އެކުވެރިން


އެތާނގައި ބިޔަ ބޮޑު އާފަލު ގަހެއް ހުރެއެވެ. އަހަރެންނާއި ރޫފީ ކޮންމެ ދުވަހަކު އާފަލު ގަސް ދޮށަށް ދަމެވެ. އަހަރުމެން ދާންވާއިރަށް އެކުވެރި ރީރީއާއި މޫރީ ވެސް އެތަނަށް ދެއެވެ.

އެތަނުގައި އަހަރުމެން ދަނޑުވެރިންނަށް އެހީވަމެވެ. އަދި މަސައްކަތް ނިންމުމަށްފަހު ކުޅެ މަޖާކުރަމެވެ.

ގެއަށް ދިއުމުގެ ކުރިން ދަނޑުވެރިން ގެނެސްދޭ ފެހިކުލަ ގަދަ ވިނަތަކާއި ތާޒާ ކެރެޓް ހޯދައި އަހަރެމެން އެންމެން ކައި ހަދަމެވެ.

އިރު އޮއްސެންވާ އިރަށް ހުރިހާ އެކުވެރިން ގެއަށް ދެއެވެ. ގެޔަށްދާއިރު އެކުވެރި ކޫކޫ އަށް ދޭން ހަނޑޫ ގެންދެއެވެ. ކޫކޫއަކީ ބަލި ކުއްޖެކެވެ.

.އެހެންކަމުން ރޫފީ ނިދަނީ ކޫކޫ އާއެކުގައެވެ
No comments:
Post a Comment