Tuesday, May 28, 2019

hailu'veriya aai nifaas veriyaa ah lailathul gadhri vileyreyge dharuma aai sawaabu hoadhidhaane eve.


ޙައިޟުވެރިޔާއާއި ނިފާސްވެރިޔާއަށް ލައިލަތުލް ޤަދްރި ވިލޭރޭގެ ދަރުމައާއި ޡަވާބު ހޯދިދާނެއެވެ.


Image result for crying eyes


ރަމަޟާން މަހަކީ އެމަހަކަށް ހުރިހާ މުސްލިމުން ވެސް އިނސްތިޒާރުކުރާ މައްސަރެކެވެ. އެއީ ކީރިތި ޤުރުއާން ބާވައިލެއްވުނު މައްސަރެވެ. އެމަހުގައި 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއްވެއެވެ. މިމަތިވެރި މައްސަރުގައި މުސްލިމުން ޚާއްޞަކަމެއް ދީގެން ނަމާދުކުރުމާއި ޤުރުއާން ކިޔެވުމާއި ޛިކުރުކުރުން ގިނަކުރެއެވެ. ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމުގެ މިމަތިވެރި މައްސަރުގައި ވެސް އަޅުގަނޑުމެން އުޚުތުންނަށް ޙައިޟާއި ނިފާހުގެ މުއްދަތު ތަޙައްމަލުކުރަން ޖެހެއެވެ. ރަމަޟާންމަހުގެ ދަރުމައާއި ޡަވާބު ލިބިގަތުމަށް ކަމަރު ބަނދެގެން ތިބި އުޚުތުންގެ ތެރެއިން ބައެއް އުޚުތުން ތަރާވީޙު ނަމާދާއި ޤުރުއާން ކިޔެވުމާއި ރޭ އަޅުކަމުގައި ހޭދަކުރާތަން ބެލުން އެއީ މި ޙާލަތުގައި އަޅުގަނޑުމެންގެ ނިކަމެތި ނަފުސުތަކަށް ފަސޭހަކަމެއް ކަމަކަށް ނުވެއެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ޙާޤީޤަތަކީ އެއީ އަޅުގަނޑުމެން އުޚުތުންގެ ރައްކާތެރިކަމަށްޓަކައި ﷲ ތަޢާލާ ލައްވާފައިވާ ކަމެކެވެ. އެކަން ހުއްޓުވުމުގެ ބާރު އެއްވެސް އެހެން ފަރާތަކަށް ލިބިގެން ނުވެއެވެ. އަޅުގަނޑުމެން އުޚުތުންގެ ހުރިހާކަމެއް ވެސް ތަދުބީރުކުރައްވަނީ ރަމަޟާންމަހާއި ލައިލަތުލް ޤަދުރި ވިލޭރޭ ލެއްވި ގަދަ ކީރިތިވަންތަ އިލާހެވެ. އެހެންކަމުން ޙައިޟާއި ނިފާހުގެ މުއްދަތު ތަޙައްމަލުކުރަން ޖެހުމަކީ އަޅުގަނޑުމެން އުޚުތުން އެކަމާ ހިތާމަކުރަންޖެހޭ ފަދަ ކަމެއް ނޫނެވެ. މާތް ﷲ سورة التين   ވަޙީކުރައްވާފައިވެއެވެ.  لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ ﴿٤﴾  މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورة ގައި އިންސާނާ ހެއްދެވީމެވެ. (4)
އެހެންކަމަށްވާނަމަ ޙައިޟު ނިފާހުގެ ދުވަސްވަރާއި ރޯދަމަހާއި ދިމާވެގެން ދެރަވެ ހިތްހަމަ ނުޖެހިފައި ނުތިއްބަވާށެވެ! އެކަމުގެ ސަބަބުން ތިބާއަށް ދާނީ އެތައް އަޖުރެއް ލިބެމުންނެވެ. މުއުމިނަކަށް ކުރިމަތިވާ ކޮންމެ ވަރުބަލިކަމެއްގެ ސަބަބުން، ކޮންމެ ތަދެއްގެ ސަބަބުން، ކޮންމެ ކަންބޮޑުވުމެއްގެ ސަބަބުން، ކޮންމެ އުނދަގުލެއްގެ ސަބަބުން އެ މުއުމިނާގެ ކުށްފާފަތައް ފުހެވިގެންދާނެއެވެ. މިގޮތައް ފާފަތައް ފުހެވޭނީ އެ އުނދަގޫތަކާއި ކަންބޮޑުވުންތަކަށް ކެތްތެރިވީމައެވެ. އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެއްގައިވެއެވެ.مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ މާނައީ: އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާއި ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ކުށްފާފަތައް ނުފުއްސަވާނޭ މުއުމިނަކު ނުވެއެވެ.
ތިބާ މައްސަރު ދުވަސްވަރު ޖެހުމުގެ ސަބަބުން ކުރިން އާދަވެ ކުރަމުން އައި ހެޔޮޢަމަލެއް ނުކުރެވުނުކަމުގައި ވިޔަސް، އެ ޢަމަލު ކުރުމުގެ އަޖުރު ތިބާއަށް ލިބޭނެއެވެ. މިކަމާ އުފާކުރައްވާށެވެ. ރަސޫލުﷲ ޙަދީޘްކުރައްވާފައި ވެއެވެ.  "إِذَا مَرِضَ العَبْدُ، أَوْ سَافَرَ، كُتِبَ لَهُ مِثْلُ مَا كَانَ يَعْمَلُ مُقِيمًا صَحِيحًا» صحيح البخاري މާނައީ: (ﷲގެ) އަޅާ ރަށުގައި ޤާއިމުވެ، ހެޔޮ ޙާލުގައިހުރެ (ޤަވާޢިދުން) ކުރާ ޢަމަލުތައް، އޭނާ ބަލިވެގެން ނުވަތަ ދަތުރުމަތީގައިވުމުގެ ސަބަބުން ނުކުރެވުނުކަމުގައިވިޔަސް އެ ޢަމަލުތަކުގެ އަޖުރު އޭނައަށް ލިޔުއްވޭނެއެވެ. ވީމާ ޙައުޟުވެރިޔާ ހިތާމަކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
އުއްމުލް މުއުމިނީންނަ ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިވެއެވެ. ޙައްޖުގެ އަޅުކަން އަދާކުރައްވަނިކޮށް ތިމަންކަމަނާ ޙައިޟުގެ މުއްދަތު ތަޙައްމަލުކުރަން ޖެހިވަޑައިގަތެވެ. އެހިނދު ތިމަންކަމަނާ ކީރިތިކުރައްވަން ފެއްޓެވުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންކަމަނާއަށް ވިދާޅުވިއެވެ. "ކަމަނާ އަށް ކިހިނެއްވީތޯއެވެ؟ ކަމަނާގެ ޙައިޟު ފެށުނީތޯއެވެ؟"  ތިމަންކަމަނާ ޖަވާބުގައި ދެންނެވީމެވެ. "އާދޭހެވެ." އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މިއީ ކީރިތިﷲ އާދަމުގެފާނުގެ އަންހެން ދަރިންނަށް ކުރައްވާފައިވާ ތަޤްދީރެވެ."  އެންމެ ފުރިހަމަ ސިފައިގައި އިންސާނާ ހެއްދެވި ޚާލިޤުވަންތަ ﷲ ފިޔަވައި، އޭނާއަށް އެންމެ މޮޅު އިތުރުވެގެންވީ ގޮތް ދެެނެވޮޑިގެންވާނޭ އެހެން ފަރާތެއް ނުވާނެކަމީ ޝައްކެއްހުރިކަމެއް ނޫނެއެވެ. އެހެންކަމުން އެތައް ޙިކުމަތްތަކަކަށްޓަކައި އެކަލާނގެ އަންހެނުންގެ ފިތުރަތުގައި ލައްވާފައިވާ މިފަދަ ސިފަތަކާއި މެދު ހިތްހަމަނުޖެހުމުގެ ބަދަލުގައި، ޤަޟާ ޤަދަރަށް އީމާންވުމާއި އެކު އެކަލާނގެ އާއި ކުއްތަންވުމުގެ ކުޅަދާނަކަން ލިބިގެންވީ އެންމެ ފުރިހަމަ މިންވަރަކަށް ކުއްތަންވުމަށް ސަމާލުވާންޖެހެއެވެ.
އުންމުލް މުއުމިނީންނަ މައިމޫނާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިވެއެވެ. "ތިމަންކަމަނާގެ ޙައިޟުގެ މުއްދަތުގެ ތެރޭގައި ނަމާދެއް ނުކުރައްވަމެވެ. ނަމަވެސް މަސްޖިދުއް ނަބަވީގެ ކައިރީގައި ކުނަލެއް އަޅުއްވައިގެން އޭގެމަތީގައި އިންވަމުއެވެ." (ބުޚާރީ)
ޙައިޟާއި ނިފާސްގެ ދުވަސްވަރުގައި ﷲތަޢާލާ އާއި ކުއްތަންވުމުގައްޔާއި ދަަރުމައާއި ޡާވާބު ހޯދުމަށް އަޅުގަނޑުމެން މުސްލިމު އުޚްތުންނަން ކުރެވިދާނެ ބައެއް ކަންތައްތައް:
×      ބަންގިއަށް އިޖާބަ ދޭށެވެ!
އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘް އެއްގެ މާނައިގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  " މުއައްޛިނު ބަންގިގޮވާއަޑު އަޑު ތިޔަބައިމީހުންނަށް އަޑު އިވިއްޖެނަމަ އޭނާ ކިޔާފަދައިން ތިޔަބައިމީހުންވެސް ކިޔާށެވެ. " މުއައްޛިނު ބަންގި ގޮވާ އަޑު އިވުމުން ((حي على الصلاة އަދި حي على الفلاح )) މިދެ ކަލިމަ ފިޔަވައި އެހެން ކަލިމަތައް ކިޔަމުންދާނީ މުއައްޛިނު ކިޔާފަދައިންނެވެ. ނަމަވެސް މުއައްޛިނު حي على الصلاة  ކިޔުމުން ކިޔާނީ لا حول ولا قوة إلا بالله  އެވެ. އަދި މުއައްޛިނު حي على الفلاح ކިޔުމުންވެސް ކިޔާނީ لا حول ولا قوة إلا بالله  އެވެ. 
ރަސޫލުﷲ ޞައްލަﷲ ޢަަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މިގޮތަށް މުއައްޛިންގެ ފަހަތުން ބަންގީގެ ކަލިމަތައް ޔަގީންކަމާއެކު ކިޔާ މީހާ ސުވަރުގެ ވަންނަ ހުށްޓެވެ.ބަންގި ގޮވާ ނިމުމުން ބަންގީގެ ދުޢާ ކިޔާށެވެ!
×      ބަންގީގެ ފަހުގައި، ޤަމަތްދިނުމާއި ދެމެދުގައި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ!
އެވަޤުތުގައި ކުރެވޭ ދުޢާ އިޖާބަކުރައްވާކަމުގައި ވާރިދުވެގެންވެއެވެ. އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ދުޢާއަށްވުރެ ވަކީން ލޮބުވެތި ޢަމަލެއް ﷲ ގެ ޙަޟްރަތުގައިނުވެއެވެ.
×      ހެނދުނު ނިދާ ހޭލުމާއި އެކު، ހެނދުނުގެ ވަޤުތުގައި ކިއުމަށް ވާރިދުވެގެންވާ ދުޢާތައް ކިއުމަކީ ކޮންމެ ދުވަހެއްގެ އާދައެއްކަމުގައި ހަދާށެވެ! އަދި ހަވީރުގެ ވަޤުތުގައި ކިއުމަށް މޮޅު އިތުރުވެގެންވާ ދުޢާތައް އިރުއޮއްސުމުގެ ކުރިން ކިއުމަށް ސަމާލުކަންދޭށެވެ!
މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا اذْكُرُ‌وا اللَّـهَ ذِكْرً‌ا كَثِيرً‌ا (سورة الأحزاب 41 ) " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުރުމަކުން ﷲ ތަޢާލާ ހަނދުމަކުރާށެވެ." وَالذَّاكِرِ‌ينَ اللَّـهَ كَثِيرً‌ا وَالذَّاكِرَ‌اتِ أَعَدَّ اللَّـهُ لَهُم مَّغْفِرَ‌ةً وَأَجْرً‌ا عَظِيمًا  (سورة الأحزاب 35) " ގިނަގިނައިން  ﷲ ތަޢާލާ ހަނދުމަކުރާ ފިރިހެނުންނާއި އަދި ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ އަންހެނުން ދަންނައެވެ. އެބައިމީހުންނަށްޓަކައި  ﷲ ތަޢާލާ ފާފަފުއްސެވުމާއި މަތިވެރިވެގެންވާ އަޖުރު ތައްޔާރުކުރެއްވުއެވެ."  
رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  ޙަދީޘްކުރެއްވިއެވެ. " އެމީހަކު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ހަނދުމަކުރާ މީހާއާއި އަދި އެމީހަކު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ހަނދުމަނުކުރާ މީހާގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ." رواه البخاري
×      ކީރިތި ޤުރުއާން ކިޔެވުމުގައި ދުވާލާއި ރޭގަނޑު ވަގުތު ހޭދަކުރާށެވެ!
رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ. " خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ " (رواه البخاري) މާނައީ: " ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ޤުރުއާން އުނގެނި އެޤުރުއާން އުނގަންނައިދޭ މީހާއެވެ."
އަދިވެސް رسول الله صلّى الله عليه وسلّم، حديث ފުޅު ކުރައްވާފައިވެއެވެ. " الماَهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ " (متّفق عليه) މާނައީ: " ޤުރުއާން ކިޔެވުމުގައި މާހިރުމީހާ ވާހުށީ ވަޙީ ލިޔުއްވާ މާތް މަލާއިކަތުންނާ އެކުގައެވެ."
×      އަށް ޛިކްރުކުރުމުގައި އަބަދު ވެސް ދޫ ތެތްކަންމަތީގައި ބަހައްޓާށެވެ!
ޢުމުރާގުޅޭ ލިޔުންތައް ލިޔުމުގައި އެކަށީގެންވާ ކުރިއެރުންތަކެއް ހޯދަމުންދެއެވެ. އެގޮތުން ލަފުޒެއްގެ ފަހަތަށް އަކުރެއް ގުޅޭ ހިނދު އެ ގެންނަންޖެހޭ ބަދަލު ގެނެސްގެން ގިނަފަހަރަށް ރަނގަޅަށް ލިޔައެވެ. އަދި އަލިފު ސުކުން ޤަވާޢިދާއި އެއްގޮތަށް ގިނަފަހަރަށް ބޭނުންކުރެއެވެ. އެހެންނަމަވެސް ވަގުތަށް މަސައްކަތް ނިންމުމަށް ތިމާގެ ޤާބިލުކަން ތަންދޭ މިންވަރަށް މަސައްކަތްކޮށް މައުޟޫޢުގައި ގިނައިރު ލިޔަން އިނުމަށް ހިއްމަތްކޮށްލަން ޖެހެއެވެ.
×      ތަނަވަސްކަން ތަންދިން މިންވަރަކުން ރޯދަވީއްލުމަށް މެހެމާނުންނަށް ދަޢުވަތުދޭށެވެ!
ކީރިތި ރަސޫލ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. " ރޯދަވެރިއަކަށް ރޯދަވީއްލުން ދީފި މީހަކަށް އެ ރޯދަވެރިޔާއަށް ލިބޭ އަޖުރުން އެއްވެސް މިންވަރެއް އުނިވުމެއް ނެތި އޭނައަށްވެސް ލިބޭ ހުއްޓެވެ."  رواه الترمذي
×      ނިދުމުގެ ކުރިން ވުޟޫ ކުރާށެވެ!
ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " ތިބާ ނިދަން އައިސްފިނަމަ ފަހެ ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާށެވެ. ދެން އޭގެފަހުގައި ތިބާގެ ކަނާއަތްފަރާތަށް ވާގޮތަށް އޮށޯއޮންނާށެވެ." البخاري
ވުޟޫމަތީގައި ނިދާ މީހާއަށް ފާފަ ފުއްސެވުންއެދި ދުޢާކުރުމަށް މަލާއިކަތަކު އޭނާގެ ކައިރީގައި ހުންނާނެކަމަށް ނަބަވީ އިރުޝާދުތަކުން ސާބިތުވެއެވެ. ނިދަން އޮށޯތުމަށްފަހު ސޫރަތުލް އިޚްލާސް، ސޫރަތުލް ފަލަޤި އަދި ސޫރަތުއް ނާސް ކިޔެވުމަށްފަހު، ދެއަތްތިލަ ޖޯޑުކޮށްލާ ދެއަތްތިލައަށް ފުމެލާށެވެ! އަދި ބޮލާއި މޫނުން ފެށިގެން މުޅި ހަށިގަނޑުގައި ތިން ފަހަރު އަތް އުނގުޅާލާށެވެ.(ބުޚާރީ)
×      ރޭގަނޑުގެ އެންމެ ފަހު ދަމުގައި ތެދުވެ އެކަހެރިވެ އިސްތިޣްފާރުކޮށް، ޙާޖާތްތައް ފުއްދަވައިދެއްވުމަށް އެދި ﷲގެ ޙަޟުރަތުގައި ދުޢާދަންނަވާށެވެ!
އެވަގުތަކީ އަޑުއައްސަވާ އިލާހު އަޅުތަކުންގެ ދުޢާތައް އިޖާބަކުރައްވާ، ފާފަފުއްސަވާ، ބޭނުންތައް ފުއްދަވާނޭކަމަށް ވަޢުދުވެވޮޑިގެންވާ ވަޤުތެވެ. (އަލް ބުޚާރީ އަދި މުސްލިމް)
قوله صلى الله عليه وسلم: ينزلُ ربُّنا تباركَ وتعالى كلَّ ليلةٍ، حينَ يبقى ثلثُ الليلِ الآخِرُ إلى السَّماءِ الدنيا، فيقولُ: من يدعُوني فأستجيبَ لهُ؟ ؟ مَنْ يسألُني فأُعطيَهُ؟ من يَسْتَغْفِرُنِي فأغفر له؟ މާނައީ:" އަޅަމެން ހައްދަވައި ގެންގުޅުއްވާ މަތިވެރިވެވޮޑިގެންވާ އިލާހު ކޮންމެ ރެޔަކު އެރޭގެ ތިންބައިކުޅަ ދެބައި ފާއިތުވުމަށްފަހު ދުނިޔޭގެ އުޑަށް (އެއިލާހުގެ ޛާތުފުޅާއި އެކަށީގެންވާ ގޮތަކަށް) ފައިބައިވޮޑި ގަންނަވައެވެ. އެއިލާހު ވަޙީކުރައްވައެވެ. ތިމަންއިލާހަށް ދުޢާ ދަންނަވަނީ ކާކުހެއްޔެވެ؟ ފަހެ ތިމަންއިލާހު އެމީހެއްގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. އަދި ތިމަންއިލާހަށް (ކަމަކަށް އެދި) ދަންނަވަނީ ކާކުހެއްޔެވެ؟ ފަހެ ތިމަންއިލާހު އެމީހަކަށް ދެއްވާހުށީމެވެ. އަދި ތިމަންއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުން އެދި ދަންނަވަނީ ކާކުހެއްޔެވެ؟ ފަހެ ތިމަންއިލާހު އެމީހެއްގެ ފާފަފުއްސަވައިދެއްވާ ހުށީމެވެ."
×      ގާތްތިމާގެ މީހުންނާއި، އަވައްޓެރިންނާއި، ރަޙްމަތްތެރިންނާއި ބަލިމީހުންނަށް ޒިޔާރަތްކޮށް ސަލާމްކުރުމާއި ހެޔޮދުޢާކުރުމާއި އެހީތެރިވުން ގިނަކުރާށެވެ!
 އަބޫޙުރައިރާ رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާތީ އަޑުއެއްސެވީމެވެ. " އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަންޖެހޭ ފަސް ޙައްޤެއްވެއެވެ. އެއީ ސަލާމް ގޮވާހިނދު އޭގެ ޖަވާބުދިނުމާއި، ބަލިވެއުޅޭއިރު އޭނާއަށް ޒިޔާރަތްކުރުމާއި، މަރުވުމުން ޖަނާޒާގައި ބައިވެރިވުމާއި، (ކެއުމަށް) ދަޢުވަތެއް ދެވޭހިނދު އެދަޢުވަތު ޤަބޫލުކުރުމާއި، ކިނބިހި އަޅާހިނދު الحمد للَّه ކިޔައިފިމީހާއަށް ޖަވާބުގައި يَرْحَمُكَ اللَّهُ މިފަދައިން ބުނުމެވެ." رواه البخاري
ޢަލީ رضي الله عنه ވިދާޅުވިއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާތީ އަޑުއެއްސެވީމެވެ. " ދުވާލުގެ ކުރީކޮޅު (އެބަހީ: ހެނދުނު ވަގުތުގައި) މުސްލިމަކު، އެނާގެ ބަލި އަޙާއަށް ޒިޔާރަތްކޮށްފިނަމަ، ހަތްދިހަ ހާސް މަލާއިކަތުން ހަވީރުވަންދެން އޭނާގެ މައްޗަށް ދުޢާ ކުރާ ކަމުގައި މެނުވީ ނުވެއެވެ. އަދި ދުވާލުގެ ފަހުކޮޅު (ހަވީރު ވަގުތުގައި) އޭނާ، ޒިޔާރަތްކޮށްފިނަމަ، ހަތްދިހަ ހާސް މަލާއިކަތުން ފަތިސްވަންދެން އޭނާގެ މައްޗަށް ދުޢާ ކުރާ ކަމުގައި މެނުވީ ނުވެއެވެ. އަދި އޭނާއަށް ދޮންވެ ފައްކާކުރެވިފައިވާ މޭވާތައް ސުވަރުގޭގައި ވެއެވެ." صححه الألباني
ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސަލަމް ހަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އީމާންވީކަމުގައި ނުވާހުއްޓެވެ. އަދި އެކަމެއް ކޮށްފިނަމަ އޭގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި ލޯބިއުފެދި އެއްބައިވަންތަކަން އިތުރުވެ އާލާވެގެންދާނޭ ކަމެއް ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ބުނެދެއްވަން ހެއްޔެވެ؟  (އެކަމަކީ) ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުމުގެ އާދަ ޢާއްމުކޮށް ފަތުރާށެވެ.“ (މުސްލިމް)
މާތްﷲ ވަޙީކުރައްވާފައިވެއެވެ " وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِي وَلْيُؤْمِنُواْ بِي لَعَلَّهُمْ يَرْشُدُونَ "  - سورة البقرة: 186-
މާނައީ: " ތިމަންރަސްކަލާނގެ އަޅުން ތިމަންރަސްކަލާނގެއާއި ދެމެދު ކަލޭގެފާނަށް ސުވާލު ދަންނަވައިފިނަމަ، ތިމަންރަސްކަލާނގެއަށް ދަންނަވާ ދުޢާއަށް ތިމަންރަސްކަލާނގެ އިޖާބަދެއްވަމުއެވެ. ވީމާ، އެބައިމީހުން ތިމަންރަސްކަލާނގެ އަމުރުފުޅުތަކަށް އިޖާބަދޭހުށިކަމެވެ. އަދި ތިމަންރަސްކަލާނގެއަށް އީމާންވާހުށިކަމެވެ. އެބައިމީހުންނަށް ހެޔޮމަގެއް ފެނޭތޯއެވެ."
އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ދުޢާއަށްވުރެ ވަކީން ލޮބުވެތި ޢަމަލެއް ﷲ ގެ ޙަޟްރަތުގައިނުވެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. " މުއުމިނަކަށް ދުނިޔަވީ މުޞީބާތެއް ނުވަތަ ދަތިކަމެއް ދުރުކޮށްދީފިމީހާއަށް ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުން މުޞީބާތެއް ﷲ ތަޢާލާ ދުރުކޮށްދެއްވާނެއެވެ.އަދި ދަތިވެފައިވާ މީހަކަށް ތަނަވަސްކޮށްދީފި މީހަކަށް މާތްﷲ ދުނިޔެއާއި އާޚިރަތުގައި ތަނަވަސްކޮށް ދެއްވާނެއެވެ. އަދި މުސްލިމެއްގެ ޢައިބެއް ފޮރުވައިފި މީހަކަށް މާތްﷲ ދުނިޔެއާއި އާޚިރަތުގައި އޭނާގެ ޢައިބު ފޮރުއްވައިދެއްވާނެއެވެެ. އަދި އަޅާ އޭނާގެ އަޚާއަށް އެހީތެރިވުމުގައި ވާހާހިނދެއްގައި މާތްﷲ އެމީހެއްގެ ޙާޖަތްތައް ފުއްދަވައިދެއްވުމުގައި ދެމިވޮޑިގެންވެއެވެ. "
ތަޢާލާ ވަޙީކުރައްވާފައިވެއެވެ. " އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! " (އަލްމާއިދާ 2)
×      ޞަދަޤާތްކުރުން ގިނަކުރާށެވެ!
سبحانه و تعالى ވަޙީ ކުރައްވާފައިވެއެވެ. ﴿الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴾ سورة البقرة 274 -  " ﷲ سبحانه و تعالىގެ ވަޖުހުފުޅު އަދައިގެން، ރެޔާއި ދުވާލު، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުން ދަންނާށެވެ! ފަހެ އެބައިމީހުންނަށްޓަކައި ﷲ سبحانه و تعالىގެ ޙަޟްރަތުގައި މަތިވެރި ވެގެންވާ ދަރުމައާއި ޘަވާބު ހުއްޓެވެ. އަދި އެބައިމީހުންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި އެބައިމީހުންނަކީ ހިތާމަ ކުރާނެ ބަޔަކު ކަމުގައި ވެސް ނުވެއެވެ."
ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. " الصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ " - حسنه الترمذي " ޞަދަޤާތުގެ ސަބަބުން، ފެނުން އަލިފާން ނިވިގެންދާ ފަދައިން ޞަދަޤާތުގެ ސަބަބުން ފާފަތައް ފުހެވިގެންދެއެވެ. "
×      ތަޞްބީޙަ ކިޔުމާއި އިސްތިޣުފާރު ކުރުންމަތީ ދެމިހުންނާށެވެ!  
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ދޫމައްޗަށް ލުއި ދެކަލިމައެއްވެ އެވެ. (އަދި އެ ދެކަލިމައަކީ) ޤިޔާމަތް ދުވަހުގައި މީޒާނުގައި ބަރު ދެ ކަލިމައެކެވެ. (އަދި އެ ދެކަލިމައަކީ) ރަޙްމާންވަންތަ އިލާހު ލޯބިވެވޮޑިގަންނަވާ ދެ ކަލިމައެކެވެ. سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ އެވެ."
سُبْحَانَ اللَّهِ وَبِحَمْدِهِ :
ހަމަކަށަވަރުން ތިބާ، ﷲ ތަޢާލާ އެންމެހައި އުނި ކަންތައްތަކުންނާއި ޢައިބު ސިފަތަކުން ހުސްޠާހިރުވަންތަ ކުޅައުމެވެ. އަދި ﷲ އީ އެންމެހައި ގޮތްތަކުން ފުރިހަމަކަން ލިބިވޮޑިގެންވާ ފަރާތެއްކަމުގައި (ޤަބޫލު) ވުމެވެ.
سُبْحَانَ اللَّهِ الْعَظِيمِ :
މާތް މަތިވެރިވަންތަ އިލާހުކަމުގައިވުމެވެ. އަދި އެ އިލާހަށްވުރެ ވެރިކަމުގައި، ކުޅަދުންވަންތަ ކަމުގައި، ޙިކްމަތްވަންތަ ކަމުގައި އަދި ޢިލްމުފުޅުގައި ބޮޑުވެގެންވާ ފަރާތެއް ނުވާކަމެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " ކޮންމެ ދުވަހަކު، 100ފަހަރު سُبْحَانَ الله وَبِحَمْدِهِ، މިފަދައިން ކިޔާމީހާގެ ފާފަތައް ފުހެވިދާހުއްޓެވެ. އެއީ ކަނޑުގެ ފޮނުގަނޑުހާ ގިނަކަމުގައި ވިޔަސްމެއެވެ."  (ބުޚާރީ، މުސްލިމް)
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ''ކަލޭމެންގެ ތެރެއިން މީހަކު، ފަޅު ސަހަރާއެއްގައި ޖަމަލުގެއްލިފައި ހުއްޓާ (ސަވާރީއެއްގެ ގޮތުގައި ގެންގުޅުނު)، ކުއްލިއަކަށް އޭތިފެނުމުން އުފާވާވަރަށް ވުރެ ބޮޑަށް، އަޅަކު ތައުބާވުމުން ﷲ އުފާވެވޮޑިގަންނަވައެވެ.'' (رواه البخاري)
فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّاراً  މާނައަކީ: ''ފަހެ ތިމަން ކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައި މީހުން ހެއްދެވި ރަސްކަލާނގެ ޙަޟްރަތަށް އިސްތިޣްފާރު ކޮށް ދަންނަވާށެވެ. ހަމަ ކަށަވަރުން ވެސް، އެކަލާނގެ އީ، ފާފަ ފުއްސަވާ ރަސްކަލާނގެއެވެ.''
×      ގިނަގިނައިން ﷲ އަށް ޙަމްދުކުރާށެވެ! (الحمد لله)
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. " ތިޔަބައި މީހުން ޝުކުރު ކޮށްފިނަމަ ތިމަން އިލާހު ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާހުށީމެވެ. " – إبراهيم 7 -
އަދިވެސް ބަޤަރާ ސޫރަތުގެ 172 ވަނަ އާޔަތުގައި ވަޙީކުރައްވަނީ " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި اللَّه އަށް އަޅުކަންކުރާ ކަމުގައިވާނަމަ،  އެކަލާނގެއަށް ޝުކުރުވެރިވާށެވެ. "
×      ފަހުދިހައިގެ ރޭ ތަކުގައި ކުރަން ވާރިދުވެފައިވާ ދުޢާ ގިނަގިނައިން ކިޔާށެވެ!
ޢާއިޝާ رضي الله عنها ޤަދްރި ވިލޭރޭ ކުރަށްވާނެ ދުޢާއަކާއި ބެހޭގޮތުން ސުވާލުދެންނެވުމުން ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ. ކަމަނާ ވިދާޅުވާށެވެ. (اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ)“ މާނައީ: ”އޭ الله! އިބައިލާހީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. ފަހެ މިއަޅާއަށް ޢަފޫކުރައްވާނދޭވެ.“
×      ދީނީ ދަރުސެއް އަޑުއެހުމާއި ހެޔޮކަމުގެ މަޖިލިސްތަކުގައި ބައިވެރިވާށެވެ!   

މި ރަމަޟާންމަހުގަައި ނަރަކައިން މުއްތި ކުރެވޭ އަޅުންގެ ތެރެއިން އަޅަމެން ލައްވާށި! އަދި އެންމެހާ ފާފަތަކުން ރައްކާތެރިވެފައިވާ މީހުންގެ ގޮތުގައި އަޅަމެން ލައްވައި ލައިލަތުލް ޤަދުރި ވިލޭރޭގެ ދަރުމައާއި ޡަވާބު އަޅުގަނޑުމެން މުސްލިމުންނަށް މިންވަރުކޮށްދެއްވާށި! މި ރަމަޟާން މަހުގައްޔާއި މިމަހުގެ ފަހުންވެސް ސީދާ ވެގެންވާ ތެދުމަގުގައި ފައިތިލަ ޡާބިތުކޮށްގެން ތިބުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާށި!  އާމީން!

Monday, May 20, 2019

ramala'an mahugai heydhakurun


ރަމަޟާންމަހުގައި ހޭދަކުރުން
See the source image

ﷲ ސުބުޙާނަހޫ ވަތަޢާލާހެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޞާން މަހުގައި ހޭދަކުރުން ގިނަކުރެއްވިއެވެ. އެކަލޭގެފާނުގެ ދީލަތިކަން ރަމަޞާންމަހުގައި ހުންނަގޮތް ސިފަކޮށްދެއްވަމުން ލޮބުވެތި ޞަޙާބީން ވިދާލުވެފައިވަނީ ބާރަށް ޖެހޭ ވައިރޯޅިއެއްގެ މިސާލުގައެވެ. އެހެންކަމުން އަޅުގަނޑުމެން ކޮންމެ މުސްލިމަކު ވެސް އެމީހަކަށް ވެވުނު މިންވަރަކުން ފަޤީރުންނަށާއި ނިކަމެތިންނަށާއި މިސްކީނުންނަށް އެހީތެރިވުމުގައި މި ރަނުގެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފަމާ ހިންގަވާށެވެ. ޚާއްޞަކޮށް ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ހޭދަކުރުން ގިނަކުރާށެވެ. ހޭދަކުރުމުގައި ގާތްތިމާގެ މީހުންނަށް އިސްކަންދީގެން ހޭދަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. 
ﷲގެ މަގުގައި އެއްޗެއް ހޭދަކޮށްފި މީހެއްގެ އެ ހޭދައަކީ ބޭކާރު އެއްޗަކަށް ވެގެން ނުދާނެއެވެ. ހޭދަކުރާ މީހާގެ މުދަލުގައި ﷲ ތަޢާލާ ބަރަކާތްލައްވާނެކަން ކަށަވަރެވެ. سبحانه و تعالى ވަޙީ ކުރައްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴾ سورة البقرة 274 -" سبحانه و تعالىގެ ވަޖުހުފުޅު އަދައިގެން، ރެޔާއި ދުވާލު، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުން ދަންނާށެވެ! ފަހެ އެބައިމީހުންނަށްޓަކައި ﷲ سبحانه و تعالىގެ ޙަޟްރަތުގައި މަތިވެރި ވެގެންވާ ދަރުމައާއި ޘަވާބު ހުއްޓެވެ. އަދި އެބައިމީހުންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި އެބައިމީހުންނަކީ ހިތާމަ ކުރާނެ ބަޔަކު ކަމުގައި ވެސް ނުވެއެވެ."
ހޭދަކުރުމާއި ބެހޭގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައި ވެއެވެ. ޙަދީޘްކުރެއްވިއެވެ. اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ.  {متفق عليه} މާނައީ: ކަދުރުފަޅިއެއް ހޭދަކޮށްގެންވެސް ތިޔަބައިމީހުން ނަރަކައިން ރައްކާތެރިވާށެވެ. ޞަދަޤާތުގެ ސަބަބުން ފާފައިގެ ނުބައިކަން ފިލައިދެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައި ވެއެވެ. وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ {رواه الترمذي} މާނައީ: ޞަދަޤާތުގެ ސަބަބުން، ފެނުން އަލިފާން ނިވިގެންދާ ފަދައިން ޞަދަޤާތުގެ ސަބަބުން ފާފަތައް ފުހެވިގެންދެއެވެ. "
ހޭދަކުރުމުގެ ހެޔޮ ތައުފީޤު ﷲ ތަޢާލާ އަޅަމެން އެންމެންނަށް ދެއްވާށީ! އާމިން!

