Featured Post

Ombey

Sunday, May 19, 2019

heyokan bodu re'eh

                ހެޔޮކަންބޮޑު ރެއެއް               

See the source image

ރަމަޟާންމަހުގެ ދެބައިކުޅަ އެއްބައި މުސްލިމުންނާއި އަލްވަދާޢުކިޔުމުގެ ވަގުތު މިއޮތްގެން ކައިރިވަނީ އެވެ. ދުވަހަކަށް ފަހު ދުވަހެއް މިމަހުން ފާއިތުވަމުންގޮސް އެރެއަކަށް އެންމެހާ މުއުމިނުން ކެތްތެރިކަމާއެކު އިންތިޒާރުކުރަމުންދާ ލައިލަތުލް ޤަދުރި ވިލޭރޭ އަންނަން ވަރަށް ގާތްވެއްޖެކަމަށް ރަމަޟާން ޓީވީގެ ސީއީއޯ ވިދާޅުވި އެވެ. އެރެއާ ބައްދަލުވުމަށްއެދި ގިނަގިނައިން ދުޢާކުރުމަށް ހުރިހާ މުސްލިމުންނަށް ރަމަޟާން ޓީވިގެ އެކްޓިން މެނޭޖަރު ގޮވާލެއްވިއެވެ. ރަމަޟާން ޓީވިގެ ޢިލްމޔވެރިންގެ ރައީސް މުސްލިމުންނަށް ލައިލަތުލް ޤަދުރި ވިލޭރޭގެ މަޢުލޫމާތުދެއްވަމުން އެރޭ އަންނާނީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން އޮނަހިރި ރެއެއްގައި ކަމަށް ވިދާލުވެފައިވެ އެވެ. އޮނަހިރި ރޭތަކަކީ 21، 23 ،25 ،27 ،29 މި ފަސްރެއިންކުރެ ކޮންމެވެސް އެއްރެއެވެ.
އެހެންކަމުން ޤަދުރި ވިލޭރޭގެ ދަރުމައާއި ޡަވާބުލިބިގަތުމަށް ހިތްވަރާ ހިއްމަތާއެކު ކަމަރުބަނދެލައްވައި އަޅުކަމަށް ހުޝިޔާރުވުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ގޮވާލައްވާފައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައި ވެއެވެ.  مَنْ قَامَ لَيْلَةَ القَدْرِ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" (متفق عليه) މާނައީ: ލައެލަތުލް ޤަދްރި ވިލޭރޭ، އީމާންތެރިކަމާއިއެކު ﷲގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދި އަޅުކަންކޮށްފި މީހާގެ ފާއިތުވެ ގޮސްފައިވާ ފާފައެއް ފޮހެވިއްޖެއެވެ." އަދިވެސް ކީރިތި ނަބިއްޔާ محمد صلّى الله عليه وسلّم ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅުގައި ވެއެވެ. يَا بَاغِيَ الْخَيْرِ أَقْبِلْ وَيَا بَاغِيَ الشَّرِّ أَقْصِرْ" (رواه الترمذي) މާނައީ: "އޭ ހެޔޮކަމަށް އެދޭ މީހާއެވެ. ތިބާ މިމަހުގައި ހެޔޮކަންތައްތަކާއި ކުރިމަތިލާށެވެ. އަދި އޭ ނުބައިކަމަށް އެދޭ މީހާއެވެ. މިމަހުގައި ތިބާ ނުބައިކަންތައްތައް ނުކޮށް ހުއްޓާލާށެވެ."
ކޮންމެއަކަސް މިހާރު އަޅުގަނޑުމެން ހޭދަކުރަމުން މިދަނީ މިބަރަކާތްތެރި ރަމަޟާން މަހުގެ މެދު ދިހައިގެ ދުވަސްތަކެވެ. މިިމަހުގެ ފާއިތުވެ ދިޔަތަނުގައި ރަނގަޅަށް އަޅުކަމާއިގެން ނޫޅެވުނު ކަމުގައިވިޔަސް ކުރިއަށް ހުރި ދުވަސް ތަކުގައި، ހިތްވަރާއި ޖޯޝާއިއެކު ގަދައަޅާ މަސައްކަތް ކުރާށެވެ. ވަކިން ޚާއްޞަކޮށް ފަހުދިހައިގެ ރޭތަކުގައި އާޖޯޝަކާއި ހިތްވަރަކާއެކު ޤަދުރި ވިލޭރޭ ލިބިގަތުމަށް މަސައްކަތްކުރާށެވެ. އާދެ! އެރެއަކީ އެރެއެއްގައި ކީރިތި ޤުރުއާން ބާއްވާލެއްވުނު ރެއެވެ. އެރޭ އަޅުކަމުގައި ހޭދަ ކުރެވިއްޖެނަމަ އެއީ 83 އަހަރާއި އެތައް މަހެއް އަޅުކަމުގައި ހޭދަ ކުރުމުގެ ޘަވާބު ލިބޭނޭ ރެއެކެވެ. ލައިލަތުލް ޤަދްރިވިލޭރެއާއި ބެހޭގޮތުން ﷲ ތަޢާލާ  سورة الْقَدْرِ ގައި ވަޙީކުރައްވާފައިވެއެވެ. إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ (1) މާނައީ: ހަމަކަށަވަރުން ތިމަން ﷲ އެ ޤުރްއާން ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ (2) މާނައީ: ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ (3) މާނައީ: ލައިލަތުލްޤަދްރި ވިލޭރޭ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ.
ޤަދްރި ވިލޭ ރެއަކީ އެރޭ ހޯދުމަށް ގަދައަޅާ މަސައްކަތްކޮށްފި ހަމަ ކޮންމެ މުސްލިމަކަށްވެސް ލިބޭނޭ ރެއެކެވެ. އެހެންކަމުން އެރޭ ހޯދުމަށް މަސައްކަތްކުރުމަށް ހުރިހާ މުސްލިމުން މަސައްކަތްކުރެއްވުމަށް ރަމަޟާން ރާއްޖޭގެ ރައީސް ވަނީ ގޮވާލައްވާފައެވެ.  


No comments: