އެސައިންމެންޓުގެ ތަޢާރަފު
އޭ.ޑީ.އެޗް.ޑީ
އާއި ބެހޭ ގޮތުން ތައާރަފް އެއް ދޭށެވެ. އަދި މިފަދަ ކުދިންނަށް ސްކުލްގައި ދިމާވާ
ދަތިތަކާއި ދެވިދާނި އެހީ ބުނެދޭށެވެ.
އޭ.ޑީ.އެޗް.ޑީ
އަކީ ކޮބައިހެއްޔެވެ؟
ސިކުނޑި
ހެދިބޮޑުވުމަށް ދިމާވާ މައްސަލަތަކުގެ ތެރެއިން އެންމެ ޢާއްމު އެއްވައްތަރަކީ އޭ.ޑީ.އެޗް.ޑީ
ކަމަށް ޑެނިލްސަން
(2016) ހާމަކުރައްވައެވެ.
އޭ.ޑީ.އެޗް.ޑީ
ނުވަތަ އެޓެންޝަން ޑެފިސިޓް ހައިޕާރއެކްޓިވިޓީ ޑިސްއޯޑަރ އަކީ ކުދީންގެ ސިކުޑިއަށް
ދިމާވާ ކަމެއްގެ ސަބަބުން އާދަޔާ ޚިލާފަށް މަޑުން ނީދެވުމާއި ކަަންކަމަށް ދޭންވާ ސަމާލުކަން ނުދެވުމެވެ. އެކުދީންގެ
ސިކުޑީގެ ނާރުތައް މަސައްކަތް ކުރުމުގައި އުނިކަމެއް ހުރުމުގެެ ނަތީޖާއަކީ އެކުދީންްނަށް
އާދަޔާޚިލާފަށް މަޑުން ނުތިބެވުމާއިި ކަންކަމުގައި ދޭންވާ ސަމާލުކަން ދޭން އުނދަގޫ
ވުމެވެ(ބާކްލެއި 1998).
އޭ.ޑީ.އެޗް.ޑީ
އަކި އާދަޔާއި ޚިލާފަށް ޙަރަކާތްތެރިވެ އުޅުމާއި ފަހަށް ވިސްނުމެއްނެތި ކަންކަން
ކުރުމަށް މަގުފައިކުރުވާ ނިއުރިލޮޖިކަލް ޑިސްއޯޑަރ އެކެވެ. މިފަދަ ކުދިންނަށް
ކަންކަން ކުރުމަށް ސަމާލުކަންދީގެން ތަނެއްގައި މަޑުން ގިނައިރު ތިބުމަށް
އުނދަގޫވެއެވެ. އެއީ މިފަދަ ކުދިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި
މީގެ ސަބަބުން މުޖުތަމަޢުގައި އެހެން މީހުންނާއި އޭ.ޑީ.އެޗް.ޑީ ނުވަތަ އެޓެންޝަން ޑެފިސިޓް
ހައިޕާރއެކްޓިވިޓީ ޑިސްއޯޑަރ އަކީ ގިނަ ކުދިންގެ ޅައުމުރުގައި ފާހަގަވާ ނުކުޅެދުންތެރިކަމަށް
ފާތިމަތު ރަނާ (2018) ބުނެފައިވެއެވެ. މިއީ އެންމެ ގިނައިން ކުދިންގެ ފަރާތުން ފެންނަ
ސިކުނޑީގެ ނުކުޅެދުންތެރިކަމަށާއި މި ނުކުޅެދުންތެރި ކަމުގެ ސަބަބުން ކުދިން އާދަޔާ
ޚިލާފަށް މަޑުން ނުހުރެވުމާއި ކަންކަމުގައި ދޭންވީ ފުރިހަމަ ސަމާލްކަން ދިނުމަށް އުނދަގުވާ
ކަމަށް ފާތިމަތު ރަނާ (2018) ބުނެފައިވެއެވެ. އަދި އަވަސް އަވަހަށް ރުޅިއައުމާ ކަންތައްތައް
އަވަހަށް ހަނދައިންނެތުން ފަދަ ކަންކަން ހިމެނެއެވެ. އަދި ގިނަ ބެލެނުވެރިންނަށް މިކަން
ފާހަގަވަނީ ޅައުމުރުގައި ސްކޫލަށްލައި، ސްކޫލް މަސައްކަތްތަކުގައި ސަމާލްކަންދޭން އުނދަގޫތަކާ
ކުރިމަތިލާން ފެށުމުންނެވެ. ުޅިގެން އުޅުމުގައި ތަފާތު ކަންތަކާއި ކުރިމަތިލާން
މިފަދަ ކުދިން ޖެހެއެވެ.
