Featured Post

Ombey

Monday, March 16, 2020

ގުރޭޑު 5 ގައި ކިޔަވަމުންދާ ދަރިވަރުންނަށް އެހީއެއް 3


ސުވާލާއި ޖަވާބު 


ސީރަތާއި ތާރީޚު 1




1-    ތިމާ ދިރިއުޅޭ ރަށުގައި ހުރެގެން ﷲއަށް އަޅުކަންނުކުރެވޭ ނަމަ ކަންތައްކުރަންވާގޮތް ބުނެދެމާ!

×     ﷲއަށް އަޅުކަންކުރެވޭނެ ބިމަކަށް ހިޖުރަކުރާނީ އެވެ.

2-    ހިޖުރަކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްކަން ބުނެދެމާ!

×     މައްކާގައި ދިރިއުޅެމުން ދިޔަ މުސްލިމުންނަށް ލިބެމުންދިޔަ އަނިޔާތަކުން ސަލާމަތްވުމަށްޓަކައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިޒުނަފުޅާއެކު މަދިނާއަށް ހިޖުރަ ކުރިއެވެ. އޭގެފަހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަބޫބަކުރުގެފާނާއެކު މަދިނާއަށް ހިޖުރަ ކުރެއްވިއެވެ.

3-    "ހިޖުރަކުރުން" މިބަހުގެ މާނައަކީ ކޮބައިކަން ލިޔެލަމާ!

×     ހިޖުރަކުރުމަކީ ތިމާދިރިއުޅޭރަށް ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރުމެވެ.

4-    ހިޖުރަ ކުރެއްވުމުގެ އަމުރުފުޅު ﷲގެ ޙަޟްރަތުން ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބިވަޑައިގެންނެވުމާއެކު އެޚަބަރު ދެއްވުމުން ދަތުރުގެ އިންތިޒާމްތައް ހަމަޖެއްސެވުމުގެ މަސްއޫލިއްޔަތު އަދާކޮށްދެއްވި ބޭކަލަކީ ކޮބައިކަން ބެނެލަމާ!

×     އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު އެވެ.

5-    ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަ ކުރެއްވި ވަގުތު އެކަލޭގެފާނުގެ އަރިހުގައި ވަޑައިގަތީ ކޮންބޭކަލެއްކަން ބުނެދެމާ!

×     އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު އެވެ.

6-    ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަ ކުރެއްވުމުގައި ޢަބްދުﷲ ބިން އުރައިގަޠުގެ ދައުރަކީ ކޮބައިކަން ލިޔެލަމާ!

×     ދަތުރުކުރާނެ މަގު ބުނެދިނުމެވެ.

7-    ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރައަށް ނިކުމެވަޑައިގަތުމުގެ ކުރިން ޢަލީ ރަޟިޔަﷲ ޢަންހާއާއި ހަވާލުކުރެއްވި ދެކަމަކީ ކޮބައިކަން ބުނެދެމާ!

×     ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަތްޕުޅުގައި ހުރި، އަމާނާތްތައް އޭގެ ވެރިފަރާތަށް ރައްދުކޮށްދެއްވުން.

×     ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަދަލުގައި، އެކަލޭގެފާނުގެ އެނދުދާންކޮޅުގައި ޢަލީގެފާނު އަވަހާރަފުޅު ލެއްޕެވުން.

8-    ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގަތުލުކުރާމީހަކަށް ހުށަހެޅުނީ ކޮންއެއްޗެއްކަން ލިޔެލަމާ!

×     ސަތޭކަ ޖަމަލެވެ.

9-    ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އަބޫބަކުރުގެފާނު ޘައުރު ފަރުބަދައިގެ ހޮހޮޅާގައި ތިއްބެވިއިރު މައްކާގެ ޚަބަރު އެދެބޭކަލުންނާއި ހަމައަށް ގެންގޮސްދެއްވީ ކޮންބޭކަލެއްކަން ބުނެލަމާ!

×     ޢަބްދުﷲ ބިން އަބޫބަކުރުގެފާނުގެ މަސައްކަތްޕުޅަކީ ކޮންމެ ދުވަހަކު އިރުއޮއްސުމުން ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން މަައްކާގެ ޚަބަރުތައް ވިދާޅުވެދެއްވުމެވެ.

10-                        ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އަބޫބަކުރުގެފާނު ޘައުރު ފަރުބަދައިގެ ހޮހޮޅާގައި ތިއްބެވިއިރު އެދެބޭކަލުންނަށް ފަރިއްކޮޅު ގެންގޮސްދެއްވީ ކޮންބޭކަލެއްކަން ބުނެލަމާ!

