Featured Post

Ombey

Friday, March 22, 2019

libey aamdhanee madhuveemaa !!!!


ލިބޭ އާމްދަނީ މަދުވީމާ !!!!

See the source image


ލިޔުނީ: ޒީނަތު ލަބީބު.

ތިބާގެ ދިރިއުޅުން ބާއްޖަވެރިކުރަން އެދޭނަމަ އޮތީ އެންމެ ގޮތެކެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާ ގޮތުގައި ތިބާގެ ދިރިއުޅުން ބިނާކުރުމެވެ. ޙަލާލު ގޮތުގައި ކާންބޯން މަސައްކަތްކުރުމާއެކު ޙަލާލު ގޮތުގައި އާމްދަނީ ހޯދާށެވެ. ޙަރާމްގޮތުގައި އާމްދަނީ ހޯދުމާއި ޙަރާމްތަކެތި ކައިބޮއި ނަހަދާށެވެ.  މާތް ﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ ﴿ سورة البقرة ١٦٨﴾  މާނައީ: އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން حلال ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދިި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ شيطان އާއީ، ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ عداوة ތެރިޔެކެވެ. (168)

ތިބާއަށް ލިބޭ އާމްދަނީ މަދުވުމުން ޙަލާލު ނޫންގޮތުގައި ރިޒުޤު ހޯދުމަށް ޝައިޠާނާ މަގުދައްކާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. إِنَّمَا يَأْمُرُكُم بِالسُّوءِ وَالْفَحْشَاءِ وَأَن تَقُولُوا عَلَى اللَّـهِ مَا لَا تَعْلَمُونَ ﴿ سورة البقرة ١٦٩﴾ މާނައީ: އެ شيطان އާ ތިޔަބައިމީހުންނަށް أمر ކުރާކަން ކަށަވަރީ ނުބައިކަންތަކާއި ހުތުރުކަންބޮޑު ފާފަތަކަށެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނުމަށެވެ. (169)  މިފަދަ ހާލެއްގައި ތިބާގެ ނަފްސުވެސް އެކަމަށް އެއްބަސްވެދާނެއެވެ. ނަމަވެސް މުސްލިމުން މިފަދަ ހާލަތެއްގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ އިރުޝާދަކީ ކޮބައިތޯބަލައި އިސްކަންދޭނީ ﷲ އަންގަވާފައިވާ ގޮތަށެވެ.

ތިބާ ކޮންމެ ކަމަކަށް ގޮތެއް ނިންމުމުގެ ކުރިން ދީނުގައި އެކަމެއް އައިސްފައިވާ ގޮތްބަލާށެވެ. އެއީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަގުމާތްވި އިރުޝާދާމެދު ވިސްނާލާށެވެ. عن أَبِي أمامة الباهيّ رضي الله عنه  (أَنّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمْ، قَالَ: إنّ رُوحَ القُدُسِ نَفَثَ في رُوعِي أنّ نَفْساً لنْ تَمُوتَ حَتّى تَسْتَكْمِلَ أجَلَها وَتَسْتَوْعِبَ رِزْقَها، فاتّقُوا الله وأجْمِلُوا في الطَّلبِ، ولا يَحْمِلنَّ أحَدَكُمُ اسْتِبْطاءُ الرِّزْقِ أنْ يَطْلُبَهُ بِمَعْصِيَةِ الله، فإنّ الله تعالى لا يُنالُ ما عِنْدَهُ إلاّ بِطاعَتِهِ ) رواه أبو نعيم في حلية الأولياء وصححه الألباني. މާނައީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ޖިބުރީލުލްއަމީން ތިމަން ނަބިއްޔާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. ހަމަކަށަވަރުން އެއްވެސް ނަފުސެއް އެ ނަފުސަކަށް ކަނޑައެޅިފައިވާ ރިޒުޤު ބޭނުން ނުކޮށް މަރުނުވާ ހުއްޓެވެ. ފަހެ ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ. އަދި ޙަލާލު ގޮތުގައި އާމްދަނީ ހޯދުމަށް މަސައްކަތްކުރާށެވެ. އަދި ލިބޭ އާމްދަނީ މަދުވެގެން އެ އާމްދަނީ އިތުރުކުރުމަށްޓަކައި އެއްވެސް މީހަކު ޙަރާމް ގޮތެއް އިޚްތިޔާރު ނުކުރާށެވެ. އެހެނީ ﷲގެ ޙަޟްރަތުގައިވާ އެއްޗެއް އެ އިލާހަށް ކިޔަމަންގަނެގެން މެނުވީ ޙާޞިލެއް ނުކުރެވޭނެއެވެ.

ޙަރާމް އެއްޗެހި ކައިބޮއި ހަދައިގެން ތިބާގެ ހަށިގަނޑު ހެދި ބޮޑުވުމަކީ އުފަލެއް ކަމުގައި ނުދެކޭށެވެ. ޙަރާމް އެއްޗެހިން ހެދި ބޮޑުވެފައިވާ ހަށިގަނޑުގެ މަކާނަކީ ޖަހައްނަމަ ނޫން ދެން އެހެން ކޮންތަނެއްތޯއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަގުމާތްވި އިރުޝާދާމެދު ވިސްނާލާށެވެ. عن جابر بن عبد الله قال : قَالَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمْ "لا يدخل الجنة من نبت لحمه من سحت النار أولى به " މާނައީ: ޙަރާމް އެއްޗެއް ކައިގެން މަސްޖަހާފައިވާ ހަށިގަނޑެއް ސުވަރުގެ ނުވަންނަ ހުއްޓެވެ. އެ ހަށިގަނޑަށް އެންމެ އައުލާކަން ބޮޑީ ނަރަކައެވެ.

ރިޝްވަތަކީ ޙަރާމް އެއްޗެކެވެ. ކަމެއް ޙާޞިލުކުރަން ބޭނުންވެފައިވާ މީހާ އެކަމެއް ޙާޞިލުކުރުމަށްޓަކައި ހޭދަކުރާ ހޭދައަކީ ރިޝްވަތެކެވެ. މިއީ ވަކިކަމެއް ޙާޞިލުކުރުމުގެ ބޭނުމުގައި އުޑުން ތަރިބާލައި ދިނުމަށްވެސް ބުނަމުންދާ ދުވަސްވަރެކެވެ. ވީމާ މިފަދަ ކަންކަމުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށް އެދޭ ފަދައިން ތިޔަ އެންމެހައި ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރަމެވެ.

ހައްދަވައި ގެންގުޅުއްވާ އިލާހު! އަޅަމެންނަކީ ޙަލާލު ގޮތުގައި އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ލައްވާފާނދޭވެ! އަޅަމެންނަކީ ޙަލާލު ތަކެތި ކެއުމަށް ލޯބިކުރާ ޙާރާމް ތަކެތި ކައިބޮއި ނަހަދާ ބައެއްގެ ގޮތުގައި ލައްވާފާނދޭވެ! އަޅަމެން ހައްދަވައި ގެންގުޅުއްވާ އިލާހު! އަޅަމެން އެންމެންގެ އީމާންކަން ވަރުގަދަ ކުރައްވާފާނދޭވެ! އަޅަމެންގެ މައިންބަފައިންނާއި އަނބިދަރިންނަކީ ތެދުމަގު ލިބިގެންވާ ޞާލިޙުންގެ ތެރެއިން ވާ ބައެއް ކަމުގައި ލައްވައި އެބައިމީހުންނަށް ރަޙްމަތް ލައްވާނދޭވެ! އަޅަމެންގެތެރެއިންވާ ބަލިމީހުންނަށް ޝިފާދެއްވައި، ދަރަނިވެރިންގެ ދަރަނިތައް ފުއްދުމުގައި އެހީތެރިވެވޮޑިގެންފާނދޭވެ! އަޅަމެންގެ މަރުމައްޗަކީ އަމާން، ފަސޭހަ މަރުމައްޗެއްކަމުގައި ލައްވައި، އަޅަމެން އެންމެން ކަށްވަޅުގެ ޢަޛާބުން ސަލާމަތްކުރައްވާފާނދޭވެ!  އަދި ކަނާތްފަރާތުން ފަތްލިބޭ މީހުންކަމުގައި ލައްވައި، ޞިރާޠު މަގު ފަސޭހަކުރައްވައި، ނަރަކައިގެ ވޭންދެނިވި ޢަޛާބުން ސަލާމަތްވެގެންވާ، ދާއިމީ ސުވަރުގެވަންތަވެރިން ކަމުގައި ލައްވާނދޭވެ!  (އާމީން)

މަޞްދަރު:

ހުކުރު ޚުޠުބާ


Sunday, March 17, 2019

druguge nurakkaatherikan !!!


ޑުރަގުގެ ނުރައްކާތެރިކަން!!!
Image result for heroin


ލިޔުނީ: ޒީނަތު ލަބީބު.      

ރޭގަނޑު އޭގެ ހަމަހީމޭންކަމާއެކު އޭގެ ވަގުތުތައް ހޭދަކުރަމުންދެއެވެ. ބައްޕަ އެނދުމަތީގައި އެއްފަރާތުން އަނެއްފަރާތައް ފުރޮޅިލަ ފުރޮޅިލާ އޮތެވެ. މަންމަ ވެސް ނިދުމެއްނެތި ވަރަށް ފުން ވިސްނުމެއްގައި އިނެވެ. ކުއްލިއަކަށް ބައްޕަ ސުވާލުކުރިއެވެ.

ބައްޕަ: "އަދިވެސް ނުނިދަނީތަ؟ މިހާރު ހާދަ ދަންވެއްޖެއޭ".

މަންމަ ޖަވާބުދެމުން ބުނެލިއެވެ.

މަންމަ: "އާނ! މިވިސްނަނީ އަހަރުމެންގެ ދަރިފުޅާމެދު، އެހެން އިތުރު ދަރިންތަކެއްވެސް ތިބީކީ ނޫން ވިއްޔާ، ނުބައިމަގަކުން ހިނގައިދާނެތީ މި ބިރުގަންނަނީ".

ބައްޕަ: "ތީހަމަ ވަރަށް ބޮޑަށް ވިސްނަންޖެހޭ މައްސަލައެއް، އެސޮރުވެސް އެވަނީ ކައިވެންޏާ ކުރިމަތިލާ ޢުމުރަށް އަޅާފަ، އެކަމަކު މިޒަމާނުގައި މިއުޅޭ ގިނަކުދިންނަށް ވުރެ މާރަނގަޅު ކުއްޖެއް އެއީ"

މަންމަގެ ވާހަކައަށް އިތުރުކޮށްލަމުން އަނެއްކާ ވެސް މަންމަ ބުންޏެވެ.

މަންމަ: "ދެން ރަނގަޅު ޙަޔާތެއް ފެށޭތޯ ބަލަންވީ، އަހަރުމެންގެ ޒިންމާއެއް އެއީ ވެސް".

ޖެހިގެންއައި ދުވަހު ހެނދުނު ސައި މޭޒުމަތިން ބައްޕަ ކައިވެނީގެ މައުޟޫޢު ހުޅުވާލިއެވެ. އެކަމަކަށް ދަރިފުޅުގެ އެއްވެސް އިޢުތިރާޒެއް ނެތެވެ. ހަމަ ދާދި އަވަހަށް އެކަމަށް ތައްޔާރަށް ހުރި ވާހަކަ ބުނެލިއެވެ. ތައްޔާރީތައް ކުރެވި ހެޔޮލަފާ އުޅުންހުރި ދީންވެރި ގެވެހި އަންބެއް ފިރިހެން ދަރިފުޅަށް ލިބިއްޖެއެވެ. އެހާމެ އުފާވެރި ދިރިއުޅުމެއް ފެށިގެން ދުވަސްތައް ހޭދަވާން ފަށައިފިއެވެ. ޒަމާންތައް ފާގަތިކަމާ ނިޔާމައިގައި ހޭދަވެ ދެމަފިރިންގެ ދެމެދުން ލޯބި ލޯބި ހަދަރިން ﷲ މިންވަރުކޮށްދެވިއެވެ. އެ އުފާވެރި ބައްޕައަކީ އަމްޖަދެވެ. އަމްޖަދުގެ ހަމައެކަނި މަސައްކަތަކީ ވަޒީފާއިން ގެއަށް އަނބިދަރިންގެ ކައިރިއަށް، އަދި ގެއިން ވަޒީފާއަށް ދިއުމެވެ.

އެއްދުވަހަކު މުޅިން އާ މުވައްޒަފަކު އޮފީހަށް އަތުވެއްޖެއެވެ. އެއީ ކައިރި ހިސާބެއްގެ އެހެން އަވަށެއްގެ މީހެކެވެ. އޭނާގެ މަސައްކަތުގައި ހަފްތާއެއް ހޭދަވީ ފަހުން ކުއްލިއަކަށް އޮފީހުގެ ހުރިހާ މުވައްޒަފުންނަށް އޭނާގެ ދަޢުވަތެއް ލިބުނެވެ. އެއްރެއެއްގެ ރޭގަނޑުގެ ކެއުމަކަށް އެއަވަށަށް ހިނގަޖެއެވެ. މިއުފާވެރި ހަފްލާ ނިންމުމަށްފަހު އޮފީހުން އައި އެންމެންކަހަލަ ގޮތަކަށް އެނބުރިގޮސް ނިމިއްޖެއެވެ. އެހެނަސް އަމްޖަދު ހިމެނުނީ އެހެން ދެ އެކުވެރިންނާއެކު މަޑުކޮށްލި މީހުންގެ ތެރޭގައެވެ. އެތަނުގައި މިހާރު ބާކީ ތިބީ އަމްޖަދުގެ ދެ އެކުވެރިންނާއި ބޭރުން އައި އެހެން މެހުމާނުން ކޮޅެކެވެ.

ކުއްލިއަކަށް އެމީހުންގެ ޖީބުން ނަގަންފެށީ ހުދުކުލައިގެ ކުދި ކޮތަޅުތަކެކެވެ. އޭގެތެރޭގައި ފުށް ކަހަލަ އެއްޗެއް ހުރިކަން ފާހަގަ ކުރެވުނެވެ. އެކޮތަޅުތައް ކެނޑުމުގައި އެމީހުން އަވަސްވެގަތުމުން އެމީހުންގެ ހަރަކާތްތަކަށް އަޖައިބުކަމާއެކު ބަލަން ހުރި އަމްޖަދުގެ ހިތުގައި އެތަކެއް ސުވާލެއް އުފެދެމުންދިޔައެވެ. މިއީ ކިހިނެއްވާ ކަމެއްތޯ އޭނާގެ އެކުވެރިޔާއާ ސުވާލުކުރިއެވެ. ޖަވާބުގައި އެއެކުވެރިޔާ ވައިއަޑަކުން ބުނެލިއެވެ. "ހިރޮއިން" "އެކުވެރިޔާ! ހިރޮއިން".  އޭނާގެ މިލަފުޒުތަކުން އަމްޖަދުގެ ކަންފަތަށް ގުގުރިއެއް ޖެހިހެން ހީވިއެވެ. އަދި ހޮނުވެސް އެޅިކަހަލަ އެވެ. އަދި ބުނެލިއެވެ. "އޭއި! އެއީ މަރާލާފަދަ ޤާތިލެއް ނުން". މަލާމާތުގެ ރާގެއްގައި އެކުވެރިޔާ ބުންޏެވެ. ޤާތިލެކޭ! އާނ! ތިކަހަލަ ނުކެރޭ ފިނޑި ތުއްތު ކުދިންނަށް އެއީ ހަމަ ޤާތިލެއް". މިހިސާބުން ޝައިޠާނާގެ ދައުރު ފެށިގެންދިޔައެވެ.

ހިތާހިތާ ބުނެލިއެވެ. އޭނާ އެކުރީ މަލާމަތެވެ. "ފިނޑިމީހެކޭ ތުއްތު ކުއްޖެކޭ ނުކުރޭ މީހެކޭ" ނިކަން ހުރެބަލާށެވެ! އަހަރެންގެ ކެރޭކަން ދައްކާލާނަމެވެ. އަދި އެކުވެރިޔާއާ ދިމާއަށް ބުންޏެވެ. "އެހެންތަ ހީކުރީ،  ގެނޭ ތި މަގޭ އަތަށް ވެސް" މިހެންބުނެ އަމްޖަދުގެ އަތް ދިއްކޮށްލިއެވެ. އަދި އެމީހުންނާއެކު އެނުބައި ސުންޕާ ފާފައިގައި ބައިވެރިވެ އެމީހުން އެ ގެނބުނު ހިސާބަކަށް ލޯބި ލޯބި ހަކުދިންގެ ބައްޕަ، އަދި ކިޔަމަންތެރި އަންބެއްގެ ފިރި އަމްޖަދު އިސާހިތަކު ގެނބި ޢަރަޤުވެއްޖެއެވެ. ހަމަހޭވެރިކަމެއްލިބުނުއިރު އަނެއް ދުވަހުގެ ހެނދުނު ދިހައެއްޖަހާ ހިނގައްޖެއެވެ.