އޭޑީއެޗްޑީ ކުދީން
ދެނެގަންނާނީ ކިހިނެއްތަ؟
އެެމެރިކާގެ
އަބާދީގެ 3-5 ދޭތެރޭގެެ އިންސައްތައަކީ އެޑީއެޗްޑީ ކުދީންނެވެ. އަދި އެއީ އަންދާޒަކޮށް
ބަލައިފިނަމަ އެމެރިކާގެ 1.40-2.46 މިލިއަން ކުދީންނެވެ(ސްޓީވެންސް،1997؛އެމެރިކަން
ސައިކޭޓްރިކް އެސޯސިއޭޝަން،1994).މި ކުދީންގެ ތެރޭގައި ގިނައީ އަންހެންކުދީންނަށް ވުރެ
ފިރިހެން ކުދީންނެވެ.އަދި އެހެނިހެން ދިރާސާތަކުންވެެސް ދައްކާގޮތުން ފަރުވާ ދިނުމުގައިވެސް
ފިރިހެން ކުދީންނަށް ހަތަރެއް ނުވަތަ ނުވަފަހަރަށް
ފަރުވާ ދޭން ޖެހޭ ކަމަށެވެ(ބެންޑަރ،1997).އަހަރުތަކަކަށް ފަހު އެނގިގެންދަނީ ކުދިންކިބައިގައި
މިނުކުޅެދުންތެރިކަން އެކުދީން އުމުރުން 3 އަހަރުން ފެށިގެން ވެސް ފެންނަން ފަށާކަމަށެވެ.އެއަށްފަހު
އެެކުދީން ބޮޑުވަމުންއަންނަނީ އެ ނުކުޅެދުންކަމުގެ ތެރޭގައެވެ.މި ނުކުޅެދުންތެރިކަމަކީ
ވަކިވަރަކަށް ހުންނަ ކަމެއް ނޫނެވެ.
އޭ.ޑީ.އެޗް.ޑީ
ހުންނަ ކުއްޖެއްގެ ކިބައިން ފާހަގަކުރެވޭ 3 ކަމެއްވޭ. އެއީ
1- ސަމާލުކަން ނުދެވުން
ކަމަކާއި
ބެހޭގޮތުން އިތުރު ތަފްސީލް ދޭ ވަގުތު އަޑު ނޭހުން.
ކްލާހުގައި ދޭ ފިލާވަޅުތައް ނިންމާއިރު ކުދިކުދި ކުށްތައް ފެނުން.
އެއްވެސް
ކަމަކަށް ދޭންޖެހޭ ސަމާލުކަން ދިނުމަށް ދަތިވުން.
އެކުއްޖަކާއި މުޚާތަބުކޮށް ވާހަކަދައްކާ ވަގުތުތަކުގައި ވެސް
ވާހަކަދައްކާމީހާއަށް ސަމާލުކަން ދޭން އުނދަގޫވުން.
2- ކަމެއް ކުރަން ބޭނުންވާ
ގަޑީގައި އެކަމެއް ކުރުމަށް އޮންނަ މިންވަރު ބޮޑުވުން (ކެއްތެރިކަމެއް ނެތުން)
ސްކޫލުގެ
މަސައްކަތްތައް ނިންމުމަށް.
ފަރުވާކުޑަވުން
އަދި މަސައްކަތެއް ޙަވާލުކޮށްފިނަމަ އެކަމަކަށް މަކަރު ހެދުން.
ކަންތައްތައް ރާވައިގެން ހިންގަންއަދި ކުރަން އުނދަގޫވުން.
މާގިނަވަގުތު އެއްކަމަކަށް ދީގެން އިންނަން އުނދަގޫވުން އަދި
ސިކުނޑި ބޭނުންކޮށްގެން ކުރާ ކަންތައްތައް ކުރަން ބޭނުންނުވުން.
3- ހައިޕަރއެކްޓިވް ކަން
(އާދައާޚިލާފަށް ހަރަކާތްތެރިވުން)
އަތާއި ފައިން
ކޮންމެވެސް ޙަރަކާތެއް އަބަދުކުރުން.
ގޮޑީގައި އިށީނދެ އިންނަން ޖެހޭ ވަގުތުތަކުގައިވެސް ތެދުވެގެން
އުޅުން.
