ރައްބަނާ ދުޢާ (ތިންވަނަަ ބައި)
ލިޔުނީ:
ޒީނަތު ލަބީބު.
الحمد لله رب العالمين والصلاة والسلام على أشرف
الأنبياء والمرسلين ، نبينا محمد وعلى آله وصحبه أجمعين وبعد.
ދުޢާ ކުރުމަކީ
ވަރަށް މާތް މަތިވެރި އަޅުކަމެކެވެ. ދުޢާ ކުރުމުގެ ސަބަބުން މީހާގެ ދަރަޖަ ﷲ
ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންދެއެވެ. ދުޢާ ކުރާ ވަގުތަކީ ﷲ ތަޢާލާގެ އަޅާ
އެއިލާހުގެ މަތިން ހަނދުމަކުރާ ވަގުތެވެ. އެއިލާހު ހަނދުމަ ކުރާ މީހާގެ މަތިން
އެއިލާހު ހަނދުމަކުރައްވާވޮޑިގެންވެއެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑަށާއި
އެންމެހާ މުސްލިމު އަޚުންނާއި އުޚްތުންނަށް އިޚްލާޞްތެރިކަމާއެކު ދުޢާ ކިޔަން
އާދަކުރުމުގެ ހެޔޮ ތައުފީޤު ﷲ ތަޢާލާ ދެއްވުމެވެ.
1-
رَبَّنَا
أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ.
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ نور
އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ!
ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ! أَتْمِمْ ފުރިހަމަކޮށްދެއްވާނދޭވެ! لَنَا އަޅަމެންނަށް نُورَنَا އަޅަމެންގެ
ނޫރު وَاغْفِرْ އަދި ފާފަފުއްސަވާނދޭވެ! لَنَا އަޅަމެންނަށް ۖ إِنَّكَ ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عَلَىٰ
މައްޗަށް كُلِّ ކޮންމެ شَيْءٍ ކަމެއްގ قَدِيرٌ. ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
2-
رَبَّنَا
لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا ۖ
إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ.
އަޅަމެންގެ ވެރިރަސްކަލާކޮ! كافر
ވި މީހުންނަށް ފިތުނައެއް ކަމުގައި އަޅަމެން ނުލައްވާނދޭވެ!
އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން،
އިބަރަސްކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ!
لَا تَجْعَلْنَا އަޅަމެން ނުލައްވާނދޭވެ! فِتْنَةً ފިތުނައެއް ކަމުގައި لِّلَّذِينَ މީހުންނަށް كَفَرُوا ކާފިރު ވި وَاغْفِرْ އަދި ފާފަފުއްސަވާނދޭވެ! لَنَا އަޅަމެންނަށް رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ! ۖ إِنَّكَ ހަމަކަށަވަރުން، އިބަރަސްކަލާނގެއީ،
أَنتَ ރަސްކަލާނގެއެވެ الْعَزِيزُ ޢަޒީޒުވަންތަ، الْحَكِيمُ ޙަކީމުވަންތަ.
3-
رَّبَّنَا
عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ.
އަޅަމެންގެ ވެރިރަސްކަލާކޮ! ހަމައެކަނި، އިބަރަސްކަލާނގެއަށް
އަޅަމެން وكيل ކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަރަސްކަލާނގެ حضرة
އަށް އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބަރަސްކަލާނގެ
حضرة އަށެވެ.
رَّبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ!
عَلَيْكَ ހަމައެކަނި، އިބަރަސްކަލާނގެއަށް
تَوَكَّلْنَا އަޅަމެން وكيل ކޮށްފީމުއެވެ. وَإِلَيْكَ އަދި ހަމައެކަނި،
އިބަރަސްކަލާނގެ حضرة
އަށް أَنَبْنَا އަޅަމެން رجوع ވެ توبة ވެއްޖައީމުއެވެ وَإِلَيْكَ އަދި އިބަރަސްކަލާނގެ
حضرة އަށެވެ الْمَصِيرُ އެނބުރި ދިޔުންވަނީ.
4- رَبَّنَا وَأَدْخِلْهُمْ
جَنَّاتِ عَدْنٍ الَّتِي وَعَدتَّهُمْ وَمَن صَلَحَ مِنْ آبَائِهِمْ
وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۚ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ.
އަޅަމެންގެ ވެރިރަސްކަލާކޮ! އެއުރެންނަށް އިބަރަސްކަލާނގެ وعد
ކުރައްވާފައިވާ عَدْن
އެވެ ކިޔުނު ސުވަރުގެތަކަށް އެއުރެން ވައްދަވާނދޭވެ! އެއުރެންގެ
މައިންބަފައިންނާއި، އެއުރެންގެ އަނބީންނާއި، އެއުރެންގެ ދަރިންކުރެ صالح
ވި މީހުންނާ އެކުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ،
عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.
رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ!
وَأَدْخِلْهُمْ އެއުރެން ވައްދަވާނދޭވެ! جَنَّاتِ ސުވަރުގެތަކަށް عَدْنٍ عَدْن
އެވެ ކިޔުނު الَّتِي އެއުރެންނަށް وَعَدتَّهُمْ އިބަރަސްކަލާނގެ وعد
ކުރައްވާފައިވާ وَمَن صَلَحَ އެއުރެންގެ ތެރެއިން صالح
ވި މީހުންނާ އެކުގައެވެ. مِنْ
آبَائِهِمْ އެއުރެންގެ މައިންބަފައިންނާއި، وَأَزْوَاجِهِمْ
އެއުރެންގެ އަނބީންނާއި، وَذُرِّيَّاتِهِمْި، އެއުރެންގެ ދަރިންނާއި،
ۚ إِنَّكَ ހަމަކަށަވަރުން އިބަރަސްކަލާނގެއީ، أَنتَ ރަސްކަލާނގެއެވެ
الْعَزِيزُ ޢަޒީޒުވަންތަ، الْحَكِيمُ ޙަކީމުވަންތަ.
5-
رَبَّنَا
وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا
وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ.
އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ رحمة
އާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ.
ފަހެ، توبة ވެ، އިބަރަސްކަލާނގެ މަގަށް تبع ވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެ عذاب
ން އެއުރެން މުއްތިކުރައްވާނދޭވެ!
رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ!
وَسِعْتَ އިބަރަސްކަލާނގެ
ތަނަވަސްވެގެންވެއެވެ كُلَّ ހުރިހާ شَيْءٍ އެއްޗެއްގެ މައްޗަށް
رَّحْمَةً ރަޙްމަތާއި، وَعِلْمًا އަދި ދެނެވޮޑިގަތުން
فَاغْفِرْ ފަހެ ފާފަފުއްސަވާނދޭވެ!
لِلَّذِينَ
މީހުންނަށް تَابُوا توبة
ވިމީހުންނާއި وَاتَّبَعُوا
تبع ވީ މީހުންނަށް سَبِيلَكَ އިބަރަސްކަލާނގެ މަގަށް وَقِهِمْ އަދި އެއުރެން މުއްތިކުރައްވާނދޭވެ! عَذَابَ ޢާޛާބުން الْجَحِيمِ ނަރަކައިގެ.
6-
رَبَّنَا
لَغَفُورٌ شَكُورٌ.
އަޅަމެންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ،
ގިނަގިނައިން شكر قبول
ކުރައްވާ ރަސްކަލާނގެއެވެ.
رَبَّنَا އަޅަމެންގެ ވެރިރަސްކަލާނގެ
لَغَفُورٌ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ شَكُورٌ ގިނަގިނައިން شكر
قبول ކުރައްވާ ރަސްކަލާނގެއެވެ.
ނުނިމޭ
No comments:
Post a Comment