އަންހެނުން ނަމާދު ކުރުން ރަނގަޅީ ....
ލިޔުނީ: ޒީނަތު
ލަބީބު
ލޮބުވެތި
މުސްލިމު އުޚުތުންނޭވެ. އަންހެނުންނަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި
ޝަރަފަކާއި ޤަދަރެއްގެ ދެއްވާފައިވާ ބައެކެވެ. އަދި އަންހެނުންގެ ރައްކާތެރިކުރުމަށް
އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅައެވެ. އަދި އަންހެނުންގެ ޙިމާޔަތުގައި
އެމީހުންގެ ކޮންމެ ޢުމުރެއްގައި އެމީހުން ބަލަހައްޓާނެ މީހުން އިސްލާމްދީނުގައި
ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން އަންހެނުންގެ ނަމާދު ވެސް ﷲގެ ގެކޮޅުގައި
ކުރުމަށްވުރެ ބޮޑަށް ގޭގައި ނަމާދުކުރުން މޮޅުއިތުރުވެގެން ވެއެވެ. ނަބިއްޔާ
ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާގޮތުގައި އަންހެނާ ނަމާދު
ކުރުން އެންމެ މާތްވެގެންވަނީ އޭނާގެ ގޭގައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރެއްވިއެވެ. لَا
تَمْنَعُوا نِسَاءَكُمْ الْمَسَاجِدَ ، وَبُيُوتُهُنَّ خَيْرٌ لَهُنَّ. މާނައީ: ތިޔަބައިމީހުންގެ އަންހެނުންތަކަށް މިސްކިތްތައް ތިޔަބައިމީހުން މަނާނުކުރާށެވެ!
އަދި އެކަނބަލުންގެ ގެތައް އެކަނބަލުންނަށް ހެޔޮކަން ބޮޑުވެގެންވެއެވެ.
އަންހެނުން
ގޭގައި ނަމާދު ކުރަމަކީ އެބައިމީހުންނަށް އެންމެ ރައްކާތެރިކަން ބޮޑުގޮތެވެ. އެންމެ
ފޮރުވުން ބޮޑީ ވެސް އެބައިމީހުންގެ ގޭގައި ނަމާދު ކުރުމެވެ. އަދި އެންމެ
ފިތުނައާއި ދުރު ގޮތަކީ ވެސް ގޭގައި ނަމާދުކުރުމެވެ. ކީރިތި ރަސޫލާ ޞައްލަﷲ
ޢަލައިހި ވަސައްލަމަގެ މިސްކިތްކޮޅުގައި ނަމާދު ކުރުމަކީ އެތައް ގުނައެއް ޘާވާބާއި
ދަރުމަ ބޮޑކަމަކަށް ވީހިނދުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަ މިގޮތަށް
އިރުޝާދުދެއްވީ އެކަލޭގެފާނު މަދީނާގައި ހުންނަވައިގެންނެވެ. އެހެންކަމުން
އަންހެނުން ގޭގައި ނަމާދުކުރުން މޮޅު އިތުރުވެފައި ހެޔޮކަން ބޮޑުވެގެންވެއެވެ.
ޖަމާޢަތުގައި ކުރެވޭ
ނަމާދުގެ ޘަވާބު އިތުރުވުމަކީ ފިރިހެނުންނަށް ޚާއްޞަ ކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި
ވަސައްލަމަ އެކަލޭގެފާނުގެ އަނބި ކަނބަލުންނަށް ޙަދީޘްކުރެއްވިއެވެ. قَدْ
عَلِمْتُ أَنَّكِ تُحِبِّينَ الصَّلَاةَ مَعِي …وَصَلَاتُكِ فِي دَارِكِ خَيْرٌ لَكِ
مِنْ صَلَاتِكِ فِي مَسْجِدِ قَوْمِكِ ... (
رواه أحمد) މާނައީ: ހަމަކަށަވަރުން
ތިބާ އަހަރެންނާއެކުގައި (މިސްކިތުގައި) ނަމާދުކުރުމަށް ލޯބިކުރާކަން އަހަރެންނަށް
އެނގެއެވެ. ތިބާގެ ޤައުމުގެ މީހުންނާއެކު މިސްކިތުގައި ތިބާ ކުރާ ނަމާދަށްވުރެ ތިބާގެ
ގޭގައި ތިބާކުރާ ނަމާދު ހެޔޮކަންބޮޑުވެގެން ވެއެވެ.
މަޞްދަރު:
ދިސަލަފިއްޔާ
No comments:
Post a Comment