بسم الله الرحمن الر حيم
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ފެކަލްޓީއޮފް އެޑިއުކޭޝަން
ހިތަދޫ ކެމްޕަސް
މާސްޓަރ އޮފް އެޑިއުކޭޝަން (ދިވެހި
ލެންގުއޭޖް ޓީޗިން) 2018
އިންކުލޫސިވް
އެންޑް ސްޕެޝަލް އެޑިއުކޭޝަން
އީއެސްޓީ
523
28 އެޕްރީލް 2019
ލެކްޗަރަރ:
ފާޠިމަތު އަހުލާމު
ޒީނަތު
ލަބީބު (038881)
އެސައިންމެންޓް (ސެކްޝަން ބީ)
އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ (އޭ.
އެސް. ޑީ)
ތަޢާރަފު:
ތަރައްޤީގެ އުސްމިންތަކުން ކުލަޖެހެމުންދާ
ދުވަސްވަރެއްގައި އޯޓިޒަމްގެ މަޢުލޫމާތު ލިބި ހޭލުންތެރިވަމުންދާ މީހުން ވަރަށް
ގިނައެވެ. އެހެންނަމަވެސް އޯޓިޒަމަކީ ބައްޔެއްގެ ގޮތުގައި ދެކޭ މީހުން މަދެއް
ނޫނެވެ. އެއީ ބޮޑު ބައްޔެއް ކަމަށާއި އެފަދަ ކުދިންނަކަށް އެއްވެސް ކަމެއް
ނުކުރެވޭނެ ކަމަށާއި އެއީ މުޖުތަމަޢުން ބާކީވެގެން ދާނެ ކުދިންތަކެއްގެ ގޮތުގައި
ދެކެ އެކަމުގެ ބުރުވެރިކަމުގައި އުޅޭ މައިންބަފައިން މަދެއް ނޫނެވެ. އެހެންކަމުން
މިފަދަ މައްސަލައެއް ކުއްޖެއްގެ ކިބައިން ފާހަގަ ވިޔަސް އެކަން ސިއްރުކުރެއެވެ.
މުޖުތަމަޢުގެ އެންމެންވެސް ދެކެނީ އެއީ ނުކުޅެދޭ ކުދިންތަކެއްގެ ގޮތުގައި ކަމުން
އެކުދިންނަށް ފަރުވާ ދިނުމަށް ވެސް ބައެއް މައިންބަފައިން ޖެހިލުންވެއެވެ.
އެހެންނަމަވެސް ކުއްޖާގެ ކިބައިން ފެންނަ އާދަޔާ ޚިލާފު ކަންތައްތަކަށް ވިސްނައި
އެއީ ކީއްވެގެން ދިމާވާ ކަންތައްތަކެއްތޯ ހޯދައި ބަލައި އެކުދިންނަށް ދޭންޖެހޭ
ފަރުވާތައް ހޯދުމަށް މަސައްކަތްކޮށް ކާމިޔާބާއި ހަމައަށް ވާޞިލުވަމުންދާ ބައެއް
ވެސް އުޅެއެވެ. ވީޑިއޯއެއްގެ އެހީގައި އޯޓިޒަމް ކުދިންގެ ހަރަކާތްތައް
ހުންނަގޮތާއި އެކުދިންނަށް އުނގަންނައިދިނުމުގައި ކަންތައް ކުރާގޮތާއި ހުރި ގޮންޖެހުންތަކަށް
މި ރިޕޯޓުގައި އަލިއަޅުވާލާނަމެވެ.
ލިޓްރެޗަރ ރިވިއު:
އޯޓިޒަމް ކުދިންގެ ކިބައިގައި ހުންނަ
ރަނގަޅު ކަންތައް:
މޮނިކާ ހޯވާރޑު (2015) ހާމަކުރައްވާ ގޮތުގައި އޯޓިޒަމް
ކުދިން އެކުދިންނަށް ފެންނަ ކަންތައް ނަގައިގަނެ ވަރަށް ޅަޢުމުރުގައި ދަސްކުރަން
ފަށައެވެ. އެހެންކަމުން ޢާއްމުގޮތެއްގައި އޯޓިޒަމް ކުދިންގެ ހިތުދަސްކުރުމުގެ ބާރު
އެހެންކުދިންނަށް ވުރެ ގަދައެވެ. ޖެކިއު މެލުޒިއޯ (2015) ހާމަކުރައްވާގޮތުގައި
އެކުދިންނަށް ދޭންޖެހޭ އިރުޝާދު ރަނގަޅަށް ދެވިއްޖެނަމަ އެހެންކުދިންނަށް ވުރެ
މާރަނގަޅަށް ކަންތައް ތަކުގައި ވިސްނައެވެ. އަދ އެހެންކުދިންނަށް ވުރެ
ވިސްނުމުގައި ތަފާތު ގޮތްތަކެއް ހުންނާނެކަމަށް އެލިޖާ ސުކޫލުގެ ކޮލިނިކަލް
ސުޕަރވައިޒަރ ކޮލީން ކޮޗަރ ހާމަކުރައްވައެވެ. އަދި މިފަދަ ކޮންމެ ކުއްޖަކަށް
އުނގަންނައިދިނުމުގައި ލެސްންޕްލޭން ތަފާތުވާން ޖެހޭނެކަމަށާއި ކޮންމެ ކުއްޖަކަށް
ވެސް ގެންދާ ޙަރަކާތްތަށް އެކުއްޖެއްގެ ޙާލަތަށް ބަލައި ތަފާތު ކުރަންޖެހޭނެކަމަށް
ޑެނީލެ ސްޓަމަޓަކޭ (2015) ހާމަކުރައްވައެވެ. އަދި މީގެއިތުރުން އޯޓިޒަމް
ކުދިންނަކީ ވަރަށް ތަރުތީބަށް ލޯބިކުރާ ކުދިންތަކެއް ކަމާއި އެކުދިން ކުރާ ހުރިހާ
ކަމެއްވެސް ކުރަނީ ވަރަށް ތަރުތީބުން ކަމަށް މޮނިކާ ހޯވާރޑު (2015) ގެ ޓީމުން
ހާމަކުރައްވައެވެ. އިންޖިނިއަރިން ސައިންސް ފަދަ މާއްދާތަކަށް އޯޓިޒަމް ކުދިން
މޮޅުކަމަށާއި އެކުދިން ދަސްކުރާ މިފަދަ ކަންތައް ގިނަދުވަސްތަކަށް ސިނކުޑީގައި
ހަރުލާފައިވާކަމަށް ޑިނާރ އެމްއެލް ( 2015) ހާމަކުރައްވައެވެ. އޯޓިޒަމް ކުދިންނަކީ
އެކުދިން ކުރާ ކޮންމެ ކަމެއް ޝެޑިއުލް ކޮށްގެން ވަރަށް ތެދުވެރިކަމާއެކު ކުރާ
ކުދިންތަކެއް ކަމާއި އެކުދިންނަކީ ގަޑިއަށް ފަރުވާތެރި ވުމަށް ލޯބިކުރާ
ކުދިންތަކެއް ކަމަށް ވެސް ޑިނާރ އެމްއެލް ( 2015) ހާމަކުރައްވައެވެ.
އޯޓިޒަމް
ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތައް:
ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް
އޯޓިޒަމް ކުދިންނަށް އެކި އެކި ކަންތައްތަކާއި ކުރިމަތިލާންޖެހެއެވެ. އެކުދިންނަކީ
އެކުދިންގެ ޛާތުގައި އަޑުގަދަ ތަންތަނުގައި އުޅުމަށް އުނދަގޫ ކުދިންނެވެ. އަދި މިކުދިންގެ
މޫޑަކީ ވަރަށް ހަލުވުކޮށް ބަދަލުވޭވެ ހުންނައެއްޗެކެވެ. އެހެންކަމުން މީހުންނާއި
އެކުއެކީ އުޅުމުގައި ތަފާތު ގޮންޖެހުންތަކާއި ކރިމަތިލާންޖެހެއެވެ.
އޯޓިޒަމްކުދިންގެ ސިއްޙި ދުޅަހެޔޮކަމަކީ އެހާ ސްޓޭބަލަ އެއްވެއް ނޫނެވެ. އޯޓިޒަމް
ކުދިން އެންމެ ޙަރަކާތްތެރިކޮށް އުޅެނީ ދުވާލުގަޑިގައި ކަމަށް ހަޔަރޝީ އެމް ކަޓޯރ
(2008) ހާމަކުރައްވައެވެ.
ވީޑިއޯއިން ފާހަގަކުރެވުނު ކަންތައް:
އޯޓިޒަމް ކުދިންނަކީ އެކުދިންގެ ކިބައިގައި ހުންނަ
ނުކުޅެދުންތެރިކަމެއްގެ ސަބަބުން އުނގެނުމުގައި ތަފާތު ގޮންޖެހުންތަކާއި
ކުރިމަތިލާންޖެހިފައިވާ ކުދިންތަކެކެވެ. މި ވީޑިއޯއިން ފެނިގެންދަނީ އޯޓިޒަމް ހުންނަ ކުއްޖެއްގެ ވާހަކަ މައިންބައިފައިން
ކިޔާދީފައެވެ.
No comments:
Post a Comment