ރައްބަނާ
ދުޢާ (ފުރަތަމަ ބައި)
ލިޔުނީ:
ޒީނަތު ލަބީބު.
الحمد لله رب العالمين والصلاة والسلام على أشرف
الأنبياء والمرسلين ، نبينا محمد وعلى آله وصحبه أجمعين وبعد.
ދުޢާ ކުރުމަކީ
ވަރަށް މާތް މަތިވެރި އަޅުކަމެކެވެ. ދުޢާ ކުރުމުގެ ސަބަބުން މީހާގެ ދަރަޖަ ﷲ
ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންދެއެވެ. ދުޢާ ކުރާ ވަގުތަކީ ﷲ ތަޢާލާގެ އަޅާ
އެއިލާހުގެ މަތިން ހަނދުމަކުރާ ވަގުތެވެ. އެއިލާހު ހަނދުމަ ކުރާ މީހާގެ މަތިން
އެއިލާހު ހަނދުމަކުރައްވާވޮޑިގެންވެއެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑަށާއި
އެންމެހާ މުސްލިމު އަޚުންނާއި އުޚްތުންނަށް އިޚްލާޞްތެރިކަމާއެކު ދުޢާ ކިޔަން
އާދަކުރުމުގެ ހެޔޮ ތައުފީޤު ﷲ ތަޢާލާ ދެއްވުމެވެ.
1- ﴿رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا
الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا
لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ﴾ [الحشر:
10[
މާނައީ:
ހައްދަވާ ގެންގުޅުއްވާ އިލާހު! އަޅަމެންނަށާއި، އަދި
އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި
އިމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަވެރިކަމެއް ނުލައްވާނދޭވެ! ހައްދަވާ
ގެންގުޅުއްވާ އިލާހު! ހަމަކަށަވަރުން އިބައިލާހީ،
ނުހަނު އޯގާވަންތަ، ރަޙީމުވަންތަ އިލާހެވެ.
رَبَّنَا ހައްދަވާ
ގެންގުޅުއްވާ އިލާހު! اغْفِرْ ފާފަފުއްސަވާނދޭވެ! لَنَا އަޅަމެންނަށާއި وَلِإِخْوَانِنَا އަޅަމެންގެ އަޚުންނަށް الَّذِينَ އެބައިމީހުން سَبَقُونَا ކުރިން بِالْإِيمَانِ އީމާންވި وَلَا تَجْعَلْ އަދި ނުލައްވާނދޭވެ! فِي
قُلُوبِنَا އަޅަމެންގެ ހިތްތަކުގައި غِلًّا ޙަސަދަވެރިކަމެއް لِلَّذِينَ މީހުންނަށް آمَنُوا އިމާންވި رَبَّنَا ހައްދަވާ ގެންގުޅުއްވާ އިލާހު! إِنَّكَ ހަމަކަށަވަރުން
އިބައިލާހީ، رَءُوفٌ ނުހަނު އޯގާވަންތަ، رَحِيمٌ ރަޙީމުވަންތަ އިލާހެވެ.
2-
﴿رَبَّنَا
ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ
مِنَ الْخَاسِرِينَ﴾
[الأعراف: 23]
މާނައީ:
ހައްދަވާ ގެންގުޅުއްވާ އިލާހު! އަޅަމެންގެ އަމިއްލަ
ނަފްސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް
އިބަ ﷲ ފާފަ ނުފުއްސަވައިފި ނަމަ، އަދި އަޅަމެންނަށް ރަޙްމަތްނުލައްވައިފި ނަމަ، އަޅަމެން
ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
رَبَّنَا ހައްދަވާ
ގެންގުޅުއްވާ އިލާހު! ظَلَمْنَا އަޅަމެން އަނިޔާވެރި ވެއްޖައީމު أَنْفُسَنَا އަޅަމެންގެ
އަމިއްލަ ނަފްސުތަކަށް وَإِنْ لَمْ تَغْفِرْ لَنَا އަޅަމެންނަށް އިބަ ﷲ ފާފަ ނުފުއްސަވައިފި ނަމަ، وَإِنْ لَمْ تَرْحَمْنَا އަޅަމެންނަށް އިބަ ﷲ ރަޙްމަތްނުލައްވައިފި ނަމަ، لَنَكُونَنَّ އަޅަމެން ވާހުށީ مِنَ الْخَاسِرِينَ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
3- ﴿رَبَّنَا آتِنَا فِي الدُّنْيَا
حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ﴾ [البقرة: 201].
މާނައީ:
ހައްދަވާ ގެންގުޅުއްވާ އިލާހު! އަޅަމެންނަށް
ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން ދެއްވާނދޭވެ! އަދި
ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާދޭނވެ!
رَبَّنَا ހައްދަވާ
ގެންގުޅުއްވާ އިލާހު! آتِنَا އަޅަމެންނަށް ދެއްވާނދޭވެ!
فِي الدُّنْيَا ދުނިޔޭގައިވެސް
حَسَنَةً ހެޔޮކަން وَفِي الْآخِرَةِ އަދި
އާޚިރަތުގައި ވެސް حَسَنَةً ހެޔޮކަން وَقِنَا
އަދި އަޅަމެން
ދިންނަވާދޭނވެ! عَذَابَ النَّارِ ނަރަކައިގެ ޢަޛާބުން.
4- ﴿رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا
وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ﴾ [الفرقان: 74]
މާނައީ: ހައްދަވާ ގެންގުޅުއްވާ
އިލާހު! އަޅަމެންގެ އަނބިންގެ
ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް
ދެއްވާނދޭވެ!
رَبَّنَا ހައްދަވާ ގެންގުޅުއްވާ އިލާހު! هَبْ لَنَا އަޅަމެންނަށް ދެއްވާނދޭވެ! مِنْ أَزْوَاجِنَا އަޅަމެންގެ އަނބިންގެ ކިބައިންނާއި وَذُرِّيَّاتِنَا އަޅަމެންގެ ދަރިންގެ ކިބައިން قُرَّةَ ފިނިކަން ލިބުމެއް أَعْيُنٍ ލޮލަށް.
5- ﴿رَبَّنَا اغْفِرْ لِي وَلِوَالِدَيَّ
وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ﴾ ]ابراهيم: ٤١[
ހައްދަވާ ގެންގުޅުއްވާ
އިލާހު! ޙިސާބު ބައްލާ
ވާ ދުވަހު، އަޅާއަށާއި،
އަޅުގެ މައިންބަފައިންނަށާއި، مؤمن
ތަކުންނަށް ފާފަފުއްސަވާނދޭވެ!
رَبَّنَا ހައްދަވާ ގެންގުޅުއްވާ
އިލާހު! اغْفِرْ ފާފަފުއްސަވާނދޭވެ! لِي އަޅާއަށާއި وَلِوَالِدَيَّ އަޅުގެ މައިންބަފައިންނަށާއި وَلِلْمُؤْمِنِينَ
ި، مؤمن ތަކުންނަށް يَوْمَ
يَقُومُ الْحِسَابُ ޙިސާބު ބައްލާ ވާ ދުވަހު.
6- ﴿رَبَّنَا لَا تُزِغْ قُلُوبَنَا
بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ
الْوَهَّابُ ﴾ [آل
عمران: ٨]
އަޅަމެންގެ ވެރިއިލާހު!
އަޅަމެންނަށް ހިދާޔަތު ދެއްކެވުމަށްފަހު، އަޅަމެންގެ ހިތްތައް ތެދުމަގުން އެއްކިބާ ނުކުރައްވާނދޭވެ!
އަދި އިބައިލާހުގެ حضرة
ން އަޅަމެންނަށް
رحمة
އެއް ލައްވާފާނދޭވެ!
ހަމަކަށަވަރުން، އިބައިލާހީ (ދީލަތިކަމާއެކު) ގިނަގިނައިން ދެއްވާ އިލާހެވެ.
رَبَّنَا އަޅަމެންގެ ވެރިއިލާހު!
لَا تُزِغْ އެއްކިބާ ނުކުރައްވާނދޭވެ!
قُلُوبَنَا އަޅަމެންގެ ހިތްތައް
بَعْدَ ފަހު، إِذْ هَدَيْتَنَا އަޅަމެންނަށް ހިދާޔަތު
ދެއްކެވުމަށްފަހު وَهَبْ އަދި ލައްވާފާނދޭވެ!
لَنَا އަޅަމެންނަށް مِن لَّدُنكَ އިބައިލާހުގެ حضرة ން رَحْمَةً رحمة އެއް إِنَّكَ
ހަމަކަށަވަރުން،
އިބައިލާހީ أَنتَ އިބައިލާހީ الْوَهَّابُ (ދީލަތިކަމާއެކު)
ގިނަގިނައިން ދެއްވާ.
ނުނިމޭ
No comments:
Post a Comment