ދުޢާ
ލިޔުނީ: ޒީނަތު ލަބީބު.
ދުޢާކުރުމަކީ
ވަރަށް މާތް އަޅުކަމެކެވެ. ދުޢާ ކުރުމުން ﷲ ތަޢާލާއާއި އަޅާ ގާތްކޮށްދެއެވެ.
ދުޢާކުރުމާއި ބެހޭގޮތުން ވަރަށް ގިނަ އާޔަތްތަކާއި ޙަދީޘްތައް ވާރިދުވެގެން
އައިސްފައިވެއެވެ. ދުޢާކުރުމަކީ ޒިކުރުކުރުމެވެ. އަޅާއަށް ކުރެވޭ އެންމެ މުހިއްމު
އެއްއަޅުކަމަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމެވެ. ﷲ ތަޢާލާ ހަނދުމަކުރާ މީހާގެ
މަތިން ﷲ ތަޢާލާ ހަނދުމަކުރައްވައެވެ. ﷲ ތަޢާލާ އެމީހެއްގެ މަތިން
ހަނދުމަކުރެއްވުމުގެ ނަތީޖާއަކީ ﷲ ތަޢާލާ އެމީހެއްގެ ބޭނުންތައް
ފުއްދަވައިދެއްވުމެވެ. އަޅުގަނޑުގެ މިލިޔުމުގައި ތަފާތު ވަގުތުތަކުގައި
ކިޔުމަށް ސުންނަތްވެގެންވާ ދުޢާތަކައް ހިމަނާލާފައިވާނެއެވެ. އަޅުގަނޑުގެ ދުޢާއަކީ
އަޅުގަނޑަށާއި އެންމެހައި މުސްލިމު އަޚުންނާއި އުޚުތުންނަކީ އިޙްލާޞްތެރިކަމާއެކު
ދުޢާކުރާ ބަޔަކަށް ވުމުގެ ހެޔޮތައުފީޤު ﷲ ތަޢާލާ މިންވަރުކޮށްދެއްވުމެވެ.
ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް:
اللَّهُمَّ قِنِي عَذَابَكَ يَوْمَ تَبْعَثُ
عِبَادَكَ . (3ފަހަރު)
ޔާ ﷲ! އިބަ
އިލާހުގެ އަޅުތަކުން އަލުން ދިރުއްވާ ދުވަހު އިބަ އިލާހުގެ ޢަޒާބުން މިއަޅާ
ރައްކާތެރި ކުރައްވާނދޭވެ!
الْحَمْدُ لِلَّهِ الَّذِي أَطْعَمَنَا وَسَقَانَا
وَكَفَانَا وَآوَانَا فَكَمْ مِمَّنْ لا كَافِي لَهُ وَلا مُوًوِى.
އަޅަމެންނަށް
ކާންދެއްވައި ބޯންދެއްވައި އަޅަމެންގެ ކަންކަން ފުއްދަވައިދެއްވައި އަޅަމެންނަށް
ރައްކާތެރިކަން ދެއްވި ﷲ އަށް ޙަމްދު ހުއްޓެވެ. އެބައެއްގެ ކަންކަން
ފުއްދަވައިދެއްވައި ބޯހިޔާވަހިކަން ދޭނެ ފަރާތެއް ނެތް ކިތައް މީހުން ވޭހެއްޔެވެ؟
بِاسْمِكَ اللَّهُمَّ أَمُوتُ وَأَحْيَا
އަޅަމެން
މަރުވަނީ އިބައިލާހުގެ އިސްމުފުޅުންނެވެ. އަދި އަޅަމެން ދިރެނީ އިބައިލާހުގެ
އިސްމުފުޅުންނެވެ.
بِاسْمِكَ رَبِّيْ وَضَعْتُ جَنْبِيْ ، وَبِكَ
أَرْفَعُهُ ، فَإِنْ أَمْسَكْتَ نَفْسِيْ فَارْحَمْهَا ، وَإِنْ أَرْسَلْتَهَا
فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِيْنَ
މިއަޅާގެ ވެރި
އިލާހު! އިބައިލާހުގެ އިސްމުފުޅުން މިއަޅާގެ ނަފްސު ބާއްވަމެވެ. އަދި އިބަ
އިލާހުގެ އިސްމުފުޅުން މިއަޅާގެ ނަފްސު އުފުއްލަމެވެ. އިބަ އިލާހު މިއަޅާގެ ނަފްސު
ހިއްޕަވައިފިނަމަ އެނަފްސަށް އޯގާވެރިވެ ވޮޑިގަންނަވާނދޭވެ. އެނަފްސު އަނބުރާ
ފޮނުއްވައިފިނަމަ އިބަ އިލާހުގެ ޞާލިޙު އަޅުން ރައްކާތެރި ކުރައްވާ ގޮތަށް
އެނަފްސު ރައްކާތެރި ކުރައްވާނދޭވެ.
ނިދިން ހޭލައިގެން ކިޔާ ޒިކުރުތައް:
الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ
އަޅަމެން މަރުގެންނެވުމަށްފަހު
ދިރުއްވި ﷲ ތަޢާލާއަށް ޙަމްދު ކުރަމެވެ. އަދި މަރުވުމަށްފަހު އެނބުރި ދިއުންވަނީ އެއިލާހުގެ
ޙަޟްރަތަށެވެ.
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيُّ الْعَظِيمِ , رَبِّ اغْفِرْ لِي
ﷲމެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކުނުވެއެވެ. އެކަނލާގެއީ އެކަނލާގެއަށް އެއްވެސް ޝަރީކަކުނުވާ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެންމެހާ ވެރިކަމެއްވަނީ އެކަނލާގެއަށެވެ. އަދި އެންމެހާ ޙަމްދު ތަޢްރީފެއްވަނީ އެކަނލާގެއަށެވެ. އަދި އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ﷲ ހުރިހާ ޣައިބަކުން ހުސްޠާހިރުވެވޮޑިގެންވެއެވެ. އަދި އެންމެހާ ޙަމްދު ތަޢްރީފެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ. އަދި ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އަދި އެންމެ ބޮޑީ ﷲ އެވެ. އަދި ހެޔޮކަމެއް ކުރުމުގެ އެއްވެސްބާރެއް އަދި ނުބައިކަމުން ސަލާމަތްވުމުގެ އެއްވެސްބާރެއް މަތިވެރި ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. އޭ ހައްދަވާ ގެންގުޅުއްވާ އިލާހު! މިއަޅާއަށް ފާފަފުއްސަވާދޭނވެ!
الحَمْدُ لِلَّهِ الَّذِي عَافَانِي فِي جَسَدِي، وَرَدَّ عَلَيَّ رُوحِي وَأَذِنَ لِي بِذِكْرِهِ
އެންމެހާ ޙަމްދު ތަޢްރީފެއް ޙައްޤުވެގެންވަނީ ﷲއަށެވެ. އެކަލާނގެއީ މިއަޅާގެ ހަށިގަނޑަށް ފުރިހަމަ ޢާފިޔަތު ދެއްވައި އަދި ފުރާނަ އަލުން މިއަޅާއަށް ދެއްވައި އަދި އެކަލާނގެއަށް ޒިކުރުކުރުމުގެ ހުއްދަ މިއަޅާއަށް ދެއްވި ރަސްކަލާނގެއެވެ.
ހެދުންލާއިރު ކިޔާ ދުޢާ:
الْحَمْدُ للهِ الَّذِي كَسَانِي هَذَا (الثَّوبَ) وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلَا قُوَّةٍ
އެންމެހާ
ޙަމްދު ތަޢްރީފެއް ޙައްޤުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ މިހެދުން މިއަޅާ
ލެއްވެވި ރަސްކަލާނގެއެވެ. އަދި މިއަޅާގެ އެއްވެސް ބާރަކާނުލައި މި ހެދުން މިއަޅާއަށް
ދެއްވި ރަސްކަލާނގެއެވެ.
އާހެދުންލާއިރު ކިޔާ ދުޢާ:
اللَّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ، أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ
އޭ ހައްދަވާބޮޑުކުރެއްވި
ރަސްކަލާކޮ! އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ الله އަށެވެ. މި ހެދުން
މިއަޅާ ލެއްވީ الله އެވެ. މިއަޅާ الله ގެ ޙަޟްރަތުން މިހެދުމުގައިވާ ހެޔޮކަމާއި އަދި އެކަމަކަށްޓަކައި
މިހެދުން އުފެއްދެވުނުކަމުގެ ހެޔޮކަން ދެއްވުމަށްއެދި ދަންނަވަމެވެ. އަދި މިހެދުމުގައިވާ ނުބައިކަމަކާ އަދި
އެކަމަކަށްޓަކައި މިހެދުން އުފެއްދެވުނުކަމުގެ
ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ.
އާހެދުމެއްލާ މީހާއަށް ކޮށްދޭންވީ ދުޢާ:
تُبْلِي وَيُخْلِفُ اللهُ تَعَالَى
ތިބާ އެ ބާކުރެއެވެ.
އަދި الله
ތަޢާލާ އޭގެ ބަދަލު
އަލުން ދެއްވައެވެ.
اِلْبَسْ جَدِيداً، وَعِشْ حَمِيداً، وَمُتْ
شَهِيداً
އާހެދުންލާށެވެ!
އަދި ޙަމްދުކުރާ މީހެއްގެ ގޮތުގައި ދިރިއުޅޭށެވެ! އަދި ޝަހީދެއްގެ ގޮތުގައި މަރުވާށެވެ!
ހެދުން ބާލާވަގުތު ކިޔާ ދުޢާ:
بِسْمِ اللهِ
الله
ގެ އިސްމުފުޅުގެ
ބަރަކާތުން މިހެދުން ބައިލަމެވެ.
ފާޚާނާއަށް ވަންނަމުން ކިޔާ ދުޢާ:
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ
وَالْخَبَائِثِ
މާތްاللهގެ އިސްމުފުޅުގެ
ބަރަކާތުން ވަންނަމެވެ. އޭހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ނުބައިވެގެންވާ ފިރިހެންޝައިޠާނުންނާއި
ނުބައިވެގެންވާ އަންހެންޝައިޠާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ
اللهގެ ޙަޟުރަތަށް
ދަންނަވަމެވެ.
ފާޚާނާއިން ނިކުންނަމުން ކިޔާ ދުޢާ:
غُفْرَانَكَ
އޭ ހައްދަވާބޮޑުކުރެއްވި
ރަސްކަލާކޮ! މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސަވައިދެއްވުމަށް އެދި ދަންނަވަމެވެ.
ގެއިން ނިކުންނައިރު ކިޔާ ޒިކުރު:
بِسْمِ اللهِ، تَوَكَّلْتُ عَلَى اللهِ، وَلَا
حَوْلَ وَلَا قُوَّةَ إِلَّا بِاللهِ
الله
ގެ އިސްމުފުޅުގެ
ބަރަކާތުން ނިކުންނަމެވެ. އަހުރެންގެ އެންމެހާ ކަންތައްތައް الله އާޙަވާލުކޮށްފީމެވެ. އަދި އެއްވެސް ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް
އަދި ނުބައިކަމަކުންސަލާމަތްވުމުގެ ބާރެއްވެސް اللهގެ ޙަޟްރަތުން
މެނުވީ ނުވެއެވެ.
الَّهُمَّ إِنِّي أَعُوذُ بِكَ أَنْ أَضِلَّ، أّوْ
أُضَلَّ، أَوْ أَزِلَّ، أَوْ أُزَلَّ، أَوْ أَظْلِمَ، أَوْ أُظْلَمَ، أَوْ
أَجْهَلَ، أَوْ يُجْهَلَ عَلَيَّ
އޭ ހައްދަވާބޮޑުކުރެއްވި
ރަސްކަލާކޮ! މިއަޅާ މަގުފުރެދުމުންނާއި މިއަޅާ މަގުފުރައްދައިލެވުމުން
ނުވަތަ މިއަޅާ ޙައްޤުމަގުން ކައްސައިލުމުންނާއި މިއަޅާ ޙައްޤުމަގުން ކައްސުވައިލެވުމުން ނުވަތަ މިއަޅާ މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި މިއަޅާގެ
މައްޗަށް އެހެންމީހަކު އަނިޔާވެރިވުމުން
ނުވަތަ މިއަޅާ މީހަކާ ދޭތެރޭ ބޭއަދަބުވެރިގޮތަކަށް މުޢާމަލާތްކުރުމުންނާއި މިއަޅާއާ ދޭތެރޭ އެހެންމީހަކު ބޭއަދަބުވެރިގޮތަކަށް މުޢާމަލާތްކުރުމުން ރައްކައުތެރިކޮށްދެއްވުމަށް
މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން އެދެމެވެ.
ގެއަށް ވަންނަމުން ކިޔާ ދުޢާ:
بِسْمِ اللهِ
الله
ގެ އިސްމުފުޅުގެ
ބަރަކާތާއެކު އަޅަމެން ވަނީމުއެވެ.
بِسْمِ اللهِ وَلَجْنَا، وَ بِسْمِ اللهِ
خَرَجْنَا، وَعَلَى رَبِّنَا تَوَكَّلْنَا
الله
ގެ އިސްމުފުޅުގެ
ބަރަކާތާއެކު އަޅަމެން ވަނީމުއެވެ. އަދި الله ގެ އިސްމުފުޅުގެ
ބަރަކާތާއެކު އަޅަމެން ނުކުތީމުއެވެ. އަދި އަޅަމެން ހައްދަވާބޮޑުކުރެއްވި اللهއާ އަޅަމެންގެ
އެންމެހާ ކަންތައްތައް ޙަވާލުކުރީމެވެ. (ދެން ގޭގެ އަހުލުވެރިންނަށް ސަލާމްކުރާށެވެ.)
މިސްކިތަށް ދާއިރު ކިޔާ ދުޢާ:
اللَّهُمَّ اجْعَلْ فِي قَلْبِي نُوراً، وَفِي
لِسَانِي نُوراً، وَفِي سَمْعِي نُوراً، وَفِي بَصَرِي نُوراً، وَمِنْ فَوقِي
نُوراً، وَمِنْ تَحْتِي نُوراً، وَعَنْ يَمِينِي نُوراً، وَعَنْ شِمَالِي نُوراً،
وَمِن أَمَامِي نُوراً، وَمِنْ خَلْفِي نُوراً، وَاجْعَلْ فِي نَفْسِي نُوراً،
وَأَعْظِمْ لِي نُوراً، وَعَظِّمْ لِي نُوراً، وِاجْعَلْ لِي نُوراً، وَاجْعَلْنِي
نُوراً، اللَّهُمَّ أَعْطِنِي نُوراً، وَاجْعَلْ فِي عَصَبِي نُوراً، وَفِي
لَحْمِي نُوراً، وَفِي دَمِي نُوراً، وَفِي شَعْرِي نُوراً، وَفِي بَشَرِي
نُوراً،" ["اللَّهُمَّ اجْعَلْ لِي نُوراً فِي قَبْرِي.. وَنُوراً فِي
عِظَامِي"] ["وَزِدْنِي نُوراً، وَزِدْنِي نُوراً، وَزِدْنِي
نُوراً"] ["وَهَبْ لِي نُوراً عَلَى نُورٍ"].
އޭ ހައްދަވާބޮޑުކުރެއްވި
ރަސްކަލާކޮ! މިއަޅާގެ ހިތުގައި ނޫރެއްލައްވާނދޭވެ! އަދި މިއަޅާގެ ދުލުގައި ނޫރެއްލައްވާނދޭވެ!
އަދި މިއަޅާގެ އެހުމުގައި (ކަންފަތުގައި) ނޫރެއްލައްވާނދޭވެ! އަދި މިއަޅާގެ ފެނުމުގައި (ލޮލުގައި)
ނޫރެއްލައްވާނދޭވެ! އަދި މިއަޅާގެ މަތިން ނޫރެއްލައްވާނދޭވެ! އަދި މިއަޅާގެ ތިރިން
ނޫރެއްލައްވާނދޭވެ! އަދި މިއަޅާގެ ކަނާތްފަރާތުން ނޫރެއްލައްވާނދޭވެ! އަދި މިއަޅާގެ
ވާތްފަރާތުން ނޫރެއްލައްވާނދޭވެ! އަދި މިއަޅާގެ ކުރިމަތިން ނޫރެއްލައްވާނދޭވެ! އަދި
މިއަޅާގެ ފަހަތުން ނޫރެއްލައްވާނދޭވެ! އަދި މިއަޅާގެ ނަފުސުގައި ނޫރެއްލައްވާނދޭވެ!
އަދި މިއަޅާއަށް ނޫރެއް އިތުރުކޮށްދެއްވާނދޭވެ! އަދި މިއަޅާއަށް ނޫރެއް ބޮޑުކޮށްދެއްވާނދޭވެ!
އަދި މިއަޅާއަށް ނޫރެއްލައްވާނދޭވެ! އަދި މިއަޅާ ނޫރެއްކަމުގައި ލައްވާނދޭވެ! އޭ ހައްދަވާބޮޑުކުރެއްވި
ރަސްކަލާކޮ! މިއަޅާއަށް ނޫރެއް ދެއްވާނދޭވެ! އަދި މިއަޅާގެ ގޮހޮރުގައި ނޫރެއްލައްވާނދޭވެ!
އަދި މިއަޅާގެ މަހުގައި ނޫރެއްލައްވާނދޭވެ! އަދި މިއަޅާގެ ލޭގައި ނޫރެއްލައްވާނދޭވެ!
އަދި މިއަޅާގެ އިސްތަށީގައި ނޫރެއްލައްވާނދޭވެ! އަދި މިއަޅާގެ ހަމުގައި ނޫރެއްލައްވާނދޭވެ!
އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށްޓަކައި މިއަޅާގެ ކައްވަޅުގައި ނޫރެއްލައްވާނދޭވެ!
އަދި މިއަޅާގެ ކަށީގައި ނޫރެއްލައްވާނދޭވެ! އަދި މިއަޅާއަށް ނޫރެއް އިތުރުކޮށްދެއްވާނދޭވެ!
އަދި މިއަޅާއަށް ނޫރެއް އިތުރުކޮށްދެއްވާނދޭވެ! އަދި މިއަޅާއަށް ނޫރެއް އިތުރުކޮށްދެއްވާނދޭވެ! އަދި މިއަޅާއަށް ނޫރެއްގެ މައްޗަށް ނޫރެއް ދެއްވާނދޭވެ!
މިސްކިތަށް ވަންނަމުން ކިޔާ ދުޢާ:
اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ
ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަاللهގެ ރަޙުމަތުގެ
ދޮރުކޮޅުތައް މިއަޅާއަށްޓަކައި ހުޅުއްވައިދެއްވާނދޭވެ!
މިސްކިތުން ނިކުންނަމުން ކިޔާ ދުޢާ:
اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ
ހައްދަވާބޮޑުކުރެއްވި
ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެ ފަޟްލުވަންތަވެރިކަމުން ދެއްވުމަށް
އެދި ދަންނަވަމެވެ.
ރޭގަނޑު ނިދަންއޮވެ ފުރޮޅިލެވޭ ހިނދު ކިޔާ ދުޢާ:
لا إِلَهَ إِلاَّ اللَّهُ الوَاحِدُ القَهَّارُ،
رَبُّ السَّمَوَاتِ وَالأَرْضِ وَمَا بَيْنَهُمَا، العَزِيْزُ الغَفَّارُ
اللهމެނުވީ އަޅުކަންވެވުން
ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ. އެކަލާނގެއީ އެއްކައުވަންތަ ގަދަކީރިތިވަންތަ
ރަސްކަލާނގެއެވެ. އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާ އެއްޗެއްގެ ވެރިރަސްކަލާނގެއެވެ.
ޢިއްޒަތްތެރިވެވޮޑިގެންވާ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.
ނިދީގައި ބިރުވެރިކަމާއި އެކަނިވެރިކަން
އިޙްސާސްވެއްޖެނަމަ ކިޔާ ދުޢާ:
أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ
غَضَبِهِ وَعِقَابِهِ، وَشَرِّ عِبَادِهِ، وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ
يَحْضُرُونِ.
اللهގެ ފުރިހަމަ ކަލިމަފުޅުތައް
މެދުވެރިކޮށް، އެކަލާނގެ ކޯފާއިންނާއި، އެކަލާނގެ ޝަޒާއިންނާއި، އެކަލާނގެ އަޅުތަކުންގެ
ނުބައިކަމުންނާއި، ޝައިޠާނުންގެ
ވަސްވާސްތަކުންނާއި
އަދި އެޝައިޠާނުން (މިއަޅާގެ ގާތަށް) ޙާޟިރުވުމުން މިއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ.
ނުބައި ހުވަފެނެއް ފެނުމުން ކަންތައްކުރަންވީ ގޮތް:
ޝައިޠާނާގެ
ނުބައިކަމުންނާއި ފެނުނު ހުވަފެނުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް اللهގެ ޙަޟްރަތުން
އެދިދަންނަވާށެވެ. (أَعُوذُ بِكَلِمَاتِ اللهِ
التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ، وَشَرِّ عِبَادِهِ، وَمِنْ هَمَزَاتِ الشَّيَاطِينِ
وَأَنْ يَحْضُرُونِ) އެއްވެސް މީހަކަށް އެހުވަފެން ކިޔައިނުދޭށެވެ. އޮށޯވެއޮތް ފަރާތުން އަނެއްފަރާތަށް
އެނބުރިލާށެވެ. ބޭނުންނަމަ ތެދުވެ ނަމާދުކުރާށެވެ.
ފިކުރުބޮޑުވެ ހިތާމައިގެ ވަގުތު ކުރާދުޢާ:
اللَّهُمَّ
إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ، وَأَعُوذُ بِكَ مِنْ الْعَجْزِ
وَالْكَسَلِ، وَأَعُوذُ بِكَ مِنْ الْجُبْنِ وَالْبُخْلِ، وَضَلَعِ الدَّيْنِ، وَغَلَبَةِ
الرِّجَالِ
އޭ ހައްދަވާބޮޑުކުރެއްވި
ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ފިކުރުބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދިގެންވުމުންނާއި، ކަންނެތްކަމުންނާއި، ބަޚީލުކަމުންނާއި ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި
އަދި މީސްތަކުން މިއަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކާތެރިކޮށްދެއްވުމަށް
އިބަاللهގެ ޙަޟްރަތުން އެދިދަންނަވަމެވެ.
ކަންބޮޑުވުމުން ކުރާ ދުޢާ:
اللَّهُمَّ رَحْمَتَكَ أَرْجُو، فَلاَ تَكِلْنِي
إِلَى نَفْسِى طَرْفَةَ عَيْنٍ، وَأَصْلِحْ لِي شَأْنِي كُلَّهُ، لاَ إِلَهَ
إِلاَّ أَنْتَ
ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ!
މިއަޅާ އުއްމީދުކުރަނީ ހަމައެކަނި އިބަاللهގެ ރަޙްމަތަށެވެ. ފަހެ
އެސްފިޔައެއްޖަހައިލާ ހިނދުކޮޅަކަށްވެސް މިއަޅާއާ މިއަޅާގެ ނަފުސު ޙަވާލުނުކުރައްވާނދޭވެ!
އަދި މިއަޅާގެ ހުރިހާ ކަމެއް މިއަޅާއަށް އިޞްލާޙުކޮށްދެއްވާނދޭވެ! އިބަالله މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް
އިލާހަކުނުވެއެވެ.
ދުޝްމިނަކާ ނުވަތަ އަނިޔާވެރިޔަކާ ބައްދަލުވާ ވަގުތު ކިޔާ
ދުޢާ:
حَسْبُـنا اللهُ وَنِعْـمَ الوَكِـيْلُ
އަޅަމެންނަށް الله ފުދެއެވެ. އަދި
ވަކީލުކުރެވޭ ފަރާތެއްގެގޮތުން އެއީ ކިހާރަނގަޅު ފަރާތެއްހެއްޔެވެ!
ބަޔަކުދެކެ ބިރުގެންފި މީހާ ކުރަންވީ ދުޢާ:
اللَّهُمَّ اكْفِنِيهِمْ بِماَ شِئْتَ
އޭ ހައްދަވާބޮޑުކުރެއްވި
ރަސްކަލާކޮ! އިބަالله އެދިވޮޑިގަންނަވާ ގޮތަކަށް އެބައިމީހުންގެ ކިބައިން މިއަޅާއަށް
ފުއްދަވާދެއްވާނދޭވެ!
ކަމެއްކުރުމަށް ދަތިވެ އުނދަގޫވެއްޖެ މީހާ ކުރަންވީ ދުޢާ:
اللَّهُمَّ لاَ سَهْلاً إِلّاَ مَا جَعَلّتَهٌ
سَهْلاً وَأَنّتَ تَجّعَلَ الحَزَنَ إِذَا شِئتَ سَهْلاً
އޭ ހައްދަވާބޮޑުކުރެއްވި
ރަސްކަލާކޮ! އިބަالله
ފަސޭހަކޮށްދެއްވި
ކަމެއް މެނުވީ ފަސޭހެވެގެންނުވެއެވެ. އަދި އިބަالله އެދިވޮޑިގެންފިނަމަ
އުނދަގޫކަންތައް ފަސޭހަކަމެއްގެ ގޮތުގައި ލައްވަމުއެވެ.
ބަލިމީހާއަށް ޒިޔާރަތްކުރާހިނދު އޭނައަށް ކޮށްދޭންވީ ދުޢާ:
لَا بَأْسَ طَهُورٌ إِنْ شَاءَ اللَّهُ
އެއްވެސް މައްސަލައެއް
ނެތެވެ. الله
އިރާދަކުރެއްވިއްޔާ
(މިބައްޔަކީ ތިބާ ފާފަތަކުން) ޠާހިރުކޮށްދޭ އެއްޗެކެވެ.
أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ
الْعَظِيمِ أَنْ يَشْفِيَكَ
މަތިވެރި ޢަރުޝީގެވެރި
އަރަހުށި މާތްاللهގެ ޙަޟްރަތުން
ތިބާއަށް ޝިފާދެއްވުމަށް އެދިދަންނަވަމެވެ.
ގަދަވައިޖެހޭ ވަގުތު ކިޔާ ދުޢާ:
اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَأَعُوذُ بِكَ مِنْ
شَرِّهَا
އޭ ހައްދަވާބޮޑުކުރެއްވި
ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ އިބަاللهގެ حضرة ން އެ ވައިގެ ހެޔޮކަން
ދެއްވުމަށް އެދި ދަންނަވަމެވެ. އަދި މިއަޅާ އިބަاللهގެ حضرة ން އެ ވައިގެ ނުބައިކަމުން
ރައްކައުތެރިކޮށް ދެއްވުމަށް އެދި ދަންނަވަމެވެ.
ގުގުރިޖަހާއިރު ކިޔާ ދުޢާ:
سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بِحَمْدِهِ
وَالْمَلَائِكَةٌ مِنْ خِيفَتِهِ
އެފަރާތަކަށް حمد ކުރުމާއެކު ގުގުރި
تسبيح
ކިޔާފަރާތް އަދި
އެފަރާތަކަށް ބިރުން މަލާއިކަތްބޭކަލުން تسبيح ކިޔާ ފަރާތުގެ
ހުސް طاهر
ވަންތަކަމާއެވެ!
ވާރޭވެހޭ ވަގުތު ކިޔާ ދުޢާ:
اللَّهُمَّ صَيِّبَاً نَافِعَاً
އޭ ހައްދަވާބޮޑުކުރެއްވި
ރަސްކަލާކޮ! (މި ވާރޭ އަކީ) ފައިދާހުރި ވާރޭއެއް ކަމުގައި ލައްވާނދޭވެ!
ވާރޭވެހުމަށްފަހު ކިޔާ ދުޢާ:
مُطِرْنَا بِفَضْلِ اللهِ وَ رَحْمَتِهِ
الله
ގެ ދަރުމަވަންތަކަމާއި
އެކަލާނގެ ރަޙްމަތުން އަހަރަމެންގެ މައްޗަށް ވާރޭވެހިއްޖެއެވެ.
ހުޅެވިހަނދު ފެންނަހިނދު ކިޔާ ދުޢާ:
اللَّهُمَّ أَهِلَّهُ عَلَيْنَا بِالْيُمْنِ
وَالْإِيمَانِ وَالسَّلَامَةِ وَالْإِسْلَامِ وَالتَّوْفِيقِ لِمَا تُحِبُّ
وَتَرْضَى رَبِّي وَرَبُّكَ اللَّهُ
އޭ ހައްދަވާބޮޑުކުރެއްވި
ރަސްކަލާކޮ! އަމާންކަމާއި، އީމާންކަމާއި، ސަލާމަތްކަމާއި، އިސްލާމްކަމާއި
އަދި އިބަالله
ރުހިވޮޑިގެންވާ
އަދި ލޯބިވެވޮޑިގެންވާ ކަންތައްތަކަށް توفيق ދެއްވުމާއި އެކުގައި
އެހަނދު އަޅަމެންގެ މައްޗަށް ފާޅުކޮށްދެއްވާނދޭވެ! (އޭހަނދާއެވެ.) އަހުރެމެންނާއި
ތިބާގެ ވެރިރަސްކަލާނގެއީ الله އެވެ.
ރޯދަވިއްލާ ވަގުތު ކިޔާ ދުޢާ:
بِسْمِ اللهِ
الله
ގެ އިސްމުފުޅުގެ
ބަރަކާތުން ރޯދަ ވިއްލީމެވެ.
ރޯދަ ވިއްލުމަށްފަހު ކިޔާ ދުޢާ:
ذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوقُ،
وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ
ކަރުހިއްކުން ފިލައްޖެއެވެ.
އަދި ނާރުތައް ތެމިއްޖެއެވެ. އަދި އިރާދަކުރެއްވިއްޔާ އަޖުރު ސާބިތުވެއްޖެއެވެ.
ކެއުމުގެ ކުރިން ކިޔާ ދުޢާ:
بِسْمِ اللهِ
اللهގެ އިސްމުފުޅުގެ
ބަރަކާތުން (ކާންފަށަމެވެ.) ކާންފަށާ އިރު
ކިޔަން ހަނދާން ނެތިއްޖެނަމަ ފަހެ މިފަދައިން ކިޔާށެވެ.
بِسْمِ اللَّهِ فِي اَوَّلِهِ وَآخِرهِ
ކެއުމުގެ
ފެށުމުގައާއި އަދި (ކާންފެށުމަށް)
ފަހުގައިވެސް (އަހުރެން ކަނީ) الله ގެ اسم ފުޅުގެ ބަރަކާތުންނެވެ.
ކައިނިމިގެން ކިޔާ ދުޢާ:
الْحَمْدُ لِلَّهِ
ހުރިހާ حمد تعريف އެއް حق ވެގެންވަނީ الله އަށެވެ.
ކިނބިހި އެޅުމުން ކިޔާ ދުޢާ:
الْحَمْدُ للهِ (ކިނބިހި
އެޅުުނު މީހާ)
ހުރިހާ حمد تعريف އެއް حق ވެގެންވަނީ الله އަށެވެ.
އޭނާއަށްޓަކައި
އޭނާގެ އަޚާ ނުވަތަ އޭނާގެ ރަޙުމަތްތެރިޔާ މިފަދައިން ބުނާށެވެ!
يَرْحَمُكَ الله (ފިރިހެނެއްނަމަ)
يَرْحَمُكِ الله (އަންހެނެއްނަމަ)
الله
ތިބާއަށް ރަޙުމަތްލައްވާށިއެވެ!
ފަހެ އޭނާއަށް
(އޭނާގެ އަޚާ) يَرْحَمُكَ
الله އޭ ބުނެފިއްޔާ ފަހެ އޭނާ (ކިބިއެޅުނު މީހާ) މިފަދައިން ބުނާށެވެ.
يَهْدِيكُمُ اللهُ
وَيُصْلِحُ بَالَكُمْ
الله
ތިޔަބައިމީހުންނަށް
ހިދާޔަތް ދައްކަވާށިއެވެ! އަދި ތިޔަބައިމީހުންގެ ޙާލަތު އިޞްލާޙުކޮށްދެއްވާށިއެވެ!
ދަތުރު ދުޢާ:
سُـبْحانَ الَّذي سَخَّـرَ لَنا هذا وَما كُنّا
لَهُ مُقْـرِنين، وَإِنّا إِلى رَبِّنـا لَمُنْقَـلِبون
މިސަވާރީ ކިޔަމަންތެރިކުރެވޭ
ބަޔެއްކަމުގައި އަޅަމެން ނުވާޙާލު މިސަވާރީ އަޅަމެންނަށް ކިޔަމަންތެރިކޮށްދެއްވި ފަރާތުގެ
ހުުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެން އެނބުރިދިއުންވަނީ އަޅަމެންގެ ވެރިރަސްކަލާނގެ
ޙަޟްރަތަށެވެ.
މިލިޔުމުގައިވާ ދުޢާތަކަކީ ޙިޞްނުލް މުސްލިމް ގައި ވާ ދުޢާތަކެވެ.
މިލިޔުމުގައިވާ ދުޢާތަކަކީ ޙިޞްނުލް މުސްލިމް ގައި ވާ ދުޢާތަކެވެ.
وصلى الله وسلم على عبده ورسوله وخيرته من خلقه
نبينا وإمامنا وسيدنا محمد بن عبد الله ، وعلى آله وأصحابه ومن اهتدى بهداه.
والسلام عليكم ورحمة الله
وبركاته.
No comments:
Post a Comment