Sunday, May 19, 2019

heyokan bodu re'eh

                ހެޔޮކަންބޮޑު ރެއެއް               

See the source image

ރަމަޟާންމަހުގެ ދެބައިކުޅަ އެއްބައި މުސްލިމުންނާއި އަލްވަދާޢުކިޔުމުގެ ވަގުތު މިއޮތްގެން ކައިރިވަނީ އެވެ. ދުވަހަކަށް ފަހު ދުވަހެއް މިމަހުން ފާއިތުވަމުންގޮސް އެރެއަކަށް އެންމެހާ މުއުމިނުން ކެތްތެރިކަމާއެކު އިންތިޒާރުކުރަމުންދާ ލައިލަތުލް ޤަދުރި ވިލޭރޭ އަންނަން ވަރަށް ގާތްވެއްޖެކަމަށް ރަމަޟާން ޓީވީގެ ސީއީއޯ ވިދާޅުވި އެވެ. އެރެއާ ބައްދަލުވުމަށްއެދި ގިނަގިނައިން ދުޢާކުރުމަށް ހުރިހާ މުސްލިމުންނަށް ރަމަޟާން ޓީވިގެ އެކްޓިން މެނޭޖަރު ގޮވާލެއްވިއެވެ. ރަމަޟާން ޓީވިގެ ޢިލްމޔވެރިންގެ ރައީސް މުސްލިމުންނަށް ލައިލަތުލް ޤަދުރި ވިލޭރޭގެ މަޢުލޫމާތުދެއްވަމުން އެރޭ އަންނާނީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން އޮނަހިރި ރެއެއްގައި ކަމަށް ވިދާލުވެފައިވެ އެވެ. އޮނަހިރި ރޭތަކަކީ 21، 23 ،25 ،27 ،29 މި ފަސްރެއިންކުރެ ކޮންމެވެސް އެއްރެއެވެ.
އެހެންކަމުން ޤަދުރި ވިލޭރޭގެ ދަރުމައާއި ޡަވާބުލިބިގަތުމަށް ހިތްވަރާ ހިއްމަތާއެކު ކަމަރުބަނދެލައްވައި އަޅުކަމަށް ހުޝިޔާރުވުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ގޮވާލައްވާފައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައި ވެއެވެ.  مَنْ قَامَ لَيْلَةَ القَدْرِ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" (متفق عليه) މާނައީ: ލައެލަތުލް ޤަދްރި ވިލޭރޭ، އީމާންތެރިކަމާއިއެކު ﷲގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދި އަޅުކަންކޮށްފި މީހާގެ ފާއިތުވެ ގޮސްފައިވާ ފާފައެއް ފޮހެވިއްޖެއެވެ." އަދިވެސް ކީރިތި ނަބިއްޔާ محمد صلّى الله عليه وسلّم ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅުގައި ވެއެވެ. يَا بَاغِيَ الْخَيْرِ أَقْبِلْ وَيَا بَاغِيَ الشَّرِّ أَقْصِرْ" (رواه الترمذي) މާނައީ: "އޭ ހެޔޮކަމަށް އެދޭ މީހާއެވެ. ތިބާ މިމަހުގައި ހެޔޮކަންތައްތަކާއި ކުރިމަތިލާށެވެ. އަދި އޭ ނުބައިކަމަށް އެދޭ މީހާއެވެ. މިމަހުގައި ތިބާ ނުބައިކަންތައްތައް ނުކޮށް ހުއްޓާލާށެވެ."
ކޮންމެއަކަސް މިހާރު އަޅުގަނޑުމެން ހޭދަކުރަމުން މިދަނީ މިބަރަކާތްތެރި ރަމަޟާން މަހުގެ މެދު ދިހައިގެ ދުވަސްތަކެވެ. މިިމަހުގެ ފާއިތުވެ ދިޔަތަނުގައި ރަނގަޅަށް އަޅުކަމާއިގެން ނޫޅެވުނު ކަމުގައިވިޔަސް ކުރިއަށް ހުރި ދުވަސް ތަކުގައި، ހިތްވަރާއި ޖޯޝާއިއެކު ގަދައަޅާ މަސައްކަތް ކުރާށެވެ. ވަކިން ޚާއްޞަކޮށް ފަހުދިހައިގެ ރޭތަކުގައި އާޖޯޝަކާއި ހިތްވަރަކާއެކު ޤަދުރި ވިލޭރޭ ލިބިގަތުމަށް މަސައްކަތްކުރާށެވެ. އާދެ! އެރެއަކީ އެރެއެއްގައި ކީރިތި ޤުރުއާން ބާއްވާލެއްވުނު ރެއެވެ. އެރޭ އަޅުކަމުގައި ހޭދަ ކުރެވިއްޖެނަމަ އެއީ 83 އަހަރާއި އެތައް މަހެއް އަޅުކަމުގައި ހޭދަ ކުރުމުގެ ޘަވާބު ލިބޭނޭ ރެއެކެވެ. ލައިލަތުލް ޤަދްރިވިލޭރެއާއި ބެހޭގޮތުން ﷲ ތަޢާލާ  سورة الْقَدْرِ ގައި ވަޙީކުރައްވާފައިވެއެވެ. إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ (1) މާނައީ: ހަމަކަށަވަރުން ތިމަން ﷲ އެ ޤުރްއާން ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ (2) މާނައީ: ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ (3) މާނައީ: ލައިލަތުލްޤަދްރި ވިލޭރޭ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ.
ޤަދްރި ވިލޭ ރެއަކީ އެރޭ ހޯދުމަށް ގަދައަޅާ މަސައްކަތްކޮށްފި ހަމަ ކޮންމެ މުސްލިމަކަށްވެސް ލިބޭނޭ ރެއެކެވެ. އެހެންކަމުން އެރޭ ހޯދުމަށް މަސައްކަތްކުރުމަށް ހުރިހާ މުސްލިމުން މަސައްކަތްކުރެއްވުމަށް ރަމަޟާން ރާއްޖޭގެ ރައީސް ވަނީ ގޮވާލައްވާފައެވެ.  


Friday, May 17, 2019

ramalha'an mahugai



رمضان كريم


1-    ބިސްމި ކިޔުމުގެ މާތްކަން:

بسم الله الرحمن الرحيم ﷲގެ އިސްމުފުޅުން  ( ފަށަމެވެ. ) އެއިލާހީ ރަޙްމަތްވަންތަ ރަޙްމަތް ލައްވާ އިލާހެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަނީ ކަމުގައި ވަނީ ނަމަ ﷲ ގެ އިސްމުފުޅުން (އެބަހީ ބިސްމި ﷲ) ކިޔާށެވެ. ކެއުމުގެ ކުރީގައި ﷲ ގެ އިސްމުފުޅު ކިއުމަށް ހަނދާން ނެތިއްޖެ ނަމަ (އެބަހީ ކާން ފަށާފަހުން ހަނދާންވެއްޖެ ނަމަ) بِسْمِ اللهِ أوَّلَهُ وَآخِرَهُ މިފަދައިން ކިޔާށެވެ.“

ޢުމަރު ބިން އަބީ ސަލަމާ ވިދާޅުވިއެވެ. ތިމަން ކުޑަކުއްޖެއްކަމުގައި ވީ އިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކޮޓަރިކޮޅުގައި ވީމެވެ. ކާތަކެތި ހުންނަ ދޮލަނގުގެ އެތަން މިތާގައި ތިމަންގެ އަތްފޯރުވައި އުޅުނީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންނާއަށް ޙަދީޘްކުރެއްވިއެވެ. ”އޭ ފިރިހެން ކުއްޖާއެވެ! ﷲ ގެ އިސްމުފުޅު ކިޔާށެވެ. އަދި ތިބާގެ ކަނާއަތުން ކާށެވެ. އަދި ތިބާގެ ކައިރިން ކާށެވެ.“

2-    ކޮންމެ ނަމާދެއްގެ ފަހުގައި އާޔަތުލް ކުރުސި ކިޔުން:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. " ކޮންމެ ނަމާދެއްގެ ފަހުގައި އާޔާތުލް ކުރުސި ކިޔާމީހާ ސުވަރުގެ ވަނުމާއި ދެމެދު މަރުވުން ފިޔަވައި އެހެން ހުރަހެއް ނުވެއެވެ. "

3-    ސަލާމް ކުރުން.

السلام عليكم ورحمة الله وبركاته“ މާނައަކީ: ތިބާގެ މައްޗަށް ސަލާމަތްކަމާ ﷲ ގެ ރަޙުމަތާ ބަރަކާތްހުއްޓެވެ.

ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސަލަމް ހަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އީމާންވީކަމުގައި ނުވާހުއްޓެވެ. އަދި އެކަމެއް ކޮށްފިނަމަ އޭގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި ލޯބިއުފެދި އެއްބައިވަންތަކަން އިތުރުވެ އާލާވެގެންދާނޭ ކަމެއް ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ބުނެދެއްވަން ހެއްޔެވެ؟  (އެކަމަކީ) ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުމުގެ އާދަ ޢާއްމުކޮށް ފަތުރާށެވެ.“ (މުސްލިމް)

4-    ދުޢާކުރުން.