ދުވަން ނުޖެހޭ
ވަގުތު ތަކުގައި ދުވުމާއި، ތަންތަނަށް އެރުން.
ހިތްހަމަ ޖައްސާލުމުގެ ގޮތުން މަޑުމަޑުން އިނދެގެން ކުރާ ކަންތައްތައް
ކުރަން އުނދަގޫވުން.
ސުވާލުކޮށް
ނުނިމެނީސް އެސުވާލުގެ ޖަވާބު ދިނުން.
ފުރުސަތު ލިބެންދެން
މަޑުކުރަން އުނދަގޫވުން.
ބައެއްފަހަރު އެހެންކުދިން
ކަންތައްތައް ކުރަމުންދާ ގަޑީގައި އެކުދިންނަށް އުނދަގޫކުރުން.
އަބަދުވެސް އަވަސް
އަރައިގެން އުޅުން.
ސްކޫލްގައި ދިމާވާގޮންޖެހުންތައް
އޭޑީއެޗްޑީ ކުދީންނަށް
ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ކަންކަންް ކުރެވޭލެއްލަސްވުމުގެ ސަބަބުން އެެކުދީން
އަމިއްލަ މިޒާޖު ކޮންޓްރޯލް ކުރުމަށް ދަތިވެއެވެ.(ފޯނަސް އަދި ކަވަލް،2001).އަދި ދުޕައުލް
އަދި ސްޓޯނަރ(1994) ހާމަކުރައްވާގޮތުން އެކުދީންގެ ވޯކިންގް މެމަރީ އަދި ޝޯޓްޓާރމް
މެމަރީ ވަގުތުން ބޭނުންކުރުން ނުވަތަ އޭގެ
ބޭނުންޖެހޭ ވަގުތު ބޭނުންކުރަން އުނދަގޫވެއެވެ.އެކުދީންގެ އިހްސާސްތަކާއި ޝުޢޫރުތައް
ފާޅުކުރުން ލަސްވެގެންދެއެވެ. ކުދިންގެ ޝުޢޫރުތައް ފާޅުކުރުމުގައި ދަތިވެއެވެ.މައްސަލަތައް
ދަނެގަނެ އެމައްސަލައަށް ހައްލެއް ހޯދާ އެހެން މީހަކަށް ބުނެދިނުމަކީ އެކުދީންނަށް
ދަތިކަމެކެވެ.
އެހީތެރިވާނީ ކިހިނެއް؟
މިފަދަ ކުދިންނަށް އެހީތެރިވުމުގެ ގޮތުން އެލްޑީއޮންލައިން.އޯގަނައިޒޭޝަންގައިވާ
ގޮތުން މިފަދަ ކުދިންނަށް ދެވިދާނެ ބައެއް އެހީތެރިކަމަކީ ކުދި ޓާސްކުތައް ހަވާލުކޮށް،
ދޭތެރެއިން ހުސްވަގުތުކޮޅެއް ދެވިދާނެއެވެ. އެއީ އެއްކަމަކަށް ގިނަ ވަގުތު ސަމާލުކަން
ދޭން އުނދަގޫވާތީއެވެ. މިކުދިންނަށް ދެވޭ އިރުޝާދު ވާންޖެހޭނީ ކުރު އަދި ސާފު އިބާރާތުން
ދެވޭ އިރުޝާދަށެވެ. އޭ،ޑީ،އެޗް،ޑީ ހުންނަ ކުދިން ޝައުޤުވެރިވާ ކަންކަން ބަލައި އެކަންތަކާއި
ގުޅުވައިގެން ޓާސްކުތައް ވެސް ހަވާލުކުރެވިދާނެއެވެ. ދަރިވަރުން ކަންތައް ކުރަންވީ
ގޮތުގެ އިރުޝާދުތައް ފެންނަ ގޮތަށް ބެހެއްޓުމަކީވެސް ކުރެވިދާނެކަމެކެވެ. އޭ،ޑީ،އެޗް،ޑީ
ހުންނަ ކުދިންނަކީ މަޑުން ތިބެން އުނދަގޫ ކުދިންނަށް ވުމުން އެކުދިންގެ އެނަރޖީ ބޭރުކުރުމަށް
ވަގުތުކޮޅެއް ދެވިދާނެއެވެ. މީގެއިތުރުން ކުއްޖާއަށްވުރެ ބޮޑަށް އެކުއްޖާގެ ބިހޭވިއަރ
ރަނގަޅުކުރުމަށް މަސައްކަތް ކުރާށެވެ. އަދި ގޭތެރޭގައި އަދި ސްކޫލުގައިވެސް އެއްގޮތަކަށް
ކަންތައްތައް ކުރުމަށް ބާރު އަޅާށެވެ. ކިރިޔާވެސް ރަނގަޅުކަމެއް ކުރާ ދަނޑިވަޅުގައި
ހިތްވަރުދީ ތަރުޙީބު ދޭށެވެ. އަވަސް އަވަހަށް މަސައްކަތްޙަވާލުކުރުމާއެކު ވީހާވެސް
ގިނަ ކުދި ކުދި ޒިންމާތަކެއް ދޭށެވެ. ޝައުޤުވެރިކަން ހުންނަ ދާއިރާއަކާއި ގުޅުވާލައިގެން
ފިލާވަޅު ކުރިއަށް ގެންދިޔުމަށާއި ސަމާލުކަން ހޯދަން ކުރާކަންތައްތަކަށް އެހާބޮޑަށް އަޅާ ނުލާށެވެ.
ކިޔަވައިދނުމުގައި
ވިސްނަންވީ ކަންތައްތައް:
1- ކުޑަދޮރާވީ ފަރާތުގައި މިފަދަ ކުދިން ނުބޭތިއްބުން.
2- އުނދަގޫ ބައިތައް ކުރިން ކިޔަވައިދިނުން.
3- ސްކޫލުގައި ކިޔަވަން ތިބެވޭނެ އަޑުމަޑު ތަނެއް ހުރުން.
4- ކިޔަވައިދޭން ފެށުމުގެކުރިން ސަމާލުކަން ލިބޭނެ ފަދަގޮތެއް ބޭނުންކުރުން.
5- މިފަދަ ކުދިންނަށް އަބަދުވެސް ނަޒަރު ހިންގުން.
6- އިރުޝާދުތައް ކުރުކޮށް ސާފުކޮށް ދިނުން.
7- އުނދަގޫ ސުވާލަކަށް ޖަވާބު ދިނުމުގައި އެހީތެރިވެދިނުން.
8- ކުލާހަށް ދާއިރު ދަރިވަރު ޝައުވެރިވާފަދަ އިތުރު އެހީ ގެންދިއުން.
9- ކުރަންޖެހޭ މަސައްކަތް ބޯޑުގައި ފެންނަން އޮތުން.
10- ކޮމްޕިއުޓަރ ބޭނުންކުރުން.
11- ކަނޑައެޅިފައިވާ ވަގުތު ހަމަވުމަށްފަހު ނިންމާ މަސައްކަތްވެސް
ބަލައިގަނެ ތަރުހީބުދިނުން.
ރެފަރެންސް:
ޑެނިލްސަން، އެމް. އެލް. (2016). ޕްރިވެލަންސް
އޮފް ޕޭރެންޓް-ރިޕޯޓެޑް އޭ.ޑީ.އެޗް.ޑީ ޑައިގުނޯސިސް އެންޑް އެސޮސޮއޭޓެޑް
ޓްރީޓްމެންޓް އެމަންގު ޔޫއެސް ޗިލްޑްރަން އެންޑް އެޑޮލެސެންޓް. ޖާރނަލަ އޮފް
ކޮލިނިކަލް ޗައިލްޑް އެންޑް އެޑޮލެސެންޓް ސައިކޮލޮޖީ، ޗެޕްޓަރ،47.
ބާކްލެއި،އާރު.އޭ.(1998).ހޭންޑްބުކް
އޮފް އެޓެންޝަން ދެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑަރ(2nd
ed.).ނިއުޔޯކް:ގައިލްފޯޑް ޕްރެސް.
ޖެންސަން،ޕީ.އެސް.،މާޓިންސް،ޑީ.،އަދި ކޭންޓްވެލް،ޑީ.ޕ.(1997).ކޮމޯބިޑިޓީ އިން އެޑީއެޗްޑީ:އިންޕްލިކޭޝަން ފޯ ރިސާޗް،ޕްރެކްޓިސް،އަދި ޑިއެސްއެމް.އައިވީ.ޖާނަލް
އޮފް ދަ އެމެރިކަން އެކަޑަމމީ އޮފް ޗައިލްޑް އެންޑް އެޑޯލެސެންޓް ސައިކޭޓްރީީ،36،1065-107.
ފާތިމަތު ރަނާ (2018)، މޭލުގާ.އެމްވީ
No comments:
Post a Comment