ސުވާލާއި ޖަވާބު
ޙަދީޘް
1-
އިސްލާމްދީނުގެ
ދެވަނަ މަޞްދަރު ލިޔެލަމާ!
×
އިސްލާމްދީނުގެ
ދެވަނަ މަޞްދަރަކީ ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘެވެ.
2-
އިސްލާމްދީނުގައި
ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް މުހިއްމުވަނީ ކީއްވެގެންކަން
ބުނެލަމާ!
×
ކީރިތި
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘާ ނުލައި އިސްލާމީ ޝަރީޢާތުގެ
ޙުކުމްތަކަށް ރަނގަޅުގޮތުގައި ޢަމަލުނުކުރެވޭނެއެވެ.
3-
އިސްލާމްދީނުގެ
ދުސްތޫރު ބިނާވެގެންވާ މައިގަނޑު ދެ އެއްޗަކީ ކޮބައިކަން ބުނެލަމާ!
× ކީރިތި ޤުރުއާން.
× ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަގެ ޙަދީޘް.
4-
އުންމަތުގެ
ދުސްތޫރު ބިނާވެގެންވަނީ ޤުރުއާނާއި ސުންނަތުގެ މައްޗަށްކަން ބަޔާންކުރެއްވުމުގެ
ގޮތުން ޙައްޖަތުލް ވަދާޢުގައި ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް
ކުރައްވާފައިވާ ބަސްފުޅުގެ މާނަ ލިޔެލަމާ!
× ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަގެ ޙަދީޘް ކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން
ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ދެ އެއްޗެއް ދޫކުރެއްވީމެވެ.
އެދޭތީގައި ހިފަހައްޓައިގެން ތިބިހާހިނދަކު ތިޔަބައިމީހުން ދުވަހަކުވެސް
މަގުފުރެދިގެން ނުދާނެއެވެ. އެއީ މާތްﷲގެ ފޮތާއި އެކަލާނގެ ނަބިއްޔާގެ
ސުންނަތެވެ."
5- ޙަދީޘުގެ މަފްހޫމް ބުނެދެމާ! قَالَ
رَسُولُ اللَّهِ صلى الله عليه وسلم: الْقُرْآنُ حُجَّةٌ
لَكَ أَوْ عَلَيْكَ. (رواه
مسلم)
× މި ޙަދީޘުގައި ބާރުއަޅުއްވާފައިވަނީ ޤުރުއާނަށް ތަބާވުމާއި
ޤުރުއާނުގައި އަންގަވާފައިވާ ކަންތައްތަކަށް ޢަމަލުކުރުމާއި ޤުރުއާން ކިޔެވުމާއި
ޤުރުއާނަށް އަދަބު އިޙްތިރާމް އަދާކުރުމުގެ މުހިއްމުކަމުގެ މައްޗަށެވެ. އަދި
ޤުރުއާނަށް އިހާނެތިކޮށް ހިތާ، ޤުރުއާން ނުކިޔަވާ، ޤުރުއާނަށް ޢަމަލުނުކުރުމުގެ
ނުބައިކަމުގެ މައްޗަށެވެ.
6-
ޙަދީޘުގެ
މާނަ ލިޔެލަމާ! الْقُرْآنُ حُجَّةٌ لَكَ أَوْ عَلَيْكَ. (رواه مسلم)
×
"ޤުރުއާނަކީ
ތިބާއަށްޓަކައި ނުވަތަ ތިބާގެ މައްޗަށް ހެކިވާނެ އެއްޗެކެވެ."
7-
ޙަދީޘުން
ލިބޭ ބައެއ ފައިދާ ލިސްޓުކޮށްލަމާ!
× ޤުރުއާނަށް ޢަމަލުކުރުމަކީ
ޤިޔާމަތްދުވަހުން ފަލާޙާއި ކާމިޔާބު ލިބޭނެ ކަމެއްކަން އެނގުން.
× ޤުރުއާނަށް ތަބާވެ ޤުރުއާނުގައި އނަގަވާފައިވާ
ގޮތަށް ޢަމަލުކޮށްއުޅޭ މީހާގެ ޙައްޤުގައި ޤިޔާމަތްދުވަހުން ޤުރުއާން ހެކިބަސް
ދޭނެކަން އެނގުން.
× ޤުރުއާނަށް އިހާނެތިކޮށްހިތައި އެއާއި
އެއްގޮތަށް ޢަމަލުނުކުރާ މީހާއަށް ޤިޔާމަތްދުވަހުން ނާކާމިޔާބީއާއި ކުރިމަތިލާން
ޖެހޭނެކަން އެނގުން.
8-
ޙަދީޘުގެ
މަފްހޫމް ބުނެދެމާ! قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّ
مِنْ خِيَارِكُمْ أَحْسَنَكُمْ أَخْلاَقًا. (رواه مسلم)
×
މިޙަދީޘުގައި
رَسُولُ اللَّهِ
صلى الله عليه وسلم ބާޔާންކުރައްވާފައި
އެވަނީ އިސްލާމްދީނުގައި ރިވެތި އަޚްލާޤަށް ދެއްވާފައިވާ ދަރަޖައިގެ
މަތިވެރިކަމުގެ ވާހަކައެވެ. އަދި ޤިޔާމަތްދުވަހުން އެކަލޭގެފާނުގެ އަރިހުގައި
އެންމެ ލޮބުވެތި މީހަކު ކަމުގައިވާނީ އެންމެ އަޚްލާޤު ރަނގަޅު މީހާ ކަމުގައެވެ.
އަދި ހަމައެހެންމެ ދަރަޖައިގެ ގޮތުން ކީރިތި رَسُولُ
اللَّهِ صلى الله عليه وسلم އާއި އެންމެ އަރިސް މީހުންގެ ގޮތުގައި ވެސް
ޤިޔާމަތްދުވަހުން ތިބޭނީ އެންމެ އަޚްލާޤު ރަނގަޅު މީހުންކަން މިޙަދީޘުން
ދޭހަވެއެވެ.
9-
ޙަދީޘުގެ
މާނަ ލިޔެލަމާ! قَالَ
رَسُولُ اللَّهِ صلى الله عليه وسلم: وَإِنَّ
مِنْ خِيَارِكُمْ أَحْسَنَكُمْ أَخْلاَقًا. (رواه مسلم)
× "އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ
ހެޔޮބަޔަކީ ހަމަކަށަވަރުން ވެސް ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު
ރަނގަޅު މީހުންނެވެ."
10- ޙަދީޘުން ލިބިދޭ ބައެއް ފައިދާ
ލިސްޓުކޮށްލަމާ! قَالَ رَسُولُ اللَّهِ صلى الله عليه وسلم: وَإِنَّ
مِنْ خِيَارِكُمْ أَحْسَنَكُمْ أَخْلاَقًا. (رواه مسلم)
×
އިސްލާމްދީނުގައި
ރިވެތި އަޚްލާޤަށް ދެއްވާފައިވާ މުހިއްމުކަން.
×
އަޚްލާޤު
ރަނގަޅު މީހުންނަށް ޤިޔާމަތްދުވަހުން ހުރި ދަރަޖައިގެ މަތިވެރިކަން.
×
އެންމެ
ޚުލްޤުހޮޔޮ ބޭކަލަކީ رَسُولُ اللَّهِ صلى الله عليه وسلم
ކަން.
×
ޤިޔާމަތްދުވަހުން
މީޒާނުގައި އެންމެ ބަރު އެއްޗަކީ ރިވެތި އަޚްލާޤުކަން.
×
އަޚްލާޤު
ރަނގަޅު މީހަކަށް ވުމަށް ކޮންމެ މީހަކު ވެސް މަސައްކަތްކުރަން ޖެހޭކަން.
11-
ޙަދީޘުގެ
މަފްހޫމް ބުނެދެމާ! قَالَ رَسُولُ اللَّهِ صلى الله عليه وسلم: إن الله يحب الرِّفق
في الأمر كله. (متفق
عليه)
×
މިޙަދީޘުގައި
رَسُولُ اللَّهِ
صلى الله عليه وسلم ބާޔާންކުރައްވާފައި
އެވަނީ އޯގާތެރިވުމުގެ މުހިއްމުކަމުގެ ވާހަކައެވެ. އަދި އޯގާތެރިިވުން އެއީ މާތް
ﷲގެ ޞިފަފުޅުތަކުގެ ތެރެއިން ޞިފަފުޅެއް ކަމާއި އޯގާތެރިިވާ މީހުންދެކެ މާތް ﷲ
ލޯބިވެވޮޑިގަންނަވާކަން ވެސް މިޙަދީޘުން ދޭހަވެއެވެ. އަދި ކޮންމެ ކަމެއްގައިވެސް އޯގާތެރިިކަން
އިސްކުރަންޖެހޭކަން މިޙަދީޘުން އެނގެއެވެ. ހަރުކަށިކަމާއި އަނިޔާވެރިކަމަކީ މާތް ﷲ
ރުހިވޮޑިނުގަންނަވާ ސިފައެއްކަން ވެސް މިޙާދީޘުން ދޭހަވެއެވެ.
12-
ޙަދީޘުގެ
މާނަ ލިޔެލަމާ! قَالَ
رَسُولُ اللَّهِ صلى الله عليه وسلم: إن
الله يحب الرِّفق في الأمر كله. (متفق
عليه)
× "ހަމަކަށަވަރުން މާތް ﷲއީ އޯގާވަންތަ
ރަސްކަލާނގެއެވެ. (އަދި) ކޮންމެ ކަމެއްގައި ވެސް އޯގާތެރިވުމަކީ އެކަލާނގެ
ލޯބިވެވޮޑިގެންވާ ކަމެއް ކަން ކަށަވަރެވެ."
13-
ޙަދީޘުން
ލިބިދޭ ބައެއް ފައިދާ ލިސްޓުކޮށްލަމާ! قَالَ رَسُولُ
اللَّهِ صلى الله عليه وسلم: إن الله
يحب الرِّفق في الأمر كله. (متفق عليه)
×
އިސްލާމްދީނުގައި
އޯގާތެރިވުމަށް ދެއްވާފައިވާ މުހިއްމުކަން.
×
އޯގާތެރިިކަމަކީ
މާތް ﷲގެ ޞިފަފުޅެއްކަން.
×
އޯގާތެރިކަމުގެ
މާތްކަން.
×
އޯގާތެރިވާ
މީހުންދެކެ މާތް ﷲ ލޯބިވެވޮޑިގަންނަވާކަން.
×
އޯގާތެރިވާ
މީހުންނަށް މާތް ﷲ ގެ ރިހިވޮޑިގަތުން ލިބޭކަން.
×
އޯގާތެރިކަމުގެ
ސިފައިން މަޙްރޫމުވެއްޖެ މީހަކު ހުރިހާ ހެޔޮ ކަމަކުން މަޙްރޫމު ވާނެކަން.
14-
ޙަދީޘުގެ
މާނަ ލިޔެލަމާ! قَالَ
رَسُولُ اللَّهِ صلى الله عليه وسلم: حَسْبِيَ
اللَّهُ لا إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ
الْعَظِيمِ. (أبوداود)
×
"މިއަޅާއަށް މާތް ﷲ ފުދިގެންވެ އެވެ.
އެކަލާނގެ ފިޔަވައި އެހެން އެއްވެސް އިލާހަކު ނުވެއެވެ. މިއަޅާ އެކަލާނގެއަށް
ވަކީލުކޮށްފީމެވެ. އެކަލާނގެއީ މަތިވެރި ޢަރުޝީގެ ވެރި ރަސްކަލާނގެއެވެ."
15-
ޙަދީޘުން
ލިބޭ ބައެއް ފައިދާ ލިޔެލަމާ! قَالَ رَسُولُ
اللَّهِ صلى الله عليه وسلم: حَسْبِيَ
اللَّهُ لا إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ
الْعَظِيمِ. (أبوداود)
× ތިމާ ކުރާ ކޮންމެ ކަމެއްގައި ﷲ އަށް
ވަކީލުކުރަންޖެހޭކަން އެނގުން.
× މާތް ﷲގެ ޢަރުޝީގެ މަތިވެރިކަން އެނގުން.
× މާތް ﷲއަށް ވަކީލުކުރާ މީހާގެ ހިތުގައި
މާތް ﷲއަށް އިތުބާރާއި ޔަޤީންކަން ބާއްވަންޖެހޭކަން އެނގުން.
16-
އަޅުގަނޑުމެންގެ
ދިރިއުޅުމާއި މިޙަދީޘް ގުޅުވާނެގޮތް ބުނެދެމާ!
× އަޅުގަނޑުމެންގެ ޙަޔާތުގައި
ދިމާވާކޮންމެކަމެއްގައި ކެތްތެރިވެ، ކޮންމެކަމެއްގައި ﷲއަށް ވަކީލުކުރުމެވެ.
17-
ދަތުރަކަށް
ފެށުމުގެ ކުރިން ދުޢާ ކުރުމެގެ ބޭނުން ބުނެލަމާ!
× ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތާއި
މަދަދަށް އެދުމާއެކު ތިމާގެ ނިކަމެތިކަން ހިތްމައްޗަށް ގެނެވި ﷲއަށް
ބިރުވެތިވުމެވެ.
18-
ދަތުރު
ދުޢާ މާނައާއެކު ކިޔާލަމާ!
×
سُبْحَانَ الَّذِي
سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ (13) وَإِنَّا إِلَىٰ
رَبِّنَا لَمُنقَلِبُونَ (14) "މިސަވާރީ
އަޅަމެންގެ ޚިދުމަތުގައި ލެއްވި މާތް ﷲގެ ހުސްޠާހިރުވަންތަކަމާއެވެ. އަޅަމެން
އެކަމަށް ކުޅަދާނަވެގެން ނުވަމުއެވެ. ހަމަކަށަވަރުން އަޅަމެންނަކީ އަޅަމެންގެ
ވެރިރަސްކަލާނގެ ޙަޟްރަތަށް އެނބުރި ދާންޖެހިފައިވާ ބަޔަކުކަމުގައި
ވަމުއެވެ."
19-
މިދުޢާއިން
ދޭހަވާ ބައެއްކަންތައް ލިސްޓުކޮށްލަމާ!
× ހުރިހާ ޙާލަތެއްގައި މާތް ﷲ
ހަނދުމަކުރަންޖެހޭކަން.
× ﷲ އަށްވުރެ ބާރުގަދަ އެއްވެސް ފަރާތެއް
ނުވާކަން.
× ﷲގެ ރަޙްމާތާއި މަދަދަށް އަބަދުވެސް
އިންސާނާ ބޭނުންޖެހިފައިވާކަން.
× ދުޢާ ކުރުމާއި ޛިކުރުކުރުމުގެ
މުހިންމުކަން.
× އަބަދުވެސް މާތް ﷲއަށް
ބިރުވެތިވާންޖެހޭކަން.
× އިސްލާމްދީނުގައި ދަތުރުގެ ޚާއްޞަ
އަދަބުތަކެއް ހުންނަކަން.
20-
ހެޔޮކަމެއް
ކޮށްދީފި މީހަކަށް ބަދަލުގައި ދެވޭނެ އެންމެ ރަނގަޅު
ހަދިޔާއަކީ ކޮބައިކަން ބުނެދެމާ!
× އެކޮށްދިން ހެޔޮކަމުގެ ބަދަލުގައި
އެމީހާއަށް ހެޔޮޖަޒާ ދެއްވުންއެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކޮށް ދޭނީއެވެ.
21-
ހެޔޮކަމެއް
ކޮށްދީފި މީހަކަށް ޝުކުރުއަދާކުރުމުގެ ގޮތުން ކުރެވިދާނެ ދުޢާއެއް ލިޔެލަމާ!
× جَزَاكَ اللهُ خَيْرًا (الترمذي) މާތް ﷲ ތިބާއަށް
ހެޔޮޖަޒާ ދެއްވާށިއެވެ.
22-
جَزَاكَ
اللهُ خَيْرًا (الترمذي)
މިޙަދީޘުން ލިބޭ ބައެއް ފައިދާ ބުނެދެމާ!
× ހެޔޮކަމެއް ކޮށްދީފި މީހަކަށް
އެއާއެއްވަރުގެ ހެޔޮކަމަކުން ބަދަލުދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަން.
× މާތް ﷲ ދެއްވާ ޖަޒާއަކީ އެންމެ ފުރިހަމަ
ހަދިޔާކަން.
× ހެޔޮކަމެއް ކޮށްދީފި މީހަކަށް ހެޔޮޖަޒާ
ދެއްވުންއެދި ދުޢާކުރުމަކީ ސުންނަތުގެ ތެރެއިން ވާކަމެއްކަން.
× ހެޔޮކަމެއް ކޮށްދީފި މީހަކަށް ހެޔޮޖަޒާ
ދެއްވުންއެދި ދުޢާކުރުމަކީ ރިވެތި އަޚްލާޤުގެ ތެރެއިން ވާކަމެއްކަން.
× ތިމާގެ މުސްލިމު އަޙާގެ މައްޗަށް
ހެޔޮޖަޒާ ދެއްވުންއެދި ދުޢާކުރަންޖެހޭކަން.
No comments:
Post a Comment