކުލްގައި ދިމާވާ ދަތިތަކާއި ދެވިދާނި އެހީ ބުނެދޭށެވެ.

އޭ.ޑީ.އެޗް.ޑީ އަކީ ކޮބައިހެއްޔެވެ؟

ސިކުނޑި ހެދިބޮޑުވުމަށް ދިމާވާ މައްސަލަތަކުގެ ތެރެއިން އެންމެ ޢާއްމު އެއްވައްތަރަކީ އޭ.ޑީ.އެޗް.ޑީ ކަމަށް ޑެނިލްސަން (2016) ހާމަކުރައްވައެވެ.

އޭ.ޑީ.އެޗް.ޑީ ނުވަތަ އެޓެންޝަން ޑެފިސިޓް ހައިޕާރއެކްޓިވިޓީ ޑިސްއޯޑަރ އަކީ ކުދީންގެ ސިކުޑިއަށް ދިމާވާ ކަމެއްގެ ސަބަބުން އާދަޔާ ޚިލާފަށް މަޑުން ނީދެވުމާއި  ކަަންކަމަށް ދޭންވާ ސަމާލުކަން ނުދެވުމެވެ. އެކުދީންގެ ސިކުޑީގެ ނާރުތައް މަސައްކަތް ކުރުމުގައި އުނިކަމެއް ހުރުމުގެެ ނަތީޖާއަކީ އެކުދީންްނަށް އާދަޔާޚިލާފަށް މަޑުން ނުތިބެވުމާއިި ކަންކަމުގައި ދޭންވާ ސަމާލުކަން ދޭން އުނދަގޫ ވުމެވެ(ބާކްލެއި 1998).

އޭ.ޑީ.އެޗް.ޑީ އަކި އާދަޔާއި ޚިލާފަށް ޙަރަކާތްތެރިވެ އުޅުމާއި ފަހަށް ވިސްނުމެއްނެތި ކަންކަން ކުރުމަށް މަގުފައިކުރުވާ ނިއުރިލޮޖިކަލް ޑިސްއޯޑަރ އެކެވެ. މިފަދަ ކުދިންނަށް ކަންކަން ކުރުމަށް ސަމާލުކަންދީގެން ތަނެއްގައި މަޑުން ގިނައިރު ތިބުމަށް އުނދަގޫވެއެވެ. އެއީ މިފަދަ ކުދިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި މީގެ ސަބަބުން މުޖުތަމަޢުގައި އެހެން މީހުންނާއި އޭ.ޑީ.އެޗް.ޑީ ނުވަތަ އެޓެންޝަން ޑެފިސިޓް ހައިޕާރއެކްޓިވިޓީ ޑިސްއޯޑަރ އަކީ ގިނަ ކުދިންގެ ޅައުމުރުގައި ފާހަގަވާ ނުކުޅެދުންތެރިކަމަށް ފާތިމަތު ރަނާ (2018) ބުނެފައިވެއެވެ. މިއީ އެންމެ ގިނައިން ކުދިންގެ ފަރާތުން ފެންނަ ސިކުނޑީގެ ނުކުޅެދުންތެރިކަމަށާއި މި ނުކުޅެދުންތެރި ކަމުގެ ސަބަބުން ކުދިން އާދަޔާ ޚިލާފަށް މަޑުން ނުހުރެވުމާއި ކަންކަމުގައި ދޭންވީ ފުރިހަމަ ސަމާލްކަން ދިނުމަށް އުނދަގުވާ ކަމަށް ފާތިމަތު ރަނާ (2018) ބުނެފައިވެއެވެ. އަދި އަވަސް އަވަހަށް ރުޅިއައުމާ ކަންތައްތައް އަވަހަށް ހަނދައިންނެތުން ފަދަ ކަންކަން ހިމެނެއެވެ. އަދި ގިނަ ބެލެނުވެރިންނަށް މިކަން ފާހަގަވަނީ ޅައުމުރުގައި ސްކޫލަށްލައި، ސްކޫލް މަސައްކަތްތަކުގައި ސަމާލްކަންދޭން އުނދަގޫތަކާ ކުރިމަތިލާން ފެށުމުންނެވެ. ުޅިގެން އުޅުމުގައި ތަފާތު ކަންތަކާއި ކުރިމަތިލާން މިފަދަ ކުދިން ޖެހެއެވެ.

އޭޑީއެޗްޑީ ކުދީން ދެނެގަންނާނީ ކިހިނެއްތަ؟

އެެމެރިކާގެ އަބާދީގެ 3-5 ދޭތެރޭގެެ އިންސައްތައަކީ އެޑީއެޗްޑީ ކުދީންނެވެ. އަދި އެއީ އަންދާޒަކޮށް ބަލައިފިނަމަ އެމެރިކާގެ 1.40-2.46 މިލިއަން ކުދީންނެވެ(ސްޓީވެންސް،1997؛އެމެރިކަން ސައިކޭޓްރިކް އެސޯސިއޭޝަން،1994).މި ކުދީންގެ ތެރޭގައި ގިނައީ އަންހެންކުދީންނަށް ވުރެ ފިރިހެން ކުދީންނެވެ.އަދި އެހެނިހެން ދިރާސާތަކުންވެެސް ދައްކާގޮތުން ފަރުވާ ދިނުމުގައިވެސް ފިރިހެން ކުދީންނަށް ހަތަރެއް ނުވަތަ  ނުވަފަހަރަށް ފަރުވާ ދޭން ޖެހޭ ކަމަށެވެ(ބެންޑަރ،1997).އަހަރުތަކަކަށް ފަހު އެނގިގެންދަނީ ކުދިންކިބައިގައި މިނުކުޅެދުންތެރިކަން އެކުދީން އުމުރުން 3 އަހަރުން ފެށިގެން ވެސް ފެންނަން ފަށާކަމަށެވެ.އެއަށްފަހު އެެކުދީން ބޮޑުވަމުންއަންނަނީ އެ ނުކުޅެދުންކަމުގެ ތެރޭގައެވެ.މި ނުކުޅެދުންތެރިކަމަކީ ވަކިވަރަކަށް ހުންނަ ކަމެއް ނޫނެވެ.

އޭ.ޑީ.އެޗް.ޑީ ހުންނަ ކުއްޖެއްގެ ކިބައިން ފާހަގަކުރެވޭ 3 ކަމެއްވޭ. އެއީ

1-      ސަމާލުކަން ނުދެވުން

ކަމަކާއި ބެހޭގޮތުން އިތުރު ތަފްސީލް ދޭ ވަގުތު އަޑު ނޭހުން.

ކްލާހުގައި ދޭ ފިލާވަޅުތައް ނިންމާއިރު ކުދިކުދި ކުށްތައް ފެނުން.

އެއްވެސް ކަމަކަށް ދޭންޖެހޭ ސަމާލުކަން ދިނުމަށް ދަތިވުން.

އެކުއްޖަކާއި މުޚާތަބުކޮށް ވާހަކަދައްކާ ވަގުތުތަކުގައި ވެސް ވާހަކަދައްކާމީހާއަށް ސަމާލުކަން ދޭން އުނދަގޫވުން.

2-       ކަމެއް ކުރަން ބޭނުންވާ ގަޑީގައި އެކަމެއް ކުރުމަށް އޮންނަ މިންވަރު ބޮޑުވުން (ކެއްތެރިކަމެއް ނެތުން)

ސްކޫލުގެ މަސައްކަތްތައް ނިންމުމަށް.

ފަރުވާކުޑަވުން އަދި މަސައްކަތެއް ޙަވާލުކޮށްފިނަމަ އެކަމަކަށް މަކަރު ހެދުން.

ކަންތައްތައް ރާވައިގެން ހިންގަންއަދި ކުރަން އުނދަގޫވުން.

މާގިނަވަގުތު އެއްކަމަކަށް ދީގެން އިންނަން އުނދަގޫވުން އަދި ސިކުނޑި ބޭނުންކޮށްގެން ކުރާ ކަންތައްތައް ކުރަން ބޭނުންނުވުން.

3-       ހައިޕަރއެކްޓިވް ކަން (އާދައާޚިލާފަށް ހަރަކާތްތެރިވުން)

އަތާއި ފައިން ކޮންމެވެސް ޙަރަކާތެއް އަބަދުކުރުން.

ގޮޑީގައި އިށީނދެ އިންނަން ޖެހޭ ވަގުތުތަކުގައިވެސް ތެދުވެގެން އުޅުން.

ދުވަން ނުޖެހޭ ވަގުތު ތަކުގައި ދުވުމާއި، ތަންތަނަށް އެރުން.

ހިތްހަމަ ޖައްސާލުމުގެ ގޮތުން މަޑުމަޑުން އިނދެގެން ކުރާ ކަންތައްތައް ކުރަން އުނދަގޫވުން.

ސުވާލުކޮށް ނުނިމެނީސް އެސުވާލުގެ ޖަވާބު ދިނުން.

ފުރުސަތު ލިބެންދެން މަޑުކުރަން އުނދަގޫވުން.

ބައެއްފަހަރު އެހެންކުދިން ކަންތައްތައް ކުރަމުންދާ ގަޑީގައި އެކުދިންނަށް އުނދަގޫކުރުން.

އަބަދުވެސް އަވަސް އަރައިގެން އުޅުން.

ސްކޫލްގައި ދިމާވާގޮންޖެހުންތައް

އޭޑީއެޗްޑީ ކުދީންނަށް ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ކަންކަންް ކުރެވޭލެއްލަސްވުމުގެ ސަބަބުން އެެކުދީން އަމިއްލަ މިޒާޖު ކޮންޓްރޯލް ކުރުމަށް ދަތިވެއެވެ.(ފޯނަސް އަދި ކަވަލް،2001).އަދި ދުޕައުލް އަދި ސްޓޯނަރ(1994) ހާމަކުރައްވާގޮތުން އެކުދީންގެ ވޯކިންގް މެމަރީ އަދި ޝޯޓްޓާރމް މެމަރީ  ވަގުތުން ބޭނުންކުރުން ނުވަތަ އޭގެ ބޭނުންޖެހޭ ވަގުތު ބޭނުންކުރަން އުނދަގޫވެއެވެ.އެކުދީންގެ އިހްސާސްތަކާއި ޝުޢޫރުތައް ފާޅުކުރުން ލަސްވެގެންދެއެވެ. ކުދިންގެ ޝުޢޫރުތައް ފާޅުކުރުމުގައި ދަތިވެއެވެ.މައްސަލަތައް ދަނެގަނެ އެމައްސަލައަށް ހައްލެއް ހޯދާ އެހެން މީހަކަށް ބުނެދިނުމަކީ އެކުދީންނަށް ދަތިކަމެކެވެ.

އެހީތެރިވާނީ ކިހިނެއް؟

 މިފަދަ ކުދިންނަށް އެހީތެރިވުމުގެ ގޮތުން އެލްޑީއޮންލައިން.އޯގަނައިޒޭޝަންގައިވާ ގޮތުން މިފަދަ ކުދިންނަށް ދެވިދާނެ ބައެއް އެހީތެރިކަމަކީ ކުދި ޓާސްކުތައް ހަވާލުކޮށް، ދޭތެރެއިން ހުސްވަގުތުކޮޅެއް ދެވިދާނެއެވެ. އެއީ އެއްކަމަކަށް ގިނަ ވަގުތު ސަމާލުކަން ދޭން އުނދަގޫވާތީއެވެ. މިކުދިންނަށް ދެވޭ އިރުޝާދު ވާންޖެހޭނީ ކުރު އަދި ސާފު އިބާރާތުން ދެވޭ އިރުޝާދަށެވެ. އޭ،ޑީ،އެޗް،ޑީ ހުންނަ ކުދިން ޝައުޤުވެރިވާ ކަންކަން ބަލައި އެކަންތަކާއި ގުޅުވައިގެން ޓާސްކުތައް ވެސް ހަވާލުކުރެވިދާނެއެވެ. ދަރިވަރުން ކަންތައް ކުރަންވީ ގޮތުގެ އިރުޝާދުތައް ފެންނަ ގޮތަށް ބެހެއްޓުމަކީވެސް ކުރެވިދާނެކަމެކެވެ. އޭ،ޑީ،އެޗް،ޑީ ހުންނަ ކުދިންނަކީ މަޑުން ތިބެން އުނދަގޫ ކުދިންނަށް ވުމުން އެކުދިންގެ އެނަރޖީ ބޭރުކުރުމަށް ވަގުތުކޮޅެއް ދެވިދާނެއެވެ. މީގެއިތުރުން ކުއްޖާއަށްވުރެ ބޮޑަށް އެކުއްޖާގެ ބިހޭވިއަރ ރަނގަޅުކުރުމަށް މަސައްކަތް ކުރާށެވެ. އަދި ގޭތެރޭގައި އަދި ސްކޫލުގައިވެސް އެއްގޮތަކަށް ކަންތައްތައް ކުރުމަށް ބާރު އަޅާށެވެ. ކިރިޔާވެސް ރަނގަޅުކަމެއް ކުރާ ދަނޑިވަޅުގައި ހިތްވަރުދީ ތަރުޙީބު ދޭށެވެ. އަވަސް އަވަހަށް މަސައްކަތްޙަވާލުކުރުމާއެކު ވީހާވެސް ގިނަ ކުދި ކުދި ޒިންމާތަކެއް ދޭށެވެ. ޝައުޤުވެރިކަން ހުންނަ ދާއިރާއަކާއި ގުޅުވާލައިގެން ފިލާވަޅު ކުރިއަށް ގެންދިޔުމަށާއި ސަމާލުކަން ހޯދަން  ކުރާކަންތައްތަކަށް އެހާބޮޑަށް  އަޅާ ނުލާށެވެ.

ކިޔަވައިދނުމުގައި ވިސްނަންވީ ކަންތައްތައް:

1-      ކުޑަދޮރާވީ ފަރާތުގައި މިފަދަ ކުދިން ނުބޭތިއްބުން.

2-      އުނދަގޫ ބައިތައް ކުރިން ކިޔަވައިދިނުން.

3-      ސްކޫލުގައި ކިޔަވަން ތިބެވޭނެ އަޑުމަޑު ތަނެއް ހުރުން.

4-      ކިޔަވައިދޭން ފެށުމުގެކުރިން ސަމާލުކަން ލިބޭނެ ފަދަގޮތެއް ބޭނުންކުރުން.

5-      މިފަދަ ކުދިންނަށް އަބަދުވެސް  ނަޒަރު ހިންގުން.

6-      އިރުޝާދުތައް ކުރުކޮށް ސާފުކޮށް ދިނުން.

7-      އުނދަގޫ ސުވާލަކަށް ޖަވާބު ދިނުމުގައި އެހީތެރިވެދިނުން.

8-      ކުލާހަށް ދާއިރު ދަރިވަރު ޝައުވެރިވާފަދަ އިތުރު އެހީ ގެންދިއުން.

9-      ކުރަންޖެހޭ މަސައްކަތް ބޯޑުގައި ފެންނަން އޮތުން.

10- ކޮމްޕިއުޓަރ ބޭނުންކުރުން.

11- ކަނޑައެޅިފައިވާ ވަގުތު ހަމަވުމަށްފަހު ނިންމާ މަސައްކަތްވެސް ބަލައިގަނެ ތަރުހީބުދިނުން.


ރެފަރެންސް:

ޑެނިލްސަން، އެމް. އެލް. (2016). ޕްރިވެލަންސް އޮފް ޕޭރެންޓް-ރިޕޯޓެޑް އޭ.ޑީ.އެޗް.ޑީ ޑައިގުނޯސިސް އެންޑް އެސޮސޮއޭޓެޑް ޓްރީޓްމެންޓް އެމަންގު ޔޫއެސް ޗިލްޑްރަން އެންޑް އެޑޮލެސެންޓް. ޖާރނަލަ އޮފް ކޮލިނިކަލް ޗައިލްޑް އެންޑް އެޑޮލެސެންޓް ސައިކޮލޮޖީ، ޗެޕްޓަރ،47.

ބާކްލެއި،އާރު.އޭ.(1998).ހޭންޑްބުކް އޮފް އެޓެންޝަން ދެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑަރ(2nd ed.).ނިއުޔޯކް:ގައިލްފޯޑް ޕްރެސް.

 ޖެންސަން،ޕީ.އެސް.،މާޓިންސް،ޑީ.،އަދި ކޭންޓްވެލް،ޑީ.ޕ.(1997).ކޮމޯބިޑިޓީ އިން އެޑީއެޗްޑީ:އިންޕްލިކޭޝަން ފޯ ރިސާޗް،ޕްރެކްޓިސް،އަދި ޑިއެސްއެމް.އައިވީ.ޖާނަލް އޮފް ދަ އެމެރިކަން އެކަޑަމމީ އޮފް ޗައިލްޑް އެންޑް އެޑޯލެސެންޓް ސައިކޭޓްރީީ،36،1065-107.

ފާތިމަތު ރަނާ (2018)، މޭލުގާ.އެމްވީ

 

 

އިހްތިރާމް ކުރާށޭ! (ތަގުރީރު)

 

بسم الله الرحمن الرحيم.

އިންސާފުވެރި ފަޑިޔާރުން... އިއްޒަތްތެރި މުދައްރިސުން... އެކުވެރި ކިޔަވާ ކުދިން... ލޮބުވެތި ބެލެނިވެރިން...
السلام عليكم ورحمة الله وبركاته

އަޅުގަނޑުގެ މަންމަ ވަރަށް ގިނައިން ބުނާތި އަޑުއަހަން ގޮނަކަށް ގޮނެކޭ... މަންމަ މި ކިޔާ އެއްޗެއް އެއްގޮތަކަށް ވެސް ނޭނގޭ... އެހެންވެ ހިތަށް އެރީ ގޮނަކީ ކޯޗެއްތޯ އޮޅުންފިލުވަން މަންމައާ ސުއާލު ކުރާނީއޭ... ސުއާލުގެ ޖަވާބު ވެސް އެހާ ބީރައްޓެހި... މީހެއްގެ އަތުން އެއްޗެއް ބޭނުންނަމަ އެމީހަކަށް ފުރަތަމަ އެއްޗެއް ދޭންޖެހެޔޯ... އަޅުގަނޑު ބުނެލިން... މަންމަ ތިބުނުއްވަނީ މުދައްރިސުންގެ ގާތުން އާ ފިލާވަޅެއް ބޭނުންނަމަ ފުރަތަމަ މުދައްރިސަށް ފިލާވަޅެއް ދޭށެތޯ... މަންމަ ނޫނެކޭ ބުނުއްވުމުން އަޅުގަނޑު މަންމައަށް ބުނިން... މަންމާ! އަޅުގަނޑަށް އެނގޭ ކަހަލަ ބޭބިޝް މިސާލެއް ކިޔާލަދެވިދާނެތަ... ތިކުދިންނަށް އެނގޭތަ މަންމަ ބުނުއްވީ ކީކޭކަން... މަންމަ ބުނުއްވީ އިޙްތިރާމް ލިބޭނީ އިޙްތިރާމް ދީގެންނޭ... އެއީ ވަރަށް ބޮޑު ހަގީގަތެއް ދޯ... އަޅުގަނޑުމެން އެމީހަކަށް އިޙްތިރާމް ނުކުރާނަމަ އެމީހަކުވެސް އަޅުގަނޑުމެންނަށް އިޙްތިރާމެއް ނުކުރާނެ ދޯ... އެހެންކަމުން އަޅުގަނޑުގެ މިއަދުގެ މައުޟޫއަކީ... އެނެކުންނަށް އިހްތިރާމް ކުރާށޭ!... އާދެ މި މަޢުޟޫއު...

އިސްލާމްދީނަކީ އިހްތިރާމް ކުރުމަށް ބާރު އަޅާ ދީން... އިސްލާމްދީނުގައި ކުޑަކުދީންނަށާއި ބޮޑެތި މީހުންނަށް އިހްތިރާމްކުރަން އަންގަވާފައިވޭ... ތިކުދިންނަށް އެނގޭތަ... މީހަކަށް އިޙްތިރާމް ކުރަން ޖެހެނީ އެމީހާގެ ދީނަށް ބަލާފައެއް ނޫން... އެއީ ކޮންމެ ދީނެއްގެ މީހަކަށް ވިޔަސް... އަދި ކޮންމެ ކަހަލަ މީހަކަށް ވިޔަސް އެމީހަކަށް އިޙްތިރާމްކުރަންޖެހޭ... ތިކުދިން ހަނދާންވޭތަ ރަސުލާ ސައްލަﷲ އަލައިހި ވަސައްލަމައާ ބެހޭގޮތުން އާންޓީމެން ކިޔާ ދެއްވާ ވާހަކަތައް... އެކަލޭގެފާނު ވަނީ އިހްތިރާމް ކުރުމުގެ ރީވެތި ނަމޫނާ ދައްކަވާފަ... އެކަލޭގެފާނަށް އަނިޔާ ކުރި މުޝްރިކުންނަށް، އެކަލޭގެފާނު އިޙްތިރާމް ކުރެއްވެވި... ވީމާ ނަބިއްޔާ ދެއްކެވި ރީތި ނަމޫނާގައި ހިފައިގެން، އެހެންމީހުންނަށް އިޙްތިރާމް ކުރާ ބަޔަކަށް އަލުގަނޑުމެން ވާން ވާނެ ދޯ...

އެކުވެރި ކުދިންނޭ... ތިޔަ ކުދިންގެ އެކުވެރިންނާ ވާހަކަ ދައްކާއިރު ވެސް އިޙްތިރާމް ކުރަންވާނެ... ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް... އެކި ކުދިންނަކީ އެކި ފެންވަރުގެ ކުދިން ދޯ... އެހެންނަމަވެސް "އެވްރީ ވަން އިޒް ޔުނީކް" ދޯ... (އޫމް......) މިސާލަކަށް ތިޔަކުދިންގެ އެކުވެރި ކުއްޖަކަށް ކަމެއް ކުރަން ނޭނގުނިއްޔޯ... އަޅެ ކިހިނެއް ތި ކުދިން ކަންތައް ކުރާނީ... (އޫމް......) ޖޯކުޖަހާނީތަ... ނުވަތަ މަލާމާތް ކުރާނީތަ... (އޫމް......) ދެރަކޮށް އައްޗި ބަހުން އެއްޗެހި ގޮވާނިތަ... ނޫން ދޯ... އެކުއްޖާއަށް ހިތްވަރުދީ އެހީތެރިވާނީ... އެކުއްޖާގެ މަސައްކަތަށް އިޙްތިރާމް ކުރާނީ... އޭރުން އަޅުގަނޑުމެންނަށް އެފަދަ ކަމެއް ދިމާވާ ވަގުތު އަޅުގަނޑުމެން ލަދުގަންނާކަށް ނުޖެހޭނެ... އަޅުގަނޑު މަންމަ ބުނުއްވި ބަސް ހަނދާންވޭތަ... ގޮނަކަށް ގޮނެކޭ ދޯ... އެހެންވިމާ، އެންމެންގެ ލޯތްބާއި ރުހުން ލިބިގަތުމަށްޓަކައި އެންމެންނަށް ވެސް އިހްތިރާމް ކުރަން ވާނެ...  

އިޙްތިރާމް ކުރުމަކީ އިސްލާމްދީން ނުހަނު ބާރުއަޅާ ކަމެއް... ނަމަވެސް ހިތާމަޔަކީ އިޙްތިރާމް ކުރުން މިއީ މިއަދުގެ ދުނިޔޭގައި ނެތެމުންދާ ސިފައެއް... މިސިފައަކީ ކުޑަ ކުދިން ނާއި ޒުވާނުންނަށް މިއަދު ބީރައްޓެހި ސިފައެއް... ސުބުޙާނަﷲ... ހުރި ހިތާމައެއްގެ ބޮޑުކަން ދޯ... ﷲ އާ ރަސޫލާ އެސިފައެއް ދެކެ ލޯބިވެވޮޑިގަންނަވާ ސިފައެއް މިވަނީ އަޅުގަނޑު މެންނަށް ބީރައްޓެހި ސިފައަކަށް ވެފައި... އެހެންކަމުން މިއީ ވަރަށް ހިތާމަވެރި ކަމެއް... އެހެންވީމާ އަޅުގަނޑުމެން އެންމެންގެ ވެސް އަޒުމަކަށް ވާންވީ އިޙްތިރާމް ދީގެން އިޙްތިރާމް ހޯދާ ބަޔަކަށް ވުން... އަޅުގަނޑުގެ ދުޢާއަކީ މަންމައާއި ބައްޕައަށް އީހްތިރާމް ކުރާ ކުދިބަޔަކަށް އަޅުގަނޑުމެން ވެގެން ދިއުން... އަދި މުދައްރިސުންނާއި އެންމެހާ ބޮޑެތި މީހުންނަށް އިޙްތިރާމް ކުރާ ބަޔަކަށް ވެގެން ދިއުން... އާމީން... والسلام عليكم ورحمة الله وبركاته

 

ހިތަދޫ (ތަގުރީރު)

سم الله الرحمن الرحيم.

الحمد لله رب العالمين والصلاة والسلام علي رسول الله. وعلي آله وصحبه وسلم.
އިންސާފުވެރި ފަޑިޔާރުން... އިއްޒަތްތެރި މުދައްރިސުން... އެކުވެރި ކިޔަވާ ކުދިން... ލޮބުވެތި ބެލެނިވެރިން...
السلام عليكم ورحمة الله وبركاته
އެނގޭތަ... އަޅުގަނޑުގެ ނަމުގައި އޮންނަނީ އެންމެ ތިން އަކުރު. ފުރަތަމަ ދެއަކުރަކީ މޫސުމަކަށް ކިޔާ ނަމެއް... ފަހު އަކުރަކީ ހަށިގަނޑުގެ ގުނަވަނެއް... ތިކުދިންނަށް އިނގޭތަ މިއަދު އަޅުގަނޑު ވާހަކަ ދައްކަން މިއުޅެނީ އަޅުގަނޑުގެ ރަށް "ހިތަދޫ" އާ ބެހޭގޮތުން... ހިތަދޫ އަކީ އަޅުގަނޑުގެ އުފަން ރަށް... އަދި އަޅުގަނޑު އެންމެ ލޯބިވާ މަންމައާއި ބައްޕަގެ ވެސް ރަށް... އަޅުގަނޑު އެންމެ ފުރަތަމަ ނޭވާ ލީ ވެސް ހިތަދޫ އަށް... އަޅުގަނޑުގެ ރީތި އިސްކޫލު ވެސް ހުންނަނީ ހިތަދޫގައި....
ހިތަދޫއަކީ ވަރަށް ބޮޑު ރަށެއް... އަދި އެނގޭތަ... މިއީ ވަރަށް ރީތި ރަށެއް... ރާއްޖޭގެ އެކި ހިސާބުތަކުން މިރަށް ބަލައިލަން މީހުން އާދޭ... ތިކުދިންނަށް އެނގޭތަ... ހިތަދޫ ކޯއްޓޭގައި ގައި ރަނިން ފެންގަނޑެއް ވެސް އޮވޭ... އެ ފެންގަނޑު އޮންނަނީ މަޑުމަޑު ގުރާފެހި ކުލައެއްގައި... އަދި އެނގޭތަ... އަޅުގަނޑުގެ ރަށުގައި ރީތި ކުޅިތަކާއި ޗާލު ޕާކުތައް ވެސް ހުރޭ... އަޅުގަނޑަށް ހިތަދޫން އެންމެ ރީތިތަނަކީ ކޮބައިކަން ބުނެދެންތަ... އަޅުގަނޑަށް އެންމެ ރީތީ ކަނބިހާ ބީޗު... ކޮންމެ ހަފްތާ ބަންދެއްގައި އަޅުގަނޑާ އަޅުގަނޑުގެ ކޮއްކޮމެން މި ބީޗަށްދަން.... އެއީ ވަރަށް ހިތްފަސޭހަ މާހައުލެއް... އެއީ ހިތަދޫގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ ނަލަނަލަ ބީޗެއް...

ނަމަވެސް ބީޗުގެ ރީތިކަން ހިފެހެއްޓޭނީ އަޅުގަނޑުމެން ބީޗަށް ކުނިނޭޅުމުން... ދޯ ... އަޅުގަނޑު މާމަމެން ބުނާތީ އަޑުއަހަން ކުރީގައި ހިތަދޫގެ މަގުމަތިން ވެސް ކުނިކޮޅެއް ނުފެންނާނެއޭ... މިހާރު އޭގެ އިދިކޮޅު ދޯ... ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ އެކި ޒާތްޒަތުގެ ކުނި... މިއީ ވަރަށް ހިތާމަވެރިކަމެއް... އަޅުގަނޑުމެންގެ ރަށް ރީތިކޮށް ބޭވުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް... އެހެންވީމާ ތިކުދިން ވެސް ބީޗަށް ކުނި ނާޅައްޗޭ އިނގޭ... އޭރުން މި ރީތި ރީތި ރަށް އޮންނާނީ އަބަދުވެސް ރީއްޗަށް.... والسلام عليكم ورحمة الله وبركاته