އަމްޖަދުގެ އަންހެނުން ނުހާ އޭނާގެ ފިރިމީހާގެ ފުށުން ދުވަހަކުވެސް ފެނިފައިނުވާ ލަސްކަމެއްގެ ސަބަބުން މޮޔަނުވެ ހުރީ ހަމަކިރިޔާއެވެ. ލޯބިން ވަފާތެރިކަމާއެކު އެތައް ޒަމާނެއް ހޭދަވެގެން ދިޔައިރުވެސް ވީނުވީއެއް ނޭނގި ލަސްވެފައި ދުވަހަކުވެސް ނުވާތީއެވެ. ގެއަށް ހަމަ އައުމާއެކު ކެތްމަދުވެފައިވާ އަނބިމީހާ ކިޔަމަންތެރިކަމާއެކު އަހާލިއެވެ. "އަހަރެން މޮޔަނުވީ ހަމަކިރިޔާ، ވީގޮތެއް ނޭނގިގެން، ކޮންތާކުތަ ތިއުޅެނީ". ތުރުތުރުއަޅާހުރި އަމްޖަދު ވަރަށް ބާރު އަޑަކުން އޭނާގެ އަނބިމީހާއަށް ޖަވާބުދެމުން ބުންޏެވެ. "އެއީ ބަލަންޖެހޭ ކަމެއް ނޫން" ނުހާ ވީދެރައިން ހިތް ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އަދި ހިތާހިތާ ބުނެލިއެވެ. އަނެއްކާ މަގޭ ފިރިމީހާއަށް މިވަނީ ކީއްވެފަ ހެއްޔެވެ؟ ޖިންނި އަވަލީ ހެއްޔެވެ؟ ނޫން... ނޫން... އެވާނީ މާބޮޑަށް ވަރުބަލިވީކަމަށެވެ.

ނުހާއެވެ! އަމްޖަދަށް އެވަނީ ޖިންނި އަވަލާފައެވެ. އެހެންނަމަވެސް އެއީ އާދައިގެ ޖިންނިއެއް ވެސް ނޫނެވެ. އެއީ ޖިންނީންގެ އެންމެ މައި ޖިންނި ކަމުގައިވާ ޝައިޠާނާއެވެ. ޝައިޠާނާގެ އަވައިގައި ނުހާގެ ފިރިމީހާ އެވަނީ ޖެހިފައެވެ. މިގޮތުގައި ތިންމަހެއްހާ ދުވަސް ވޭތުވެދިޔައިރު އަމްޖަދުގެ ކަންތައްދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. އޭނައަށް ނަސޭޙަތްދެވޭނެ މީހެއް ހުރިކަމަކަށް ހަމަހިލާ ނުވެއެވެ. ގޭތެރޭގެ ކަންތަކާއި އަނބިދަރިންގެ ކަންތަކާ އަޅާލުމެއް ނެތްތާނގައި ވަޒީފާއަށް ވެސް އެއްވެސް ފަރުވާލެއް ނުބެހެއްޓުމުގެ ނަތީޖާ ހިތިވެ ވަޒީފާއިންވެސް ވަކިކޮށްފިއެވެ.  

އެންމަފަހުން ހިތާމައިގެ ރޭ އަތުވެއްޖެއެވެ. ގަޑިތަކުން ފަތިހުގެ ފަހެއްޖެހުމާ ކައިރިކުރަމުން އެދަނީ އޭގެ މަސައްކަތަށް ކުޑަވެސް ވަރުބަލިކަމެއް ނެތިއެވެ. އަމްޖަދު އޭނާގެ ގެދޮށަށް އައިއިރު ބުއްދި ރަންވެފައެވެ. ގޭގެ ކުރިމައްޗަށް ކާރު ހުއްޓާލުމާއެކު އޭނާއަށް ފެނުނީ އޭނާގެ ކޮޓަރިތެރޭން އިތުރުބަޔަކު ހަރަކާތްތެރިވަމުންދާ މަންޒަރެވެ. ކުއްލިއަކަށް އޭނާގެ މަސްތުވެފައިވާ ސިނކުޑި ބުނެލިއެވެ. އަނެއްކާ އެއީ ކޮންބައެއް ހެއްޔެވެ؟ އަނެއްކާ އަހަރެންގެ އަންހެނުން އަހަރެންނަށް.... އަހަރެންނަށް... . ކާރުންފައިބައިގެން ނިކަން ހަމަޖެހިލާފައި ގޮސް ޑިކީ ހުޅުވާލިއެވެ. އޭނާވަނީ އިންތިހާއަށް ރުޅިއައިސްފައެވެ. އިސާހިތަކު ފުރޮޅުނައްޓާ ރެންޗު އަތަށް ހެޔޮވަރުކޮށްލިއެވެ. އޭރު ރަށުތެރޭގައި ފަތިސް ނަމާދު ބަންގީގެ އަޑު ގުގުމަމުންދެއެވެ. ވަރަށް ފަރުވާތެރިކަމާއެކު އޭނާގެ އެޕާޓްމަންޓުގެ ދޮރު ހުޅުވާލާ އެތެރެއަށް ޖެހިލިއެވެ. އަނދިރިކަންވަނީ ވެރިވެފައެވެ.

އަމްޖަދަށް އޭނާގެ ނިދާކޮޓަރި ޚިޔާލީ ގޮތެއްގައި ދައްކާލިއެވެ. އޭނާގެ އަންހެނުން އެވަނީ އޭނާއަށް ޚިޔާނާތްތެރި ހާލެއްގައިކަން ކަށަވަރުކޮށްދިނީ ހިރިއޮނުން މަސްތުވެފައިވާ އޭނާގެ ބުއްދިއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އޭނާގެ އަނބިމީހާ ސަޖިދައަށް ތިރިވެ މުސައްލަމަތީގައި އެއަންހެނާގެ ވެރި ރައްބަށް ނިކަމެތިކަމާއެކު ނިތްކުރި ތިރިކޮށްލައިގެން އޮތްތަނެވެ. އެހެންނަމަވެސް އޭނާގެ މަސްތުވެފައިވާ ބުއްދި އޭނާއަށް ދައްކަމުންދަނީ އޭނާގެ އަންހެނުން އޭނާއަށް ފިލަން ތިރިވެގެން އޮތް މަންޒަރެވެ. ކުއްލިއަކަށް ނުހާގެ ގާތަށް ޖެހިލާ އޭނަގެ އަތުގައި އޮތް ރެންޗުން ނުހާގެ ބޮލުގައި އެތިފަހަރެއް އެޅިއެވެ. ނުހާ އަޑުގެ ނެތްތަނަށް ރޮއިގެން ހަޅޭލެވިއެވެ. ހަމައެބާރުމިނުގައި ދެވަނަ އެތިފަހަރެއްވެސް ނުހާގެ ބޮލަށް އަރައިފިއެވެ. ހަމައެއާއެކު ނުހާ ބިންމައްޗަށް ވެއްޓިއްޖެއެވެ.

އެއިމާރާތުގެ ބައެއް އެޕާޓްމަންޓު ތަކުގައި ތިބި މީހުން އަމްޖަދުގެ އެޕާޓްމަންޓާއި ހަމައަށް އަތުވެއްޖެއެވެ. ރަނގަބީލިގެ އަޑު ކިތަންމެ ގަދަވިޔަސް ދޮރު ހުޅުވާނެ ހަމައެކަކުވެސްނުވިއެވެ.  އަމްޖަދުގެ މަސްތުވެފައިވާ ބުއްދި އޭނައަށް ބުނަމުން ދަނީ އެ ޚިޔާނާތްތެރިޔާ މަރާނުލާ ދޫކޮށްނުލުމަށެވެ. އޭނާ ސަލާމަތްވިޔަ ނުދިނުމަށެވެ. އަނެއްކާވެސް އޭނާގެ އަތް ތައްމިނަށް ދަމާލިއެވެ. ތިންވަނަ އެތިފަހަރެއް ވެސް ނުހާގެ ނިއްކުރިއަކަށް އިހުނަށްވުރެ ބާރަށް އެރިއެވެ. ނުހާގެ ބޯ ފެޅި ލޭތައް ކޯރު ހެދިގެން ހިނގައްޖެއެވެ. ހިތްދަތިކަމާއި ބިރުވެރިކަމުގެ މަންޒަރެވެ. ނުހާ އޭނާގެ ބޯ އުފުލާލައި ފިރިމީހާ ދިމާއަށް ޤަބޫލުކުރަން ދަި މޭރުމަކުން ބަލާލުމަށްފަހު އެއްވެސް ހަކަތައެއް ނެތް މަސްގަނޑު ބިންމައްޗަށް ދެމުނެވެ.

އަވައްޓެރިން ދޮރުގެ ބިއްލޫރި ތަޅާލާ އެތެރެއަށްވަދެއްޖެއެވެ. ސުބުޙާނަﷲ .... ސުބުޙާނަﷲ .... ސުބުޙާނަﷲ .... ފިރިމީހާގެ އަތުގައި ކާރުގެ ފުރޮޅު ނައްޓާ ރެންޗު އޮތެވެ. އަނބިމީހާ ލެއިން ތަތްތެޅިފައި އޭނާގެ މުސައްލަމަތީގައެވެ. ދަރިންތައް ހޭލައިގެން ރޮމުންދަނީއެވެ. ބޭރުން އައި މީހުންގެ ސަބަބުން މުޅި އެޕާޓްމަންޓް އޮތީ ފުރިފައެވެ. އަންހެނުނާނާއި ފިރިހެނުންނެވެ. ކުދިންގެ މީހުން ހަރަކާތް ހުއްޓިފައިވާ މަންމަގެ މަސްގަނޑު ދެކެފައި އަޑުން އަޑުނަގައި ރޮމުންދަނީ އެވެ.

އިސާހިތަކު ފުލުހުން އައެވެ. އަދި މަސްތުވެފައިވާ ޤާތިލު ހައްޔަރުކޮށްފިއެވެ. މުސައްލަމަތީ އެ އަންހެނާގެ ވެރި އިލާހަށް ސަޖިދަމަތީ އޮތްވާ އަނިޔާވެރިގޮތުގައި މަރާލެވުނު އަންހެނާގެ މަރުވެފައިވާ މަސްގަނޑު ވަޅުލެވިއްޖެއެވެ. ޖަނާޒާގެ ކަންތައްތައް ނިމިއްޖެއެވެ. ލޯބިލޯބި ކުޑަކުޑަ ކުދިންކޮޅު ޔަތީމުޚާނާއަކަށް ވެއްދިއެވެ. އޭގެ އެއްމަސްފަހުން ޤާތިލުގެ މައްޗަށް ޙުކުމް ތަންފީޒުކުރެވުނެވެ.

ލިބުނު ދަރިންކޮޅު ބިކަވީއެވެ. ޢުމުރުގެ ބާކީބައި ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަކުރަންޖެހުނީ އެވެ. ދުނިޔެއާއެކު އާޚިރަތްވެސް ގެއްލުނީ އެވެ. إنالله وإنا إليه راجعون ....  

މަޞްދަރު:

ޙަޤީޤީ ހާދިސާ: - ޑުރަގުގެ ނުރައްކާ



Friday, March 15, 2019

insaanaage a'burakee hu'rumattherivegenvaa ehcchekeve.


އިންސާނާގެ ޢަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ.
See the source image



ލިޔުނީ: ޒީނަތު ލަބީބު.

މާތް ﷲ އަށް ތަޤުވާވެރިވާ މީހުންނަކީ އެކަލާނގެ ޙަޟްރަތުގައި އެންމެ މާތް މީހުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ހެއްދެވި މަޚްލޫޤުންގެ ތެރެއިން އިންސާނާވަނީ މަތިވެރިކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا ﴿٧٠﴾ މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ. (70)