×     އަސްމާ ބިންތު އަބޫބަކުރުއްޞިއްދީޤެވެ.

11-                        ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އަބޫބަކުރުގެފާނު ޘައުރު ފަރުބަދައިގެ ހޮހޮޅާގައި ތިއްބެވިއިރު އެދެބޭކަލުންނަށް ކިރުފޮދު އެރުވުމާއި ޘައުރު ފަރުބަދައަށްދާ މަގު އަމާންކޮށްދެއްވީ ކޮންބޭކަލެއްކަން ބުނެލަމާ!

×     ޢާމިރު ބިން ފުހައިރާއެވެ.

12-                        ކީރިތި ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އަބޫބަކުރުގެފާނު ޘައުރު ފަރުބަދައިގެ ހޮހޮޅާގައި ތިއްބަވަނިކޮށް އެބޭކަލުން ހޯދަމުންދިޔަ މައްކާގެ މުޝްރިކުން ޘައުރު ފަރުބަދައިގެ ކައިރިން ފެނުމުން އަބޫބަކުރުގެފާނު އެކަމާ ކަންބޮޑުވެލެއްވުމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅު ކިޔާލަމާ!

×     "لاَ تَحْزَنْ إِنَّ اللهَ مَعَنَا"  މާނައީ: "ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! ހަމަކަށަވަރުންވެސް ﷲ ތަޢާލާ ވޮޑިގެންވަނީ އަހަރުމެންނާއި އެކީގައެވެ."

13-                        ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އަބޫބަކުރުގެފާނު ޘައުރު ފަރުބަދައިގެ ހޮހޮޅާގައި މަޑުކުރެއްވީ ކިތައް ދުވަހަށް ކަން ބުނެލަމާ!

×     ތިންރޭ ތިން ދުވަހަށެވެ.

14-                        އިސްލާމްދީނުގައި އެންމެފުރަތަމަ ބިނާކުރެވުނު މިސްކިތް ހުންނަނީ ކޮންތަނެއްގައިކަން ބުނެލަމާ!

×     ޤުބާގައެވެ.

15-                        ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އަބޫބަކުރުގެފާނު މަދީނާއަށް ހިޖުރަ ކުރުމުގެ މަގުމަތީގައި މަޑުކުރެއްވި ކޮންރަށެއްގައިކަން ބުނެލަމާ!

×     ޤުބާގައެވެ.

16-                        މަދީނާއިން ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް މެހުމާންދާރީ އަދާކުރެއްވުމުގެ ނަސީބު ލިބިލެއްވި ބޭކަލަކީ ކޮބައިކަން ބުނެދެމާ!

×     އަބުލް އައްޔޫބުލް އަންޞާރީ ގެފާނެވެ.

17-                        މަދީނާއިން ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް މެހުމާންދާރީ އަދާކުރެއްވުމުގެ ނަސީބު އަބުލް އައްޔޫބުލް އަންޞާރީ ގެފާނަށް ލިބިލެއްވި  ގޮތް ކިޔާދެމާ!

×     ﷲ ތަޢާލާގެ އަމުރުފުޅަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސަވާރީ އެކަލޭގެފާނުގެ ގޭގެ ދޮރުމައްޗަށް މަޑުކުރެއްވުމުންނެވެ.

18-                        ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގަތް ދަތުރުމަތީގައި މަޑުކުރައްވައި ހުކުރު ނަމާދު ކުރެއްވީ ކޮންތަނެއްގައިކަން ބުނެލަމާ!

ބަނޫ ސާލިމު ބިން އައުފުގައެވެ.

19-                        ބަދުރު ހަނގުރާމައަކީ ކޮބައިކަން ބުނެލަމާ!

×     ބަދުރު ހަނގުރާމައަކީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ ސަތާރަ ވަނައަށް ވީ ދުވަހު މުސްލިމުންނާއި މުޝްރިކުންނާއި ދެމެދު ބަދުރުގެ މައިދާނުގައި ކުރެވުނު ހަނގުރާމައެވެ.

20-                        ބަދުރު ހަނގުރާމައިގެ ދެ ލަޝްކަރުގެ ޢަދަދު ބުނެލަމާ!

×     މުސްލިމުންގެ ލަޝްކަރުގެ ޢަދަދަކީ 313 ސިފައިން، އަދި މުޝްރިކުންގެ ލަޝްކަރުގެ ޢަދަދަކީ 1000 ސިފައިންނެވެ.

21-                        މުސްލިމުންނަށް ކާމިޔާބު ލިބުނު ސަބަބުތައް ލިސްޓުކޮށްލަމާ!