މާތްﷲ ވަޙީކުރައްވާފައިވެއެވެ " وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِي وَلْيُؤْمِنُواْ بِي لَعَلَّهُمْ يَرْشُدُونَ "  - سورة البقرة: 186-

މާނައީ: " ތިމަންރަސްކަލާނގެ އަޅުން ތިމަންރަސްކަލާނގެއާއި ދެމެދު ކަލޭގެފާނަށް ސުވާލު ދަންނަވައިފިނަމަ، ތިމަންރަސްކަލާނގެއަށް ދަންނަވާ ދުޢާއަށް ތިމަންރަސްކަލާނގެ އިޖާބަދެއްވަމުއެވެ. ވީމާ، އެބައިމީހުން ތިމަންރަސްކަލާނގެ އަމުރުފުޅުތަކަށް އިޖާބަދޭހުށިކަމެވެ. އަދި ތިމަންރަސްކަލާނގެއަށް އީމާންވާހުށިކަމެވެ. އެބައިމީހުންނަށް ހެޔޮމަގެއް ފެނޭތޯއެވެ."

އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ދުޢާއަށްވުރެ ވަކީން ލޮބުވެތި ޢަމަލެއް ﷲ ގެ ޙަޟްރަތުގައިނުވެއެވެ.

5-    ހިނިތުންވުން:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. " އަދި ތިބާގެ އަޚާގެ ކުރިމަތީގައި ހިނިތުންވެލުމަކީ ޞަދަގާތެކެވެ."

6-    ޛިކުރު ކުރުން.

يَا أَيُّهَا الَّذِينَ آمَنُوا اذْكُرُ‌وا اللَّـهَ ذِكْرً‌ا كَثِيرً‌ا} (سورة الأحزاب 41 ) " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުރުމަކުން ﷲ ތަޢާލާ ހަނދުމަކުރާށެވެ."

{وَالذَّاكِرِ‌ينَ اللَّـهَ كَثِيرً‌ا وَالذَّاكِرَ‌اتِ أَعَدَّ اللَّـهُ لَهُم مَّغْفِرَ‌ةً وَأَجْرً‌ا عَظِيمًا } (سورة الأحزاب 35) " ގިނަގިނައިން  ﷲ ތަޢާލާ ހަނދުމަކުރާ ފިރިހެނުންނާއި އަދި ގިނަގިނައިންތަޢާލާ ހަނދުމަކުރާ އަންހެނުން ދަންނައެވެ. އެބައިމީހުންނަށްޓަކައި  ތަޢާލާ ފާފަފުއްސެވުމާއި މަތިވެރިވެގެންވާ އަޖުރު ތައްޔާރުކުރެއްވުއެވެ."

رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  ޙަދީޘްކުރެއްވިއެވެ. " އެމީހަކު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ހަނދުމަކުރާ މީހާއާއި އަދި އެމީހަކު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ހަނދުމަނުކުރާ މީހާގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ." رواه البخاري

7-    ޤުރުއާން ކިޔެވުން.

رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ. " خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ " (رواه البخاري) މާނައީ: " ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ޤުރުއާން އުނގެނި އެޤުރުއާން އުނގަންނައިދޭ މީހާއެވެ."

އަދިވެސް رسول الله صلّى الله عليه وسلّم، حديث ފުޅު ކުރައްވާފައިވެއެވެ. " الماَهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ " (متّفق عليه) މާނައީ: " ޤުރުއާން ކިޔެވުމުގައި މާހިރުމީހާ ވާހުށީ ވަޙީ ލިޔުއްވާ މާތް މަލާއިކަތުންނާ އެކުގައެވެ."

8-    މައިންބަފައިންނަށް ކަމޭހިތުން:

އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިމަންކަލޭގެފާނު ސުވާލުދެންނެވީމެވެ. " ﷲއަށް އެންމެ ލޮބުވެތިވެގެންވަނީ ކޮން ޢަމަލެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ." ދެންނެވިއެވެ. އެޔަށްފަހު ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އެޔަށްފަހު މައިންބަފައިންނަށް އޯގާތެރިކޮށް ހިތުމެވެ." ދެންނެވިއެވެ. އެޔަށްފަހު ކޮންކަމެއްތޯއެވެ؟"  ޙަދީޘްކުރެއްވިއެވެ. " ﷲގެ މަގުގައި ޖިހާދުކުރުމެވެ."

ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. " وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ" سورة لقمان: 14 މާނައީ: " އަދި އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު އޭނާއަށް ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މަންމަ އޭނާއާއިގެން ބަލިވެއިނީ ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަމާއި އުނދަގޫ އުފުލާ ޙާލުގައެވެ."

9-    ޞަދަޤާތްކުރުން:

سبحانه و تعالى ވަޙީ ކުރައްވާފައިވެއެވެ.

﴿الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴾ سورة البقرة 274 -  " سبحانه و تعالىގެ ވަޖުހުފުޅު އަދައިގެން، ރެޔާއި ދުވާލު، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުން ދަންނާށެވެ! ފަހެ އެބައިމީހުންނަށްޓަކައި ﷲ سبحانه و تعالىގެ ޙަޟްރަތުގައި މަތިވެރި ވެގެންވާ ދަރުމައާއި ޘަވާބު ހުއްޓެވެ. އަދި އެބައިމީހުންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި އެބައިމީހުންނަކީ ހިތާމަ ކުރާނެ ބަޔަކު ކަމުގައި ވެސް ނުވެއެވެ."

ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. " الصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ " - حسنه الترمذي " ޞަދަޤާތުގެ ސަބަބުން، ފެނުން އަލިފާން ނިވިގެންދާ ފަދައިން ޞަދަޤާތުގެ ސަބަބުން ފާފަތައް ފުހެވިގެންދެއެވެ. "

10-            ބަންގިއަށް އިޖާބަ ދިނުން

އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘް އެއްގެ މާނައިގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  " މުއައްޛިނު ބަންގިގޮވާއަޑު އަޑު ތިޔަބައިމީހުންނަށް އަޑު އިވިއްޖެނަމަ އޭނާ ކިޔާފަދައިން ތިޔަބައިމީހުންވެސް ކިޔާށެވެ. "

މުއައްޛިނު ބަންގި ގޮވާ އަޑު އިވުމުން ((حي على الصلاة އަދި حي على الفلاح )) މިދެ ކަލިމަ ފިޔަވައި އެހެން ކަލިމަތައް ކިޔަމުންދާނީ މުއައްޛިނު ކިޔާފަދައިންނެވެ. ނަމަވެސް މުއައްޛިނު حي على الصلاة  ކިޔުމުން ކިޔާނީ لا حول ولا قوة إلا بالله  އެވެ. އަދި މުއައްޛިނު حي على الفلاح ކިޔުމުންވެސް ކިޔާނީ لا حول ولا قوة إلا بالله  އެވެ.

އަދި އެކަލޭގެފާނުގެ އަރިހުން އައިސްފައިވެއެވެ. މިގޮތަށް މުއައްޛިންގެ ފަހަތުން ބަންގީގެ ކަލިމަތައް ޔަގީންކަމާއެކު ކިޔާ މީހާ ސުވަރުގެ ވަންނަ ހުށްޓެވެ.

11-            ބަންގި ދުޢާ ކިޔުން.


ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " ތިޔަބައިމީހުންނަށް ބަންގީގެ އަޑުއިވިއްޖެނަމަ މުއައްޛިން ކިޔާފަދައިން ކިޔާށެވެ. ދެން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. ދެން ތިމަންކަލޭގެފާނަށްޓަކައި ވަސީލަތަށް އެދި ދުޢާކުރާށެވެ. އަދި ތިމަންކަލޭގެފާނަށްޓަކައި ވަސީލަތަށް އެދި ދުޢާ ކުރާމީހާއަށް ތިމަންކަލޭގެފާނު ޤިޔާމަތް ދުވަހުން ޝަފާޢަތްތެރިވެ ވޮޑިގަންނަވާ ހުށީމެވެ. "

ބަންގި ދުޢާ: اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاةِ الْقَائِمَةِ، آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ " އޭ މިފުރިހަމަވެގެންވާ ގޮވާލުމާއި، މިޤާއިމުވާ ނަމާދުގެ ވެރިރަސްކަލާކޮ! މުޙައްމަދުގެފާނަށް ވަސީލަތާއި މަތިވެރިކަން ދެއްވާނދޭވެ! އަދި އިބަﷲ އެކަލޭގެފާނަށް ވަޢުދު ކުރެއްވި ޙަމްދު ލިބިގެންވާ މަޤާމަށް އެކަލޭގެފާނު ފޮނުއްވާނދޭވެ! "

12-            ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން.

عن عبد الله بن مسعود رضي الله تعالى عنه، أنَّ رسول الله صلى الله عليه وسلَّم قال:  أولى النَّاس بي يوم القيامة أكثرُهم عليَّ صلاةً. އިބްނު މަސްޢޫދު ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނުގެ މައްޗަށް އެންމެ އައުލާކަން ބޮޑު ބަޔަކީ ތިމަންކަލޭގެފާނުގެ މައްޗަށް އެންމެ ގިނައިން ޞަލަވާތް ކިޔެވި ބައެކެވެ. "

13-            ވުޟޫ ދުޢާކިޔުން .

ވުޟޫ ދުޢާގެ މާތްކަމާ މެދު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވާކަމުގައި ޢުމަރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތީގެތެރެއިން އެއްވެސް ބޭކަލަކު ފުރިހަމަ ވުޟޫއެއް ކުރެއްވުމަށްފަހު: ” أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ މިފަދައިން ކިޔައިފިނަމަ އެމީހަކު ސުވަރުގެއަށް ވަނުމަށްޓަކައި ދޮރެއް އިޚްތިޔާރުކުރުމަށް ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވާލެވިގެންދާނެއެވެ.” رواه مسلم

އަދި މިފަދައިން ކިޔުންވެސް ސުންނަތް ވެގެންވެއެވެ. اَللَّهُمَّ اجْعَلْنِيْ مِنَ التَّوَابِيْنَ وَاجْعَلْنِيْ مِنَ الْمُتَطَهِّرِيْنَرواه الترمذي މާނައީ: " އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ތައުބާވާ މީސްތަކުންނާއި ޠާހިރުވާ މީސްތަކުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ! "

14-            އިސްތިޣްފާރު ކުރުން.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ''ކަލޭމެންގެ ތެރެއިން މީހަކު، ފަޅު ސަހަރާއެއްގައި ޖަމަލުގެއްލިފައި ހުއްޓާ (ސަވާރީއެއްގެ ގޮތުގައި ގެންގުޅުނު)، ކުއްލިއަކަށް އޭތިފެނުމުން އުފާވާވަރަށް ވުރެ ބޮޑަށް، އަޅަކު ތައުބާވުމުން ﷲ އުފާވެވޮޑިގަންނަވައެވެ.'' (رواه البخاري)

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّاراً -ނޫޙް 10 - މާނައަކީ: ''ފަހެ ތިމަން ކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައި މީހުން ހެއްދެވި ރަސްކަލާނގެ ޙަޟްރަތަށް އިސްތިޣްފާރު ކޮށް ދަންނަވާށެވެ. ހަމަ ކަށަވަރުން ވެސް، އެކަލާނގެ އީ، ފާފަ ފުއްސަވާ ރަސްކަލާނގެއެވެ.''

15-           އެހީތެރިވުން.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. " މުއުމިނަކަށް ދުނިޔަވީ މުޞީބާތެއް ނުވަތަ ދަތިކަމެއް ދުރުކޮށްދީފިމީހާއަށް ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުން މުޞީބާތެއް ﷲ ތަޢާލާ ދުރުކޮށްދެއްވާނެއެވެ.އަދި ދަތިވެފައިވާ މީހަކަށް ތަނަވަސްކޮށްދީފި މީހަކަށް މާތްﷲ ދުނިޔެއާއި އާޚިރަތުގައި ތަނަވަސްކޮށް ދެއްވާނެއެވެ. އަދި މުސްލިމެއްގެ ޢައިބެއް ފޮރުވައިފި މީހަކަށް މާތްﷲ ދުނިޔެއާއި އާޚިރަތުގައި އޭނާގެ ޢައިބު ފޮރުއްވައިދެއްވާނެއެވެެ. އަދި އަޅާ އޭނާގެ އަޚާއަށް އެހީތެރިވުމުގައި ވާހާހިނދެއްގައި މާތްﷲ އެމީހެއްގެ ޙާޖަތްތައް ފުއްދަވައިދެއްވުމުގައި ދެމިވޮޑިގެންވެއެވެ. "



ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. " އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! " (އަލްމާއިދާ 2)

16-        ނިދުމުގެ ކުރިން އާޔަތުލް ކުރުސި ކިޔުން.

އަބޫ ހުރައިރާގެ އަރިހުން އައިސްފައިވާ ހަދީސެއްގައި ވެއެވެ. ޝައިޠާނާ އަބޫހުރައިރާއަށް ދެންނެވިއެވެ. " ތިބާ ނިދަން އޮށޯވެއްޖެނަމަ، އާޔަތުލް ކުރުސި ކިޔާށެވެ. ފަހެ ހަމަކަށަވަރުން އޭރުން، ތިބާ ރައްކާތެރިކުރައްވާ މަލާއިކަތެއް ފަތިސްވަންދެން ތިބާގެ ގާތުގައި ހުންނާނެއެވެ. އަދި ތިބާއާ ޝައިޠާނާ ހަމަކަށަވަރުން ކައިރިވެސް ނުވާނެއެވެ." ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އަބޫހުރައިރާ މިވާހަކަ ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. " އޭނާއަކީ ބޮޑުވެގެންވާ ދޮގުވެރިއެއް ކަމުގައިވިޔަސް މިފަހަރު އޭނާ އެބުނީ ތެދެކެވެ. " رواه البخاري

17-            ނިދުމުގެ ކުރިން އިޚްލާޞް ފަލަޤް ނާސް ތިން ސޫރަތް ކިޔެވުން.

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. " ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އޮށޯވެ ވަޑައިގެން ކޮންމެރެއަކު އެކަލޭގެފާނުގެ ދެއަތްތިލަ ކައިރިކުރައްވައި އެދެއަތްތިލައަށް ފުމެލައްވައި އެދެއަތްތިލައަށް قُلْ هُوَ اللَّهُ أَحَدٌ ސޫރަތާއި އަދި قُلْ أَعُوذُ بِرَبِّ الْفَلَقِ ސޫރަތާއި އަދި قُلْ أَعُوذُ بِرَبِّ النَّاسِ ސޫރަތް ކިޔަވާ ވިދާޅުވެއެވެ. އަދި އޭގެ ފަހުގައި އެދެއަތްތިލަ އެކަލޭގެފާނުގެ ހަށިކޮޅުގައި އެ ދެއަތްތިލައިން އަތްކޭއްތޭ ހިސާބަކަށް ކާއްތާލައްވައެވެ. ފައްޓަވަނީ އެކަލޭގެފާނުގެ ބޮލާއި މޫނުން އަދި ހަށިގަނޑުގެ ކުރިމަތިންނެވެ. އެފަދައިން ތިންފަހަރު އެކަލޭގެފާނު ކަންތައްކުރައްވައެވެ. " رواه البخاري

18-        ރޭގަނޑު ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔެވުން:

އަބޫ މަސްޢޫދުލް އަންޞާރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  " ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް، ރޭގަނޑެއްގައި ކިޔަވައިފިމީހާއަށް، އެދެއާޔަތް ފުދިގެން ވެއެވެ. "  - البخاري ومسلم

ބައެއް ޢިލްމުވެރިން މީގެ މާނައިގައި ވިދާޅުވަނީ ރައްކާތެރިކަމަކަށް ފުދިގެންވާ ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ރޭއަޅުކަމަށް ފުދިގެންވާ ކަމުގައެވެ. މި ދެބަސްފުޅުވެސް ޞައްޙައެވެ.

19-            ރޭގަނޑު މުލްކު ސޫރަތް ކިޔެވުން.

ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ސަޖިދަ ސޫރަތާއި މުލްކު ސޫރަތް ކިޔަވާވިދާޅު ނުވެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަފުޅުލައްޕަވާ ކަމުގައި ނުވެއެވެ. صححه الألباني

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. " ހަމަކަށަވަރުން ކީރިތި ޤުރުއާނުގައި 30 އާޔަތް ވާ ސޫރަތެއް ވެއެވެ. އެ ސޫރަތް ކިޔަވާ މީހާއަށް އެމީހާގެ ފާފަތައް ފުހެވިއްޖައުމަށް ދަންދެން އެސޫރަތް ޝަފާޢަތްތެރިވާނެއެވެ. އެ ސޫރަތަކީ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ އެވެ."  حسنه الشيخ الألباني

20-            ކޮންމެ ދުވަހަކު މިޛިކްރު 100 ފަހަރު ކިޔުން.

" لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " ދުވާލަކު ސަތޭކަފަހަރު މިޛިކުރުކޮށްފިމީހާ ދަންނައެވެ. އޭނާ ދިހަ އަޅުން މިނިވަންކުރި ފަދައެވެ. އަދި އޭނާއަށް ސަތޭކަ ހެޔޮކަން ލިޔުއްވޭނެއެވެ. އަދި އޭނާގެ ކިބައިން ސަތޭކަ ފާފަ ފުއްސެވޭނެއެވެ. އަދި އެދުވަހު ހަވީރުވަންދެން ޝައިޠާނާގެ ކިބައިން އޭނާ ރައްކާތެރިކުރެވޭނެއެވެ. އަދި އޭނާއަށްވުރެ ގިނައިން މިޛިކުރުކުރިމީހަކު މެނުވީ އޭނާއަށްވުރެ މާތްޢަމަލެއްކޮށްގެންހުރި ހަމައެކަކުވެސް ނުހުންނާނެއެވެ." رواه البخاري ومسلم

21-            ނިދުމުގެ ކުރިން ވުޟޫ ކުރުން.

ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " ތިބާ ނިދަން އައިސްފިނަމަ ފަހެ ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާށެވެ. ދެން އޭގެފަހުގައި ތިބާގެ ކަނާއަތްފަރާތަށް ވާގޮތަށް އޮށޯއޮންނާށެވެ." البخاري

ވުޟޫމަތީގައި ނިދާ މީހާއަށް ފާފަ ފުއްސެވުންއެދި ދުޢާކުރުމަށް މަލާއިކަތަކު އޭނާގެ ކައިރީގައި ހުންނާނެކަމަށް ނަބަވީ އިރުޝާދުތަކުން ސާބިތުވެއެވެ.

22-            ބަލިމީހުންނަށް ޒިޔާރަތް ކުރުން.

އަބޫޙުރައިރާ رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާތީ އަޑުއެއްސެވީމެވެ. " އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަންޖެހޭ ފަސް ޙައްޤެއްވެއެވެ. އެއީ ސަލާމް ގޮވާހިނދު އޭގެ ޖަވާބުދިނުމާއި، ބަލިވެއުޅޭއިރު އޭނާއަށް ޒިޔާރަތްކުރުމާއި، މަރުވުމުން ޖަނާޒާގައި ބައިވެރިވުމާއި، (ކެއުމަށް) ދަޢުވަތެއް ދެވޭހިނދު އެދަޢުވަތު ޤަބޫލުކުރުމާއި، ކިނބިހި އަޅާހިނދު الحمد للَّه ކިޔައިފިމީހާއަށް ޖަވާބުގައި يَرْحَمُكَ اللَّهُ މިފަދައިން ބުނުމެވެ." رواه البخاري

ޢަލީ رضي الله عنه ވިދާޅުވިއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާތީ އަޑުއެއްސެވީމެވެ. " ދުވާލުގެ ކުރީކޮޅު (އެބަހީ: ހެނދުނު ވަގުތުގައި) މުސްލިމަކު، އެނާގެ ބަލި އަޙާއަށް ޒިޔާރަތްކޮށްފިނަމަ، ހަތްދިހަ ހާސް މަލާއިކަތުން ހަވީރުވަންދެން އޭނާގެ މައްޗަށް ދުޢާ ކުރާ ކަމުގައި މެނުވީ ނުވެއެވެ. އަދި ދުވާލުގެ ފަހުކޮޅު (ހަވީރު ވަގުތުގައި) އޭނާ، ޒިޔާރަތްކޮށްފިނަމަ، ހަތްދިހަ ހާސް މަލާއިކަތުން ފަތިސްވަންދެން އޭނާގެ މައްޗަށް ދުޢާ ކުރާ ކަމުގައި މެނުވީ ނުވެއެވެ. އަދި އޭނާއަށް ދޮންވެ ފައްކާކުރެވިފައިވާ މޭވާތައް ސުވަރުގޭގައި ވެއެވެ." صححه الألباني

23-            ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުން.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. " ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ."

24-            ﷲ އަށް ޙަމްދު ކުރުން.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. " ތިޔަބައި މީހުން ޝުކުރު ކޮށްފިނަމަ ތިމަން އިލާހު ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާހުށީމެވެ. " – إبراهيم 7 -

އަދިވެސް ބަޤަރާ ސޫރަތުގެ 172 ވަނަ އާޔަތުގައި ވަޙީކުރައްވަނީ " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި اللَّهއަށް އަޅުކަންކުރާ ކަމުގައިވާނަމަ،  އެކަލާނގެއަށް ޝުކުރުވެރިވާށެވެ. "

25-            " سبحان الله " 100 ފަހަރު ކިޔުން.

ރަސޫލާ ޞައްލަޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " ކޮންމެ ދުވަހަކު، 100ފަހަރު سُبْحَانَ الله وَبِحَمْدِهِ، މިފަދައިން ކިޔާމީހާގެ ފާފަތައް ފުހެވިދާހުއްޓެވެ. އެއީ ކަނޑުގެ ފޮނުގަނޑުހާ ގިނަކަމުގައި ވިޔަސްމެއެވެ."  - ބުޚާރީ، މުސްލިމް –

26-            މީހަކަށް ރޯދަވީއްލުން ދިނުން.

ކީރިތި ރަސޫލ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. " ރޯދަވެރިއަކަށް ރޯދަވީއްލުން ދީފި މީހަކަށް އެ ރޯދަވެރިޔާއަށް ލިބޭ އަޖުރުން އެއްވެސް މިންވަރެއް އުނިވުމެއް ނެތި އޭނައަށްވެސް ލިބޭ ހުއްޓެވެ."  رواه الترمذي

27-            ފަސްނަމާދަށްފަހު ޛިކުރު ކިޔުން.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި، 33ފަހަރު، ﷲއަށް ތަސްބީޙަ ކިޔާ، 33 ފަހަރު ޙަމްދުކޮށް، 33 ފަހަރު ތަކްބީރު ކިޔާށެވެ.  އޭރުންއެވީ  99 އެވެ. އަދި 100 ހަމަކުރުމުގެ ގޮތުން، لاَ إلَه إلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ, لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَي كُـلِّ شَيْئٍ قَــدِيْرُ  މިފަދައިން ކިޔައިފިނަމަ، އެމީހެއްގެ ފާފަތައް ފުހެވި ދާހުއްޓެވެ. އެއީ އެފާފަތައް ކަނޑުގެ ފޮނުގަނޑުހާ ގިނަކަމުގައި ވިޔަސްމެއެވެ." (މުސްލިމް)



28-            سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ ގިނަގިނައިން ކިޔުން:

ރަސޫލު ޞައްލަ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

" ދޫމައްޗަށް ލުއި ދެކަލިމައެއްވެ އެވެ. (އަދި އެ ދެކަލިމައަކީ) ޤިޔާމަތް ދުވަހުގައި މީޒާނުގައި ބަރު ދެ ކަލިމައެކެވެ. (އަދި އެ ދެކަލިމައަކީ) ރަޙްމާންވަންތަ އިލާހު ލޯބިވެވޮޑިގަންނަވާ ދެ ކަލިމައެކެވެ. سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ އެވެ."

(سُبْحَانَ اللَّهِ وَبِحَمْدِهِ) :

ހަމަކަށަވަރުން ތިބާ، ﷲ ތަޢާލާ އެންމެހައި އުނި ކަންތައްތަކުންނާއި ޢައިބު ސިފަތަކުން ހުސްޠާހިރުވަންތަ ކުޅައުމެވެ. އަދި ﷲ އީ އެންމެހައި ގޮތްތަކުން ފުރިހަމަކަން ލިބިވޮޑިގެންވާ ފަރާތެއްކަމުގައި (ޤަބޫލު) ވުމެވެ. 

(سُبْحَانَ اللَّهِ الْعَظِيمِ):

މާތް މަތިވެރިވަންތަ އިލާހުކަމުގައިވުމެވެ. އަދި އެ އިލާހަށްވުރެ ވެރިކަމުގައި، ކުޅަދުންވަންތަ ކަމުގައި، ޙިކްމަތްވަންތަ ކަމުގައި އަދި ޢިލްމުފުޅުގައި ބޮޑުވެގެންވާ ފަރާތެއް ނުވާކަމެވެ.

29-            ވިތުރި ނަމާދު ކުރުން.

ޞަޙީޙުލް ބުޚާރީގައި އަބޫހުރައިރާ رضي الله عنه ގެ އަރިހުން އައިސްފައިވެއެވެ. ((أَوْصَانِي خَلِيلِي بِثَلاَثٍ لاَ أَدَعُهُنَّ حَتَّى أَمُوتَ: صَوْمِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَصَلاَةِ الضُّحَى، وَنَوْمٍ عَلَى وِتْرٍ))

" ތިމަންކަލޭގެފާނުގެ ގާތް އެކުވެރިޔާ (ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ) ތިން ކަމަކަށް ތިމަންކަލޭގެފާނަށް ވަޞިއްޔަތްކުރެއްވިއެވެ. އަދި އެތިން ކަންތައް ތިމަންކަލޭގެފާނު މަރުވެއްޖައުމަށް ދާންދެން ދޫކޮށްނުލާނަމައެވެ. އެއީ ކޮންމެ މަހަކުވެސް ތިން ދުވަހު ރޯދަ ހިފުމާއި، ކޮންމެ ދުވަހަކުވެސް ޟުޙާ ނަމާދު ކުރުމާއި އަދި ނިދުމުގެ ކުރިން ވިތްރި ނަމާދު ކުރުމެވެ."

30-            ފަތިސްނަމާދުގެ ސުންނަތް ކުރުން.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެރަކުޢަތް، ދުނިޔެއާ ދުނިޔޭގެ ވާހާ ތަކެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ."  رواه مسلم