އިންސާނުންނަށްޓަކައި ދުނިޔޭގައިލެއްވި ހުރިހާ އެއްޗެއް ޚިދުމަތްތެރިކުރެއްވީ ﷲއެވެ. އެތަކެތިން އިންސާނާގެ ހިތްހަމަޖެހުމާއި އުފާފާގަތިކަން ތަނަވަސްކަން ހޯދުމަށްޓަކައެވެ. އަދިހަމައެއާއެކު އެ އިންސާނާ މި ދުނިޔޭގެ އަރާމާއި އުފާފާގަތިކަން ހޯދާނެގޮތް ޝަރުޢުކުރެއްވެވިއެވެ. އިސްލާމްދީނުގެ ތަރަހައިގެ ބޭރުންނާއި ބުއްދީގެ ހަމަތަކާއި ޚިލާފަށް އިންސާނާގެ ނަފްސުގެ ޣަރީޒާތައް ފުއްދުމަކީ އެ އިންސާނާއަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. އެއީ އޭނައަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އެފަދަ ޙައްޤުތައް ލިބިގެންވާކަމަށް ވާހަކަދައްކާ އެ މީހުންނާއި އެއްކޮޅަށް ވަކާލާތުކުރުމަކީ މުސްލިމުންނަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އަދި މުސްލިމަކު އެފަދަ ކަމަކަށް ތާއީދެއް ނުކުރާނެއެވެ. އިސްލާމްދީނުގައި ވަނީ އިންސާނާއަށް ބޭނުންވާ ހުރިހާ ޙައްޤުތައް ކަނޑައެޅި ބަޔާންކުރައްވާފައެވެ. އިސްލާމްދީނުގައި އެ ޙައްޤުތައް ބަޔާންކޮށްފައިވަނީ ބަޔަކު ނުކުމެ މުޒަހަރާކޮށްގެނެއް ނޫނެވެ.

އިސްލާމްދީނުގައި އިންސާނާގެ ޢަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. إِنَّ دِماءَكُم، وأمْوالَكم وأعْراضَكُم حرامٌ عَلَيْكُم كَحُرْمة يومِكُم هَذَا، في شهرِكُمْ هَذَا، في بلَدِكُم هَذَا، ... މާނައީ: މި ދުވަހާއި މި މަހާއި މި ރަށް ޙުރުމަތްތެރިކުރައްވައިފައިވާ ފަދައިން، ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެއާއި، މުދަލާއި ޢަބުރު ޙުރުމަތްތެރިވެގެންވެއެވެ.

އެހެންކަމުން އިންސާނުންގެ ޢަބުރުގެ ޙުރުމަތް ކެނޑޭފަދަ ކަންތައްތަކަށް އަރައިގަތުމަކީ ބަޔަކަށް ކުރެވޭނެ އެންމެ ހަޑިމުޑުދާރު ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. އެތަނެއްގައި މީހުންގެ ޢަބުރަށް އަރައިގަތުން ޢާއްމުވެއްޖެނަމަ ﷲ ގެ ކޯފާ އެބައެއްގެ މައްޗަށް ހުށަހެޅިގެންދާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. فَلَمَّا جَاءَ أَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ ﴿٨٢﴾ مُّسَوَّمَةً عِندَ رَبِّكَ ۖ وَمَا هِيَ مِنَ الظَّالِمِينَ بِبَعِيدٍ ﴿٨٣﴾  މާނައީ: ދެން ފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، އެ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެ ރަށަށް ވާރޭ ވެއްސެވީމެވެ. (82) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި ފާހަގަކުރައްވާފައިވާ ގޮތުގައެވެ. އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ. (83)

މުސްލިމު އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވެ ތަޤުވާވެރިވާށެވެ! ފާޙިޝްކަންކަމަށް ހިތްވަރުދީ އެކަންތަކަށް ގޮވައިލާ މީހުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ! އަދި ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން މާޔޫސްވެ އުންމީދުކަނޑައިނުލާށެވެ! ތިޔަބައިމީހުން ގިނަގިނައިން ﷲ މަތިން ހަނދުމަކޮށް ހެޔޮޢަމަލު ކުރާށެވެ! ތިޔަބައިމީހުން  މަރުމަތިންނާއި ކައްވަޅުގައި އޮންނަންޖެހޭ ވަގުތު މަތިން ހަނދާންކުރާށެވެ! އެތަނުގެ އެކަނިވެރިކަމާއި އަނދިރިކަމާއި ނާމާންކަން ތަޞައްވަރުކޮށް މުންކަރާތްތަކާއި ފާޙިޝް ޢަމަލުތަކުން ނަފްސު ސަލާމަތްކޮށް ރައްކާތެރިކުރުމަށް އަވަސްވެގަންނާށެވެ!

މަޞްދަރު

15 މާރިޗު 2019 (ހުކުރު ޚުޠުބާ)

muslimunnah dhimaavi enmmebodu museebaai


މުސްލިމުންނަށް ދިމާވި އެންމެބޮޑު މުސީބާތް
See the source image

ލިޔުނީ: ޒީނަތު ލަބީބު.

ނަބިއްޔާ صلى الله عليه وسلم އަވަހާރަވެ ވަޑައިގަތުމަކީ މުސްލިމުންނަށް އައި އެންމެ ބޮޑު މުޞީބާތެވެ. ނަބިއްޔާ صلى الله عليه وسلم އަވަހާރަވެ ވަޑައިގެންނެވުމާއެކު އަޞްޙާބު ބޭކަލުންގެ ލޯތަކަށް ދުނިޔެ އަނދިރިވެގެން ދިޔަފަދައެވެ. އެއީ އިސްލާމްދީނަށް ލިބުނު ކުއްލި ސިހުމެކެވެ. ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނެ މީހެއްކަން ކަށަވަރެވެ.
މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.  ﴿وَمَا جَعَلْنَا لِبَشَرٍ مِنْ قَبْلِكَ الْخُلْدَ أَفَإِنْ مِتَّ فَهُمُ الْخَالِدُونَ . كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَنَبْلُوكُمْ بِالشَّرِّ وَالْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ (سورة الأنبياء: 34-35) މާނައީ: "ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ކުރިޔަކުންވެސް އާދަމުގެދަރިޔަކަށް (މަރުނުވެ) ދެމިހުރުމެއް ނުލައްވަމެވެ. ފަހެ، ކަލޭގެފާނު އަވަހާރަވެއްޖެނަމަ، އެއުރެންނީ ފަހެ، ދެމިތިބޭނޭ ބަޔެއް ހެއްޔެވެ؟ ކޮންމެ ނަފްސަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވައި ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ."

ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުން އެޚަބަރު މަދީނާގައި ފެތުރުނެވެ. އަދި މީސްތަކުންގެ ތެރެއިން ބައެއްމީހުން އެޚަބަރު ތެދުކުރިއިރު އަނެއް ބަޔަކު އެޚަބަރު ދޮގުކުރިއެވެ. އެވަގުތު އަބޫބަކުރު رضي الله عنه ހުންނެވީ السنح ގައެވެ. އެކަލޭގެފާނަށް އެޚަބަރު ލިބިވަޑައިގަތުމުން ސަވާރީއަށް އަރާވަޑައިގެން ޢާއިޝާ رضي الله عنها ގެ ގެކޮޅަށް ވަޑައިގެން އިޛުނަ ހޯއްދަވާ އެތެރެއަށް ވެދެވަޑައިގެންނެވިއިރު ނަބިއްޔާ صلى الله عليه وسلم ގެ ހަށިކޮޅުވަނީ ނިވާކުރައްވާފައެވެ. އެހިނދު އެކަލޭގެފާނު ނަބިއްޔާ صلى الله عليه وسلم ގެ ހަށިކޮޅު މަތިން އަޅާފައިވާ ފޮތިގަނޑު ކަޝްފުކުރައްވާ އެކަލޭގެފާނަށް ބޮސްދެއްވިއެވެ.

އެއަށްފަހު މީސްތަކުންގެ ތެރެއަށް ނުކުމެވަޑައިގެންނެވިއެވެ.  އެވަގުތު ޢުމަރު رضي الله عنه  ހުންނެވީ ނަބިއްޔާ صلى الله عليه وسلم އަވަހާރަވީ ޚަބަރު ދޮގުކުރައްވާށެވެ. ފަހެ، ﷲ އަށް ޙަމްދު ޘަނާ ކިޔުމަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ.

"أَلا مَنْ كَانَ يَعْبُدُ مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ فَإِنَّ مُحَمَّدًا قَدْ مَاتَ، وَمَنْ كَانَ يَعْبُدُ اللَّهَ فَإِنَّ اللَّهَ حَيٌّ لاَ يَمُوتُ،

މާނައީ: "މުޙައްމަދު صلى الله عليه وسلم އަށް އަޅުކަންކުރާމިހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން މުޙައްމަދުގެފާނު އަވަހާރަވެއްޖެއެވެ. އަދި ﷲ އަށް އަޅުކަންކުރާމީހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން ﷲ އީ އަވަހާރަވުމެއް ނުވާ، ދިރިދެމިވޮޑިގެންވާ އިލާހެވެ."

وَقَالَ: ﴿إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ﴾ [سورة الزمر ٣٠].  މާނައީ: "އަދި ކިޔަވާ ވިދާޅުވިއެވެ. ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން، އެބައިމީހުންނީވެސް މަރުވާނޭ ބަޔެކެވެ."  

وَقَالَ: ﴿وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ  أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ اللَّـهَ شَيْئًا وَسَيَجْزِي اللَّـهُ الشَّاكِرِينَ﴾ [سورة آل عمران ١٤٤]"

މާނައީ: "އަދި ވިދާޅުވިއެވެ. ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނު ނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ. ފަހެ، އެކަލޭގެފާނު އަވަހާރަވެއްޖެނަމަ ނުވަތަ ޤަތުލުވެއްޖެނަމަ، ތިޔަބައިމީހުން (ކާފިރުވުމަށް) ފަހަތަށް އެނބުރި ގަންނަންވީ ހެއްޔެވެ؟ އަދި ފަހަތަށް އެނބުރިގަންނަ މީހާ ދަންނާށެވެ! ފަހެ، އެމީހަކަށް އެއްވެސް ކަމަކުން ﷲ އަށް ގެއްލުމެއް ނުދެވޭނެއެވެ. ޝުކުރުކުރާ މީހުންނަށް ﷲ ޖަޒާ ދެއްވާނެއެވެ."

އެކަލޭގެފާނުގެ ބަސްފުޅާއެކު މީސްތަކުން ހަމަޖެހުނެވެ. އަދި ޢުމަރު رضي الله عنه ވެސް އިށީނދެވަޑައިގެންނެވިއެވެ.

މަޞްދަރު

ދިސަލަފިއްޔާ
https://mawdoo3.com/كيف_مات_النبي_محمد_صلّى_الله_عليه_وسلّم

Monday, March 11, 2019

hello salaam


ހެލޯ! ސަލާމް!

Image result for salaam in arabic
ލިޔުނީ: ޒީނަތު ލަބީބު

އިސްލާމްދީނަކީ ސިލްމާ ސަލާމަތުގެ ދީނެވެ. އެންމެހާ އިންސާނީ ދަރިފަސްކޮޅަށް އަމާންކަމާއި ރައްކާތެރިކަން ގެނެސްދިން ދީނެވެ. މިދީނުގައި އަންގަވާފައިވާ ގޮތަށް އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އިސްލާމްދީން ވަނީ މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާހިނދު، ބަދަލުކުރާނެ ސަލާމެއް ދަސްކޮށްދެއްވާފައެވެ. ސަލާމަކީ މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާހިނދު ބަދަލުކުރެވޭ މުސްލިމުންގެ ޝިޢާރެކެވެ.

އިސްލާމްދީން ވަނީ އެންމެހާ ރިވެތި އަދަބުތައް މީސްތަކުންނަށް ދަސްކޮށްދެއްވާފައެވެ. ސަލާމްކުރުމީ އިސްލާމްދީނުގައި އެކަމެއް ކުރުމަށް ބާރުއަޅާފައިވާ ރިވެތި އަދަބުތަކުގެ ތެރެއިން އަދަބެކެވެ. އަހަރުމެންގެ މާތް ރަސޫލާ  صلى الله عليه وسلم އަހަރުމެންނަށް ދަސްކޮށްދެއްވާފައިވާ އިސްލާމީ ސަލާމް السَّلَامُ عَلَيْكُمُ وَرَحْمَةُ اللهِ وَبَرَكَاتُه" އަކީ އެސަލާމް ކުރުމުން ދެމީހުންގެ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިވެ އާލާވެގެންދާކަމެކެވެ. ސަލާމުގެ ސަބަބުން އަހަރުމެންގެ ހިތުގައިވާ ރުޅިވެރިކަމާއި ނަފުރަތްތެރިކަން ފިލައިގެންދެއެވެ. އަދި އަހަރެމެން އެކަކު އަނެކަކު ދެކެވާ ލޯބި އިތުރުވެގެންދެ އެވެ. 

މިކަން ބަޔާންކުރައްވާ އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. وَالَّذِي نَفْسِي بِيَدِهِ لا تَدْخُلُوا الْجَنَّةَ حَتَّى تُؤْمِنُوا، وَلا تُؤْمِنُوا حَتَّى تَحَابُّوا، أَوَلا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟أَفْشُوا السَّلامَ بَيْنَكُمْ. {رواه مسلم} މާނައީ: "ތިމަންކަލޭގެފާނުގެ ނަފުސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ޙަދީޘްކުރަމެވެ. ތިބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަހުށްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ލޯބި ކޮށްފުމަށްދާންދެން އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއްކޮށްފިނަމަ ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނެ ކަމެއް ތިމަންކަލޭގެފާނު ބުނެދެއްވަން ހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ފަތުރާށެވެ."

ކޮންމެ މުސްލިމަކަށް ވެސް ތިމާގެ މުސްލިމު އަޚާގެ މައްޗަށް އަދާކުރަންޖެހޭ ޙައްޤުތަކެއް ވެއެވެ. އެޙައްޤުތައް ބެނުދެއްވަމުން އުންމަތުގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ކަމަށް އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. حَقُّ المُسْلِمِ عَلَى المُسْلِمِ خَمْسٌ: رَدُّ السَّلاَمِ، وَعِيَادَةُ المَرِيضِ، وَاتِّبَاعُ الجَنَائِزِ، وَإِجَابَةُ الدَّعْوَةِ، وَتَشْمِيتُ العَاطِسِ. [رواه البخارى ومسلم]  މާނައީ: "އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަންޖެހޭ ފަސް ޙައްޤެއްވެއެވެ. އެއީ ސަލާމަށް ޖަވާބުދިނުމާއި، ބަލިމީހާއަށް ޒިޔާރަތްކުރުމާއި، (މަރުވުމުން) ޖަނާޒާގައި ބައިވެރިވުމާއި، ދަޢުވަތެއް ދެވޭހިނދު އެދަޢުވަތު ޤަބޫލުކުރުމާއި، ކިނބިހި އަޅާހިނދު الحمد لله ކިޔައިފިމީހާއަށް ޖަވާބުގައި يَرْحَمُكَ الله މިފަދައިން ބުނުމެވެ."

ގިނަގިނައިން ސަލާމް ކުރުމީ ސުވަރުގެ ވަނުމަށް މަގުފަހިވާ ކަމެކެވެ. އިސްވެ ސަލާމްކުރުމަކީ ސުންނަތެކެވެ. އަދި ސަލާމަށް ޖަވާބުދިނުމަކީ ވާޖިބެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَاۗ إِنَّ اللَّـهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا﴾ {سورة النساء:٨٦} މާނައީ: "ތިޔަބައިމީހުންނަށް ސަލާމަކުން ސަލާމްކޮށްފިނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން ތިޔަބައިމީހުން ސަލާމްކުރާށެވެ. ނުވަތަ އެސަލާމް ރައްދުކުރާށެވެ. ހަމަކަށަވަރުން، ކޮންމެ ކަމެއްގެ ޙިސާބު ބައްލަވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

ސަލާމްކުރުމީ އީމާންކަން ފުރިހަމަވެ ވަރުގަދަވާ ކަމެކެވެ. އަދި ސަލާމްކުރުމީ މީހާގެ ފާފަތައް ފުއްސަވާ ކަމެކެވެ. ބަރާއު ބުން ޢާޒިބު رضي الله عنهގެ  އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلمޙަދީޘް ކުރައްވާފައިވެއެވެ. مَا مِنْ مُسْلِمَيْنِ يَلْتَقِيَانِ فَيَتَصَافَحَانِ إِلاَّ غُفِرَ لَهُمَا قَبْلَ أَنْ يَتَفَرَّقَا. {رواه أبوداود وابن ماجه والترمذي و صححه الألباني} މާނައީ: "ދެމުސްލިމަކު، އެއްމުސްލިމަކު އަނެއްމުސްލިމަކާއި ބައްދަލުކޮށް އަތާއަތް ޖޯޑުކޮށް (މުސްލިމުންގެ ސަލާމުން) ސަލާމްކޮށްފައި، އެދެމީހުން ވަކިވެގެންދިޔުމުގެކުރީން ﷲ ސުބުޙާނަހޫ ވަތަޢާލާ އެދެމީހުންގެ ފާފަތައް  ފުއްސަވާނެތެވެ."

ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުނެނޭވެ! ދޭދޭ ފަރުދުން ބައްދަލުވާހިނދު އިސްލާމީ ސަލާމުން ސަލާމް ކުރުމަށް އާދަކުރާ ބަޔަކަށް  އަޅުގަނޑުމެން އެންމެންވެސް ވަމާތޯއެވެ! ފޯނުކުރުމާއި މީސްމީޑިއާގެ ތަފާތު ވަޞީލަތްތަކުންވެސް އެކަކު އަނެކަކަށް މުޢާމަލާތުކުރުމުގައި އިސްލާމީ ރިވެތި ސަލާމުން ސަލާމް ކުރަމާތޯއެވެ.

މަޞްދަރު:
ހުކުރު ޚުޠުބާ (8މާރިޗު 2019)