×     މުސްލިމުންގެ އީމާންތެރިކަން ވަރުގަދަވުމުން.

×     ކެތްތެރިކަމާއެކު ޘާބިތުކަންމަތީ ތިބުން.

×     މުސްލިމުންގެ މެދުގައި އޮތް އެއްބައިވަންތަކަން.

×     މުސްލިމުންގެ ކިޔަމަންތެރިކަން.

22-                        އަސީރުންނާމެދު ކަންތައް ކުރެވުނު ގޮތް ބުނެލަމާ!

×     އަސީރުން ދޫކޮށްލެވުނީ ޝަރުޠަކާ އެކުގައެވެ. އެއީ ކޮންމެ އަސީރަކު މުސްލިމުންގެ ތެރެއިން 10 ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުމެވެ.

23-                        ކޮންމެ އަސީރަކު މުސްލިމުންގެ ތެރެއިން 10 ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުމަށް ޝަރުޠުކުރުމުން ދޭހަވެގެންދާ މުހިންމު ކަމެއް ބުނެލަމާ!

×     ތަޢްލީމު އުނގެނުމަށް އިސްލާމްދީން ބާރުއަޅާ މިންވަރެވެ.

24-                        މުޝްރިކުންގެ ލަޝްކަރުގެ ލީޑަރަކީ ކޮން ބޭކަލެއްކަން ބުނެލަމާ!

×     މައްކާގެ އިސްލީޑަރެއް ކަމަށްވާ އަބޫ ސުފިޔާން އެވެ.

25-  އާޔަތުގެ މާނަ ލިޔެލަމާ! إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ ﴿أنفال ٩﴾



×     ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް އެހީއަށްއެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވައި އެންގެވިއެވެ. ملائكة ންގެ ހާހަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާހުށީމެވެ. އެކަކަށްފަހު އަނެކަކު އަންނަގޮތުގައެވެ. (9)

26-                        އުޙުދު ހަނގުރާމައަކީ ކޮބައިކަން ބުނެލަމާ! 

×     އުޙުދު ހަނގުރާމައަކީ ހިޖުރައިން ތިންވަނަ އަހަރުގެ ޝައްވާލު މަހުގެ 10 ވީ ހުކުރު ދުވަހު މުސްލިމުންނާއި މުޝްރިކުންނާއި ދެމެދު އުޙުދުގެ މައިދާނުގައި ކުރެވުނު ހަނގުރާމައެވެ.

27-                        އުޙުދު ހަނގުރާމައިގެ ދެ ލަޝްކަރުގެ ޢަދަދު ބުނެލަމާ!

×     މުސްލިމުންގެ ލަޝްކަރުގެ ޢަދަދަކީ 700 ސިފައިންނާއި 50 އަސްވާރުންނެވެ. މުޝްރިކުންގެ ލަޝްކަރުގެ ޢަދަދަކީ 3000 ސިފައިންނާއި 200 އަސްވާރުންނެވެ.

28-                        އުޙުދު ހަނގުރާމައިގައި މުސްލިމުންގެ ތެރެއިން ޝަހީދުވި ކިތައް ބޭކަލުން ކަމާއި މުޝްރިކުންގެ ތެރެއިން މަރުވީ ކިތައް މީހުން ކަން ބެނުލަމާ!

×     މުސްލިމުންގެ ތެރއިން 70 ބޭކަލުން، މުޝްރިކުންގެ ތެރއިން 22 މީހުންނެވެ.

29-                         މުސްލިމުގެ ލަޝްކަރުގައި ރުމާތުންގެ އިސްބޭފުޅަކަށް ހުންނެވީ ކޮން ބޭކަލެއްކަން ބުނެލަމާ!

×     ޢަބްދުﷲ ބުން ޖުބައިރު ރަޟިޔަﷲ ޢަންހު އެވެ.

30-                        އުޙުދު ހަނގުރާމައިގައި މުސްލިމުން ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު ސަބަބު ބުނެލަމާ!

×     ރުމާތުން ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަމުރުފުޅާ ޚިލާފުވުމުންނެވެ.

31-                        އުޙުދު ހަނގުރާމައިން ލިބޭ 3 ޢިބްރަތެއް ލިސްކޮށްލަމާ!

×     އެއްބައިވަންތަ ވެގެންނޫނީ ކާމިޔާބު ޙާޞިލު ނުވާނެ ކަން.

×     މަޝްވަރާ ކުރުމުގެ މުހިންމުކަން.

×     ކިޔަމަންގަތުމުގެ މުހިންމުކަން.

No comments: