Featured Post

Ombey

Monday, May 20, 2019

ramala'an mahugai heydhakurun


ރަމަޟާންމަހުގައި ހޭދަކުރުން
See the source image

ﷲ ސުބުޙާނަހޫ ވަތަޢާލާހެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޞާން މަހުގައި ހޭދަކުރުން ގިނަކުރެއްވިއެވެ. އެކަލޭގެފާނުގެ ދީލަތިކަން ރަމަޞާންމަހުގައި ހުންނަގޮތް ސިފަކޮށްދެއްވަމުން ލޮބުވެތި ޞަޙާބީން ވިދާލުވެފައިވަނީ ބާރަށް ޖެހޭ ވައިރޯޅިއެއްގެ މިސާލުގައެވެ. އެހެންކަމުން އަޅުގަނޑުމެން ކޮންމެ މުސްލިމަކު ވެސް އެމީހަކަށް ވެވުނު މިންވަރަކުން ފަޤީރުންނަށާއި ނިކަމެތިންނަށާއި މިސްކީނުންނަށް އެހީތެރިވުމުގައި މި ރަނުގެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފަމާ ހިންގަވާށެވެ. ޚާއްޞަކޮށް ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ހޭދަކުރުން ގިނަކުރާށެވެ. ހޭދަކުރުމުގައި ގާތްތިމާގެ މީހުންނަށް އިސްކަންދީގެން ހޭދަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. 
ﷲގެ މަގުގައި އެއްޗެއް ހޭދަކޮށްފި މީހެއްގެ އެ ހޭދައަކީ ބޭކާރު އެއްޗަކަށް ވެގެން ނުދާނެއެވެ. ހޭދަކުރާ މީހާގެ މުދަލުގައި ﷲ ތަޢާލާ ބަރަކާތްލައްވާނެކަން ކަށަވަރެވެ. سبحانه و تعالى ވަޙީ ކުރައްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴾ سورة البقرة 274 -" سبحانه و تعالىގެ ވަޖުހުފުޅު އަދައިގެން، ރެޔާއި ދުވާލު، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުން ދަންނާށެވެ! ފަހެ އެބައިމީހުންނަށްޓަކައި ﷲ سبحانه و تعالىގެ ޙަޟްރަތުގައި މަތިވެރި ވެގެންވާ ދަރުމައާއި ޘަވާބު ހުއްޓެވެ. އަދި އެބައިމީހުންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި އެބައިމީހުންނަކީ ހިތާމަ ކުރާނެ ބަޔަކު ކަމުގައި ވެސް ނުވެއެވެ."
ހޭދަކުރުމާއި ބެހޭގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައި ވެއެވެ. ޙަދީޘްކުރެއްވިއެވެ. اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ.  {متفق عليه} މާނައީ: ކަދުރުފަޅިއެއް ހޭދަކޮށްގެންވެސް ތިޔަބައިމީހުން ނަރަކައިން ރައްކާތެރިވާށެވެ. ޞަދަޤާތުގެ ސަބަބުން ފާފައިގެ ނުބައިކަން ފިލައިދެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައި ވެއެވެ. وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ {رواه الترمذي} މާނައީ: ޞަދަޤާތުގެ ސަބަބުން، ފެނުން އަލިފާން ނިވިގެންދާ ފަދައިން ޞަދަޤާތުގެ ސަބަބުން ފާފަތައް ފުހެވިގެންދެއެވެ. "
ހޭދަކުރުމުގެ ހެޔޮ ތައުފީޤު ﷲ ތަޢާލާ އަޅަމެން އެންމެންނަށް ދެއްވާށީ! އާމިން!

No comments: